-

ސުލޫކީ މައްސަލަ ތަކުގައި ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު 

(އުސޫލު ނަންބަރު 2022-38)

(މި އުސޫލަށް އަމަލުކުރަން ފެށީ 12 އޮކްޓޫބަރރު 2022 ގައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅޭ ސުލޫކީ ށަކުވާއާ ގުޅިގެން ށަކުވާ ބަލާ ޕެނަލުން ފޮނުވާ ރިޕޯޓަށް ބެލުމަށްފަހު އެ ށަކުވާއަކީ އެކަށީގެންވާ ހެކި ލިބިފައިވާ އަސާސެއް އޮތް ށަކުވާއެއްކަމަށް ބާ ކައުންސިލުން ކަނޑައަޅައި، ށަކުވާ ރައްދުވާ ފަރާތް ޖޫރިމަނާ ކުރުމުގައި، ރިއާޔަތްކުރަންޖެހޭ މިންގަނޑުތައް ދެނެގަތުމާއި ޖޫރިމަނާކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ "ސުލޫކީ މައްސަލަތަކުގައި ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (3)  ވަނަ ނަންބަރުގެ ދަށުން ސުލޫކީ ށަކުވާއަކާ ގުޅިގެން ޖޫރިމަނާކުރާ ހާލަތުގައި، ޖޫރިމަނާކުރެވޭ އަމަލު ދަރަޖަކުރެވޭ ގޮތް ކަނޑައެޅުމާއި، ޖޫރިމަނާކުރާނެ އަދަދުތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމާއި، ޖޫރިމަނާ ކުރުމުގައި ރިއާޔަތްކުރެވިދާނެ ކަންކަން ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ދަރަޖަކުރުން

(ހ) މި އުސޫލުގެ ދަށުން ބާ ކައުންސިލުން ކަނޑައަޅާ ޖޫރިމަނާގެ އަދަދުތައް ބިނާކުރާނީ ޖޫރިމަނާކުރަން ކަނޑައެޅުނު އަމަލުގެ ކުޑަ ބޮޑުމިނަށް ބަލައި އެ އަމަލެއް ދަރަޖަކުރެވިގެންވާ ގޮތުގެމަތިންނެވެ. އެގޮތުން، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2021-118 (ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ސުލޫކީ ހަމަތައް ދަރަޖަކުރެވިފައިވާ ގޮތް ތިރީގައިވާ ތާވަލުގައި އެވަނީއެވެ.

 

4 ވަނަ މާއްދާ - ޖޫރިމަނާގެ ތާވަލު

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަރަޖަތަކަށް ރިއާޔަތްކޮށް، ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާކުރުމުގައި ބަލަންވީ ތާވަލު ތިރީގައި އެވަނީއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާގެ އަދަދު ކަނޑައެޅުމުގައި، އެ ށަކުވާ ރައްދުވާ ވަކީލު އެ މައްސަލައިގެ ތަހުގީގަށް ދީފައިވާ އެއްބާރުލުމަށާއި، އެ ފަރާތުން ކުރި އަމަލުގެ ނަތީޖާ އަށް ރިއާޔަތްކޮށް އެ ސުލޫކީ މިންގަނޑު ހިމެނޭ ދަރަޖަ، 1 ދަރަޖަ މަތިކޮށް ނުވަތަ 1 ދަރަޖަ ދަށްކުރުމުގެ ބާރު އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ. (ނޯޓް: މި ނަންބަރަށް (ރ) ދެވިފައިވަނީ އޮޅުމަކުން (ށ) ގެ ބަދަލުކަމުގައި ބެލެވޭ)

 

5 ވަނަ މާއްދާ - ގިނަ ސުލޫކީ މިންގަނޑުތަކާ ހިލާފުވުން

ޖޫރިމަނާކުރަން ނިންމުނު ސުލޫކީ މައްސަލައިގައި، އެ ގާނުނީ ވަކީލަކު އެއް ސުލޫކީ މިންގަނޑަށްވުރެ ގިނަ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާނަމަ، އެ ފަރާތެއް ޖޫރިމަނާކުރާނީ ހިލާފުވެފައިވާ ސުލޫކީ މިންގަނޑުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައަކަށް ފެތޭ މިންގަނޑަށް ކަނޑައެޅިފައިވާ އަދަދުތަކުންނެވެ.

 

6 ވަނަ މާއްދާ - ޖޫރިމަނާގެ ފައިސާ ދެއްކުން

(ހ) މި އުސޫލުގެ ދަށުން ކުރެވޭ ޖޫރިމަނާއަކީ ޖޫރިމަނާ ދައްކަން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކަނޑައަޅާ ތާރީހުން ފެށިގެން ބަންދުދުވަސްތައް ހިމެނޭގޮތުން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރަންޖެހޭ ފައިސާކަމަށް ކަނޑައަޅަންވާނެއެވެ.

(ށ) މަގުބޫލު އުޒުރެއް މެދުވެރިވެގެން ޖޫރިމަނާގެ ފައިސާ މި މާއްދާގެ (ހ) ގެ ދަށުން ދެވޭ މުއްދަތުގައި ދެއްކުމަށް އުޒުރުވެރިވެ އެކަން ސަބަބު ބަޔާންކޮށް ލިޔުމުން ބާ ކައުންސިލަށް އެންގުމުން، އެ ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމަށް އެގްޒެކެޓިވް ކޮމިޓީއަށް ގަބޫލުކުރެވޭ ހާލަތުގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް މުއްދަތު އިތުރުކޮށްދިނުމުގެ ބާރު އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދޭއިރު، އިންސްޓޯލްމަންޓް އުސޫލުން ފީ ދައްކާނެ ށެޑިއުލެއް ކަނޑައަޅައި، އެ ށެޑިއުލާ އެއްގޮތަށް ފައިސާ ދެއްކުމަށް އެންގުމުގެ އިހުތިޔާރު އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ .

(ރ) މި އުސޫލުގެ ދަށުން ޖޫރިމަނާ ދައްކަން އަންގައިފައިވާ ތާރީހާ ހަމައަށް ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކޮށްފައިނުވާނަމަ، އެ ފަރާތަކުން ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކުރުމާ ހަމައަށް، އެ ފަރާތުގެ ވަކާލާތު ކުރުމުގެ ހުއްދަ ހިފެހެއްޓުމަށް ކަނޑައެޅުމުގެ ބާރު އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ 

 

މައި ގާނޫނު/ގަވާއިދު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު