-

އަސަރުތައް ކުޑަކުރުން ނުވަތަ އަސަރު ނުކުރާނެ ގޮތް ހެދުން

"އަސަރުތައް ކުޑަކުރުން ނުވަތަ އަސަރު ނުކުރާނެ ގޮތް ހެދުން" ކަމަށް ބުނެފައި އެވަނީ؛ 

  1. ކަމެއް ނުވަތަ ކަމެއްގެ ބައެއް ނުކޮށް ދޫކޮށްލައިގެން، އެކަމުންކުރަން އޮތް އަސަރު އެއްގޮތަކަށްވެސް ނުކުރާނޭ ގޮތް ހެދުމަށް؛ 
  2. މަށްރޫއެއްގައި އެކުލެވޭ ވަކި ހަރަކާތެއް ހިންގުމުގައި އެކަމެއް ކޮންޓްރޯލްކޮށްގެން ނުވަތަ ވަކި މިންގަ ނޑެއްގައި ހިފަހައްޓައިގެން އެކަމަކުން ނުކުމެދާނޭ ނޭދެވޭ އަސަރު ވީހާ ކުޑަކުރުމަށް؛ 
  3. ތަރައްގީކުރުމުން ނުކުންނާނޭ ރަނގަޅު އަސަރުތަކުން އެންމެ އެކަށީގެންވާ ފައިދާ ލިބޭނޭގޮތް ހެދުމަށް؛ 
  4. ގެއްލުން ލިބިފައިވާ ވެށި ރަނގަޅުކުރުމަށްޓަކައި މަރާމާތު ކުރުމާއި، އާބާތުރަ ފިލުވުމާއި އާލާކުރުމާއި، ކުރިން ހުރި ގޮތަށް އިއާދަކުރުމަށް؛ 
  5. އަމަލީ މަސައްކަތްތައް ހިނގަމުންދާ މުއްދަތުގައި ތިމާވެށި ދެމެހެއްޓޭގޮތަށް މަސައްކަތްކޮށްގެން ތިމާވެށްޓަށް ދިގުމުއްދަތުގައި ކުރާނެ އަސަރު ކުޑަކުރުމަށް ނުވަތަ އެއްގޮތަކަށްވެސް އަސަރު ނުކުރާނޭ ގޮތް ހެދުމަށް؛
  6. ތިމާވެށްޓަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ލިބުނު ގެއްލުމަށް އަޅާކިޔޭނެ ހިދުމަތެއް/ކަމެއް ތިމާވެށްޓަށް ކޮށްދިނުން.