ގާނޫނީ ރަދީފު
"ކޮންޓްރެކްޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރެޭވޭ އެންމެހައި މަސައްކަތްތަކާއި، ހޯދޭ ހިދުމަތްތަކާއި، ގަނެވޭ ތަކެއްޗާބެހޭ އެންމެހައި ކަންތައްތައް ކުރުމުގައި، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތައް ނުވަތަ އެގްރީމެންޓްތައް ހިމެނޭ ގޮތަށެވެ.
"ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ:
- ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން އަގުލަބިއްޔަތުގެ ޑިރެކްޓަރުން އައްޔަންކުރުމުގެ ހައްގު ލިބިގެންވުމަށް؛ ނުވަތަ
- ކުންފުނީގެ ހިންގުމުގެ ނުވަތަ ސިޔާސަތުތައް ނިންމުމުގެ ހައްގު ލިބިގެންވާ ފަރާތެއް، ނުވަތަ އެހެން މީހަކާ ނުވަތަ ބަޔަކާއެކު އެ ހައްގު ލިބިގެންވާ ފަރާތެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް، ކޮންޓްރޯލްކުރުމަށް؛ އެއީ، ހިއްސާއާ ގުޅިގެން ނުވަތަ މެނޭޖްމަންޓްގެ ހައްގުތަކަކާ ގުޅިގެން، ނުވަތަ ހިއްސާދާރުންގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވޯޓުދިނުމާގުޅޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ކަމަށްވީ ނަމަވެސްމެއެވެ.
"ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މިނިވަންކަމަށް ވަކި އިންތަކަކާއި މިންތަކެއް ކަނޑައަޅައި، އެ އިންތަކާއި މިންތަކުގެ ތެރޭގައި އެމީހެއްގެ މިނިވަންކަން ހިފެހެެއްޓުމެވެ.
"ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ:
- ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން އަޣްލަބިއްޔަތުގެ ޑިރެކްޓަރުން އައްޔަނުކުރުމުގެ ހައްގު ލިބިގެންވުމަށް؛ ނުވަތަ
- ކުންފުނީގެ ހިންގުމުގެ ނުވަތަ ސިޔާސަތުތައް ނިންމުމުގެ ހައްގު ލިބިގެންވާ ފަރާތެއް ނުވަތަ އެހެން މީހަކާ ނުވަތަ ބަޔަކާއެކު އެ ހައްގު ލިބިގެންވާ ފަރާތެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް ކޮންޓްރޯލްކުރުމަށް؛ އެއީ، ހިއްސާއާ ގުޅިގެން ނުވަތަ މެނޭޖްމަންޓުގެ ހައްގުތަކަކާ ގުޅިގެން ނުވަތަ ހިއްސާދާރުންގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވޯޓުދިނުމާ ގުޅޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަމަށްވީ ނަމަވެސްމެއެވެ.
"ކޮންޓްރޯލް އޮތް މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކު ކުރާ މުއާމަލާތަށެވެ.
"ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މިނިވަންކަމަށް ވަކި އިންތަކަކާއި މިންތަކެއް ކަނޑައަޅައި، އެ އިންތަކާއި މިންތަކުގެ ތެރޭގައި އެމީހެއްގެ މިނިވަންކަން
"ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތަށެވެ
"ކޮންޓްރޯލްޑް ކޮލަޕްސް ޑިމޮލިށަން" ކަމަށް ބުނެފައި އެވަނީ، ތަނެއް ގަސްތުގައި ތަޅާލުމަށެވެ. އެގޮތުން ގޮވާޒާތުގެ ތަކެއްޗާއި ހަލާކުކުރުމަށް ހާއްސަކޮށް ހަދައިފައިވާ ޕްލާންޓް، ނުވަތަ މެށިނަރީ ނުވަތަ އާލާތް ބޭނުންކޮށްގެން ތަނެއް ތަޅާލުމެވެ.
"ކޮންޓްރޯލްޑް ޑެލިވަރީ" ކަމަށް ބުނެފައިއެވަނީ، މަނީ ލޯންޑްރިންގގެ ކުށްތައް ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް ތަހްގީގުކުރުމަށާއި އެފަދަ ކުށްތައް ކުރާ ފަރާތްތައް ދެނެގަތުމުގެ ބޭނުމުގައި، މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށަކާގުޅޭ ކޮންސައިންމަންޓާއި ފައިސާ، ނުވަތަ އެފަދަ ކޮންސައިންމަންޓް ނުވަތަ ފައިސާ ކަމަށް ބެލެވޭ އެއްޗެހި، ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ ބެލުމުގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެވިޔަ ދިނުމަށް، ނުވަތަ އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަ ދިނުމަށް، ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ގެންދިޔަދިނުމަށެވެ.
"ކޮންޓްރޯލްޑް ޑެލިވަރީއެއް" ހެދުން ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައިވާ ގާނޫނާ ހިލާފު އެއްޗެއް، އެ އަކުރުގައި ބަޔާންކޮށްފައިވާ ބޭނުމަށްޓަކައި، ފުލުހުން މޮނިޓަރކޮށް ސުޕަވައިޒްކުރާ އޮޕަރޭށަނެއްގެ ތެރެއިން، ހުއްދަކޮށްފައިވާ ފުލުހުންގެ އޮފިސަރުން، އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަދިނުމަށެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.