ގާނޫނީ ރަދީފު
"ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި އިދާރާތައް ތަމްސީލުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 9 (ނުވައެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ.
- ދާހިލީ ކަންކަމާބެހޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތެއް؛
- ސިއް ހަތާބެހޭ މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީގެ ދަށުން ހިނގާ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސިއް ހަތާބެހޭ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- އިޖްތިމާއީ ރައްކާތެރިކަމާބެހޭ މިނިސްޓްރީގައި އިޖްތިމާއީ ރައްކާތެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ސަރުކާރުގެ މިނިސްޓްރީގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ޒުވާނުންގެ ކަންކަމާގުޅޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- ތައުލީމާބެހޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
- މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ބަންދުގައި ތިބޭ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާ ދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ޖަމްއިއްޔާގެ މައިގަނޑު މަގްސަދު ކަމުގައިވާ މަދަނީ ޖަމްއިއްޔާއެއްގެ މަންދޫބެއް.
"ނޭށަނަލް ޕުރޮގުރާމު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހިންގާ ހާއްސަ ދިގުމުއްދަތަށް ބޭސް ބޭނުންކުރަންޖެހޭ ބަލިތަކަށް ފަރުވާދޭ ޕުރޮގުރާމު (މިސާލު: ޓީބީ ޕުރޮގުރާމު، އެޗް އައި ވީ ޕުރޮގުރާމު) ތަކަށެވެ.
"ނޭށަނަލް ޕޭ ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "ނޭށަނަލް ޕޭ ކޮމިށަން" އަށެވެ.
"ފަހި ފުރުސަތު" ނުވަތަ "ނޮން ކޮމްޕެޓިޓިވް ޕާތުވޭ" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާ ހޯދުމުގައި މި މަގު ހިޔާރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ލިބިފައިވާކަމަށް ކޮމްޕިޓެންސީ ޕްރޮފައިލުން ދެނެގަނެވޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކޮށް ހޯދޭ ވަޒީފާގެ ފުރުސަތަށެވެ.
"ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ:
- ސްޕެސިފައިޑް އިންށޯރެންސް ކުންފުންޏަކުން ނުވަތަ ކަސްޓޯޑިއަލް އިންސްޓިޓިއުށަނަކުން ނުވަތަ ޑިޕޮޒިޓަރީ އިންސްޓިޓިއުށަނަކުން ހިންގާ ބާވަތުގެ މާލީ ނުވަތަ ގަނެވިއްކުމުގެ ހަރަކާތަކާ ގުޅުންހުރި ޒިންމާއެއްގެ ދަށުން ލިބޭ ފައިސާއަށް ރައްދުނުވާ ގޮތަށް، ދައުލަތުގެ އެންޓީޓީތަކަށް، ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ނުވަތަ ޖަމާއަަތްތަކަށް، ނުވަތަ ސެންޓްރަލް ބޭންކަށް؛
- ބްރޯޑް ޕާޓިސިޕޭށަން ރިޓަޔަރމަންޓް ފަންޑަކަށް، ނެރޯ-ޕާޓިސިޕޭށަން ރިޓަޔަރމަންޓް ފަންޑްތަކަށް، ދައުލަތުގެ އެންޓިޓީއެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަަތެއްގެ ނުވަތަ ސެންޓްރަލް ބޭންކުގެ ޕެންށަން ފަންޑްތަކަށް، ކޮލިފައިޑް ކްރެޑިޓް ކާޑް ދޫކުރާ ފަރާތްތަކަށް؛
- ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެ އެންޓިޓީ ބޭނުންކޮށްފާނެކަމުގެ ރިސްކު ކުޑަކަމަށް ބެލެވޭ އަދި މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެންޓިޓީތަކާ އެއްގޮތް ސިފަތަކެއް އެކަށީގެންވާ މިންވަރަކަށް ހުރި، އަދި ދިވެހިރާއްޖޭގެ ގާނޫނެއްގައި ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އެއްވެސް އެންޓިޓީއަކަށް، އެއީ އެ އެންޓިޓީ ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ގޮތުގައި އޮންނަ އޮތުން، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ މަގުސަދުތަކާ ފުށުނާރާނަމަ؛
- އެގްޒެމްޓް ކަލެކްޓިވް އިންވެސްޓްމަންޓް ވެހިކަލަށް؛ ނުވަތަ
- އެ ޓްރަސްޓެއްގެ ޓްރަސްޓީއަކީ ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއް ކަމުގައި ވާނަމަ އަދި މި ގަވާއިދުގެ ދަށުން އެ ޓްރަސްޓުގެ ރިޕޯޓަބަލް އެކައުންޓުތަކާ ގުޅިގެން ރިޕޯޓުކުރާންޖެހޭ އެންމެހައި މައުލޫމާތު އެ ޓްރަސްޓީ ރިޕޯޓުކުރާނަމަ، އެ ގޮތުން ރިޕޯޓުކުރާ ނިސްބަތުން، ޓްރަސްޓަކަށެވެ.
"ނޯޓަރައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ލިޔުމެއްގައި، ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައި ސޮއިކުރުމަށެވެ.
"ނޯޓަރައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ލިޔުމެއްގައި ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައިފައި ސޮއިކުރުމަށެވެ.
"ނޯޓަރައިޒްކޮށްފައިވާ ލިޔުމެއް" ކަމަށް ބުނެފައި އެވަނީ،ނޯޓަރައިޒްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައި ސޮއިކޮށްފައިވާ ލިޔުމަކަށެވެ.
"ނޯޓަރައިޒްކޮށްފައިވާ ލިޔުމެއް" ކަމަށް ބުނެފައި އެވަނީ، ނޯޓަރައިޒްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައި ސޮއިކޮށްފައިވާ ލިޔުމަކަށެވެ.