-

މާލީ މަންފާއަށް ނުވާގޮތަށް

”މާލީ މަންފާއަށް ނުވާގޮތަށް" ކަމަށް ބުނެފައި އެވަނީ، ޖަމްއިއްޔާތަކުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ މަސައްކަތުގެ ނުވަތަ ވިޔަފާރީގެ ފައިދާއަކީ ނުވަތަ ޖަމްއިއްޔާގެ މުދަލަކީ އެ ޖަމްއިއްޔާއެއްގެ މެންބަރުންނަށް ނުވަތަ މުއައްސިސުންނަށް މާލީ ފައިދާއެއް ނުވަތަ މަންފާއެއް ނުލިބޭ، އަދި އެ ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިގެންނުވާ، އަދި އެ މުދަލާއި ފައިސާއާއި އާމްދަނީއަކީ ޖަމްއިއްޔާގެ މަގްސަދުތައް ހާސިލުކުރުމަށް އަދި ޖަމްއިއްޔާ ހިންގުމަށް ބޭނުންކުރާ ތަކެތީގެ ގޮތުގައިވުމަށެވެ.