ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޓްރައިބިއުނަލް
”ޓްރައިބިއުނަލް“ ކަމުގައި ބުނެފައި އެވަނީ، ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ހިލާފު އުފެދިފައިވާ ހާލަތުގައި، އެކަމަކާމެދު ވަކިގޮތެއް ކަނޑައަޅައި ދިނުމަށްއެދި ހުށަހެޅުމުން، އެކަމަކާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ގާނޫނުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށެވެ.
ސަރަހައްދުގެ ރައްކާތެރިކަން
”ސަރަހައްދުގެ ރައްކާތެރިކަން“ ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެންމެހައި މީހުންނާއި ތަންތަނާއި ތަކެތީގެ ރައްކާތެރިކަމަށާއި، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ބައެއް ދިވެހި ދައުލަތުގެ ބާރުގެ ދަށުން ނެއްޓިގެން ދިޔަ ނުދިނުމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން
”ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން“ ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވުމަށެވެ. މީގެ ތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢުދުވާނީ ހަރަކާތްތައް ހިމެނެއެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުން ކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ގާނޫނާ ހިލާފުނުވެ ހިންގާ ސުލްހަވެރި ހަރަކާތްތަކެއް މީގެތެރޭގައި ނުހިމެނެއެވެ.
ދުށްމަން
”ދުށްމަން“ ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ގެއްލުންވާފަދަ ޢަމަލެއް ކުރާ ބިދޭސީންނަށެވެ. ”ދުށްމަން“ ގެ މާނައިގައި ރައްޔިތުންނެއް ނުހިމެނޭނެއެވެ.
ދުސްތޫރީ މައްސަލަ
”ދުސްތޫރީ މައްސަލަ“ ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީ ގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާޢިދެއް ނުވަތަ ގަވާޢިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއްވިޔަސް ގާނޫނުއަސާސީ އާ ހިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާން ޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.
މާލީ އެއްވެސް މަސްލަހަތެއް ބޭއްވުން
”މާލީ އެއްވެސް މަސްލަހަތެއް ބޭއްވުން“ ކަމުގައި ބުނެފައި އެވަނީ،އެކަމަކުން އެމީހެއްގެ މުދާވެރިކަމަށް ނުވަތަ ފައިސާވެރިކަމަށް އިތުރު ތަނަވަސްކަމެއް ހޯދިދާނެ، ނުވަތަ އެ މީހެއްގެ މުދާވެރިކަން ނުވަތަ ފައިސާވެރިކަން ގެއްލުމަކުން ރައްކާތެރިވެވިދާނެ ކަމެއް ކުރުމަށެވެ.
އިސްލާމީ ށަރީއަތް
”އިސްލާމީ ށަރީއަތް“ ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަހްވާލުއްށަހްސިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.
އިސްލާމް ދީނުގެ އަސްލު
"އިސްލާމް ދީނުގެ އަސްލު" ކަމުގައި ބުނެފައި، އެވަނީ ކީރިތި ގުރުއާނާއާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެތެރެއިން، އެކަމެއްގެ ސައްހަކަމާމެދު ހިލާފު އުފެދިފައިނުވާ ށަރުޢީ އުސޫލުތަކާއި މި ދެއަސްލުން ދޭހަކޮށްދޭ އުސޫލުތަކަށެވެ.
އިންތިހާބު
”އިންތިހާބު“ ކަމުގައި ބުނެފައި އެވަނީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ހަދާ ގާނޫނުގެ ދަށުން ޢާންމުކޮށް ރައްޔިތުން ވޯޓުލައިގެން، އެކިއެކި ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާއިންތިހާބުތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ ޢާންމު އިންތިހާބުތަކަށާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުތަކަށެވެ. އިންތިހާބުގެ މާނައިގައި މިއިން މަގާމެއް ހުސްވެގެން ވަކި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްށަންތައް ވެސް ހިމެނެއެވެ.
ކޯޓު
”ކޯޓު“ ކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ށަރީޢަތްކުރުމަށް ގާނޫނުއަސާސީން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، ގާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ.
ދައުލަތުގެ ތަންތަން (އޮޑިޓާއި ގުޅޭ)
"ދައުލަތުގެ ތަންތަން" ކަމަށް ބުނެފައި އެވަނީ ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި، އެކިއެކި މުއައްސަސާތައް، ދައުލަތުގެ ވިޔަފާރި ތަންތަން ނުވަތަ ދައުލަތުގެ ކޮންޓްރޯލިންގ ހިއްސާ އޮންނަ ވިޔަފާރި ތަންތަނާއި އަދި ސަރުކާރުގެ ޓްރަސްޓް، ނުވަތަ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ޓްރަސްޓް ތަކަށެވެ.
ފަރފޯމަންސް އޮޑިޓް
"ފަރފޯމަންސް އޮޑިޓް" ކަމަށް ބުނެފައިއެވަނީ، އެފަރާތުގެ ވަސީލަތްތައް ބޭނޫންކޮށްފައިވާ ގޮތް ބަލައި ވަޒަންކުރުމާއި އެފަރާތުގެ މަސައްކަތް ހިނގާފައިވަނީ ހަރުދަނާ މާލީ އުސޫލުތަކާއި ހަމަތަކުގެ މަތިންތޯ ބަލައި ވަޒަންކުރުމަށެވެ.
މާލީ އަހަރު
"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީމަހުގެ 1 އިން ފެށިގެން ޑިސެމްބަރމަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭދުވަސް ހިމެނެއެވެ.
ދައުލަތުގެ ފައިސާ
"ދައުލަތުގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ކޮންމެ ގޮތެއްގައިނަމަވެސް، ދައުލަތަށް ލިބިފައިވާ، ނުވަތަ ހޯދާފައިވާ ނުވަތަ ދައުލަތުގެ ނަމުގައި ބަލައިގެންފައިވާ އެންމެހައި އާމްދަނީއާއި، ލޯނާއި، ޓްރަސްޓާއި އެހެނިހެން ފައިސާއާއި ހުރިހާ ސްޓޭމްޕަކާއި، ބޮންޑާއި، ޑިބެންޗަރާއި އެހެން ސެކިއުރިޓީއަށެވެ. ޕަބްލިކް ޓްރަސްޓީގެ ގޮތުގައި، ނުވަތަ އޮފިށަލް ރިސީވަރެއްގެ ގޮތުގައި، ނުވަތަ ދައުލަތުގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ ވަކީލެއްގެގޮތުން، ދައުލަތުގެ ފައިސާއެއްގެ ގޮތުގައި ނޫންގޮތެއްގައި ބަލައިގެންފައި، ނުވަތަ ލިބިފައި ހުންނަ ފައިސާވެސް މީގެތެރޭގައި ހިމެނެއެވެ.
އޮޑިޓް ފީ
"އޮޑިޓް ފީ" ކަމަށް ބުނެފައި އެވަނީ، އޮޑިޓްކުރުމަށްޓަކައި އޮޑިޓްކުރާ ފަރާތަށް ދެވޭ އުޖޫރައަށެވެ.