ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުން ކުރެވިއްޖެ ކަމުގައި ބެލުން"
ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކުރެވިއްޖެކަމުގައި ބެލެވޭނީ އެކަށީގެންވާ ގޮތުގައި ވިސްނައި އުޅޭ މީހެއްގެ ވިސްނުމުގައި، އެއީ ހަމަހަމަވެގެންވާ ގޮތެއްގައި ބޭނުންކުރެވުނު ބާރެއްކަމުގައި ނުބަލާ ހިނދުގައެވެ.
ނުރައްކާތެރި ހަތިޔާރު
"ނުރައްކާތެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ (1) އެއިން ހިފިދާނެ ހުއްދަ އެހެން ބޭނުމެއް އޮތްކަން ސާބިތުކޮށްދެވެން ނެތް ހާލަތްތަކުގައި ބޭނުންކުރާ، މީހަކު މަރާލެވިދާ ފަދަ ގާބިލުކަން ހުރި ހަތިޔާރަށެވެ. ނުވަތަ؛ (2) އެއިން އާދައިގެ އާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކަށް ބޮޑެތި އަނިޔާ ލިބިދާނެ ފަދަ ގޮތަކަށް ބޭނުންކުރެވޭ އެއްޗެއްސަށެވެ. ނުވަތަ؛ (3) ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ ދަށުން "ނުރައްކާތެރި ހަތިޔާރު" އާއި "ތޫނު އެއްޗެއް" ގެ މާނައިގެ ތެރޭގައި ހިމެނޭ އެއްޗެއްސަށެވެ.
މީހުން ބަންދުކުރާ މަރުޒު
"މީހުން ބަންދުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ އަންނަނިވި ސަބަބުތަކަށްޓަކައި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ހަދާފައިވާ ތަނަކަށެވެ: (1) ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރުމަށް؛ ނުވަތަ (2) ކުށެއްގެ ތުހުމަތުގައި އޭނާގެ މައްޗަށް ށަރީއަތް ކުރެވުމަށް ނުވަތަ އޭނާގެ މައްޗަށް ކުށެއް ސާބިތުވެގެން ހުކުމްކުރެވުމަށް؛ ނުވަތަ (3) އަންނަނިވި ކަންކަމާ ގުޅިގެން ހައްޔަރުކޮށްފައި ބޭތިއްބުމަށް: (ހ) ކުށަކާ ގުޅިގެން؛ ނުވަތަ (ށ) ޕްރޮބޭށަނާ ހިލާފުވެގެން؛ ނުވަތަ (ނ) ޕެރޯލާ ހިލާފުވެގެން؛ ނުވަތަ (ރ) ވަކިގޮތަކަށް ބެލެހެއްޓުމަށް ކަނޑައެޅޭ ހާލަތުގައި އެގޮތާ ހިލާފުވެގެން؛ ނުވަތަ ށަރީއަތުގެ ކުރިން ބޭއްވޭ އަޑުއެހުމެއް ނުވަތަ ކަފާލާތުގެ މިންވަރު ކަނޑައެޅުމަށް އަޑުއެހުމެއް ބޭއްވުމަށް.
މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފު
"މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ (1) މީހުން ބަންދުކުރާ މަރުކަޒެއްގެ އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ އޮފިސަރަށާއި، ޓްރަސްޓީއަށާއި އެފަދަ މަރުކަޒެއްގެ މުވައްޒަފަކަށެވެ' ނުވަތަ (2) އެ މީހުން ބަންދުކުރާ މަރުކަޒެއް ހިންގުން ހަވާލުކުރެވިފައިވާ އިދާރާއެއްގެ މުވައްޒަފަކަށެވެ؛ ނުވަތަ (3) މީހުން ބަންދުކުރާ މަރުކަޒާއެކު ނުވަތަ މީހުން ބަންދުކުރާ މަރުކަޒުގެ ހިންގުން ހަވާލުކުރެވިފައިވާ އިދާރާއާއެކު ކުރެވޭ ކޮންޓްރެކްޓެއްގެ ދަށުން އެ ތަނަށް ހިދުމަތްތަކެއް ފޯރުކޮށްދޭ މީހުންނަށެވެ. މީގެ ތެރޭގައި އެ ތާނގައި ހައްޔަރުކޮށްފައި ތިބޭ ނުވަތަ އެތަނުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ބެލެހެއްޓުމާއި، ކޮންޓްރޯލުކުރުމާއި، ސުޕަވައިޒްކުރުމުގެ ވަޒީފާދީފައިވާ މުވައްޒަފުންވެސް ހިމެނެއެވެ.
އޭޖެންޓް
"އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ކޮންމެ ޑިރެކްޓަރަކަށާއި އޮފިސަރަކަށާއި މުވައްޒަފަކަށާއި އެ ކުންފުންޏެއްގެ ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިނުވާ ޖަމާއަތެއްގެ ފަރާތުން އެއްވެސް ހައިސިއްޔަތަކުން އަމަލެއް ކުރުން ހުއްދަކޮށްފައިވާ ފަރާތްތަކަށެވެ.
ކުށެއް ސާބިތުވުން
"ކުށެއް ސާބިތުވުން" ކަމަށް ބުނެފައި އެވަނީ އުފުލޭ ދައުވާއެއްގައި ކުރާ ހުކުމެއްގައި ކުށަކުން ކުށްވެރިވާ ކަމަށް ކަނޑައެޅުމަށެވެ. އަދި އެ ހުކުމް އެއްވެސް ގޮތަކުން ބަދަލުވެފައި ނުވުމަށާއި، ދޫކޮށްލާފައި ނުވުމަށެވެ. ނުވަތަ މީހަކު ކުށެއް ކުރިކަމަށް އެއްބަސްވާ އެއްބަސްވުން ކޯޓުން ގަބޫލުކުރާ ގަބޫލުކުރުމަށެވެ.
ނަތީޖާ
"ނަތީޖާ" ކަމަށް ބުނެފައި އެވަނީ ކުށުގެ ރުކުންތަކުގެ ތެރެއިން ނަތީޖާގެ ރުކުނަށެވެ. އަދި ހާލަތުގެ ރުކުންތަކުގެ ތެރެއިން އެ ނަތީޖާ ސިފަކޮށްދޭ ރުކުންތަކަށެވެ.
ރުހުން (ކުށުގެ އަމަލުން ގެއްލުން ލިބުނު މީހާ ދޭ ރުހުން)
ދައުވާ ރައްދުވާ މީހާ ކުރި ކުށްކަމުގައި ބެލެވޭ އަމަލާ ގުޅޭ ގޮތުން ނުވަތަ އެ އަމަލުން ނުކުމެދާނެ ނަތީޖާއާ ގުޅޭގޮތުން، އެ ކުށުގެ އަމަލުން ގެއްލުން ލިބުނު މީހާ ދޭ ރުހުމަކީ އަންނަނިވި ހާލަތްތަކުގައި އެ ކުށުގެ ދިފާއެއް ކަމުގައި ބެލެވޭނެއެވެ. (1) އެ ރުހުން ދިނުމުގެ ސަބަބުން، ކުށުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ނެތިދިއުން؛ ނުވަތަ (2) އެ ކުށް ކަނޑައަޅާ ގާނޫނުން މަނާކުރާ ގެއްލުންދިނުމުގެ ނުވަތަ އަމަލު ހިންގުމުގެ ކުރިން އެ ރުހުން ދީފައިވުން.
ކުށްކުރި މީހާގެ އަމަލުގެ ރުކުން
"ކުށްކުރި މީހާގެ އަމަލުގެ ރުކުން" ކަމަށް ބުނެފައި އެވަނީ، ކުށެއް މާނަކުރެވިގެންވާއިރު، އެ ކުށެއް ކުރުމަށްޓަކައި މީހަކު ކުރަންޖެހޭ ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ އަމަލާ ބެހޭގޮތުން، އެ ކުށެއް މާނަކުރުމުގައި ހިމެނިގެންވާ ބަޔަކަށެވެ.
ދެކެވޭ ވާހަކަ
"ދެކެވޭ ވާހަކަ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއްގެ ޒަރީއާއިން އެހެން މީހަކަށް ފޮނުވޭ ކޮންމެ އަޑަކަށާއި، މަންޒަރަކަށާއި، ލިޔުމަކަށާއި، އިށާރާތަކަށާއި، މައުލޫމާތަކަށެވެ.
ސާފު އަދި ގަބޫލުކުރެވޭފަދަ ހެކި
"ސާފު އަދި ގަބޫލުކުރެވޭފަދަ ހެކި" ކަމަށްބުނެފައި އެވަނީ ލިބިފައިވާ ހެކި އަޅާކިޔާއިރު ކުށެއް ސާބިތުވީކަމަށް ބެލެވޭ މިންގަނޑަށް ވުރެ މަތީ ދަރަޖައެއްގެ، އެހެންނަމަވެސް އެކަށީގެންވާ ށައްކެއް އުފެދޭނެ ތަނެއް ނެތް މިންވަރަށް ހެކި ލިބުމުގެ މިންގަނޑަށްވުރެ ދަށް މިންގަނޑެއްގެ ހެއްކަށެވެ.
ހާލަތުގެ ރުކުން
"ހާލަތުގެ ރުކުން" ކަމަށް ބުނެފައި އެވަނީ، ކުށެއް މާނަކުރެވިގެންވާއިރު، އަމަލުގެ ރުކުނަކަށް ނުވާ ގޮތުން ނުވަތަ ނަތީޖާގެ ރުކުނަކަށް ނުވާ ގޮތުން، އެކަމަކު އެ ކުށުގެ މަގްސަދުގެ ރުކުނަކާ ބެހޭ ގޮތުން، އެ ކުށެއް މާނަ ކުރުމުގައި ހިމެނިގެންވާ ބަޔަށެވެ.
"ފަނާކުރަނިވި މާއްދާ"
"ފަނާކުރަނިވި މާއްދާ" ކަމަށް ބުނެފައި އެވަނީ، ގޮވާ ތަކެއްޗަށާއި، އަލިފާންރޯވެދާފަދަ ތަކެއްޗަށެވެ. އޭގެ ތެރޭގައި ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބައެލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތަށެވެ.
ފަނާކުރުން
"ފަނާކުރުން" ކަމަށް ބުނެފައި އެވަނީ (1) ފަސް މީހެއްގެ ނުވަތަ އެއަށްވުރެ ގިނަ ބަޔެއްގެ ހަށިގަނޑަށް ބޮޑެތި އަނިޔާ ލިބިދިނުން؛ (2) ނުވަތަ މީހުން ދިރިއުޅޭ ފަސް އިމާރާތަށް ނުވަތަ އެއަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުން ދިނުން؛ ނުވަތަ (3) މުހިންމު އާންމު ތަނެއްގެ ހިންގުމަށް، އެކަށީގެންވާ ހުރަހެއް ނުވަތަ އުނިކަމެއް ގެނައުން؛ ނުވަތަ (4) 500،000 (ފަސްލައްކަ) ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ގެއްލުން މުދަލަކަށް ފޯރުކުރުން.
ހަށިގަނޑަށް ލިބޭ އަނިޔާ
"ހަށިގަނޑަށް ލިބޭ އަނިޔާ" ކަމަށް ބުނެފައި އެވަނީ ހަށިގަނޑަށް ލިބޭ ވޭނާއި، ހަށިގަނޑަށް ޖެހޭ ބައްޔާއި، ހަށިގަނޑުގެ މާއްދީ އެއްވެސް ބަޔަކަށް ލިބޭ އުނިކަމަކަށެވެ.