-

މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން ދަތިކުރުން

"މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން ދަތިކުރުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތަށެވެ.

  1. އެކަށީގެންވާ ސަބަބެއްނެތި، ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާއަށް މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން އެނާއަށް ލިބުން ހައްގު އެއްޗެއް ނުވަތަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ އެއްޗެއް ނުދީ ހިފެހެއްޓުމަށެވެ. ގެއަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި، އެގެއެއްގައި ދިރިއުޅޭ ހާލަތުގައި އެގެއަކަށް ކުލިދައްކަންޖެހޭނަމަ، އެ ކުލިދެއްކުމަށް ބޭނުންވާ ފައިސާ ނުވަތަ  ގެ ރަހުނުކޮށްފައިވާނަމަ ރަހުނު  ހިފި ފަރާތަށް ދައްކަންޖެހޭ ފައިސާ ދެއްކުން ހިމެނޭގޮތުންނެވެ. ނުވަތަ؛
  2. ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާގެ މަސްލަހަތެއްއޮތް މުދަލެއް ނުވަތަ ގޭގައި ހުރި ސާމާނު ނުވަތަ އާލާތް، އެކަށީގެންވާ ސަބަބެއްނެތި، އުކާލުމަށް ނުވަތަ ނައްތާލުމަށެވެ.