ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ކާރިސާތަކުން އިޔާދަވުން
"ކާރިސާތަކުން އިޔާދަވުން" ކަމަށް ބުނެފައި އެވަނީ، ކާރިސާތަކުން އަސަރުކޮށްފައިވާ މުޖުތަމައުތަކުގެ ތެރޭގައި ހުރި ވަސީލަތްތަކާއި، އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކާއި ދިރިއުޅުމުގެ ހާލަތު ކުރިން ހުރި ހާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ހާލަތަކަށް އިޔާދަކުރުމަށެވެ.
ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުން
"ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، އިދާރީ ނިންމުންތަކާއި އޯގަނައިޒޭށަން އަދި އޮޕަރޭށަނަލް ހުނަރުވެރިކަމާއި، ގާބިލުކަން ބޭނުންކޮށްގެން ގުދުރަތީ އަދި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކުންކުރާ އަސަރު ކުޑަކުރުމަށްޓަކައި ސިޔާސަތުތަކާއި އިސްތިރާޖީތައް ތަންފީޒުކޮށް، މުޖުތަމައުގެ ގާބިލުކަން އިތުރުކުރުމަށެވެ. މީގެ ތެރޭގައި ނުރައްކާތެރިކަމުގެ ނުރަނގަޅު އަސަރުތައް މަދުކުރުމަށާއި އެއަށް ތައްޔާރުވުމާއި އެފަދަ އަސަރުތައް ކުރިއަނުދިނުމަށް އަޅާ ބިނާއީ އަދި ލާބިނާއީ ފިޔަވަޅުތައް ހިމެނެއެވެ.
އަރައްކާ
"އަރައްކާ" ކަމަށް ބުނެފައި އެވަނީ، ފުރާނަ ގެއްލުމާއި، އަނިޔާވުމާއި، އެހެނިހެން ސިއްހީ ގެއްލުންތަކާއި، މުދަލަށް ގެއްލުން ލިބުމާއި، ދިރިއުޅުމަށް ކުރާ މަސައްކަތް ނުވަތަ މުހިއްމު ހިދުމަތްތަކަށް ގެއްލުންވުމާއި، އިޖްތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް މެދުކެނޑުމާއި، ތިމާވެށީގެ ގެއްލުން މެދުވެރިކުރުވާފަދަ ހާދިސާއެއް، މާއްދާއެއް، އިންސާނުންގެ ހަރަކާތަކުން ނުވަތަ ހާލަތަކުން މެދުވެރިވުމެވެ.
ކާރިސީހިރާސް
"ކާރިސީހިރާސް" ކަމަށް ބުނެފައި އެވަނީ، ވަކި މުއްދަތެއްގެ ތެރޭގައި ވަކި މުޖުތަމައަކަށް ކުރިމަތިވެދާނެ ކާރިސާއަކުން އިންސާނުންގެ ފުރާނައާއި އިގްދިސާދީ ހަރަކާތްތަކާއި، ސިއްހީ ކަންކަމާއި މުދަލާއި ހިދުމަތްތަކަށް ގެއްލުން ލިބުމަށް އޮތް ފުރުސަތަށެވެ.
ކާރިސާ
"ކާރިސާ" ކަމަށް ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަހައްމަލް ނުކުރުވޭގޮތަށް، އެބައެއްގެ އިންސާނީ، މާއްދީ އަދި އިގްތިސާދީ ވަސީލަތްތަކަށާއި އަދި ތިމާވެއްޓަށް ގެއްލުންވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ.
ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް
''ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް'' ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށާއި އެކުދިންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ގާޑިއަން އެޑް-ލިޓެމް އާއި އަމިކަސް-ކިއުރިޔައި ގެ ދައުރު އަދާކުރުމަށް ކޯޓުން ހުއްދަދޭ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި އަދި ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރެވިދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެނިހެން ފަރާތްތަކެވެ.
ޑައިވަރށަންގެ ޕްރޮގްރާމް
"ޑައިވަރށަންގެ ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ގާނޫނާ ހިލާފުވާ ކުދިންނަށް ށަރުއީ ނިޒާމުން ބޭރުން ފުރުސަތުތައް ހޯދާދިނުމަށެވެ. މިގޮތުން ޕްރޮގްރާމްތައް އެކުލަވާލައި އެ ޕްރޮގްރާމްތަކުގެ އެހީގައި ކުދިން ބައިވެރިކޮށް އަނބުރާ މުޖުތަމައަށް ގެނެއުމަށް އެހީތެރިވުމުގެގޮތުން ހިންގޭ ބަދަލު ޕްރޮގްރާމްތަކަކީ ކުށުގެ ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން (ހައްޔަރުނުކުރިނަމަވެސް) ށަރީއަތުގެ ކުރިން ކުއްޖާއާމެދު ގޮތެއް ނިންމުމުގެ ކުރިންވެސް ދެވިދާނެ ފުރުސަތެކެވެ.
ޕްރޮބޭށަން އޮފިސަރ
"ޕްރޮބޭށަން އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ވަކި މުއްދަތަކަށް ކަމާގުޅޭ މުއައްސަސާއަކުން އައްޔަންކުރެވޭ ފަރާތެކެވެ. މިގޮތުން، އެފަރާތަކީ ކުއްޖާގެ ހާލަތު ދެނެގަތުމަށް އެސެސްމަންޓް ހެދުމާއި، ކުއްޖާއަށް އެންމެ އެކަށޭނެ ޕްރޮގްރާމް ޕްލޭންއެއް އެކުލަވާލުމާއި އެ ޕްރޮގްރާމް ގެންދާއިރު ކުއްޖާގެ އުޅުން / އަމަލުތައް ސުޕަވައިޒްކޮށް ބަލަހައްޓައި ރިޕޯޓުކުރާނެ ފަރާތެކެވެ. މި މަސައްކަތުގައި އިޖްތިމާއީ އެހީތެރިންނާއި ކައުންސެލިންގއާއި ސައިކޮލޮޖީ ދާއިރާގެ މީހުން މަސައްކަތްކުރެއެވެ.
ރުޖޫއީ އިންސާފު
"ރުޖޫއީ އިންސާފު" ކަމަށް ބުނެފައި އެވަނީ، ކުށުގެ ސަބަބުން ސީދާ އަސަރުކުރި ފަރާތްތައް އެކުވެ، އެފަރާތްތަކުގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަނެ، އަދި މީހުންނަށާއި ގުޅުންތަކަށް ލިބުނު ގެއްލުން ފޫބެއްދޭނެ ގޮތެއް އެކުލަވާލައި، ކުއްޖާގެ ފަރާތުން މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
އަނިޔާކުރުން
"އަނިޔާކުރުން" ކަމަށް ބުނެފައި އެވަނީ، ޖިސްމާނީ ގޮތުން ނުވަތަ މާއްދީ ގޮތުން ނުވަތަ ކުއްޖާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ނުވަތަ ހާނިއްކައެއް ދިނުމަށެވެ.
ކޭސް ކޮންފަރެންސިންގ
"ކޭސް ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ކަމާގުޅުންހުރި މުއައްސަސާތައް އެކުވެ ކުއްޖާގެ މައްސަލައިގައި ވަށާޖެހޭ އެހީތެރިކަމެއް ދިނުމަށް ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމަށެވެ.
ޒާތީ މައުލޫމާތު
"ޒާތީ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ ނަމާއި، އެޑްރެހާއި، ސްކޫލާއި، ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އޭނާގެ ތަސްވީރަށެވެ.
ސިއްހީ ފަރުވާ
"ސިއްހީ ފަރުވާ" ކަމަށް ބުނެފައި އެވަނީ، ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާއާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާއާއި، ކުއްޖާއާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާ ހިމެނޭގޮތުންނެވެ.
ޖިންސީ ގޯނާ
"ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާއަށް ކުރިމަތިކުރުވާ، ނުވަތަ ތަހައްމަލުކުރުވާ ނުވަތަ އޭނާއަށް ދައްކައިގެން ކުރާ ކޮންމެ ޖިންސީ އަމަލަކަށެވެ. އެއީ، ކުއްޖާއާ އާއިލީ ގުޅުމެއް އޮތް މީހެއްގެ ކިބައިން ކަމުގައިވިޔަސް ނުވަތަ އެނޫން ފަރާތެއްގެ ކިބައިން ކަމުގައިވިޔަސްވެސްމެއެވެ
ޖިސްމާނީ އަނިޔާ
"ޖިސްމާނީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ބާރުގެ ބޭނުންކޮށްގެން ނުވަތަ އެއްޗެއް ބޭނުންކޮށްގެން ކުއްޖާގެ ހަށިގަނޑުން ބަޔަކަށް ގަސްދުގައި ދީފައިވާ ކަމަށް ބެލެވޭ އަނިޔާއަށެވެ. މިފަދަ އަނިޔާގެ ތެރޭގައި، ކަފައިގެންގޮސްފައިވާ ތަންތަނާއި، ނޫފައިގެންފައި ހުންނަ ތަންތަނާއި، ކަނޑައިގެން ގޮސްފައިވާ ތަންތަނާއި، ލަކުނާއި، ކަށީގައި ލާފައި ހުންނަ ރެނދު (ފްރެކްޗަރ) ނުވަތަ ކަށްޓަށް ލިބިފައިވާ އެނޫންވެސް ގެއްލުމާއި، ހުޅުން ނައްޓައިގެން ދިއުމާއި، އެނބުރުމާއި، ލޭފޭބުމާއި، ނާރެއް (ވިސްކަސް) ފަޅައިގެން ދިއުމާއި، ފިހިފައިވާ ތަންތަނާއި، ފޮޅާއި، ހޭވެރިކަމަށް ނުވަތަ ފިޒިއޮލޮޖިކަލް ފަންކްށަނިންގ ހުއްޓުން ނުވަތަ އެކަމަށް ބަދަލެއް އައުމާއި، އިސްތަށި ނުވަތަ ދަތަށް ލިބޭ ގެއްލުން ހިމެނެއެވެ.