ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ސިއްހީ މަސައްކަތްތެރިން ނުވަތަ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން
"ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން" ނުވަތަ "ސިއްހީ މަސައްކަތްތެރިން" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ މެޑިކަލް ޕްރެކްޓިށަނަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތު ޕްރޮފެށަނަލުންނަށެވެ.
ކޮވިޑް-19
"ކޮވިޑް-19" ކަމަށް ބުނެފައި އެވަނީ، ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (SARS-CoV-2) އިން ޖެހޭ ބަލި ކަމުގައިވާ ކޮރޯނާވައިރަސް ޑިޒީޒް (COVID-19) އަށެވެ.
ކަމާބެހޭ ކައުންސިލު (ސިއްހީ)
"ކަމާބެހޭ ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި ބަޔާންކުރާ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލާއި، ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލާއި، އެލައިޑް ހެލްތު ކައުންސިލަށެވެ.
ވެރިފަރާތް (އުޅަނދުގެ)
"ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އުޅަނދުގެ މިލްކުވެރިކަން ލިބިގެންވާ ފަރާތާއި، އުޅަނދެއް ޗާޓަރުކޮށްފައިވާ ފަރާތާއި، އުޅަނދުގެ އޭޖެންޓުކަން ކުރާ ފަރާތާއި، އުޅަނދުގެ މާސްޓަރު ނުވަތަ ކެޕްޓަން ހިމެނޭ ގޮތުންނެވެ.
ސްޓްރަކްޗަރގެ މަސައްކަތް
"ސްޓްރަކްޗަރގެ މަސައްކަތް" ކަމަށް ބުނެފައިއެވަނީ، އިމާރާތެއްގެ ސްޓްރަކްޗަރގެ ބައިތައް ހެދުމަށްޓަކައި ކުރެވޭ މަސައްކަތަށެވެ.
ގުދުރަތީ ނުރައްކާ
"ގުދުރަތީ ނުރައްކާ" ކަމަށް ބުނެފައިއެވަނީ، ގުދުރަތީ ކަމެއްގެ ސަބަބުން ކުރިމަތިވާ ނުރައްކަލަށެވެ.
ތަކެތި ޓެސްޓުކުރާ ފަރާތް
"ތަކެތި ޓެސްޓުކުރާ ފަރާތް" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެއްޗާއި، އެތަކެތި ބޭނުންކުރާ ގޮތް ޓެސްޓުކުރާ ފަރާތްތަކަށެވެ.
ފިޔަވަޅު (އިމާރާތްކުރުމާއި ގުޅޭ)
"ފިޔަވަޅު" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުއްދަދެވިފައިވާ ފަރާތަކާ ބެހޭގޮތުން ކުރެވިފައިވާ ށަކުވާއެއް، ނުވަތަ އެއިން ފަރާތެއްގެ ޢަމަލުތަކާމެދު ބަލައި ބެލުމަކުން ނިންމޭ ނިންމުމަކަށެވެ
ވިޔަފާރި
"ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ކަންކަމުގެ ތެރެއިން ކަމަކާގުޅޭ ވިޔަފާރިއެއް، ނުވަތަ ވިޔަފާރީގެ ދާއިރާއެއް، ނުވަތަ ފަންނެއް، ނުވަތަ ވަޒީފާއެއް، އަދި އެނޫނަސް ނަފާއެއްގެ ބޭނުމުގައި ހިންގޭ ހަރަކާތްތަކަށެވެ (1) މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް، ނުވަތަ ހޯދުމަށް؛ (2) ގޭބިސީ ޔުނިޓެއް ގަތުމާއި، ބިމުން ވިޔަފާރިއެއް ކުރުމަށް.
ވެރި ފަރާތް (އިމާރާތެއްގެ)
"ވެރި ފަރާތް" ކަމަށް ބުނެފައިއެވަނީ (1) އެ އިމާރާތަކުން ކުލި އެ ފަރާތަކަށް ލިބޭ ފަރާތެއް ނުވަތަ އެ އިމާރާތެއް ކުއްޔަށްދީފިނަމަ، އެ އިމާރާތަކުން ކުލި އެ ފަރާތަކަށް އަމިއްލަ ހައިސިއްޔަތުން ލިބޭނެ ފަރާތަކަށެވެ. މީގެ ތެރޭގައި ރަހުނެއްގެ ގޮތުގައި ގެ ހަވާލުވާ ފަރާތްވެސް ހިމެނެއެވެ. ނުވަތަ (2) ބައިބަޔަށް ބެހިފައިވާ އިމާރާތެއްގެ ޢާންމު ބައެއްނަމަ، އެ އިމާރާތެއް ބެލެހެއްޓުމަށް ހަވާލުވެފައިވާ ކުންފުންޏަށެވެ. ނުވަތަ (3) ބައިބަޔަށް ބެހިފައިވާ އިމާރާތެއްގެ ޢާންމު ސަރަހައްދުގެ ބަޔަކުން ކުލި ނުވަތަ ފީ ލިބޭ ފަރާތެއް، ނުވަތަ އެ ބައެއް ބެލެހެއްޓުމަށް ހަވާލުވެފައިވާ ފަރާތަށެވެ. ނުވަތަ (4) ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ކޯޕަރޭށަނެއްގެ ދަށުން ދިރިއުޅުމަށް ހެދިފައިވާ ނުވަތަ ވިޔަފާރި އިމާރާތެއްގެ ޢާންމު ބައެއްނަމަ، އެ ކޯޕަރޭށަނެއްގެ ބޯޑަށެވެ. ނުވަތަ (5) ބައިބަޔަށް ބެހިފައިނުވާ އިމާރާތެއްގެ ޢާންމު ބައެއްނަމަ، އެ ބައެއް ބެލެހެއްޓުމަށް ހަވާލުވެފައިވާ ކުންފުންޏެއް ނުވަތަ އެ ބަޔަކުން ކުލި ލިބޭ ފަރާތެއް، ނުވަތަ އެ ބައެއް ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތަށެވެ.
އިމާރާތްކުރުވާ ފަރާތް
"އިމާރާތްކުރުވާ ފަރާތް" ކަމަށް ބުނެފައިއެވަނީ، އިމާރާތުގެ ވެރިފަރާތް ނުވަތަ މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމަކާ ގުޅޭގޮތުން އިމާރާތްކުރުމުގެ މަސައްކަތެއް ކުރުވާ ކޮންމެ ފަރާތަކަށެވެ. އަދި ވިޔަފާރީގެ އުސޫލުން އިމާރާތް ތަރައްގީކުރާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، ވިޔަފާރިއެއްގެ ގޮތުގައި ކުރާ ކޮންމެ ފަރާތަކަށެވެ (1) އިމާރާތްކުރުން؛ ނުވަތަ (2) އިމާރާތްކުރުމަށް މަގުފަހިކޮށްދީ، ތަނަވަސް ކޮށްދިނުން؛ ނުވަތަ (3) އިމާރާތްކުރި ނުވަތަ އިމާރާތްކުރުމަށް މަގުފަހިކޮށްދީ ތަނަވަސް ކޮށްދޭ ފަރާތުގެ ކިބައިން އެ އިމާރާތް ގަންނަ ފަރާތް.
ކުރެހުމާއި ލިޔުންތައް
"ކުރެހުމާއި ލިޔުންތައް" ކަމަށް ބުނެފައިއެވަނީ، އިމާރާތެއް ކުރުމުގައި ނުވަތަ އިމާރާތަކަށް ބަދަލެއް ގެނައުމުގައި ވަކި ސްޕެސިފިކޭށަންތަކަކާ އެއްގޮތަށް އެކަން ކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ޑިޒައިންތަކާއި ކުރެހުންތަކާއި ލިޔުންތަކަށެވެ.
ބަދަލު ގެނައުން
"ބަދަލު ގެނައުން" ކަމަށް ބުނެފައިއެވަނީ، އިމާރާތަކާ ގުޅޭގޮތުން ކަމަށްވާނަމަ، އެ އިމާރާތެއް މަރާމާތުކުރުމާއި، ބޮޑުކުރުމާއި، އެ އިމާރާތް އަލުން އެޅުމާއި، އަލުން ކޮޅަށްޖެހުމާއި، އެ އިމާރާތަށް ބައެއް އިތުރުކުރުމާއި، އިމާރާތުން ބައެއް އުނިކުރުން ހިމެނޭގޮތުންނެވެ.

ރަޖިސްޓަރީ
"ރަޖިސްޓަރީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހުއްދަކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު އެކުލެވޭ ގޮތަށް މިނިސްޓްރީން ލިޔެ ބަލަހައްޓާ ދަފްތަރަށެވެ.