ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން
"ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) ގެ 21 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމަށެވެ.
ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން
"ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) ގެ 20 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމަށެވެ.
ދާއިމީ މަރުކަޒު
"ދާއިމީ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މުޅި ވިޔަފާރި ނުވަތަ ވިޔަފާރީގެ ބައެއް ހިންގާ ވަކި ތަނަކަށެވެ. މީގެ ތެރޭގައި ތިރީގައި ބަޔާންކުރެވިފައިވާ ތަންތަން ހިމެނޭނެއެވެ (2) ވިޔަފާރީގެ މެނޭޖްމަންޓް ގާއިމުވެފައިވާ ތަނެއް؛ (2) ގޮތްޕެއް؛ (3) އޮފީހެއް؛ (4) ފެކްޓްރީއެއް؛ (5) ގުދަނެއް؛ (6) ވަރކްށޮޕެއް (7) ދަނޑު ނުވަތަ ދަނޑުބިމެއް؛ (8) މައުދަން ނަގާތަން، ތެޔޮބިން، ނުވަތަ އެހެނިހެންވެސް ގުދުރަތީ ވަސީލަތްތައް ނަގާ ތަންތަން؛ (9) އިމާރާތްތެއް ނުވަތަ މަސައްކަތްކުރާ ސަރަހައްދެއް ނުވަތަ އިމާރާތްކުރުމާއި، އިންސްޓޮލޭށަން ނުވަތަ އެސެންބްލް ކުރާ ޕްރޮޖެކްޓެއް؛ (10) ކުއްޔަށް ދޫކުރުމަށްޓަކައި ޕްލާންޓާއި މެށިނަރީ ބެލެހެއްޓުން.
ކުންފުނީގައި އެކަށީގެން މަސްލަހަތެއް ލިބިފައިވާ މީހަކު
"ކުންފުނީގައި އެކަށީގެން މަސްލަހަތެއް ލިބިފައިވާ މީހަކު" ކަމުގައި ބުނެފައި އެވަނީ، ވޯޓުލުމުގެ ހައްގު ލިބިދޭ ހިއްސާތަކުގެ ތެރެއިން މަދުވެގެން %5 (ފަހެއް އިންސައްތަ) ހިއްސާގެ މައްޗަށް ވޯޓުލުމުގެ ބާރު ހިންގޭ މީހަކަށެވެ.
މީހާ
"މީހާ" ކަމަށް ބުނެފައި އެވަނީ ވަކިފަރުދެއް، ކުންފުންޏެއް، ޕާޓްނަރށިޕެއް، ކޯޕަރޭޓިވް ސޮސައިޓީއެއް، ޓްރަސްޓެއް އަދި ޖަމާއަތެއްވެސް ހިމެނޭ ގޮތަށެވެ.
ޓިން
"ޓިން" ކަމަށް ބުނެފައި އެވަނީ، "ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު" (ގާނޫނު ނަންބަރު 3/2010) އާއެއްގޮތަށް ކޮންމެ މީހަކަށް ކަނޑައެޅިފައިވާ ޓެކްސް ދައްކާ މީހެއްކަން އަންގައިދޭ ނަންބަރަށެވެ.
ޓެކްސް އަހަރު
"ޓެކްސް އަހަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ އަހަރެއްގެ 1 ޖެނުއަރީން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތެވެ. މިސާލަކަށް ޓެކްސް އަހަރު 2012 ގެ މާނައަކީ، 1 ޖެނުއަރީ 2012 ން ފެށިގެން 31 ޑިސެމްބަރު 2012 އަށެވެ.
ޓެކްސް ބަޔާން
"ޓެކްސް ބަޔާން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) 17 ވަނަ މާއްދާ ނުވަތަ 18 ވަނަ މާއްދާގެ ދަށުން ތައްޔާރުކޮށް ހުށަހެޅޭ ރިޓަރން އަދި މީގެ ތެރޭގައި ވަގުތު ފާއިތުވާ ފަހުން ހުށަހެޅޭ ނުވަތަ މި ގާނޫނުގެ 3 ވަނަ ބާބުގައިވާގޮތަށް އިސްލާހުކުރެވިފައިވާ ރިޓަރން ހިމެނޭގޮތަށެވެ.
ޓެކްސް ނެގޭ ފައިދާ
"ޓެކްސް ނެގޭ ފައިދާ" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) ގެ 2 ވަނަ މާއްދާއާއި، 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާގައި ދެވިފައިވާ މާނައަށެވެ.
އުޖޫރަ
"އުޖޫރަ" ކަމަށް ބުނެފައި އެވަނީ، ޑިރެކްޓަރެއް ނުވަތަ ޕާޓްނަރއެއްގެ ވާޖިބުތައް އަދާކުރުމުގެ ސަބަބުން، ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރއެއްގެ މަގާމު ނުވަތަ ވަޒީފާގައި ހުރުމުގެ ސަބަބުން، ނަގުދު ފައިސާއިން ނޫނަސް ލިބޭ ކޮންމެ އިނާޔަތެއްވެސް ހިމެނޭ ގޮތަށެވެ. އެހެންނަމަވެސް، އެ އިނާޔަތަކީ ނަގުދު ފައިސާ ނުވަތަ ފައިސާގެ އަގުކަމަށް ނުވާނަމަ، އެ އިނާޔަތް ހިމެނޭނީ ގަވާއިދުގެ ދަށުން، އެ އިނާޔަތުގެ އަގުކުރުން ހަމަޖައްސާފައިވާ މިންވަރަކަށް އެކަންޏެވެ.

ވަޒަންވެރިވެފައި (ޓެކްސް އާއި ގުޅޭ)
"ވަޒަންވެރިވެފައި" ކަމަށް ބުނެފައި ވަނީ، ވަކި ފަރުދަކަށް ނިސްބަތްކޮށް ބަލާއިރު (1) އެ އަހަރެއްގައި 183 (ސަތޭކަ އަށްޑިހަތިނެއް) ދުވަހަށް، ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދިވެހިރާއްޖޭގައި ހުރެފައިވާ މީހަކަށް؛ (2) ދިވެހިރާއްޖޭގައި ދިރިއުޅެން ގަސްތުކޮށްގެން އެ އަހަރު ދިވެހިރާއްޖެއަށް އައިސްފައިވާ މީހަކަށް؛ ނުވަތަ (3) އެ އަހަރު އާންމުކޮށް ދިވެހިރާއްޖޭގައި ދިރިއުޅެމުން ގެންދިޔަ، އެކަމަކު އެ އަހަރު ނިމުމުގެ ކުރިން ފުރައިގެން ދިޔަ މީހަކަށެވެ.
ދިވެހިރާއްޖޭގައި އާންމު ގޮތެއްގައި ވަޒަންވެރިވެފައިވާ މީހަކަށް ނިސްބަތްކުރާ ކުރުމަކީ އެމް.އައި.އާރް.އޭ އިން ދެކޭ ގޮތުގައި ވަގުތީ ގޮތުން ރާއްޖެއިން ބޭރަށް ދިއުން ފިޔަވާ އާދައިގެމަތިން ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކަށް ނިސްބަތްކުރާ ކުރުމެކެވެ. ޕާޓްނަރށިޕްއެއް ނުވަތަ ޓްރަސްޓްއެއް ނުވަތަ އެހެން ޖަމްއިއްޔާއެއްވެސް ދިވެހިރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގާނަމަ، ޓެކްސް ގެ މަޤްޞަދަށްޓަކައި، ބެލެވޭނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ކުންފުންޏެއް، ޓެކްސް ގެ މަޤްޞަދަށްޓަކައި، ބެލެވޭނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.
ރޯޔަލްޓީ
"ރޯޔަލްޓީ" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކުރެވިފައިވާ ގޮތަކަށް ދައްކާފައިވާ ފައިސާއަށެވެ (1) އެއްވެސް އިލްމީ، ފަންނީ ނުވަތަ ތަހުލީލީ މަސައްކަތެއްގެ ކޮޕީރައިޓްއެއް؛ އެއްވެސް ޕޭޓެންޓްއެއް، ޓްރޭޑްމާކްއެއް، ފަރުމާއެއް ނުވަތަ މޮޑެލްއެއް، ކުރެހުމެއް، ސިއްރު ފޯމިއުލާއެއް، ނުވަތަ ޕްރޮސެސްއެއް؛ ސިނާއީ، މަދަނީ ނުވަތަ ތަހުލީލީ މަސައްކަތްކުރާ ސާމާނު، މިއިން އެއްވެސް އެއްޗެއް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ހައްގު ހޯދުމަށް މުގާބިލެއްގެ ގޮތުގައި ދައްކާ ފައިސާ؛ (2) ސިނާއީ، މަދަނީ ނުވަތަ ތަހުލީލީ މަސައްކަތްކުރުމުގެ ތަޖުރިބާއާބެހޭ މައުލޫމާތު ދިނުމަށްދެވޭ ފައިސާ؛ (3) މައުދަން؛ މައުދަން އެކުލެވޭ ތެޔޮ އަދި އެހެނިހެން ގުދުރަތީ ވަސީލަތްތައް ނެގުމަށް މަސައްކަތްކުރުމުގެ ހައްގު ދިނުމުގެ މުގާބިލެއްގެ ގޮތުގައި ދައްކާ ވަކި މިންވަރެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މިންވަރެއް ކަނޑައެޅިފައިނުވާ ފައިސާ.