ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މަސްތުވުން
"މަސްތުވުން" ކަމަށްބުނެފައި އެވަނީ ތިމާގެ ހަށިގަނޑަށް ވާސިލުކުރެވޭ އެއްޗެއްގެ ސަބަބުން ތިމާގެ މާއްދީ ނުވަތަ ފިކުރީ ހިއްސުތަކަށް އުނިކަން އައުމަށެވެ.
ކުށްކުރުމުގެ އާލާތް
"ކުށްކުރުމުގެ އާލާތް" ކަމުގައި ބުނެފައި އެވަނީ (1) ކުށެއްކުރުމަށް ބޭނުންކުރުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ނުވަތަ އެ މަގްސަދަށްޓަކައި ހާއްސަކޮށް ބަދަލުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ؛ ނުވަތަ (2) އާންމު ގޮތެއްގައި ކުށެއް ކުރުމުގެ ބޭނުމުގައި ގެންގުޅޭ އެއްޗެއްސަށާއި، ކުށުގެ ނިޔަތް ފުރިހަމައަށް ހާމަކޮށްދޭ ފަދަ ހާލަތެއްގައި ގެންގުޅޭ ކޮންމެ އެއްޗަކަށެވެ.
ގާބިލުކަން ނެތް
"ގާބިލުކަން ނެތް" މީހެއްކަމުގައި ވާނީ އޭނާގެ އުމުރުގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ލިބިފައިވާ ނުކުޅެދުމެއްގެ ސަބަބުން ނުވަތަ އޭނާ މަސްތުވެފައި ހުރުމުގެ ސަބަބުން ނުވަތަ އޭނާއަށް ދިމާވެފައިވާ އެނޫންވެސް ނުކުޅެދުމެއްގެ ސަބަބުން، ކަމަކާމެދު އެކަށީގެންވާ ގޮތެއްގައި ވިސްނައި، ނިންމުމެއް ނިންމުމަށް، ސާފުކޮށް ބަޔާންވާ ގޮތުގައި، ނުކުޅެދިގެންވާނަމައެވެ.
މުޅިން ފުރިހަމަނުވާ ކުށް
"މުޅިން ފުރިހަމަނުވާ ކުށް" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 9/2014 (ގާނޫނުލްއުގޫބާތު) ގެ 80 ވަނަ މާއްދާއާއި 81 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށަށެވެ.
ގޭގައި ބަންދުކުރުން
"ގޭގައި ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ ދިރިއުޅޭ ހިޔާވައްސެއްގައި އެތަނެއްގެ ސަރަހައްދުން ބޭރަށް ދިއުން މަނާ ވެގެންވާ ގޮތެއްގައި ކުށްވެރިއަކަށްދޭ އަދަބެއްގެ ގޮތުން ބަންދު ކުރުމެވެ.
މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަން
"މަތީ ދަރަޖައަކަށް ސަލާމަތީ ފިޔަވަޅު އެޅިފައިވާ ތަން" ކަމަށް ބުނެފައި އެވަނީ، އެ ތަނަށް ވަނުމަށްޓަކައި ބޭނުންވާ ކާކުކަން އަންގައިދޭ ކާޑެއް ނުވަތަ އެނޫންވެސް ނިށާނެއް ދައްކައިގެން މެނުވީ ނުވަދެވޭ ގޮތަށް ހުންނަ، އަދި މެދުކެނޑުމެއްނެތި، އެ ތަނެއްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ގެންދާ ތަނަކަށެވެ.
މީހެއްގެ އަމިއްލަ މައުލޫމާތު
"މީހެއްގެ އަމިއްލަ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހާމަކުރުމަށް އާންމު މީހަކު ބޭނުންނުވާނެ މައުލޫމާތަށެވެ.
މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު
"މަތީ ދަރަޖައަކަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ހުއްދަ ލިބިގެންވާ މީހުންނަށް މެނުވީ ނުލިބޭ ގޮތަށް ރައްކާތެރިކުރެވިފައިވާ މައުލޫމާތަށެވެ.
އިސް ހިންގުންތެރިޔާ
"އިސް ހިންގުންތެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ސިޔާސަތު ކަނޑައެޅުމުގައި ނުވަތަ ކުންފުނީގެ އާދައިގެ މުވައްޒަފުން ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަދަ މަގާމެއްގައި ކުންފުންޏެއްގައި ނުވަތަ ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތެއްގައި ހުންނަ އޮފިސަރަށެވެ. ނުވަތަ އޭޖެންޓަށެވެ.
އަންހެން
އަންހެން ނަމުގެ ގޮތުގައި ބޭނުންކޮށްފައިވާ ނަން ފިރިހެން ނަމުގެ ގޮތުގައި އަދި ފިރިހެން ނަމުގެ ގޮތުގައި ބޭނުންކޮށްފައިވާ ނަން އަންހެން ނަމުގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.
ދައުލަތުގެ މުވައްޒަފު
"ދައުލަތުގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ލިބިގެންވާ ފަރާތްތަކުގެ މެންބަރުންނާއި، މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި މުވައްޒަފުން ހިމެނޭ ގޮތަށެވެ. މީގެތެރޭގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ މަގާމުތަކުން އިންތިހާބުކުރެވޭ މަގާމުތަކަށް ކުރިމަތިލައިގެން ތިބި މީހުންވެސް ހިމެނެއެވެ.
ހިނގާބިނގާވެ އުޅުމުގެ މިނިވަންކަން
"ހިނގާބިނގާވެ އުޅުމުގެ މިނިވަންކަން" ކަމަށް ބުނެފައި އެވަނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް، ހިނގާބިނގާވެ އުޅުމަށް، އާންމު އުސޫލުން، މީހުން ބޭނުންކުރަމުންދާ ފުރުސަތަށެވެ.
ބާރު
"ބާރު" ކަމަށް ބުނެފައި އެވަނީ ތިމާއަށް އެހެން ތަނަކަށް ނުދެވޭނެ ގޮތަށް ހިފެހެއްޓުމަށާއި، ބަންދުކުރުން ހިމެނޭ ގޮތަށް ތިމާގެ ހަށިގަނޑަށް ގެއްލުމެއް ލިބިދާފަދަ ގޮތަކަށް މާއްދީ ގޮތުން ބާރުގެ ބޭނުންކުރުމަށާއި، އެ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރުދެއްކުމަށާއި އަނިޔާކޮށްފާނެކަމުގެ ބިރުދެއްކުމަށާއި އަދި ބަންދުކޮށްފައި ބެހެއްޓުން ހިމެނޭ ގޮތަށް ނުވަތަ ތިމާއަށް އެހެން ތަނަކަށް ނުދެވޭނެ ގޮތަށް ހިފެހެއްޓުން ހިމެނޭގޮތަށް ހަށިގަނޑަށް އަނިޔާ ލިބިދީފާނެކަމުގެ ބިރު އިހުސާސް ކުރުވުމަށެވެ.
ސެމީއޮޓޮމެޓިކް ބަޑި
"ސެމީއޮޓޮމެޓިކް ބަޑި" ކަމަށް ބުނެފައި އެވަނީ، ޓްރިގަރަށް ފިތައިލާ ކޮންމެ ފަހަރަކު ވަކި ވަރަކަށް ވަޒަން ޖެހޭފަދަ އޮޓޮމެޓިކް ލޯޑިންގ އެކްށަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއަށެވެ.
ބަޑި
"ބަޑި" ކަމަށް ބުނެފައި އެވަނީ، ވަޒަންނުކުންނަ ގޮތަށް، ނުވަތަ އެންމެ މަދުވެގެން 60 ފޫޓަށް ވަޒަން ދަތުރުކުރާ ވަރުގެ ބާރު މިން ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަޑިއަށެވެ.