-

ގާނޫނީ ފަންނުގެ ގާނޫނު

(ގާނޫނު ނަންބަރު 2019-05)

(މިި ގާނޫނުގެ 74 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2014-30 އުވާލެވިފައި)

 

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓުކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމަށާއި، ގާނޫނީ ވަކީލުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތިކުރުމަށާއި، މި ބަޔާންކުރެވުނު އެންމެހައި ކަންކަން ކޮށް، އެކަންކަން ބެލެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަމުގައި ދައުލަތުގެ މިނިވަން އަދި މުސްތަގިއްލު މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ މަސައްކަތްތައް ހިންގާނެ ގޮތް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދު

މި ގާނޫނުގެ މަގްސަދަކީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކުރުމާއި، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި، ބެލެހެއްޓުމާއި، ގާނޫނީ ވަކީލުންނަށް އިތުރަށް ތަމްރީނުދީ، ގާނޫނީ ފަންނު ތަރައްގީކޮށް ބެލެހެއްޓުން؛

(ށ) ގާނޫނީ ވަކީލުންގެ ފަރާތުން ދެވޭ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، އެ ހިދުމަތް އެންމެ އެކަށޭނަ ގޮތެއްގައި ލިބިދިނުމަށްޓަކައި، އެކަމަށް މަގުފަހިވާނެ އުސޫލުތައް ގާއިމުކުރުން؛

(ނ) ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް، ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންގެ ހިދުމަތް ލިބިދެވޭނެއިންތިޒާމު ހަމަޖެއްސުން؛

(ރ) ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި، ގާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް ކުރާ ކަންތައްތަކަށް ފާރަވެރިވުމާއި، ގާނޫނީ ވަކީލުންގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި، ވަކީލާއެކު އޮންނަ ގުޅުމާއި ކުރެވޭ މުއާމަލާތްތައް ރެގިއުލޭޓްކުރުން؛

(ބ) ދިވެހިރާއްޖޭގައި ދެވޭ ގާނޫނީ ތައުލީމު ދިނުން ހަރުދަނާކޮށް، ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތިކުރުން.

 

ދެވަނަ ބާބު

ދިވެހިރާއްޖޭގެ ބާ ކައުންސިލު

3 ވަނަ މާއްދާ - ބާ ކައުންސިލު

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ދިވެހިސަރުކާރުގެ ގެޒެޓް "ދިވެހިރާއްޖޭގެ ބާ ކައުންސިލު" ގެ ނަމުގައި ކަންތައްތައް ހިންގުމާއި، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު މުއައްސަސާއެއް އުފެދުނީއެވެ.

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ބާ ކައުންސިލުގެ ނަމުގައި އެއްވެސް ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދީގެން ނުވާނެއެވެ. ނުވަތަ ބާ ކައުންސިލުގެ ނަމާ ގުޅިފައިވާލެއް ބޮޑުކަމުން، އެ ނަން އެހެން ފަރާތަކުން ބޭނުންކޮށްފިނަމަ، އެއީ މި ގާނޫނުގެ ދަށުން އުފައްދާ ބާ ކައުންސިލުގެ ބައެއް ކަމުގައި ނުވަތަ އެ ކައުންސިލުން ކުރާ ޒާތުގެ މަސައްކަތްތައް ކުރުމަށް އުފައްދާ ޖަމްއިއްޔާއެއް ނުވަތަ ގާނޫނީ ށަހްސެއް ކަމަށް ބެލެވިދާނެ ނަމެއްގައިވެސް ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދީގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - ސިއްކަ

ބާ ކައުންސިލުގެ ސިއްކައެއް އޮންނަންވާނެއެވެ. މި ސިއްކަ ބޭނުންކުރަންވާނީ، އާ ކައުންސިލުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުން އެފަރާތްތަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

5 ވަނަ މާއްދާ - ބާ ކައުންސިލުގެ މަގްސަދުތައް

ބާ ކައުންސިލުގެ މަގްސަދުތަކަކީ އަންނަނިވި ކަންތައްތައް ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމާއި، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ގާނޫނީ ވަކީލުންގެ ހިދުމަތުގެ އުސޫލުތައް ކަނޑައެޅުމާއި، ގާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުން؛

(ށ) ގާނޫނީ އެހީތެރިކަމަށް އެދޭ ފަރާތްތަކުން، ގާނޫނީ ވަކީލުންގެ ކިބައިން އެ ގާނޫނީ އެހީތެރިކަން ލިބިގަތުމުގައި އެފަރާތްތަކުގެ މަސްލަހަތު ރައްކާތެރިކޮށްދިނުން،

(ނ) ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށައަޅައި އެ މިންގަނޑުތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ރ) ގާނޫނީ ހިދުމަތަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، އެ ހިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ފޯރުކޮށްދޭ ގާނޫނީ ހިދުމަތްތަކަށް ފާރަވެރިވެ، މުރާޖައާކޮށް، އިސްލާހުކުރުމަށް އެފަރާތްތަކަށް ލަފާ ދިނުން؛

(ބ) ގާނޫނީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ ގަވާއިދުތަކާއި އުސޫލުތައް އެކަށައެޅުމާއި، އެ ފަރާތްތައް ތަމްރީނުކުރުމާއި، ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުން؛

(ޅ) ގާނޫނީ ހިދުމަތުގެ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ނެގެހެއްޓުމަށް މަސައްކަތްކުރުން؛

(ކ) ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމުގެ މަރުކަޒުތަކުން ދޭ ގާނޫނީ ތައުލީމު ކުރިއެރުވުމުގެ ގޮތުންނާއި، އެ ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(އ) ޖިނާއީ ބޮޑެތި މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖެއްސުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

6 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީ

(ހ) އާ ކައުންސިލު ހިންގާނީ، މި ގާނޫނުގައިވާ ގޮތުގެމަތިން އެކުލަވާލާ އެގްޒެކެޓިވް ކޮމިޓީއާއި، އެ އެގްޒެކެޓިވް ކޮމިޓީން އެކުލަވާލާ ދާއިމީ ސަބް ކޮމިޓީތަކުގެ މައްޗަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިމީ ސަބް ކޮމިޓީތަކަކީ، ލައިސެންސި، ކޮމިޓީއާއި، އެތިކްސް ކޮމިޓީއާއި، އިސްތިއުނާފު ކޮމިޓީއާއި، ގާނޫނީ ތައުލީމު ކޮމިޓީއާއި، ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީއެވެ.

(ނ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވަނީ މި މާއްދާގައި ބަޔާންކޮށްފައިވާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.

  1. ގާނޫނީ ވަކީލުންގެ ތެރެއިން 6 ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުކުރެވޭ މީހަކު؛
  2. ގާނޫނީ ވަކީލުންގެ ތެރެއިން 6 ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބުކުރެވޭ މީހަކު،
  3. ބަންޑާރަނައިބު؛
  4. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ 6 (ހައެއް) ގާނޫނީ ވަކީލުން.

(ރ) މަގާމުގެ ހައިސިއްޔަތުން އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ، މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރު ފިޔަވައި، އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބުކުރާނީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

 

7 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް

އާ ކައުންސިލު ހިންގާނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓުކޮށް، ގާނޫނީ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި މިންގަނޑުތައް އެކަށައެޅުން؛

(ށ) ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓު ކުރުމާއި ގާނޫނީ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ސުލޫކީ މިންގަނޑު ބަޔާންކުރާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް އެކަށައަޅައި ފިޔަވަޅު އެޅުން؛

(ނ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު އެކަށައެޅުމާއި، އެ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަ ދިނުމާއި، ހުއްދަ ހިފެހެއްޓުމާއި، ހުއްދަ ބާތިލުކުރުން؛

(ރ) ގާނޫނީ ވަކީލުކަމުގެ ހުއްދައާ ގުޅޭ ފަންނީ މިންގަނޑުތައް އެކަށައެޅުމާއި، އެ މިންގަނޑުތައް މުރާޖައާކުރަމުން ގެންދިޔުން؛

(ބ) ގާނޫނީ ހިދުމަތަކީ، ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތަކުން ފޯރުކޮށްދޭ ހިދުމަތެއްކަން ކަށަވަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން؛

(ޅ) ގާނޫނީ ވަކީލުންގެ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މައްސަލަތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް އެޅުން؛

(ކ) ގާނޫނީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދާއިރާގެ މަސައްކަތްތަކާ ގުޅިގެން ހިންގާ ގާނޫނީ ހިދުމަތަށް އެދޭ ފަރާތާ ގުޅޭ ފައިސާގެ މުއާމަލާތްތައް ދެފުށް ފެންނަ ދިވެހިސަރުކާރުގެ ގެޒެޓް ގޮތަކަށް ކުރިއަށް ގެންދާނެ ގޮތުގެ އޮނިގަނޑެއް އެކަށައެޅުން؛

(އ) ގާނޫނީ ހިދުމަތް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާނެ ގަވާއިދުތަކާއި، އިޖުރާއަތުތައް އެކަށައަޅައި ތަންފީޒުކުރުން

(ވ) ގާނޫނީ ވަކީލުންގެ މަސައްކަތުގެ ފެންވަރުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެމީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބަލައި ދިރާސާކޮށް، އެކަންކަން ތަންފީޒުކުރުމާއި، ގަވާއިދުން އެމީހުންގެ މަސައްކަތުގެ ފެންވަރު ބަލަމުން ގެންދިޔުން،

(މ) ގާނޫނީ ހިދުމަތާ ގުޅުންހުރި އެކިއެކި ކަންތައްތަކުގައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެގޮތުން ކުރެވޭ ދިރާސާތަކުގެ ރިޕޯޓުތައް އާންމުކުރުން؛

(ފ) ގާނޫނީ ހިދުމަތް ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި އާންމު ގޮތެއްގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛

(ދ) ގާނޫނީ ހިދުމަތުގެ ދާއިރާއާ ގުޅޭގޮތުން، ގައުމީ ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި ބޭއްވޭ ބައްދަލުވުންތަކާއި، ސެމިނަރ އަދި ކޮންފަރެންސްތަކުގައި ދިވެހިރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާ ތަމްސީލުކުރުން؛

(ތ) ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީށަލް ސަރވިސް ކޮމިށަނަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށްޓަކައި ބާއްވަންޖެހޭ އިންތިހާބު ބޭއްވުމަށްޓަކައި އިންތިހާބީ ކޮމިޓީއެއް އެކުލަވާލުމާއި، އެކަމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން؛

(ލ) ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނަށް ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކޮށްފައިވާ މެންބަރު ގާނޫނުއަސާސީގެ 165 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވަކިކޮށްދިނުމަށް ބާ ކައުންސިލުގެ ދަފްތަރުގައި ހިމެނޭ ގާނޫނީ ވަކީލުންގެ %20  (ވިހި އިންސައްތަ) މެންބަރުން ޕެޓިށަނެއް ހުށަހަޅައިފިނަމަ، އެ ޕެޓިށަނެއް ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މެންބަރު ވަކިކުރުމާމެދު ފެންނަ ނުފެންނަ ވޯޓު ނެގުން؛ (ގ) ގާނޫނީ ވަކީލަކު ނުވަތަ ގާނޫނީ ދާއިރާގެ މަންދޫބަކު އިންތިހާބުކުރުމަށް ލާޒިމުކުރާ ގާނޫނެއްގެ ދަށުން ބާއްވަންޖެހޭ އިންތިހާބުތައް ބާއްވައި އެކަމާ ގުޅޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛

(ޏ) ގާނޫނަކުން އުފައްދާފައިވާ މުއައްސަސާއަކަށް އައްޔަނުކުރަންޖެހޭ ގާނޫނީ ވަކީލަކު ނުވަތަ ގާނޫނީ ދާއިރާގެ މަންދޫބަކު އައްޔަނުކުރުމުގައި އެ މުއައްސަސާއަކަށް ބޭނުންވާ މައުލޫމާތާއި ލަފާ ދިނުން؛

(ސ) ގާނޫނަކުން އުފައްދާފައިވާ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ކުރިއަށްދާ މައްސަލައަކީ އާންމު މަސްލަހަތު ހިމެނޭ ނުވަތަ މުޖްތަމައުގެ ބޮޑު ބައެއްގެ މަސްލަހަތާ ގުޅޭ ގާނޫނީ އަދި ދުސްތޫރީ ގޮތުން މުހިންމު ނިންމުމެއް ނިންމުމުގެ އިހްތިމާލު އޮތް މައްސަލައެއްކަމަށް އާ ކައުންސިލަށް ފެނިއްޖެނަމަ، އެފަދަ މައްސަލައަކަށް ތަދައްހުލުވުން؛

(ޑ) އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި، ކަންތައްތަކާ ގުޅިގެން، ރައުޔާއި، މައުލޫމާތު ހާމަކުރުން؛

(ޏ) ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާއި ކޯހުގެ މުއްދަތާއި އެ ކޯސްތަކުގައި ބައިވެރިވުމުގެ ށަރުތުތަކާ ބެހޭގޮތުން ގަވާއިދު ހެދުން؛

(ޓ) އެކަމަށް ބޭނުންވާ ހާލަތްތަކުގައި، ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ ކިޔަވައިދިނުން ބަލައި، އިސްލާހު ގެންނަންޖެހޭ ކަންކަން އިސްލާހުކުރަން އެ މަރުކަޒުތަކަށް އެންގުން؛

(ޔ) އެކަމަށް ބޭނުންވާ ހާލަތްތަކުގައި، ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ގާނޫނު ކިޔަވައިދޭ ކޯސްތަކާއި ޕްރޮގްރާމްތަކުގެ އިމްތިހާނުތަކުގެ އެސެސްމަންޓް ހަދައި، ފިޔަވަޅު އެޅުން؛

(ޕ) ގާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެކިއެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށް، ގާނޫނީ ހިދުމަތުގެ ދާއިރާގައި ބާ ކައުންސިލުން ގަބޫލުކުރާނެ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން؛

(ޖ) ގާނޫނީ ހިދުމަތުގެ ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅުން ބަދަހިކޮށް އެފަދަ ޖަމްއިއްޔާތަކުގެ މެންބަރަކަށްވުން؛

(ޗ) ބާ ކައުންސިލުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން އެކި އެކި ކޮމިޓީތައް އެކުލަވާލައި އެ ކޮމިޓީތަކާ މަސައްކަތް ހަވާލުކުރުން؛

(ހހ) މި ގާނޫނު ނުވަތަ އެހެންވެސް ގާނޫނަކުން ބާ ކައުންސިލަށް ހަވާލުކުރާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން؛

(ށށ) ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާ ވަކީލުން ގިންތި ކުރުމާބެހޭ ގަވާއިދު ހެދުން.

 

8 ވަނަ މާއްދާ - ރައިސްއާއި، ނައިބު ރައިސްގެ ށަރުތުތައް

ބާ ކައުންސިލުގެ ރައީސްއާއި ނައިބު ރައީސްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި

(ށ) ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލުއުފެދޭ ފަދަ މައްސަލައެއް ށަރުއީ ކޯޓަކަށް ނުވަތަ އާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން؛ އަދި

(ނ) ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

 

9 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް

ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރާނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ. ސެކްރެޓަރީ ޖެނެރަލްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 7 (ހަތެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި

(ށ) ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ށަރުއީ ކޯޓަކަށް ނުވަތަ އާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން، އަދި

(ނ) ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

 

10 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން

އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުކުރެވޭ 6 (ހައެއް) މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) ގާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި

(ށ) ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ށަރުއީ ކޯޓަކަށް ނުވަތަ އާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން، އަދި

(ނ) ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

 

11 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު

(ހ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން، މި ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރު ފިޔަވައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ރައީސާއި ނައިބު ރައީސާއި އެ ކޮމިޓީގެ 6 މެންބަރުން އިންތިހާބުކުރާނީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

(ށ) މި ގާނޫނުގެ ދަށުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުކުރެވޭ ރައީސާއި، ނައިބު ރައީސާއި، އިތުރު 6 (ހައެއް) ގާނޫނީ ވަކީލުން އިންތިހާބުކުރުމަށް ބާއްވާ ފުރަތަމަ އިންތިހާބު ބާއްވާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލަކުން، އެ ކޮމިށަނުގެ ފަރާތުންނެވެ. މިގޮތުން ބާއްވާ ފުރަތަމަ އިންތިހާބު މި ގާނޫނަށް އަމަލުކުރަން ފަށާތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންތިހާބުގައި ވޯޓު ލެވޭނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނަށެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި އިލެކްށަންސް ކޮމިށަނުން އެކުލަވާލަންޖެހޭ ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުންގެ ލިސްޓު އެކުލަވާލުމަށްޓަކައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ދަފްތަރު، އެންމެ ފަހުގެ މައުލޫމާތާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ދަފްތަރު ބަލަހައްޓަމުންދިޔަ ފަރާތުން، އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ. މިގޮތުން، އިލެކްށަންސް ކޮމިށަނަށް ލިބޭ ދަފްތަރުގައި އެއްވެސް ފަނޑިޔާރެއްގެ ނަން ހިމެނިފައިވާނަމަ، ވޯޓުލުމުގެ ހައްގުލިބިފައިވާ ގާނޫނީ ވަކީލުންގެ ލިސްޓުން އެ ފަނޑިޔާރެއްގެ ނަން އެ ކޮމިށަނުން އުނިކުރަންވާނެއެވެ.

(ބ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމަށް ފުރަތަމަ ބާއްވާ އިންތިހާބުގެ ފަހުން ބާއްވާ އިންތިހާބުތައް ބާއްވާނީ ބާ ކައުންސިލުން ކަނޑައަޅައި އިއުލާނުކުރާ އިންތިހާބުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އާ ކައުންސިލުގެ ފަރާތުންނެވެ.

(ޅ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމެއް ހުސްވެއްޖެނަމަ، އެ ހުސްވާ މަގާމަށް މީހަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އެ މަގާމެއް ހުސްވާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.

 

12 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރު

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުކުރެވޭ މެންބަރުންގެ ދައުރަކީ 3 (ތިނެއް) އަހަރެވެ.

(ށ) ކައުންސިލުގެ ރައީސްކަމަށް އިންތިހާބުކުރާ މީހަކަށް 1 (އެކެއް) ދައުރަށްވުރެ ގިނަ ދައުރަށް އެ މަގާމެއް ނުފުރޭނެއެވެ.

(ނ) ބާ ކައުންސިލުގެ ރައީސް ފިޔަވައި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުކުރާ ކޮންމެ މީހަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް ގިނަވެގެން 2 (ދޭއް) ދައުރަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމު ފުރިދާނެއެވެ.

 

13 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީގެ މަގާމު ހުސްވުން

(ހ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުކުރެވޭ މެންބަރުންގެ މެންބަރުކަން އަންނަނިވި ހާލަތްތަކުގައި، ނިމުމަކަށް އައީ ކަމުގައި ބަލަންވާނެއެވެ.

  1. ދައުރު ހަމަވުން؛
  2. އިސްތިއުފާ ދިނުން؛
  3. މި ގާނޫނުގެ ދަށުން މެންބަރުކަމުން ވަކިކުރުން؛
  4. މަރުވުން، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދޭފަދަ ހާލަތެއް މެދުވެރިވުން؛
  5. މެންބަރުކަމުގެ ށަރުތެއް އުނިވުން.

(ށ) މަގާމުގެ ހައިސިއްޔަތުން އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ، މި ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރު، އެ ކޮމިޓީގެ މެންބަރުކަމުން ވަކިވާނީ، އޭނާ އެ މަގާމުން ވަކިވުމުންނެވެ.

 

14 ވަނަ މާއްދާ - ގާނޫނީ އަދަދު

އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ 5 (ފަހެއް) މެންބަރުންނެވެ.

 

15 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތައް

(ހ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ރައީސެވެ. ރައީސަށް ހާޒިރުނުވެވޭ

ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސްއެވެ.

(ށ) ކޮންމެ މީލާދީ މަހަކު، އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް މަދުވެގެން 2 (ދޭއް) ފަހަރު ބާއްވަންވާނެއެވެ.

(ނ) އާ ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގައި އަމަލުކުރާނެ އުސޫލު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ވަނަ މާއްދާ - މެންބަރަކު ވަކިކުރުން

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރު ފިޔަވައި، އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު މަގާމުން ވަކިކުރެވޭނީ، ގާނޫނީ ވަކީލުންގެ ތެރެއިން 100 (ސަތޭކަ) އަށްވުރެ މަދުނޫން އަދަދެއްގެ ގާނޫނީ ވަކީލުން، އެ މެންބަރަކު   ވަކި ކުރުމަށް ބާ ކައުންސިލަށް ލިޔުމުން ހުށަހެޅުމުން،ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތުން އެ މެންބަރަކު އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުން ވަކިކުރުމަށް ފާސްކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރަކު ވަކިކުރުމަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ހުށަހަޅާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މައްސަލަ އެގްޒެކެޓިވް ކޮމިޓީގައި އެޖެންޑާކުރަންވާނެއެވެ. އަދި އެފަދަ މައްސަލައެއް ހުށަހެޅުމުން، އެގްޒެކެޓިވް ކޮމިޓީން އަމަލުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ވަކިކުރުމަށް ހުށަހެޅޭނެ ހާލަތްތައް

މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ވަކިކުރުމަށް ހުށަހެޅޭނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު އަދާކުރަންޖެހޭކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދުން؛

(ށ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު އަދާކުރަންޖެހޭކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ތަކުރާރުކޮށް ފަރުވާކުޑަކުރުން؛

(ނ) މަސްލަހަތު ފުށުއަރާފަދަ ކަމެއް ކުރުން.

 

18 ވަނަ މާއްދާ - އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ތަދައްހުލުވުން

މި ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ގާނޫނަކުން އުފައްދާފައިވާ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ކުރިއަށްދާ މައްސަލައަކީ މި ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން އާންމު މަސްލަހަތު ހިމެނޭތީ ބާ ކައުންސިލުން ތަދައްހުލުވާންޖެހޭ މައްސަލައެއްކަމުގައި ނިންމަންވާނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާއެއްގެ އަޣްލަބިއްޔަތުން ފާސްވުމުންނެވެ.

 

19 ވަނަ މާއްދާ - ރައީސްގެ މަސްއޫލިއްޔަތުތައް

އާ ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އާ ކައުންސިލުގެ އިދާރީ މަސައްކަތްތަކުގައި ސެކްރެޓަރީ ޖެނެރަލަށް އިރުށާދުދިނުން؛

(ށ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛

(ނ) އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާއެއްގައި ކަމެއް ފާސްކުރުމަށްޓަކައި ނަގާ ވޯޓު އެއްވަރުވާ ހާލަތްތަކުގައި ވޯޓު ދިނުން؛ (ރ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، އެކިއެކި ތަންތަނުގައި ބާ ކައުންސިލު ތަމްސީލުކުރުން.

 

20 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް

އާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ހ) އާ ކައުންސިލުގެ އެންމެހައި އިދާރީ މަސްއޫލިއްޔަތުތައް އުފުލައި، މަސައްކަތްތަކާ ގުޅޭގޮތުން ދުވަހުން ދުވަހަށް ހިންގަންޖެހޭ ކަންތައްތައް ހިންގުން؛

(ށ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން؛ (ނ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުން.

(ނ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުން.

 

21 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާ

(ހ) އާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާ އަހަރަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަލްސާ އިންތިޒާމުކުރާނީ، އެގްޒެކެޓިވް ކޮމިޓީންނެވެ.

(ނ) ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާއަށް ތިރީގައިވާ ރިޕޯޓުތައް ހުށަހަޅަންވާނެއެވެ.

  1. ބާ ކައުންސިލުގެ އަހަރީ ރިޕޯޓު، އަދި
  2. ބާ ކައުންސިލުގެ އޮޑިޓް ކޮށްފައިވާ މާލީ ރިޕޯޓު

(ރ) އާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ ހިންގުމާ ގުޅޭ ގަވާއިދު އެގްޒެކެޓިވް ކޮމިޓީން ފާސްކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - މާލީ ކަންތައްތައް

(ހ) އާ ކައުންސިލު ހިންގުމަށްޓަކައި ކޮންމެ އަހަރަކު ބޭނުންވާނެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ދޭންވާނެއެވެ. އާ ކައުންސިލަށް ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮގަސްޓު މަސް ނިމުމުގެ ކުރިން ދައުލަތުގެ މާލީ ކަންކަން ހިންގުމާ ހަވާލުވެފައިވާ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާ ހޯދުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތުން ހޯދާ ފައިސާ އާ ކައުންސިލް ހިންގުމަށްޓަކައި ބޭނުންކުރެވިދާނެއެވެ.

  1. ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި، ހުއްދަ އައުކުރުމާއި، ސެޓްފިކެޓް އަލުން ހެއްދުން ފަދަ ކަންތައްތަކަށް ނެގޭ ފީ،
  2. އިދާރީ ނުވަތަ ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި ނެގޭ ޖޫރިމަނާ؛
  3. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކުންނާއި، ބޭރުގެ ގައުމުތަކުން ލިބޭ މާލީ

(ނ) ބާ ކައުންސިލުން ހިންގާ އެންމެހައި މާލީ ކަންކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރެއް އަހަރަކު އެއްފަހަރު އޮޑިޓް ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ރިޕޯޓު، ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކުރުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

 

23 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ މުސާރައާއި މާލީ އިނާޔަތް

އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނަށް އެއްވެސް މުސާރައެއް ނުވަތަ މާލީ އިނާޔަތެއް ނުލިބޭނެއެވެ.

 

24 ވަނަ މާއްދާ - އަހަރީ ރިޕޯޓު

 ކޮންމެ މީލާދީ އަހަރެއް ނިމޭތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ފާއިތުވެދިޔަ އަހަރުގެ އާމްދަނީއާއި، ހަރަދުތަކާއި، ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ކޮށްފައިހުރި މަސައްކަތްތަކާއި، ކުރިއަށް އޮތް އަހަރަށް ލަފާކުރާ އާމްދަނީއާއި ހަރަދާއި، ކުރަން ރޭވިފައިހުރި ކަންތައްތައް އެނގޭނެ ރިޕޯޓެއް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެކުލަވާލައި، އަހަރީ އާންމު ޖަލްސާއިން ފާސްކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ ރިޕޯޓާ ގުޅިގެން އިސްލާހުކުރަންޖެހޭ ކަމެއްވާނަމަ އެކަމެއް އިސްލާހުކުރުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - އިމްތިޔާޒު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އެއްވެސް މެންބަރަކު ނުވަތަ މުވައްޒަފަކު އެފަރާތުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ގާނޫނާ އެއްގޮތަށް ކުރާ ކަމެއްގެ ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ. އަދި ބާ ކައުންސިލުން ހިންގި ހަރަކާތަކާ ގުޅިގެން ޖިނާއީ ކުށަކަށް ތުހުމަތުކުރެވޭހިނދު، ޒިންމާވާނީ ފަރުދީގޮތުން އެ ކުށުގެ އަމަލެއް ހިންގި މެންބަރަކު ނުވަތަ މުވައްޒަފެކެވެ.

 

26 ވަނަ މާއްދާ - މުވައްޒަފުން

 ބާ ކައުންސިލުގެ މަސައްކަތްތައް ހިންގުމަށްޓަކައި ބޭނުންވާ މުވައްޒަފުން އައްޔަނުކުރުމާއި، މުވައްޒަފުންގެ މަސްއޫލިއްޔަތުތައް އެކަށައެޅުމާއި، މުވައްޒަފުން ވަކިކުރުންފަދަ މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު، އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތްތަކާއި، ސިއްރު ހިފެހެއްޓުން

(ހ) ބާ ކައުންސިލުން ނިންމަންޖެހޭ އެއްވެސް ކަމެއް ނިންމުމުގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އެއްވެސް މެންބަރަކު، އެކަމުގެ ސީދާ ނުވަތަ ނުސީދާގޮތުން ނަމަވެސް މަސްލަހަތު އޮތް އެއްވެސް ފަރާތަކާ މަށްވަރާކޮށް، ލަފާ ހޯދައިގެން ނުވާނެއެވެ. މައްސަލަތައް ނިންމުމުގައި ބޭނުންވާ ފަންނީ މަށްވަރާ ހޯދުން މި މާއްދާގެ ދަށުން އިސްތިސްނާވާނެއެވެ.

(ށ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އެއްވެސް މެންބަރެއްގެ މަގާމުގެ މަސްއޫލިއްޔަތާ ގުޅިގެން އަދާކުރާ ޒިންމާއެއްގައި މަސްލަހަތު ފުށުއަރާފަދަ ކަމެއް ދިމާވާނަމަ، އެ ޒިންމާއެއް އަދާކުރަން ފެށުމުގެ ކުރިން އެކަމެއްގެ މައުލޫމާތު އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ދޭންވާނެއެވެ. އަދި އެފަދަ ކަމަކާ ގުޅިގެން ކުރާ މަށްވަރާތަކާއި، ނިންމުމެއް ނިންމުމަށްޓަކައި ނަގާ ވޯޓުގައި އެފަދަ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

(ނ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު، އެ މެންބަރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް ނިންމުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެނަމަ، އެމީހަކާމެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އާ ކައުންސިލުން ފިޔަވަޅު އަޅަންވާނެއެވެ. އަދި އެފަދަ މައްސަލަތަކާ ގުޅޭ ށަކުވާ މާ ކައުންސިލަށް ހުށަހެޅޭނެ އުސޫލެއް، އެ ކައުންސިލުން އެކުލަވާލައި އާންމުކުރަންވާނެއެވެ.

(ރ) އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެކަށައަޅާ އުސޫލުތަކެއްގެ ދަށުން މެނުވީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ނުވަތަ މުވައްޒަފަކު ނަމަވެސް މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ބ) އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބާ ކައުންސިލުން އެކުލަވާލަންވާނެއެވެ.

 

 

ތިންވަނަ ބާބު

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުން

 

28 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދަނެތި ހިދުމަތް ދިނުން

 (ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނޫނީ ހިދުމަތް ދީގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ މީހަކު އެކުރަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 613 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށެވެ.

 

29 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކާލާތުކުރުން

(ހ) ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް މި ގާނޫނުގެ ދަށުން ދޫކުރާ ހުއްދައަށް ކިޔާނީ "ގާނޫނީ ވަކީލުކަމުގެ ހުއްދަ" މިހެންނެވެ.

(ށ) ގާނޫނީ ވަކީލުކަމުގެ ހުއްދަދޭ ފަރާތްތަކުގެ ދަފްތަރެއް ބާ ކައުންސިލުން ބަލަހައްޓައި އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ލިބުމުން، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި ތަހުގީގީ އިދާރާތަކާއި ދައުލަތުގެ އަދި އަމިއްލަ މުއައްސަސާތަކުގައި އިތުރު ހުއްދައެއް ހޯދުމަކާ ނުލައި އަދި އެއިން ތަނެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ނަން ދަފްތަރުކުރުމަކާ ނުލައި، ވަކާލާތުކުރުމާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނުގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރާ ފަރާތްތައް، ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ބޭނުމަށްޓަކައި، ގާނޫނީ ވަކީލުން ދަރަޖަކޮށް، އެ ދަރަޖަތަކުގެ ފެންވަރާއި ށަރުތުތައް ކަނޑައެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތައް

(ހ) އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައިނުވާހާ ހިނދަކު، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 21 (އެކާވީސް) އަހަރު ފުރިފައިވާ އަދި ބުއްދި ސަލާމަތުންހުރި ދިވެހިރައްޔިތެއް ކަމުގައިވުން؛ އަދި
  2. ބާ ކައުންސިލުން ކަނޑައަޅާ ށަރުތުތަކެއް ފުރިހަމަވާ އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން،
  3. ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި "ޖިނާއީ ބޮޑު ކުށެއް" ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި
  4. މި ގާނޫނުގައި ބުނެފައިވާ ތަމްރީނާއި، ބާ އިމްތިހާނު ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، އިންޓަރނޭށަނަލް ބާ ކައުންސިލުގެ ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެމަތިން އިތުރު ށަރުތުތައް ކަނޑައެޅުމުގެ ބާރު، އާ ކައުންސިލަށް ލިބިގެންވެއެވެ.

 

31 ވަނަ މާއްދާ - ބާ އިމްތިހާނު ހެދުމާއި ތަމްރީނު ފުރިހަމަކުރުން

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތައުލީމީ މަރުކަޒަކުން ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާ އިމްތިހާނުން ފާސްވެ، އެ މާއްދާގައި ބުނެފައިވާ ތަމްރީނު ފުރިހަމަކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ފުރިހަމަކުރަންޖެހޭ ތަމްރީނުގެ މުއްދަތަކީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތެވެ. މި ތަމްރީނު ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ފުރިހަމަކުރަންޖެހޭނީ ބާ ކައުންސިލުން ހުއްދަކުރާ ތަނެއްގައެވެ.

(ނ) މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާ އިމްތިހާނާއި، ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން އެދޭ ފަރާތްތަކުން ބާ ކައުންސިލުން އެކަށައަޅާ ފޯމަކުން: ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ފޯމުގައި އިމްތިހާނު ހަދަން ގަސްދުކުރާ ދުވަސްވަރާއި ތަމްރީނު ހޯދުމަށް މަސައްކަތްކުރުމަށް ވަކި ތަނެއް ހާއްސަކުރަން ބޭނުން ކަމުގައިވާނަމަ އެކަން ހިމަނަންވާނެއެވެ. މިގޮތުން ހިޔާރުކުރާ ތަނެއްގައި ތަމްރީނު ފުރިހަމަކުރުމަށް ހުއްދަދިނުމާއި، ހުއްދަ ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު ބާ ކައުންސިލަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެ އިހްތިޔާރު ބޭނުންކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކެއްގެ މަތިންނެވެ. މިގޮތުން ތަމްރީނު ފުރިހަމަ ކުރުމަށް ހުއްދަ ދިނުމަށް ނުވަތަ ހުއްދަ ނުދިނުމަށް އާ ކައުންސިލުންދޭ ޖަވާބު ދިނުމަށް ގިނަވެގެން ނަގާނެ މުއްދަތު ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ތަމްރީނު ފުރިހަމަކުރާ ފަރާތުން ތަމްރީނު ފުރިހަމަކުރި ތަނެއްގެ ވެރިންގެ ތެރެއިން އެފަރާތަށް ސީދާ ގޮތުން އިރުށާދު ދީ، އެފަރާތުގެ މަސައްކަތް ގާތުން ބެލި ފަރާތެއްގެ ކިބައިން ތަމްރީނު ފުރިހަމަކުރާ ފަރާތުން ފުރިހަމަކުރި ތަމްރީނާއި މަސައްކަތާ ގުޅޭގޮތުން ދީފައިވާ ރިޕޯޓެއް ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތުތަކަކީ ކޮބައިކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ހިމަނައި ށަރުތު ކަނޑައެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ ބޭނުމަށްޓަކައި، "ތަނެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ހިދުމަތްދޭ ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، އޮފީސްތަކާއި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ލޯ ޕްރެކްޓިސްތަކާއި ލޯ ފަރމްތައް ހިމެނޭގޮތުންނެވެ.

 

32 ވަނަ މާއްދާ - ބާ އިމްތިހާނު

މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާ އިމްތިހާނުގެ މުގައްރަރާއި، އިމްތިހާނު ދޭނެ ގޮތާއި، އިމްތިހާނު އޮންނާނެ ތާރީހާއި އިމްތިހާނުގައި ބައިވެރިވެވޭނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅާނީ ބާ ކައުންސިލުންނެވެ.

 

33 ގާނޫނީ ވަކީލުންގެ ހުވައި

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި، މި ގާނޫނުގެ ޖަދުވަލު 1 ގައިވާ ގާނޫނީ ވަކީލުކަމުގެ ހުވައި ކުރަންވާނެއެވެ. ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާނޫނީ ވަކީލުކަމުގެ ހުވައި ކުރާ ފަރާތްތަކަށެވެ.

(ށ) މި މާއްދާގެ ދަށުން ދޫކުރެވޭ ހުއްދައިގައި، އާ ކައުންސިލުގެ ސިއްކަ ޖަހައި، އާ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ސޮއިކޮށްފައި އޮންނަންވާނެއެވެ. މި ހުއްދައަކީ، އެ ހުއްދައެއް ދޫކޮށްފައިވާ ފަރާތަކީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދައާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާކަން ސާބިތުކޮށްދޭނެ ލިޔުމެކެވެ. އެ ލިޔުން ދޫކުރެވިފައިވާ ކޮންމެ ފަރާތަކީ، ގާނޫނީ ވަކީލަކު ކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި، ދައުލަތުގެ އިދާރާތަކުންނާއި އަދި އަމިއްލަ ފަރާތްތަކުން ބަލައިގަންނަންވާނެއެވެ. އަދި އެފަދަ ފަރާތެއްގެ ކިބައިގައި އެ ހުއްދަ ދެމިއޮތްހާ ހިނދަކު، ދިވެހިރާއްޖޭގެ ކޯޓުތަކުގައާއި ދައުލަތުގެ އިދާރާތަކުގައި ވަކާލާތުކުރުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ނުވާނެއެވެ.

 

34 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދަ އައުކުރުން

 (ހ) މި ގާނޫނުގެ ދަށުން ދޫކުރާ ގާނޫނީ ވަކީލުކަމުގެ ހުއްދައަކީ، ބާ ކައުންސިލުން ދުރާލާ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އައުކުރަންޖެހޭ ހުއްދައެކެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ހުއްދަ އައުކުރުމަށް ބާ ކައުންސިލުން ލާޒިމުކުރަންވާނީ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 5 (ފަހެއް) އަހަރު ދުވަސް ހަމަވާ ތާރީހަށްފަހު އިއުލާނު ކުރެވޭ މުއްދަތުތަކެއްގައެވެ. އަދި އެއިން ކޮންމެ ދެ މުއްދަތެއްގެ ދެމެދުގައި އެންމެ މަދުވެގެން 3 (ތިނެއް) އަހަރު ފާއިތުވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ އައުކުރުމަށް ހުށަހަޅާ ފަރާތްތަކުން އެކަމަށް ހުށަހަޅާނެ ގޮތާއި، ހުއްދަ އައުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި ށަރުތުތައް ކަނޑައެޅުމުގެ ބާރު، އާ ކައުންސިލަށް ލިބިގެންވެއެވެ.

 

35 ވަނަ މާއްދާ - ފަނޑިޔާރުންގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ

(ހ) މި ގާނޫނުގެ ދަށުން ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކު ފަނޑިޔާރެއްގެ މަގާމަށް އައްޔަންކޮށްފިނަމަ އެހިނދުން ފެށިގެން ބެލެވޭނީ، އެ ގާނޫނީ ވަކީލަކީ "ގާނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރާ ގާނޫނީ ވަކީލެއް" ކަމުގައެވެ. އަދި ފަނޑިޔާރުކަމުގައި ދެމިހުރިހާ ދުވަހަކު އެ ގާނޫނީ ވަކީލެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮންނާނީ ހިފެހެއްޓިފައެވެ. އަދި މިގޮތުން ހުއްދަ ހިފެހެއްޓިފައިވާ މުއްދަތުގެ ތެރޭގައި އެފަދަ ގާނޫނީ ވަކީލުންނަށް މި ގާނޫނުގެ ދަށުން ލިބިދޭ ހައްގުތަކާއި އިމްތިޔާޒުތައްވެސް ހިފެހެއްޓިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަނޑިޔާރަކު މަގާމުން ވަކިވެއްޖެނަމަ، އެމީހަކު ފަނޑިޔާރުކަމާ ހަވާލުވުމުގެ ކުރިން އެ މީހަކަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ.

 

36 ވަނަ މާއްދާ - ބިދޭސީ ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުން

(ހ) މިގާނޫނުގެ 30 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ލޯ ފަރމް އެއް ނުވަތަ ލީގަލް ޕްރެކްޓިސެއް ނުވަތަ ބަންޑާރަނައިބުގެ އޮފީސް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން، ދިވެހިރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ބިދޭސީ ގާނޫނީ ވަކީލަކު ވަކާލާތުކުރުމަށް އެދި ހުށަހަޅައިފިނަމަ، އާ ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން، އެ މައްސަލައެއްގައި ވަކާލާތުކުރުމުގެ ހުއްދަ އެ މީހަކަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ދައުލަތުގެ ބޭނުމަށް ބިދޭސީ ގާނޫނީ ވަކީލަކު ދައުލަތަށް ގާނޫނީ ލަފާ ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

 

ހަތަރުވަނަ ބާބު

ގާނޫނީ ވަކީލުންގެ ހައިސިއްޔަތާއި، އިމްތިޔާޒުތަކާއި، ޒިންމާތައް

 

37 ވަނަ މާއްދާ - ގާނޫނީ ވަކީލުންގެ ހައިސިއްޔަތު

މި ގާނޫނުގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކަށް އަންނަނިވި ކަންތައްތައް ކުރުމުގެ ބާރާއި އިހްތިޔާރު ލިބިގެންވެއެވެ.

(ހ) ގާނޫނީ ވަކީލެއްގެ ގޮތުގައި އެފަރާތުގެ ހިދުމަތަށް އެދޭ ފަރާތްތައް އާންމު ގޮތެއްގައި އެކިއެކި ތަންތަނުގައި ތަމްސީލުކުރުމާއި އެފަރާތަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން؛

(ށ) ގާނޫނުން އުފައްދާފައިވާ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ނުވަތަ ސުލޫކީ މައްސަލަތައް ބެލުމުގެ ބާރު ގާނޫނުން ލިބިދީފައިވާ މުއައްސަސާއެއްގެ ކުރިމަތީގައި މުވައްކިލަކު ތަމްސީލުކުރުން؛

(ނ) އަސްލާއެކު ހުށަހެޅޭ ލިޔުންތަކުގައި "އަސްލާ އެއްގޮތް” ކަމުގެ ތައްގަނޑުޖެހުން؛

(ރ) މައްސަލައާ ގުޅިގެން ގާނޫނީ ވަކީލުގެ ލަޔާގަތާއި ގާބިލިއްޔަތުކަން ތަންދިން އެންމެ ރަނގަޅަށް މަސައްކަތްކުރުން؛ (ބ) ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ނުވަތަ އެފަދަ އެހެން ތަނެއްގައި މުވައްކިލު ތަމްސީލުކުރުމުގައި އެތަންތަނަށް އިހްތިރާމުކުރުމާއެކު އެއްވެސް ޖެހިލުންވުމެއް ނެތި މިނިވަންކަމާއެކު ކޯޓުގައި މުވައްކިލު ތަމްސީލުކުރުން،

 

38 ވަނަ މާއްދާ - މުވައްކިލާއި ވަކީލުގެ މެދުގައި އޮންނަ ގުޅުމުގެ އިމްތިޔާޒާއި ސިއްރު ހިފެހެއްޓުން

(ހ) މުވައްކިލަކު އޭނާގެ ވަކީލާ ހަވާލުކުރި މައްސަލައާ ގުޅިގެން ދައްކާފައިވާ އެއްވެސް ވާހަކައެއް ނުވަތަ ލިޔުމެއް ނުވަތަ މަންޒަރެއް ނުވަތަ ރިކޯޑިންގިއެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އަންނަނިވި ހާލަތްތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައުލޫމާތު ހާމަކުރުމަށް ހުރަހެއްނެތެވެ.

  1. ހިދުމަތް ލިބިގަންނަ ފަރާތުން ލިޔުމަކުން ހުއްދަ ދިނުމުން؛
  2. ކޯޓު އަމުރަކުން އެންގުން.

(ނ) ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލުގެ ދިފާއުގައި ނުވަތަ އެ މުވައްކިލު ތަމްސީލުކުރުމަށް ކުރާ އެއްވެސް ކަމެއްގެ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. އަދި އެފަދަ އަމަލަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅައިގެންވެސް ނުވާނެއެވެ.

(ރ) އިންޓަރނޭށަނަލް އާ އެސޯސިއޭށަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ގާނޫނީ ވަކީލާއި މުވައްކިލުގެ ދެމެދުގައި އޮންނަ ގުޅުމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުތަކުގައި ހިމަނާ ށަރުތުކުރުމުގެ ބާރު، އާ ކައުންސިލަށް ލިބިގެންވެއެވެ.

 

ފަސްވަނަ ބާބު

ގާނޫނީ ވަކީލުންގެ ސުލޫކާއި ސުލޫކީ ށަކުވާ

 

39 ވަނަ މާއްދާ - މުވައްކިލުގެ މަސްލަހަތު ނެގެހެއްޓުމާއި ފަރުވާ ބެހެއްޓުން

ގާނޫނީ ވަކީލުން އަންނަނިވި ކަންތައްތައް ކޮށްގެން ނުވާނެއެވެ.

(ހ) ގަސްދުގައި ނުވަތަ އިހުމާލުވުމުގެ ސަބަބުން ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން ނަމަވެސް މުވައްކިލުގެ ހައްގުތަކާއި، މަސްލަހަތަށް ގެއްލުންވެދާނެ އެއްވެސް ކަމެއް؛

(ށ) އަޅަންޖެހޭ ފަރުވާތެރިކަމުގެ ފިޔަވަޅު އެޅުމަކާ ނުލައި، މުވައްކިލު ގާނޫނީ އެހީތެރިކަން ބޭނުންވާ މައްސަލައާ ގުޅޭގޮތުން، ގެއްލުމެއްވުމުގެ އިހްތިމާލެއް އޮތް ނުވަތަ އެފަދަ ކަމެއް މެދުވެރިވެދާނެ ކަމެއް ކުރުން؛

(ނ) މުވައްކިލުގެ ފަރާތުން ލިބޭ މައުލޫމާތު ނުވަތަ ބާރު ނުވަތަ ލިޔުމެއް ނުވަތަ އިހްތިޔާރެއްވިޔަސް އަމިއްލަ ފައިދާއަށް ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުން؛

(ރ) ވަކީލުގެ މަސްލަހަތާ މުވައްކިލުގެ މަސްލަހަތާ ފުށުއަރާފާނެފަދަ އެއްވެސް ކަމެއް ނުވަތަ އެއް މުވައްކިލެއްގެ މަސްލަހަތު އަނެއް މުވައްކިލެއްގެ މަސްލަހަތާ ތައާރުޟުވާނެ ކަމެއް ކުރުން؛

(ބ) އާންމު މުޖްތަމައުގެ މެދުގައި ގާނޫނީ ވަކީލުންނާއި، ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެފަދަ އެއްވެސް ކަމެއް ކުރުން.

 

40 ވަނަ މާއްދާ - ތަފާތުކުރުމެއް ނެތި މަސައްކަތާ ހަވާލުވުން

ގާނޫނީ ވަކީލަކަށް އެއްވެސް ފަރާތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތާ ހަވާލުވުމަށް ހުށަހަޅައިފިނަމަ، އެކަށީގެންވާ އެއް ހަމަޖެއްސުމަށްފަހު، ތަފާތުކުރުމެއް ނެތި، އެފަދައިން ހުށަހެޅޭ ހުރިހާ މަސައްކަތަކާ ހަވާލުވާންވާނެއެވެ. އެހެންނަމަވެސް، އާ ކައުންސިލުން ކަނޑައަޅާ މިންގަނޑުން ގަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ އެ މަސައްކަތަކާ ހަވާލުވުމުން ގާނޫނީ ވަކީލަށް ތަނާޒުލުވެވިދާނެއެވެ.

 

41 ވަނަ މާއްދާ - ނަޒާހަތްތެރިކަން ހިފެހެއްޓުން

ގާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދިދާނެ ފަދަ އެއްވެސް ކަމެއް އެ ވަކީލަކު ކޮށްގެން ނުވާނެއެވެ.

 

42 ވަނަ މާއްދާ - މަސައްކަތް ހަވާލުނުވުން

އަންނަނިވި ހާލަތްތަކުގައި އަންނަނިވި ބާވަތުގެ މަސައްކަތަކާ ގާނޫނީ ވަކީލަކު ހަވާލުވެގެން ނުވާނެއެވެ.

(ހ) މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސް އެޅިދާނެކަމަށް ފެންނަ މަސައްކަތްތައް،

(ށ) އެ މަސައްކަތުގައި ނުވަތަ އެ މައްސަލައެއްގައި ހިމެނޭ އަނެއް ފަރާތަކީ ހަވާލުކުރެވިފައިވާ މައްސަލައާ ގުޅިގެން ކުރިން ގާނޫނީ ލަފާ ދީފައިވާ ފަރާތަކަށްވުން ނުވަތަ އެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ފަރާތެއްގެ މަސައްކަތް؛

(ނ) އެ މައްސަލައެއް ނުވަތަ އެ މަސައްކަތެއް ށެޑިއުލްކުރެވޭ ދުވަހަށް ހާޒިރުވާންޖެހޭ ތަނަކަށް ހާޒިރުވެވޭނެކަން ނުވަތަ އެކަށައެޅޭ ތާވަލަކަށް މަސައްކަތްކުރެވޭނެކަމުގެ ތަސައްވުރެއް ނެތް މަސައްކަތް؛

(ރ) އެމީހަކީ ވަކި ހާއްސަ ގާނޫނީ ދާއިރާއަކުން ފަންނީ ގާބިލުކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައި ނުވާނަމަ، އެފަދަ ފަރާތެއްގެ ގޮތުގައި އެފަދަ ދާއިރާއެއްގެ މަސައްކަތް.

 

43 ވަނަ މާއްދާ - އިންސާފުން މަސައްކަތްކުރުން

ޖިނާއީ އަދި އިދާރީ މައްސަލައެއްގައި ދައުލަތުގެ ފަރާތުން ހަރަކާތްތެރިވާ ގާނޫނީ ވަކީލަކު މަސައްކަތްކުރަންވާނީ އޭނާގެ މަސައްކަތުގެ ސަބަބުން ކުށެއް ނުކުރާ މީހަކަށް އަދަބެއް ނުލިބޭނެ ގޮތަށް ނުވަތަ ބޭއިންސާފު ކުރިމަތިނުވާނެ މޭރުމުންނެވެ.

 

44 ވަނަ މާއްދާ - ފީ ކަނޑައެޅުން

ގާނޫނީ ވަކީލަކާ ހަވާލުކުރެވޭ މަސައްކަތްތަކަށް ފީ ނެގުމުގައި ނުވަތަ ފީ ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) މަސައްކަތަށް ހޭދަވާނެ ވަގުތާއި، ބޭނުންވާ ހުނަރާއި، އެހީތެރިވާނެ މީހުންގެ އަދަދު؛

(ށ) ހަވާލުކުރެވިފައިވާ މަސައްކަތުގެ ކުޑަ ބޮޑު މިނާއި އެ މަސައްކަތުގެ ޒާތާއި ބާވަތް؛

(ނ) އެ މަސައްކަތާ ހަވާލުވުމުގެ ސަބަބުން، އެހެން މަސައްކަތްތަކެއް ދޫކޮށްލަންޖެހޭތޯ ނުވަތަ ނެގުން މަޑުޖައްސާލަންޖެހޭތޯ؛

(ރ) އެ ބާވަތުގެ މަސައްކަތަކަށް އާންމުކޮށް ނަގައި އުޅޭ ފީ

(ބ) މައްސަލައިގައި ދެބަސްވުން އުފެދިފައިވަނީ ފައިސާގެ ނުވަތަ މުދަލުގެ މުއާމަލާތަކާނަމަ، އެ މައްސަލައިގައި ހިމެނޭ ފައިސާ ނުވަތަ މުދަލުގެ ނިސްބަތް؛

(ޅ) އެ މަސައްކަތުގެ ސަބަބުން މުވައްކިލަށް ލިބޭނެ މަންފާ؛

(ކ) މަސައްކަތް ހަވާލުކުރަނީ އައު މުވައްކިލެއްތޯ ނުވަތަ އާންމުކޮށް މައްސަލަ ހަވާލުކުރާ ފަރާތަކުންތޯ؛

(އ) އެ މައްސަލައަކާ ހަވާލުވާ ގާނޫނީ ވަކީލު މަސައްކަތުގައި ހޭދަކޮށްފައިވާ މުއްދަތާއި، ތަޖުރިބާ.

 

45 ވަނަ މާއްދާ - ކަނޑައެޅިފައިވާ ފީ އެނގެން

މި ގާނޫނުގެ 40 ވަނަ މާއްދާއާއި 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގާނޫނީ ވަކީލާއި މުވައްކިލާ ދެމެދު އެއްބަސްވާ މަސައްކަތާއި ފީ ލިޔުމުން އެނގެން އޮންނަންވާނެއެވެ.

 

46 ވަނަ މާއްދާ - ކޯޓަށް އިހްތިރާމުކުރުން

(ހ) ގާނޫނީ ވަކީލުން، ކޯޓުތަކަށް އިހްތިރާމުކުރުމުގައި އަދި އެފަރާތްތަކުގެ އާންމު މަސައްކަތުގައި އަދި ދިރިއުޅުމުގައި އެފަރާތްތަކުގެ އާންމު މަސައްކަތުގައި އަދި ދިރިއުޅުމުގައި ނަމޫނާ ދައްކައި، ކޯޓުތަކުގެ ހުރުމަތާއި ގަދަރަށް އިހްތިރާމުކޮށް، އާންމުން ކޯޓުތަކަށް ކުރާ އިތުބާރު ދަމަހައްޓައި ހިމާޔަތްކުރަންވާނެއެވެ.

(ށ) ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމުގައާއި އަދުލު އިންސާފުގެ ދާއިރާއާ ގުޅޭ އިލްމީ ދިރާސާކުރުމުގައި ކޯޓުތަކުގެ ނިންމުންތަކާއި އެ ނިންމުން ބިނާކުރާ ހަމަތަކާ ގުޅޭގޮތުން އިލްމީގޮތުން ހިޔާލުފާޅުކުރުމާއި، އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ހިޔާލު ފާޅުކުރުމަކީ، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކޯޓަށް އިހްތިރާމުނުކުރުން ކަމުގައެއް ނުވަތަ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައެއް ނުބެލެވޭނެއެވެ.

 

47 ވަނަ މާއްދާ - ހަގީގަތް އޮޅުވާލުން

ކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން ކޯޓަށް އެއްވެސް ކަމެއް އޮޅުވާލައި ނުވަތަ ގަސްދުގައި ކަމެއް ވަންހަނާކޮށް ހަދައިގެން ނުވާނެއެވެ.

  

48 ވަނަ މާއްދާ - އާންމު މުއާމަލާތް

ގާނޫނީ ވަކީލުން އެއްވެސް ފަރާތަކާ މުއާމަލާތް ކުރަންވާނީ އިހްތިރާމާއި، އިންސާފުވެރިކަމާއި، ތެދުވެރިކަމާއެކުއެވެ.

 

49 ވަނަ މާއްދާ - މަސްލަހަތު ހާމަކުރުން

ގާނޫނީ ވަކީލަކު މައްސަލައަކާ ހަވާލުވެގެން މަސައްކަތްކުރާ މުއްދަތުގައި، އޭނާއާ މައްސަލައިގެ އަނެއް ފަރާތުގެ މަސްލަކާ ނުވަތަ ވަކީލަކާ އޮންނަ ގުޅުން މުވައްކިލަށް ހާމަކޮށް، މައްސަލައިގައި އިންސާފުވެރިކަމާއެކު ކުރިއަށް ދިއުމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް އޮތްނަމަ އެކަމެއްގެ މައުލޫމާތު މުވައްކިލަށް ދޭންވާނެއެވެ.

 

50 ވަނަ މާއްދާ - ހެކިވެރިއަކަށް ވާންޖެހިދާނެ ހާލަތުގައި ވަކީލަކަށް ނުވުން

ގާނޫނީ ވަކީލަކީ މައްސަލައެއްގައި ހެއްކަކަށް ވެދާނެކަމަށް އޭނާއަށް ގަބޫލުކުރެވޭފަދަ ހާލަތެއް އޮތްނަމަ އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްގެން ނުވާނެއެވެ.

 

51 ވަނަ މާއްދާ - މުވައްކިލަށް ނަސޭހަތްތެރިވުން

ގާނޫނީ ވަކީލު އަމިއްލައަށް ކޮށްގެން ނުވާނެ ކަންތައްތައް އޭނާގެ މުވައްކިލުވެސް ނުކުރުމަށް ގާނޫނީ ވަކީލު ވީވަރަކުން ބާރު އަޅަންވާނެއެވެ. ވަކިން ހާއްސަކޮށް، ކޯޓެއްގެ ނުވަތަ ޓްރައިބިއުނަލެއްގެ ނުވަތަ އެހެން ތަނެއްގެ ހުރުމަތް ކެނޑިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް އިހްތިރާމާއި އިންސާފުވެރިކަމާއެކު މަސައްކަތްކުރުމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ބާރު އަޅަންވާނެއެވެ. އަދި މުވައްކިލު އެފަދަ ކަމެއް ކޮށްފިނަމަ، ގާނޫނީ ވަކީލު އެ މުވައްކިލެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމުން ތަނާޒުލުވެވިދާނެއެވެ.

 

52 ވަނަ މާއްދާ - ޖާމިނަކަށްވުން ނުވަތަ ކަފިލަކަށްވުން

ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގައި އެއްވެސް ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލަށްޓަކައި ޓާމިނަކަށް ނުވަތަ ކަފީލަކަށްވެގެން ވަކީލުންގެ ސުލޫކާއި ވަކީލު- މުވައްކިލުގެ ގުޅުން ރެގިއުލޭޓްކުރުމުގެ ބާރު.

 

53 ވަނަ މާއްދާ –ވަކީލުންގެ ސުލޫކާއި ވަކީލު-މުވައްކިލުގެ ގުޅުން ރެގިއުލޭޓުކުރުމުގެ ބާރު

މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ އިތުރުން، ގާނޫނީ ވަކީލުންގެ ސުލޫކާއި، ވަކީލާއި މުވައްކިލުގެ ގުޅުމާ ގުޅޭ ގަވާއިދުތައް ހެދުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ހެދޭ ގަވާއިދުތަކުގައި އަންނަނިވި ކަންތައްތައް ހާސިލުކުރުމަށް ބާ ކައުންސިލުން ބާރު އަޅަންވާނެއެވެ.

(ހ) ގާނޫނީ ދާއިރާގައި ހިމެނޭ އެންމެހައި ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުން،

(ށ) ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދާ މުވައްކިލުންގެ ހައްގުތަކާއި، މުވައްކިލާމެދު އޮންނަ ގުޅުމުގެ ތެރެއިން ގާނޫނީ ވަކީލުގެ ހައްގުތައް ރައްކާތެރިކުރުން؛

(ނ) ގާނޫނީ ދާއިރާއަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުން؛

(ރ) ގާނޫނީ ދާއިރާގެ ނަޒާހަތްތެރިކަން ހިފެހެއްޓޭކަން ކަށަވަރުކުރުމާއި، ފަންނީ މިންގަނޑާ އެއްގޮތަށް ހިދުމަތްދެވޭކަން ކަށަވަރުކުރުން.

 

54 ވަނަ މާއްދާ - ސުލޫކީ ށަކުވާ ހުށަހެޅުން

ގާނޫނީ ވަކީލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން އެ ގާނޫނީ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވެއްޖެނަމަ، އެ މައްސަލައަކާ ސީދާގޮތުން ގުޅުންހުރި ކޮންމެ ފަރާތަކަށް ނުވަތަ އެފަދަ އަމަލެއް ހިނގާ ށަރުއީ ކޯޓެއްގެ ތެރޭގައި ނަމަ އެ ކޯޓަކަށް އެ ގާނޫނީ ވަކީލެއްގެ ށަކުވާ މާ ކައުންސިލަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

55 ވަނަ މާއްދާ - ށަކުވާބަލާ އިޖުރާއަތު

(ހ) މި ގާނޫނުގެ 54 ވަނަ މާއްދާގައި ބުނެފައިވާފަދަ ށަކުވާއެއް ބާ ކައުންސިލަށް އުފުލިއްޖެނަމަ، އެ ށަކުވާއެއްގެ މައްސަލަ ބެލުމަށްޓަކައި، އާ ކައުންސިލުގެ ސުލޫކީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންގެ މައްޗަށް ހިމެނޭ ޕެނަލެއް އެކުލަވާލުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މި ކޮމިޓީން މައްސަލައިގެ ހަގީގަތްތައް ދެނެގަތުމަށްޓަކައި ތަހުގީގުކޮށް އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ކިބައިން ބަޔާން ނެގުމުގެ ބާރު އެ ކޮމިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވޭ ޕެނަލް ދެމިއޮންނާނީ އެ ކޮމިޓީން ބަލަމުންދާ މައްސަލަ ބަލައި، އެ ކޮމިޓީގެ ލަފާ އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ފޮނުވުމާ ހަމައަށެވެ.

(ނ) އާ ކައުންސިލުން ށަކުވާ ބެލުމުގެ ޕެނަލެއް އެކުލަވާލައި، ގާނޫނީ ވަކީލަކާ ގުޅޭ ށަކުވާއެއް ބެލުމަށް ފޮނުވަންވާނީ އެފަދަ ށަކުވާއެއް ހުށަހެޅުމުގެ އެކަށީގެންވާ ގާނޫނީ ސަބަބުތަކެއް ހުރިނަމައެވެ.

(ރ) ގާނޫނީ ވަކީލަކާ ގުޅޭގޮތުން މި މާއްދާގައި ބުނެވުނުފަދަ ށަކުވާއެއް އާ ކައުންސިލުގެ ށަކުވާ ބެލުމުގެ ޕެނަލުން ތަހުގީގުކުރުމަށްފަހު އެ ޕެނަލްގެ ލަފަޔާއެކު އެކަމުގެ ރިޕޯޓު ވީއެންމެ އަވަސް ފުރުސަތެއްގައި މާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ބ) ގާނޫނީ ވަކީލަކާ ގުޅޭގޮތުން މި މާއްދާގައި ބުނެވުނުފަދަ ށަކުވާއެއް އާ ކައުންސިލުގެ ށަކުވާ ބެލުމުގެ ޕެނަލުން ބަލާނެ ގޮތުގެ އުސޫލުތައް ވަކީލުންގެ ގަވާއިދުގައި ހިމަނައި ތަންފީޒުކުރުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

56 ވަނަ މާއްދާ - ޑިއު ޕްރޮސެސް

ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ބަލަންވާނީ އެކަށީގެންވާފަދަ އަވަސް މިނެއްގައި، އިޖުރާއީ އަދުލުވެރިކަމުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

57 ވަނަ މާއްދާ - ރިޕޯޓު ކުރުން

ށަކުވާ ބެލުމުގެ ޕެނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި ބޭއްވޭ އިންޓަވިއުތަކާއި ރިއާޔަތްކުރެވުނު ލިޔެކިޔުންތައް ރިކޯޑުކުރެވި، ކޮމިޓީގެ ރިޕޯޓާއެކު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ފޮނުވަންވާނެއެވެ.

 

58 ވަނަ މާއްދާ - ހެކިބަހާއި ލިޔެކިޔުން ހޯދާ ލިބިގަތުމުގެ ބާރު

ށަކުވާ ބެލުމުގެ ޕެނަލުން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލައާ ގުޅުންހުރި ފަރާތްތަކަށް، ހެކިބަސް ދިނުމަށް ހާޒިރުވުމަށް ނުވަތަ ދިވެހިސަރުކާރުގެ ގެޒެޓް ލިޔެކިޔުންތައް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު ލިބިގެންވެއެވެ. މިގޮތުން ހުށަހެޅޭ ލިޔުންތަކާމެދު ޖަވާބުދާރީވުމާއި، ހާޒިރުކުރެވޭ ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު، ށަކުވާ ރައްދުވާ ގާނޫނީ ވަކީލަށް ދޭންވާނެއެވެ.

 

59ވަނަ މާއްދާ - އަމިއްލަ ދިފާއު ހުށަހެޅުމުގެ ފުރުސަތު

ށަކުވާއިން ދިފާއުވުމަށްޓަކައި އޭނާ ތަމްސީލުކުރާނެ ގާނޫނީ ވަކީލެއް އައްޔަނުކުރުމުގެ އިހްތިޔާރު ށަކުވާ ރައްދުވާ ގާނޫނީ ވަކީލަށް ލިބިގެންވެއެވެ. އަދި ށަކުވާ ހުށަހެޅި ފަރާތާއި، ހުށަހެޅުނު ށަކުވާއާއި، އެ މައްސަލައާ ގުޅޭގޮތުން ށަކުވާ ބެލުމުގެ ޕެނަލުން ހޯދާފައިވާ މައުލޫމާތަކީ ކޮބައިކަން ށަކުވާ ބެލުމުގެ ޕެނަލުން އެ ވަކީލަކަށް ހާމަކުރަންވާނެއެވެ. މިގޮތުން ބަލާ ށަކުވާގެ އެ ވަކީލަކަށް ހާމަކުރަންވާނެއެވެ. މިގޮތުން ބަލާ ށަކުވާގެ މައްސަލަތައް ބަލައި، އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅަންވާނީ ށަކުވާ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތުދީ، ހާމަކަމާއި ހަމަހަމަކަމާއެކުގައެވެ.

 

60 ވަނަ މާއްދާ - ށަކުވާ ބެލުމުގެ ޕެނަލްގެ ރިޕޯޓަށް ރިއާޔަތްކޮށް ފިޔަވަޅު އެޅުން

(ހ) ށަކުވާ ބެލުމުގެ ޕެނަލުން ފޮނުވާ ރިޕޯޓަށް ބެލުމަށްފަހު، އެ ށަކުވާއަކީ އަސާސެއް ނެތް ށަކުވާއެއް ކަމަށް ކަނޑައެޅުމުގެ ބާރު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ. އަދި އެ ށަކުވާއަކީ އެކަށީގެންވާ ހެކި ލިބިފައިވާ އަދި އަސާސެއް އޮތް ށަކުވާއެއްކަމަށް ބާ ކައުންސިލުން ކަނޑައަޅާނަމަ އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް އަމަލުކުރުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

  1. ނަސޭހަތް ދިނުން؛
  2. އިންޒާރުދިނުން؛
  3. 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  4. ކަނޑައެޅޭ ވަކި މުއްދަތަކަށް ހުއްދަ ހިފެހެއްޓުން؛
  5. ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާނޫނީ ވަކީލަކާމެދު 6 ކައުންސިލުން ފިޔަވަޅު އަޅާ ހާލަތުގައި ގާނޫނީ ވަކީލު ހިންގާފައިވާ އަމަލުގެ ކުޑަ ބޮޑު މިނަށް ބަލައި، މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން ގާނޫނީ ވަކީލާމެދު ބާ ކައުންސިލުން އަޅާ ފިޔަވަޅަކާމެދު ގާނޫނީ ވަކީލު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މާ ކައުންސިލުގެ އިސްތިއުނާފު ކޮމިޓީއަށް އެ މައްސަލައެއް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމަށްފަހު އެ ކޮމިޓީން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.

 

ހަވަނަ ބާބު

ގާނޫނީ ވަކީލުންގެ ޕްރެކްޓިސް އަދި ޕާޓްނަރށިޕް

 

61  ވަނަ މާއްދާ - ވަކީލަކު ފަރުދީގޮތެއްގައި ކުރާ ޕްރެކްޓިސް

 (ހ) ގާނޫނީ ވަކީލަކު މަސައްކަތްކުރަން އެދެނީ ފަރުދީގޮތުން ކަމަށްވާނަމަ، އެފަރާތަކުން އެކަން ކުރަންވާނީ، ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރާ އަމިއްލަ ވިޔަފާރިއަކީ، ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރުމުގެ އިތުރުން، އާ ކައުންސިލުގައި ދަފްތަރުކޮށްފައިވާ އަމިއްލަ ވިޔަފާރިއަކަށް ވާންޖެހޭނެއެވެ. މި މާއްދާގެ ދަށުން ބާ ކައުންސިލުގައި ދަފްތަރުކުރެވޭ އަމިއްލަ ވިޔަފާރިތަކަށް މި ގާނޫނުގެ ބޭނުމަށްޓަކައި ކިޔާނީ "ލީގަލް ޕްރެކްޓިސް" އެވެ.

 

62 ވަނަ މާއްދާ - ޕާޓްނަރށިޕަކުން އުފައްދާ ލޯ ފަރމް

(ހ) ގާނޫނީ ވަކީލުން ގުޅިގެން ގާނޫނީ ހިދުމަތް ދޭން އެދޭނަމަ، އެފަދަ ހިދުމަތްތައް ދޭންވާނީ، ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން އެ ގާނޫނީ ވަކީލުން އުފައްދާ ޕާޓްނަރށިޕަކުންނެވެ. (ހ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕާޓްނަރށިޕަކީ، ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރުމުގެ އިތުރުން އާ ކައުންސިލުގައި ދަފްތަރުކޮށްފައިވާ ޕާޓްނަރށިޕަކަށް ވާންޖެހޭނެއެވެ. މި މާއްދާގެ ދަށުން ބާ ކައުންސިލުގައި ދަފްތަރުކުރެވޭ ޕާޓްނަރށިޕްތަކަށް މި ގާނޫނުގެ ބޭނުމަށްޓަކައި ކިޔާނީ " ލޯ ފަރމް" އެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕްތަކުގެ %80 (އައްޑިހަ އިންސައްތަ) ހިއްސާ މިލްކުވާންވާނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނަށެވެ.

 

63 ވަނަ މާއްދާ - ލޯ ފަރމަކުން ނުވަތަ ލޯ ޕްރެކްޓިސަކުން ނޫންގޮތަކަށް ހިދުމަތް ނުދިނުން

މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސެއް މެދުވެރިކޮށް މެނުވީ ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމުގެ މަސައްކަތް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ އަމިއްލަ ތަނެއްގައި އިން-ހައުސް ކައުންސެލެއްގެ ގޮތުގައި ނުވަތަ އެއިން ތަނެއްގެ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއަކުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ގާނޫނީ ހިދުމަތް ދިނުން ނުވަތަ އެފަދަ ޖަމްއިއްޔާއެއްގައި ގާނޫނީ ވަކީލަކު ހިދުމަތް ދިނުން މި މާއްދާއިން މަނައެއް ނުކުރެއެވެ.

 

64 ވަނަ މާއްދާ - ޕާޓްނަރުންގެ މައުލޫމާތު ދަފްތަރުކުރުން

މި ގާނޫނުގެ ދަށުން ގާނޫނީ ހިދުމަތް ދިނުމަށްޓަކައި ގާއިމުކުރެވޭ ޕާޓްނަރށިޕްތަކުގެ ޕާރޓްނަރުންގެ ކޯޕަރޭޓް ޕްރޮފައިލެއް، ބާ ކައުންސިލުގައި ދަފްތަރުކުރެވިފައި އޮންނަންވާނެއެވެ.

 

65 ވަނަ މާއްދާ - ލޯ ފަރމް އަދި ލީގަލް ޕްރެކްޓިސްތަކާބެހޭ ގަވާއިދު

ގާނޫނީ ދާއިރާގައި ހިދުމަތްދިނުމަށްޓަކައި ޕާޓްނަރށިޕް އުސޫލުން އުފައްދާ ލޯ ފަރމްތަކާއި އަމިއްލަ ވިޔަފާރީގެ ގޮތުގައި އުފައްދާ ލީގަލް ޕްރެކްޓިސްތައް ހިންގާނެ ގޮތް އެކަށައަޅައި ގަވާއިދު ހެދުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

ހަތްވަނަ ބާބު

އިންތިގާލީ ކަންތައްތައް

 

66 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދަ ދެމިއޮތުމާއި އައުކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަކީ، މި ގާނޫނުގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން ކަމުގައި ބެލޭނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިނުވާ ފަރާތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދެންވާނީ މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

67 ވަނަ މާއްދާ - މަތީ ތައުލީމުދޭ މަރުޒަކުތަކުގައި ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރު އެއްގޮތްކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދިވެހިރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ފަށާ ގާނޫނީ އެންމެހައި ކޯސްތަކާއި ޕްރޮގްރާމްތައް ހިންގަންވާނީ ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ މުގައްރަރަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބުކުރާތާ ލަސްވެގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ގާނޫނީ ކޯސްތަކާއި ޕްރޮގްރާމްތައް ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކަށް، އެފަދަ ކޯސްތަކާއި ޕްރޮގްރާމްތަކުގައި ކިޔަވައިދިނުމަށް އާ ކައުންސިލުން ގަބޫލުކުރާ މުގައްރަރެއް އެ ކައުންސިލުން ކަނޑައަޅައި އަންގަންވާނެއެވެ.

(ނ) މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ދިވެހިރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ގާނޫނީ އެންމެހައި ކޯސްތަކާއި ޕްރޮގްރާމްތަކާއި ސެޓްފިކެޓް އެކްރެޑިޓް ކުރުމުގައި އެންމެ ދަށް މިންގަޑަކަށް ބަލަންވާނީ ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ މުގައްރަރަށެވެ.

 

68 ވަނަ މާއްދާ - ލޯ ފަރމްތަކާއި ލީގަލް ޕްރެކްޓިސްތައް ރަޖިސްޓަރީކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ގާނޫނީ ހިދުމަތްދޭ ގާނޫނީ ށަހް ސުތަކާއި ވަކިވަކި ފަރުދުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 180 (ސަތޭކައަށްޑިހަ) ދުވަހުގެ ތެރޭގައި މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރަންވާނެއެވެ.

 

69 ވަނަ މާއްދާ - ޖުޑިށަލް ސަރވިސް ކޮމިށަނަށް ގާނޫނީ ވަކީލަކު އިންތިހާބުކުރުން

(ހ) ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ގާނޫނީ ވަކީލަކީ އާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ ގާނޫނީ ވަކީލެކެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކޮށްފައިވާ މެންބަރުގެ މެންބަރުކަން، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ނިމުމަކަށް އަންނާނެއެވެ. (ނ) މި މާއްދާގެ (ހ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ގާނޫނީ ވަކީލު އިންތިހާބުކުރުމަށްޓަކައި ބާއްވަންޖެހޭ ފުރަތަމަ އިންތިހާބު، މި ގާނޫނުގެ ދަށުން އިންތިހާބުކުރެވޭ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބުކުރެވޭ ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.

 

70 ވަނަ މާއްދާ - މާލީ ކަންތައްތައް

މި ބާބުގެ ދަށުން ބާއްވަންޖެހޭ އިންތިހާބު ބޭއްވުމަށާއި، ބާ ކައުންސިލުގެ މަސައްކަތްތައް ފެށުމަށްޓަކައި ބޭނުންވާ ކަންތައްތައް ކުރުމަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައުލަތުގެ މާލީ ކަންކަން ހިންގުމާ ހަވާލުވެފައިވާ ވުޒާރާއިން ހަމަޖައްސައި ދޭންވާނެއެވެ.

 

71 ވަނަ މާއްދާ - ގަވާއިދަކަށް އަމަލު ކުރަން ފެށުން

މި ގާނޫނުގެ މާއްދާއެއްގައި ބަޔާންކޮށްފައިވާ ކަމަކަށް އަމަލުކުރަން ފެށޭނީ އެ މާއްދާއެއްގައި ބަޔާންކުރާ ގަވާއިދެއް އެކުލަވާލުމަށްފަހުގައި ކަމަށްވާނަމަ، އެ މާއްދާއަކަށް އަމަލުކުރަން ފަށަންވާނީ، އެ މާއްދާގައި ބަޔާންކުރާ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހުއެވެ.

 

އަށްވަނަ ބާބު

އެހެނިހެން ކަންތައްތައް

 

72 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ، އަދި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ގާނޫނީ ވަކީލުންނަށެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރެވޭނެ ށަރުތުތަކާއި، އެފަދަ ފަރާތްތައް އަމަލުކުރަންޖެހޭ މައިގަނޑު އުސޫލުތައް، އާ ކައުންސިލުން އެކުލަވާލަންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ނޫންގޮތަކަށް ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތްކުރުމާއި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރުމާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޕަބްލިކް ނޯޓަރީއެއް އަމަލުކުރަންޖެހޭ މައިގަނޑު އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެފަރާތެއް 25،000 (ފަންސަވީސްހާސް) ރުފިޔާއާއި، 300،000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

 

73 ވަނަ މާއްދާ - ޖަދުވަލު

މި ގާނޫނުގެ ޖަދުވަލު 1 އެއީ މި ގާނޫނުގެ ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ އެ ޖަދުވަލު ހިމަނައިގެންނެވެ.

 

74 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުމުގެ ކުރިން ހިނގަމުންއައި އިޖުރާއަތުތައް ބާތިލުވުން

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި އެ ހުއްދަ ހިފެހެއްޓުމާއި ބާތިލުކުރު ގުޅޭގޮތުން އަމަލުކުރެވެމުން އައި އެންމެހައި ގަވާއިދުތަކާއި އިޖުރާއަތުތައް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ބާތިލުވީއެވެ.

 

75 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މާ ކައުންސިލުންނެވެ.

(ށ)މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނުގެ ދަށުން އިންތިހާބުކުރާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބުކުރެވޭ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ވާ ކައުންސިލުން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

76 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާ

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

77 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުންކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނައެވެ.

(ހ) "ގާނޫނީ މަސައްކަތް” ނުވަތަ "ގާނޫނީ އެހީތެރިކަން" ނުވަތަ "ގާނޫނީ ހިދުމަތް" ދިނުން ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމަށެވެ.

  1. އެއްވެސް ހުސޫމަތަކާ ގުޅިގެން ނުވަތަ ގާނޫނު ތަތުބީގް ކުރުމާ ގުޅޭގޮތުން ލަފަޔާއި މަށްވަރާ ދިނުން،
  2. މީހެއްގެ ބަދަލުގައި އެއިން ތަނަކަށް ހާޒިރުވުން ނުހިމެނޭގޮތުން، އެއްވެސް ހުސޫމަތަކާ ގުޅިގެން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެފަދަ އެހެން ތަނެއްގައި ވަކާލާތު ކުރުމާއި އެއްވެސް ފަރާތެއް ތަމްސީލުކުރުން.
  3. ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެފަދަ އެހެން ތަނަކަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށްދިނުން؛  
  4. އެކިއެކި ފަރާތްތަކުގެ މެދުގައި އަގުދުކުރެވޭ އެއްބަސްވުންތަކާއި ވަސިއްޔަތުގެ ލިޔުންތަކާއި، ޕަވަރ އޮފް އެޓަރނީތަކާއި، އަދި އެނޫންވެސް އެފަދަ މަދަނީ މުއާމަލާތްތަކާ ގުޅޭ ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން؛
  5. ޕަބްލިކް ނޯޓަރީގެ ގޮތުގައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ތަސްދީގުކޮށްދިނުމުގެ މަސައްކަތްކުރުން؛ 
  6. ވިޔަފާރި އުސޫލުން އެކި އެކި ލިޔެކިޔުންތައް އެޓެސްޓް ކުރުން.

(ށ) "ޖިނާއީ ބޮޑު ކުށެއް” ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްކުށަށެވެ.

(ނ) "ގާނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރާ ގާނޫނީ ވަކީލެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ވަކީލުންގެ ތެރެއިން ފަނޑިޔާރު ކަމަށް އައްޔަނުކުރެވުމުގެ ސަބަބުން ގާނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރެވޭ ވަކީލުންގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅައި އާންމުކޮށްފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ.

(ރ) "ޕަބްލިކް ނޯޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދިނުމާއި، އެނޫންވެސް އެފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް، މި ގާނޫނުގެ ދަށުން ބާ ކައުންސިލުން ހުއްދަކުރާ ކޮންމެ ގާނޫނީ ވަކީލަކަށެވެ.

(ބ) "ބާ ކައުންސިލުގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނާއި، މި ގާނޫނުގެ ދަށުން ހުއްދަ ދޫކުރާ ގާނޫނީ ވަކީލުންނަށެވެ.

 

 

ޖަދުވަލު 1

ޤާނޫނީ ވަކީލުންގެ ހުވައި

"އަހުރެން ......(މީހާގެ ނަން) ... އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނު ދަމަހައްޓައ،ި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ޤާނޫނީ ވަކީލެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިނ،ް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވައިކުރަމެވެ."

 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-05)

 

މިގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. ތައުލީމާ ބެހޭ ގަވާޢިދު (ގަވާއިދު ނަންބަރު 2024-35)
  2. ބާ އިމްތިހާނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-16)
  3. ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސް ގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2024-11)
  4. ބާ ކައުންސިލުން މައުލޫމާތު އާންމުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2023-38)
  5. އަމިއްލަ އިސްނެގުމުގެ މަތިން ސުލޫކީ މައްސަލަ ބެލުމާ ބެހޭ އުސޫލު (އުސޫލު ނަންބަރު 2023-37)
  6. މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-41)
  7. ސުލޫކީ މައްސަލަ ތަކުގައި ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-38)
  8. އިސްތިއުނާ ފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-156)
  9. ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު (ގަވާއިދު ނަންބަރު 2021-118)
  10. ބިދޭސީ ގާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-77)
  11. ގާނޫނީ ފަންނުގެ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހާ ގުޅިގެން އެކުލަވައިލެވޭ ހާއްސަ ތަމްރީނު ޕްރޮގްރާމާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 13 އޯގަސްޓް 2020)
  12. ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-47)
  13. ދާއިމީ ސަބް ކޮމިޓީތަކުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2019-41)
  14. ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-20)
  15. ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-17)
  16. ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-13)
  17. ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1089)
  18. ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1068)
  19. އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-167)
  20. ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1066)
  21. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1055)
  22. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 1042-2019)
  23. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު 2019 ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު - އައްޑޫ ސިޓީ (13 ޖުލައި 2019)
  24. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު 2019 ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު - މާލެ ސިޓީ 1 (13 ޖުލައި 2019) 
  25. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު 2019 ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު - މާލެ ސިޓީ 2 (13 ޖުލައި 2019) 
  26. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ އުސޫލަށް ގެނައި 1 ވަނަ އިސްލާހު (13 ޖުލައި 2019)
  27. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ އުސޫލު (13 ޖުލައި 2019)

 

އުވުނު ގަވާއިދު

އުވި ގާނޫނު ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު