ގާނޫނީ ރަދީފު
"އަގު" ކަމަށް ބުނެފައި އެވަނީ،
- ތަކެތި އެތެރެކުރާ މަރުހަލާގައި ނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަމަލުކުރާ "ކަސްޓަމްސް ވެލިއު" އަށެވެ؛
- ހޯލްސޭލް މަރުހަލާގައި ނަމަ، ވިޔަފާރި މުއާމަލާތު ހިންގި ފަރާތުން ކަނޑައަޅާ ހޯލްސޭލް އަގަށެވެ؛
- ރީޓެއިލް މަރުހަލާގައި ނަމަ، ވިޔަފާރި މުއާމަލާތު ހިންގި ފަރާތުން ކަނޑައަޅާ ރީޓެއިލް އަގަށެވެ.
"އަގު" ކަމަށް ބުނެފައި އެވަނީ،
- ރާއްޖެއަށް ތަކެތި އެތެރެކުރާ މަރުހަލާގައިނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަމަލުކުރާ "ކަސްޓަމްސް ވެލިއު" އަށެވެ.
- ހޯލްސޭލް މަރުހަލާގައިނަމަ، ވިޔަފާރީގެ މުއާމަލާތް ހިންގި ފަރާތުން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓަ އިފައި ހުންނަ ހޯލްސޭލް އަގަށެވެ.
- ރީޓެއިލް މަރުހަލާގައިނަމަ، ވިޔަފާރި މުއާމަލާތް ހިންގި ފަރާތުން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓަ އިފައި ހުންނަ ރީޓެއިލް އަގަށެވެ.
- ނަމަވެސް ރީޓެއިލްކޮށް ވިއްކީ 20 (ވިހި) ސިނގިރޭޓަށްވުރެ ނުވަތަ 50 (ފަންސާސް) ބިޑިއަށްވުރެ މަދު އަދަދެއްނަމަ، އަގުކަމުގައި ބެލޭނީ، ވިޔަފާރީ ގެ މުއާމަލާތް ހިންގި ފަރާތުން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓައި ފައި ހުންނަ 20 (ވިހި) ސިނގިރޭޓުގެ ސިނގިރޭޓު ފޮއްޓެއްގެ ނުވަތަ 50 (ފަންސާސް) ބިޑީގެ ބިޑި ބޮނޑިއެއްގެ އަގަށެވެ.
- ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހިންގާ އިންސްޕެކްށަންގެ ތެރެއިން ފެނުނު ދުންފަތުގެ ބާވަތެއްނަމަ، އެތަނެއްގައި ނުވަތަ އެ އުޅަނދެއްގައި އެވަގުތު ހުރި މި ގަވާއިދަށް ނުފެތޭ ދުންފަތުގެ ހުރިހާ ބާވަތެއްގެ ރީޓެއިލް އަގަށެވެ. އިންސްޕެކްށަންގެ ތެރެއިން ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ބާވަތްތައް ފެ ނުނީ ގުދަންކޮށްފައި ނުވަތަ އުޅަނދެއްގައި ހުއްޓާ ކަމުގައިވާނަމަ، އަގުކަމުގައި ބެލޭނީ، އެތަކެތީގެ ވެރިފަރާތުން ހިންގާ ތަނެއްގައި އެފަދަ ތަކެތި ވިއްކަން ކަނޑައަޅައި އާންމުކޮށްފައިހުރި ނުވަތަ މިފަދަ ތަކެތި ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ ރީޓެއިލް އަގެވެ.
"އަސަރު" ކަމަށް ބުނެފައި އެވަނީ، މަށްރޫއެއްގެ ސަބަބުން ގުދުރަތީ ވެށްޓަށް އަންނަ ބަދަލަށެވެ. މީގެތެރޭގައި އިނގިރޭސި ބަހުން "އިމްޕެކްޓް" އާއި "އިފެކްޓް" މި ދެބަސް ބޭނުން ކުރުމުން ނުކުންނަ މާނަ ހިމެނެއެވެ. އަސަރުގެ ތެރޭގައި ހިމެނެނީ، އަމަލެއްގެ ސަބަބުން ނުކުންނަ ސީދާ ނަތީޖާ، އަދި އަމަލަކުން ނުވަތަ އަމަލުތަކަކުން ނުކުންނަ ނުސީދާ ނަތީޖާ. އެ އަމަލެއްގެ ސަބަބުން މަށްރޫއު ހިންގާ ސަރަހައްދާ ދުރު ހިސާބުތަކަށް ކޮށްފާނޭ އަސަރުތަކާއި ކުރިމަގުގައި ކޮށްފާނޭ ކަމަށް ބެލޭ އަސަރުތަކާއި އަދި މަށްރޫއު ހިންގާ ސަރަހައްދަށް ކުރިމަގުގައި ކޮށްފާނެ އަސަރުތައް މީގެ ތެރޭގައި ހިމެނެއެވެ. އަދި މީގެތެރޭގައި އެ އަމަލެއްގެ ސަބަބުން ހެދިބޮޑުވުމަށް އަސަރުކުރުމާއި އަދި ބިން ބޭނުންކުރެވެމުންދާ ގޮތަށް އަސަރުކޮށްފާނޭ ބަދަލުތަކާއި އާބާދީގެ މިންވަރާއި އިތުރުވަމުންދާ ނިސްބަތަށް އަތުވެދާނޭ ބަދަލުތަކާއި އަދި މިކަންކަމުގެ ސަބަބުން ވަޔަށާއި ފެނަށާއި އަދި އެހެންވެސް ގުދުރަތީ ނިޒާމުތަކަށާއި އިކޯސިސްޓަމްތަކަށް އަތުވެދާނޭ ބަދަލު ހިމެނެއެވެ.
"އަސަރުތައް ކުޑަކުރުން ނުވަތަ އަސަރު ނުކުރާނެ ގޮތް ހެދުން" ކަމަށް ބުނެފައި އެވަނީ؛
- ކަމެއް ނުވަތަ ކަމެއްގެ ބައެއް ނުކޮށް ދޫކޮށްލައިގެން، އެކަމުންކުރަން އޮތް އަސަރު އެއްގޮތަކަށްވެސް ނުކުރާނޭ ގޮތް ހެދުމަށް؛
- މަށްރޫއެއްގައި އެކުލެވޭ ވަކި ހަރަކާތެއް ހިންގުމުގައި އެކަމެއް ކޮންޓްރޯލްކޮށްގެން ނުވަތަ ވަކި މިންގަ ނޑެއްގައި ހިފަހައްޓައިގެން އެކަމަކުން ނުކުމެދާނޭ ނޭދެވޭ އަސަރު ވީހާ ކުޑަކުރުމަށް؛
- ތަރައްގީކުރުމުން ނުކުންނާނޭ ރަނގަޅު އަސަރުތަކުން އެންމެ އެކަށީގެންވާ ފައިދާ ލިބޭނޭގޮތް ހެދުމަށް؛
- ގެއްލުން ލިބިފައިވާ ވެށި ރަނގަޅުކުރުމަށްޓަކައި މަރާމާތު ކުރުމާއި، އާބާތުރަ ފިލުވުމާއި އާލާކުރުމާއި، ކުރިން ހުރި ގޮތަށް އިއާދަކުރުމަށް؛
- އަމަލީ މަސައްކަތްތައް ހިނގަމުންދާ މުއްދަތުގައި ތިމާވެށި ދެމެހެއްޓޭގޮތަށް މަސައްކަތްކޮށްގެން ތިމާވެށްޓަށް ދިގުމުއްދަތުގައި ކުރާނެ އަސަރު ކުޑަކުރުމަށް ނުވަތަ އެއްގޮތަކަށްވެސް އަސަރު ނުކުރާނޭ ގޮތް ހެދުމަށް؛
- ތިމާވެށްޓަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ލިބުނު ގެއްލުމަށް އަޅާކިޔޭނެ ހިދުމަތެއް/ކަމެއް ތިމާވެށްޓަށް ކޮށްދިނުން.
"އަސާސީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ދައުލަތުގެ ފަރާތުން ފޯރުވައި ދިނުމަށްޓަކައި ދޭންޖެހޭ ހިދުމަތަށެވެ.
"އަސާސީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ދައުލަތުގެ ފަރާތުން ފޯރުވައިދިނުމަށް ޓަކައި ދޭންޖެހޭ ހިދުމަތަށެވެ.
"އަސާސީ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، އިމާރާތެއްގައި ދިރިއުޅޭ ފަރާތްތަކަށް އެ އިމާރާތުގައި ދިރިއުޅުމަށްޓަކައި ދުވަހުން ދުވަހަށް ބޭނުންކުރަންޖެހޭ ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތްތަކަށެވެ.
"އަސާސީ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހިދުމަތްތަކަށެވެ.
"އަސާސީ ބޭހުގެ ލިސްޓު" ކަމުގައި ބުނެފައި އެ ވަނީ، ބޭސް ފަރުވާކުރާ ކޮންމެ ތަނެއްގައި އެ ތަނަކުން ފޯރުކޮށްދޭ ސިިއްހީީ ހިދުމަތަށް ކޮންމެހެން ބޭނުންވާކަމަށް، ގަވާއިދު ނަންބަރު 2014-46 (ބޭހާބެހޭ ގަވާއިދު) ގައި ކަނޑައަޅައިފައިވާ އަސާސީ ބޭހުގެ ލިސްޓަށެވެ.