ގާނޫނީ ރަދީފު
"ސިއްހީ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ސިއްހީ ހިދުމަތްތެރިންނަށެވެ.
"ސިއްހީ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައިއެވަނީ، ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތަކާއި ޕޯސްޓްތަކާއި ކްލިނިކްތަކާއި އެފަދަ އެހެން ތަންތަން ހިމެނޭގޮތަށެވެ.
"ސިއްހީ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބައްޔެއް ދެނެގަތުމާއި، ފަރުވާ ދިނުމާއި ބަލިތަކުން ރައްކައުތެރިވުމަށް ކައުންސިލިންގ ފޯރުކޮށްދިނުމާއި، ރިހެބިލިޓޭޓިވް ނުވަތަ ޕެލިއޭޓިވް ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގެ ގޮތުގައި ރަޖިސްޓަރީ ކޮށް ހުއްދަ ލިބިފައިވާ ތަންތަނަށެވެ.
"ސިއްހީ ހިދުމަތްދޭ ތަންތަން ދަރަޖަކުރެވިފައިވާ ގިންތި" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަން ދަރަޖަ ކުރުމަށް، ގަވާއިދު ނަންބަރު 2021-28 (ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު) ގެ ޖަދުވަލު 1 އާއި ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ކަނޑައަޅައިފައިވާ ގޮތަށެވެ.
"ސިއްހީ ހިދުމަތްތެރިން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ މެޑިކަލް ޕްރެކްޓިށަނަރުން ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރުން ނުވަތަ ނަރުހުން ނުވަތަ މިޑްވައިފުން ނުވަތަ އެލައިޑް ހެލްތް ޕްރޮފެށަނަލުން ނުވަތަ އެ ގާނޫނުގައި ބަޔާންކުރާ އެނޫންވެސް ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންނަށެވެ.
"ސިއްހީ މަރުކަޒު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންވެގެންވާ މަގްސަދަށްޓަކައި އޮތޯރިޓީން ކަނޑައަޅާ އިއުލާނުކޮށްފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.
"ސިއްހީ މަސައްކަތްތެރިއެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގައި ބަޔާންކުރާ ކަމާބެހޭ ސިއްހީ ހިދުމަތުގެ ފަންނުގެ މަސައްކަތްތެރިއަކަށެވެ.
"ސިއްޙީ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކާއި، ދިވެހިރާއްޖޭގައި ހިންގާ ސަރުކާރުގެ ހޮސްޕިޓަލުތަކާއި، އަދި އަމިއްލަ ހޮސްޕިޓަލުތަކަށެވެ.