gaanoon_logo
-
ހިޔާނާތް

"ހިޔާނާތް" ކަމަށް ބުނެފައި އެވަނީ ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ހަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގެ އޭގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން، ނުވަތަ ނައްތާލުން، ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ގެންގުޅުމެވެ. އާންމު ތަނަކުން ހޮވާ އެއްޗެއް އެފަދަ ތަކެތި ދައްކަންޖެހޭ ފަރާތަށް ނުދައްކާ ހުރުމާއި، މީޓަރަށް ނާރާގޮތަށް ކަރަންޓް ބޭނުންކުރުން ފަދަ ކަންކަމަކީ ހިޔާނާތެވެ. ކަނޑައެޅިފައިވާ ގަވާއިދު ތަކެއްގެ މަތިން ބެލެއްހެޓުމަށް މީހަކާ ހަވާލުވެފައިވާ މުދަލެއް ހަމައަށް ހުރިތޯ ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް ނެތިފައި، އެމުދާ ބަލަހައްޓަން ޖެހިފައިވާ ގަވާއިދާ ހިލާފު ވެފައިވާކަން ސާބިތު ވުމާއެކު، އެމުދާ މަދުވާން ޖެހުނު ގޮތެއް ސާބިތުކޮށް ނުދެވޭނަމަ ބެލޭނީ ހިޔާނާތްތެރިވީ ކަމުގައެވެ.

ހިޔާލުފާޅުކުރުން
"ހިޔާލުފާޅުކުރުން" ކަމަށް ބުނެފައި އެވަނީ:- - ދުލާއި ގަލަމުން އަދި އެނޫންވެސް ވަސީލަތެއް މެދުވެރިކޮށްގެންވިޔަސް، އެއްވެސް މީހެއްގެ ބުއްދިއަށް ފެންނަ ފިކުރެއް ފާޅުކޮށް، އެހެން މީހަކަށް ނުވަތަ މީހުންނަށް އެ ޚިޔާލު އަންގާ އެންގުމަށާއި؛ - ތިމާ ޤަބޫލުކުރާ ވިސްނުމެއް ގެންގުޅުމާއި، ތިމާ ބޭނުންވާ ގޮތަކަށް ކަންކަމާމެދު ދުށުމާއި؛ - ޤައުމެއްގެ އިމެއްގެ ހުރަހެއް މެދުވެރިވުމެއްނެތި އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ ޝާއިޢުކޮށްގެން ނުވަތަ ޗާޕުކޮށްގެން، ނުވަތަ ކުރަހައިގެން، ނުވަތަ އިޚްތިޔާރުކުރާ އެހެންވެސް ގޮތަކަށް ފާޅުކުރުމާއި ފޯރުކޮށްދިނުމާއި؛ - އެހެން ޤާނޫނެއްގައި ނުވަތަ މި ގާނޫނުގެ އެހެން މާއްދާއެއްގައި، އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ލީފްލެޓް ބެހުމާއި، ކަރުދާސް ބެހުމާއި، ފޮތި ދެމުމާއި، ލޯގޯ އާއި ނިޝާން ގެންގުޅުމާއި، މަގުތަކާއި ޢާންމު ތަންތަނުގައި ބޭނުން ހިފައި އެހެން މީހުންނަށް އުނދަގޫ ނުވާނެ ފަދައިން މަގުތަކާއި ޢާންމު ތަންތަނުގައި ހިނގުމާއި، މައިކްރޯފޯން ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުންކޮށްގެން ވާހަކަދައްކާ ޝުޢޫރުފާޅުކުރުމަށެވެ.
ހިިދުމަތްދޭ ފަރާތް

"ހިިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ހިިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ.

ހިިދުމަތްދޭ ފަރާތް (ފެނާއި ނަރުދަމާއާއި ގުޅޭ)

"ހިިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ހިިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ. 

ހުށަހަޅަންޖެހޭ ދުވަސް (ޓެކްސް އާއި ގުޅޭ)
"ހުށަހަޅަންޖެހޭ ދުވަސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ރިޓަރންއާގުޅޭ ގޮތުން، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، އެ ޓެކްސް ރިޓަރން ހުށަހަޅަންޖެހޭ އެންމެފަހު ދުވަހަށެވެ.
ހުށަހަޅަންޖެހޭ ދުވަސް (ޓެކްސް އާއި ގުޅޭ)
"ހުށަހަޅަންޖެހޭ ދުވަސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ރިޓަރންއާގުޅޭ ގޮތުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) ގެ 17 ވަނަ މާއްދާގެ ދަށުން، އެ ޓެކްސް ރިޓަރން ހުށަހަޅަންޖެހޭ އެންމެފަހު ދުވަހަށެވެ.
ހުށަހެޅުމައިގެން ކުރިއަށްދިޔުމުގެ ހުއްދަ
"ހުށަހެޅުމައިގެން ކުރިއަށްދިޔުމުގެ ހުއްދަ" ނުވަތަ "ކުރިއަށްދިޔުމުގެ ހުއްދަ" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް އެދި އެކްސްޓްރަޑިށަންގެ ގާނޫނު (ގާނޫނު ނަންބަރ 1/2015) ގެ 15 ވަނަ މާއްދާގެ ދަށުން އެ ގައުމަކުން ހުށަހަޅާ ހުށަހެޅުމައިގެން ކުރިއަށްދިޔުމަށް އެކްސްޓްރަޑިށަންގެ ގާނޫނު (ގާނޫނު ނަންބަރ 1/2015) ގެ 16 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދައަށެވެ.
ހުޅުވާލެވިފައިވާ ބާޒާރު
"ހުޅުވާލެވިފައިވާ ބާޒާރު" ކަމުގައި ބުނެފައި އެވަނީ، އާންމުކޮށް އިއުލާނު ކުރެވިގެން ހާމަކަން ބޮޑުގޮތެއްގައި ގެދޮރު ވިއްކާފަރާތް އެނގި އަދި ގަންނަން ށަރުތު ހަމަވާ ފަރާތްތަކުން ގެދޮރު ގަތުމުގެ ކަންކަން ހަމަޖެއްސުމަށް ރޭވިފައިވާ އިންތިޒާމުތަކަށެވެ. މީގެ ތެރޭގައި ސަރުކާރުން ގެދޮރުވެރިކުރުމަށް ހިންގޭ ސްކީމުތަކާއި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން ގެދޮރުގަނެ ވިއްކުމުގެ އުސޫލުން ހިންގޭ ޕްރޮގުރާމުތައް ހިމެނޭނެއެވެ.
ހުޅުވުން (އިމާރާތްކުރުމާޢި ގުޅޭ)

"ހުޅުވުން" ކަމަށް ބުނެފައި އެވަނީ، ކުޑަދޮރު، އާނގަފަދަ ހުޅުވުން ތަކަށެވެ. ހަމައެކަނި އަލިވެއްދުމަށް ހުންނަ ގްލާސް ބްލޮކް ނުވަތަ ނުހުޅުވޭގޮތަށް ބިއްލޫރި ޖަހައިފައި ހުންނަ ތަންތަނާއި ދަމާދޮރާއި ކުޑަދޮރު (ސްލައިޑިންގ ޑޯރ އެންޑް ވިންޑޯރ) ގެ ނުހުޅުވޭ ބައި މީގެ ތެރެޔަކު ނުހިމެނޭނެއެވެ.

ހުކުމް
"ހުކުމް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި އުފެދިފައިވާ ކޯޓަކުން ކުރާ ހުކުމަށެވެ.
ހުކުމް ކުރުން (މަދަނީ)

"ހުކުމް ކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހެޅޭ މަދަނީ ދައުވާތަކުގެ ތެރެއިން، ދިފާއު ހުށަހެޅޭ ދައުވާތަކުގެ ށަރީއަތުގެ މަރުހަލާތައް ހިންގައި ނިމި، އެ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރުމަށެވެ. އަދި ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވާ ހާލަތުގައި، އެ އެއްބަސްވުމަށް ބިނާކޮށް، ކުރާ ހުކުމާއި، މަދަނީ އިޖުރާއަތުގެ ގާނޫނު  (ގާނޫނު ނަންބަރު 2021-32) ގެ ފަނަރަވަނަ ބާބު "އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު" ގެ ދަށުން ހުށަހަޅާ މައްސަލައެއް ބަލައި ނިންމާ ކުރާ ހުކުމާއި، މި ގާނޫނު ހުއްދަކުރާ ހާލަތުގައި، ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމައި، ކުރާ ހުކުމްވެސް ހިމެނޭ ގޮތުންނެވެ.

ހުކުމް ތަންފީޒުކުރަމުންދާ މީހާ
"ހުކުމް ތަންފީޒުކުރަމުންދާ މީހާ" ކަމަށް ބުނެފައިއެވަނީ، ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އޭނާގެ މައްޗަށް ހުކުމް ކަނޑައަޅައި، އެ ހުކުމް ތަންފީޒުކުރަމުންދާ މީހާއަށެވެ.
ހުކުމް ތަންފީޒުކުރުން

"ހުކުމް ތަންފީޒުކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ކޮށްފައިވާ ތަންފީޒީ ބާރު ލިބިގެންވާ ހުކުމެއް، އެ ހުކުމް ރައްދުވި ފަރާތުގެ އަމިއްލަ އިހްތިޔާރުގައި ތަންފީޒުކޮށްފައިނުވާ ހާލަތުގައި، ކޯޓު މެދުވެރިކޮށް އެ ހުކުމް ތަންފީޒުކުރުމަށް މަދަނީ އިޖުރާއަތުގެ ގާނޫނު  (ގާނޫނު ނަންބަރު 2021-32) ގެ ފަސްވަނަ ބައި "ހުކުމް ތަންފީޒުކުރުން" ގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ހުކުމް ތަންފީޒުކުރުމަށެވެ.

ހުކުމްކުރުން (ޖިނާއީ)
"ހުކުމްކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ޖިނާއީ ދައުވާއެއްގެ ށަރީއަތް ހިންގުމަށްފަހު، ނުވަތަ އެފަދަ މައްސަލައެއް އަވަސް ނިޔާއިން ބެލުމަށްފަހު، އެ ދައުވާގައި ބަޔާންކުރާ ކުށް، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުވާ ކަމަށް ނުވަތަ ސާބިތުނުވާ ކަމަށް ކަނޑައަޅައި، ނުވަތަ ދައުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކަމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 12/2016) ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ކުރާ ހުކުމަށެވެ.
ހުއްދަ

"ހުއްދަ" ކަމަށް ބުނެފައި އެވަނީ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު  (ގާނޫނު ނަންބަރު 2022-13) ގެ ދަށުން އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓް ކުރާ ނުވަތަ ކަނޑުން އެތެރެކުރާ ދިރޭއެއްޗެހި، އަދި އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަކަށް ދޫކުރެވޭ ރަސްމީ ލިޔުމަށެވެ.