ގާނޫނީ ރަދީފު
"މާލޭ ރަށްވެހިންގެ ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، މާލޭގެ ވަކި ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ނުހިމެނޭ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ދަފުތަރަށެވެ.
"މާލޭ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-30) އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުގެ ކުރިން ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށެވެ.
"މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މާލޭގައި އާންމުކޮށް ދިރިއުޅުނު ނަމަވެސް މާލޭގައި ރަޖިސްޓަރީވެފައި ނެތް ކޮންމެ މީހަކަށެވެ.
"މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ މީހުންނެވެ. ނަމަވެސް، އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއް ކަމަށް ވެފައި، ސަރުކާރުން ހިންގައިފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅައިފައިވާ ގަވާއިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓަރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި އެ މީހަކު ރަޖިސްޓަރީވެފައި ވާނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައެވެ.
"މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ ފަރާތްތަކަށެވެ.
"މާސްޓަރ" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގައި ހަރާކާތްތެރިވާ އުޅަނދު ނުވަތަ ބޯޓުގައި ގާއިމްވެ ހުންނަ އެންމެ އިސްފަރާތަށެވެ.
"މާސްޓަރ" ކަމުގައި ބުނެފައި އެ ވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.
"މާސްޓަރ" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޔޮޅު ނުވަތަ ސްކިޕަރ ހިމެނެއެވެ.
"މާސްޓަރ ރެކޯޑިންގ" ކަމަށް ބުނެފައި އެވަނީ، އޮންއެއަރ ރެކޯޑިންގ އަށެވެ.
"މާސްޓަރ ލޭބަލް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ ވަކި އުފެއްދުމެއް ބޭނުންކުރާނެ ގޮތާއި، އެއާމެދު ސަމާލުވުމަށް ދޭ އިރުށާދުތައް ހިމެނޭނެހެން ލޭބަލުގެ މިންގަނޑުތަކަށް ފެތޭގޮތަށް އެ ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ތަފުސީލީ މައުލޫމާތު ކަރުދާހަށެވެ.