ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޖަމާއަތް
"ޖަމާއަތް" ކަމަށް ބުނެފައި އެވަނީ، ކުންފުންޏާއި ނުވަތަ ޕާރޓްނަރށިޕް ފިޔަވައި، ކުންފުނީގެ ސިފައިގައި ނުވަތަ އެހެން ސިފައެއްގައި އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހިންގާ ޖަމާއަތަށެވެ.
ވިޔަފާރި
"ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުން ނުހިމެނޭގޮތަށް ތިރީގައިވާ ކަންކަމަށެވެ (1) ހުރިހާ ބާވަތެއްގެ ފަންނީ އަދި އެނޫންވެސް މަސައްކަތާއި، އެންމެހައި ވިޔަފާރިއާއި، އުފެއްދުންތެރިކަމާއި، ދަނޑުވެރިކަމާއި، ދަނޑުގޮވާން ކުރުމާއި، ހޯޓިކަލްޗަރއާއި، ލަކުޑި ގަސްހެއްދުމާއި، ފެނުގައި ގަސްގަހާގެހި ހެއްދުމާއި، ކުކުޅުހާ ފަދަ ދޫނީގެ ބާވަތްތައް ގެންގުޅުމާއި ނުވަތަ ގެރިބަކަރި ފަދަ ޖަނަވާރު ގެންގުޅުން، މަސްވެރިކަމާއި، މަސްމަހާމެހި ދިރުވައި ގެންގުޅުމާއި، އަދި އެނޫންވެސް މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ ބޭނުމުގައި ހިންގާ އެންމެހައި ހަރަކާތްތައް (2) ކޮންމެވެސް އަގެއްހުރި މުގާބިލަކަށް ނުއުފުލޭ މިލްކިއްޔާތެއް ބޭނުންކުރުމުގެ ހައްގުދިނުން.
ހުށަހަޅަންޖެހޭ ދުވަސް (ޓެކްސް އާއި ގުޅޭ)
"ހުށަހަޅަންޖެހޭ ދުވަސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ރިޓަރންއާގުޅޭ ގޮތުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) ގެ 17 ވަނަ މާއްދާގެ ދަށުން، އެ ޓެކްސް ރިޓަރން ހުށަހަޅަންޖެހޭ އެންމެފަހު ދުވަހަށެވެ.
އެންގުން (ޓެކްސް އާއި ގުޅޭ)
"އެންގުން" ކަމަށް ބުނެފައި އެވަނީ، ލިޔުމަކުން އެންގުމަށެވެ.
ފަރާތް (ޓެކްސް އާއި ގުޅޭ)
"ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ސަރުކާރު އިދާރާއެއް ނުވަތަ ސަރުކާރު އިދާރާއެއްގެ ބަޔަކަށްވާ ތަނެއް ނުހިމެނޭ ގޮތަށެވެ. އެހެންނަމަވެސް، މި މާނައިގައި ވަޒީރަކު، ވަޒީރެއްގެ ހައިސިއްޔަތު ނޫން އެހެން ހައިސިއްޔަތެއްގައި އަމަލުކުރައްވާއިރު ހިމެނޭނެއެވެ.
ކޮންޓްރޯލް ކުރުން (ކުންފުންނާ ބެހޭ)
ކުންފުންޏެއްގެ ކަންތައްތައް ހިންގާ، ނުވަތަ އެ ކުންފުނީގެ ކަންތައްތައް ސީދާ ނުވަތަ ނުސީދާ ގޮތުގައި ހިންގޭނެ ނުވަތަ ހިންގުމުގެ ހައްގެއް ލިބިފައިވާ ފަރާތަކީ، އެ ކުންފުނި ކޮންޓްރޯލްކުރާ ފަރާތްކަމަށް ބެލެވޭނެއެވެ.
އާއިލާ (ޓެކްސްއާއި ގުޅޭ)
"އާއިލާ" ކަމަށް ބުނެފައި އެވަނީ، ދެމަފިރިންނާއި، އެ ދެމަފިރިންގެ ބަލަދުއަރާ ދަރިންނާއި، ދޮންދަރިންނަށެވެ.

"ހުށަހަޅަންޖެހޭ ދުވަސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ރިޓަރންއާގުޅޭ ގޮތުން، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، އެ ޓެކްސް ރިޓަރން ހުށަހަޅަންޖެހޭ އެންމެފަހު ދުވަހަށެވެ.
ކޮމިށަނަރ ޖެނެރަލް (ޓެކްސް އާއި ގުޅޭ)
"ކޮމިށަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަށެވެ.
އުޖޫރަ
"އުޖޫރަ" ކަމަށް ބުނެފައި އެވަނީ، ޑިރެކްޓަރެއް ނުވަތަ ޕާޓްނަރއެއްގެ ވާޖިބުތައް އަދާކުރުމުގެ ސަބަބުން، ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރއެއްގެ މަގާމު ނުވަތަ ވަޒީފާގައި ހުރުމުގެ ސަބަބުން، ނަގުދު ފައިސާއިން ނޫނަސް ލިބޭ ކޮންމެ އިނާޔަތެއްވެސް ހިމެނޭ ގޮތަށެވެ. އެހެންނަމަވެސް، އެ އިނާޔަތަކީ ނަގުދު ފައިސާ ނުވަތަ ފައިސާގެ އަގުކަމަށް ނުވާނަމަ، އެ އިނާޔަތް ހިމެނޭނީ ގަވާއިދުގެ ދަށުން، އެ އިނާޔަތުގެ އަގުކުރުން ހަމަޖައްސާފައިވާ މިންވަރަކަށް އެކަންޏެވެ.
ވަޒީފާ (ޓެކްސްއާއި ގުޅޭ)
"ވަޒީފާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއަށެވެ.
ޖުމްލަ އާމްދަނީ
"ޖުމްލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގޭ ފައިދާއާގުޅޭ ގޮތުން މި ގާނޫނާއެއްގޮތަށް އެއްވެސް އަދަދެއް ކެނޑުން ނުވަތަ އުނިކުރުމުގެ ކުރިން އެ ފައިދާތައް ހިސާބުކުރުން ބިނާކުރި އާމްދަނީއަށެވެ.
ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން
"ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) ގެ 21 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމަށެވެ.
ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން
"ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) ގެ 20 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމަށެވެ.
ދާއިމީ މަރުކަޒު
"ދާއިމީ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މުޅި ވިޔަފާރި ނުވަތަ ވިޔަފާރީގެ ބައެއް ހިންގާ ވަކި ތަނަކަށެވެ. މީގެ ތެރޭގައި ތިރީގައި ބަޔާންކުރެވިފައިވާ ތަންތަން ހިމެނޭނެއެވެ (2) ވިޔަފާރީގެ މެނޭޖްމަންޓް ގާއިމުވެފައިވާ ތަނެއް؛ (2) ގޮތްޕެއް؛ (3) އޮފީހެއް؛ (4) ފެކްޓްރީއެއް؛ (5) ގުދަނެއް؛ (6) ވަރކްށޮޕެއް (7) ދަނޑު ނުވަތަ ދަނޑުބިމެއް؛ (8) މައުދަން ނަގާތަން، ތެޔޮބިން، ނުވަތަ އެހެނިހެންވެސް ގުދުރަތީ ވަސީލަތްތައް ނަގާ ތަންތަން؛ (9) އިމާރާތްތެއް ނުވަތަ މަސައްކަތްކުރާ ސަރަހައްދެއް ނުވަތަ އިމާރާތްކުރުމާއި، އިންސްޓޮލޭށަން ނުވަތަ އެސެންބްލް ކުރާ ޕްރޮޖެކްޓެއް؛ (10) ކުއްޔަށް ދޫކުރުމަށްޓަކައި ޕްލާންޓާއި މެށިނަރީ ބެލެހެއްޓުން.