-

ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓު

"ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން މުދާ އުފުލާ އުޅަނދުފަހަރުގައި އެއްވެސް ބާވަތެއްގެ ނުރައްކައުތެރި މުދަލެއްނުވަތަ ފަސޭހައިން އަލިފާން ހިފާ ބާވަތުގެ އެއްވެސް އެއްޗެއް އުފުލާނަމަ، އެ އުޅަނދުފަހަރުގައި ނުރައްކައުތެރި މުދާ ބަހައްޓާ ތަންތަނާއި އެ މުދާ ގެންގުޅޭނެގޮތް ފަޅުވެރިންނަށް ބުނެދީފައިވުމާއެކު،އެ މުދާ އިންޓަރނޭށަނަލް މެރިޓައިމް ޑޭންޖަރަސް ގްޑުސް (އައި.އެމް.ޑީ.ޖީ) ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށް ލޭބަލްކޮށްފައި ހުރުމާއެކު، އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ލޭބަލްތައް ފެންނާނޭ ގޮތަށް އެ އުޅަނދުފަހަރުގައި ބަހައްޓައިފައި ހުރިކަން ޔަގީން ކުރުމާއެކު، އެ އުޅަނދަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓަށެވެ.