ގާނޫނީ ރަދީފު
"ކައުންޓަރ އިންސާރޖެންސީ އޮޕަރޭށަން" ކަމަށް ބުނެފައި އެވަނީ ހަތިޔާރު އެޅި ބަޔަކާއި ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަނަށެވެ.
"ކައުންޓަރފީޓް މާރކް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބާވަތުގެ ނިށާނަށެވެ.
(ހ) ރަޖިސްޓަރީކުރެވިފައިވާ ޓްރޭޑްމާރކަކާ ސީދާ އެއްގޮތް ނިށާނެއް؛ ނުވަތަ
(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާރކްގެ މާނައިގައި ހިމެނޭ އަސާސީ ސިފަތަކަށް ބެލުމުން، ރަޖިސްޓަރީކޮށްފައިވާ މާރކް ވަކިކުރަން ނޭނގ،ޭ އަދި އެކަމުގެ ސަބަބުން މި ގާނޫނުގެ ދަށުން ސައްހަ ގޮތުގައި މާރކް ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ހައްގަށް އަރައިގަންނަ ކޮންމެ ނިށާނެއް.
"ކައުންޓަރފީޓް މުދާ" ކަމަށް ބުނެފައި އެވަނީ، މުދަލަކާ ގުޅޭގޮތުން ސައްހަ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކަކާ ސީދާ އެއްގޮތް ނިށާނެއް ނުވަތަ އެ ޓްރޭޑްމާރކްގެ އަސާސީ ސިފަތަކަށް ބެލުމުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކަކާ ތަފާތުކުރަން ނޭނގޭ ނިށާނެއް، އެ މުދަލެއްގައި ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކް ގެ ވެރިފަރާތުގެ ހުއްދަނެތި ބޭނުންކޮށްފައިވާ، އަދި އެފަދައިން މުދަލުގައި ނިށާނެއް ބޭނުންކުރުމުގެ ސަބަބުން މި ގާނޫނުގެ ދަށުން ޓްރޭޑްމާރކް ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ހައްގަށް އަރައިގަނެވޭ ކޮންމެ މުދަލަކަށެވެ.
"ކައުންޓާރފީޓް" ކަމުގައި ބުނެފައި އެވަނީ، ބޭސް އުފެއްދުމުގައި އޮޅުވައިލައިފައި ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ބޭހެއް ސައްހަނޫންގޮތުގައި ނަކަލުކުރުމުގެ ގޮތުން އުފައްދައިފައިވާ ބޭހަށެވެ.
"ކަމިށަންޑް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ފުލުހުންގެ ހުވާކޮށްފައި ތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބްއިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ މަގާމުގެ އޮފިސަރުންނަށެވެ.
"ކަލެކްޓަރ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން، މަސް ކިރުވާ (ލޭންޑް ކުރާ) ބަނދަރަކަށް ނުވަތަ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކަށް ކުރިން ކިރުވައިފައި ނުވާ ނުވަތަ ލޭންޑްކޮށްފައި ނުވާ މަހުގެ ބާވަތްތައް ސީދާގޮތެއްގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުން ބަދަލުކުރުމަށް ހަރަކާތްތެރިވާ މަސްކިރާ ނުވަތަ މަސް ކަލެކްޓްކުރާ ނުވަތަ މަސް ޓްރާންސްފަރކުރާ އެންމެހާ އުޅަނދުފަހަރަށެވެ.
"ކަލެކްޓަރ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން، މަސް ކިރުވާ (ލޭންޑްކުރާ) ބަނދަރަކަށް ނުވަތަ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކަށް ކުރިން ކިރުވައިފައިނުވާ ނުވަތަ ލޭންޑްކޮށްފައިނުވާ މަހުގެ ބާވަތްތައް ސީދާގޮތެއްގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުން ބަދަލުކުރުމަށް ހަރަކާތްތެރިވާ މަސްކިރާ ނުވަތަ މަސް ކަލެކްޓްކުރާ ނުވަތަ މަސް ޓްރާންސްފަރކުރާ އެންމެހައި އުޅަނދުފަހަރަށެވެ.