gaanoon_logo
-

 ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރިކޮގްނިށަން އެވޯޑާބެހޭ އުސޫލު 

(އުސޫލު ނަންބަރު 2025-11)

(މި އުސޫލަށް އަމަލުކުރަން ފެށީ 16 އެޕްރީލް 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 75 ވަނަ މާއްދާއިން ބާރު ލިބިގެން އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ބ) ގެ ދަށުން، ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއެރުވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރާ މަސައްކަތުގެ ތެރެއިން، ގާނޫނީ ފަންނަށް އެކި ގޮތްގޮތުން އަގުހުރި ހިދުމަތްތައް ފޯރުކޮށްދޭ ފަރުދުންނާއި މުއައްސަސާތަކުގެ އަގުވަޒަންކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ. 

(ށ) މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރިކޮގްނިށަން އެވޯޑާބެހޭ އުސޫލު" އެވެ. 

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ގާނޫނީ ވަކީލުންނާއި، އަމިއްލަ ފަރުދުންނާއި، މުއައްސަސާތަކާއި، ޖަމުއިއްޔާތަކުން ގާނޫނީ ދާއިރާއިން ހޯދާ ކާމިޔާބީތައް ފާހަގަކުރުމާއި، ހިތްވަރުދިނުމާއި، ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމާއި އަދި އެކި ގޮތްގޮތުން ގާނޫނީ ފަންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރިކޮގްނިށަން އެވޯޑު ތައާރުފުކުރުމެވެ. 

 

3 ވަނަ މާއްދާ - ރިކޮގްނިށަން އެވޯޑު

(ހ) މި އުސޫލުގައިވާ ގޮތުގެ މަތީން، ބާ ކައުންސިލުން އެވޯޑު ދޭނީ އަހަރަކު އެއް ފަހަރުއެވެ. މިގޮތުން، އެ އަހަރަކު އެވޯޑު ދޭނީ، މި އުސޫލުގެ 8 ވަނަ މާއްދާގައި ބާޔާންކޮށްފައިވާ އެވޯޑު ކޮމިޓީގެ ލަފާގެ މަތީން، އެގްޒެކެޓިވް ކޮމިޓީން އެވޯޑު ދިނުމަށް ނިންމާ ފަރާތްތަކަށެވެ.  

(ށ) އެވޯޑު ގެ ގޮތުގައި ދޭނީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. 

(ނ) ށަރަފު ހޯދީ މުއައްސަސާއަކުން ނުވަތަ ޖަމުއިއްޔާއަކުން ނަމަ، އެ މުއައްސަސާއަކަށް ނުވަތަ އެ ޖަމުއިއްޔާއަކަށް ދޭނީ 1 (އެކެއް) އެވޯޑެވެ. އެ މުއައްސަސާއަށް ނުވަތަ އެ ޖަމުއިއްޔާއަށް އެ ށަރަފު ހޯދައިދިނުމުގައި ބައިވެރި ކޮންމެ ފަރާތަކަށް ދޭނީ ހަނދާނީ ލިޔުމެކެވެ. 

 

4 ވަނަ މާއްދާ - އެވޯޑަށް ނަން ހުށަހެޅޭ ފަރާތުގެ ށަރުތުތައް

ބާ ކައުންސިލުން ދޭ ހިދުމަތުގެ އެވޯޑަށް ނަން ހުށަހެޅޭ ފަރާތްތަކުގެ ތެރެއިން މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ އެވޯޑު ކޮމިޓީއަށް ހުށަހެޅޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ. 

(ހ) ދިވެހިރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ފަރުދެއް ކަމުގައިވުން. 

(ށ) ދިވެހިރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ މުއައްސަސާއެއް ނުވަތަ ޖަމުއިއްޔާއެއް ނުވަތަ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް ކަމުގައިވުން.

(ނ) އެވޯޑަށް ހުށަހަޅާ ކާމިޔާބީ ހާސިލުކޮށްފައިވަނީ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ތާރީހުގެ ކުރީ އަހަރު (އެ އަހަރެއްގެ 1 ޖަނަވަރީން 31 ޑިސެންބަރުގެ ނިޔަލަށް) ކަމުގައިވުން.

(ރ) ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެގެން ހުކުމް ތަންފީޒުކޮށްފައިވާ ނުވަތަ ހުކުމެއް ތަންފީޒުކުރަމުންދާ ނުވަތަ ހުކުމެއް ތަންފީޒުކުރަން ޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.

(ބ) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައިވާ ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ ފަރާތެއް ކަމުގައިވުން.

(ޅ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ފައިސާއެއް ދައްކަން އޮތް ފަރާތެއް ކަމުގައިވާ ނަމަ، އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ ފަރާތެއް ކަމުގައިވުން.

(ކ) ކޮރަޕްށަނުގެ މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްށަނުގެ ދައުވާއެއް އުފުލިފައިވާ ފަރާތެއް ކަމުގައި ނުވުން.

(އ) ގާާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ށަރުއީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން.  

(ވ) މި އުސޫލުގެ ދަށުން އެވޯޑު ދެވޭ ދާއިރާތަކަށް ކަނޑައަޅައިފައިވާ މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން. 

 

5 ވަނަ މާއްދާ - އެވޯޑު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތައް

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ވަކިވަކި ފަރުދުންނަށް އެވޯޑު ދޭ ކެޓަގަރީތައް ތިރީގައި މިވަނީއެވެ.

(ހ) ކްްރިމިނަލް ޖަސްޓިސް އެވޯޑު.
(ށ) އެކްސެސް ޓު ޖަސްޓިސް އެވޯޑު / ހިއުމަން ރައިޓްސް ލޯޔަރ އޮފް ދަ އިޔަރ.

(ނ) ޖުވެނައިލް ޖަސްޓިސް އެވޯޑު.

(ރ) ލީގަލް އެޑިއުކޭށަން އެކްސެލަންސް އެވޯޑު.

(ބ)  ޑިފަރަންސް މޭކަރ އެވޯޑު (ގާނޫނީ ވަކީލުން އަދި ގާނޫނީ ވަކީލުން ނޫން ފަރާތްތައް).

(ޅ) ލީގަލް އެޑިއުކޭށަން އައުޓްރީޗް އެވޯޑު.

(ކ) ވުމަން ލޯޔަރ އޮފް ދަ އިޔަރ އެވޯޑު.

(އ) އިސްމާއީލް ވިށާމް އަޕ-ްއެންޑ-ްކަމިންގ ލޯޔަރ އެވޯޑު.

(ވ) ސޯލް ޕްރެކްޓިށަނަރ އޮފް ދަ އިޔަރ އެވޯޑު.

(މ) މެންޓަރ އޮފް ދަ އިޔަރ އެވޯޑު. އަދި

(ފ) ލައިފްޓައިމް އެޗީވްމަންޓް އެވޯޑު. 

 

6 ވަނަ މާއްދާ - ެވޯޑު ދިނުމުގައި ބަލާނެ މިންގަނޑުތައް

އެެވޯޑު ދިނުމުގައި ބަލާނެ މިންގަނޑުތަކުގެ ތަފުސީލު މި އުސޫލުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

 

7 ވަނަ މާއްދާ - އެެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އިއުލާނުކުރުން

(ހ) ސެޓްފިކެޓް އޮފް ރިކޮގްނިށަން ފިޔަވައި ބާ ކައުންސިލުން ދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލައި އިއުލާނު ކުރަންވާނެއެވެ.

(ށ) ގާާނޫނީ ވަކީލަކު އަމިއްލައަށް އެވޯޑުތަކަށް ނަން ހުށަހެޅިދާނެއެވެ. ނުވަތަ ތިންވަނަ ފަރާތަކުން ވެސް ގާނޫނީ ވަކީލަކު ނޮމިނޭޓުކޮށް ނަން ހުށަހެޅިދާނެއެވެ. ތިންވަނަ ފަރާތަކުން އެހެން ގާނޫނީ ވަކީލެއްގެ ނަން ހުށަހަޅާ ނަމަ، އެ ފަރާތަކާ އޮންނަ ގުޅުން އަންގުވައިދޭ ލިޔުމެއް އެޕްލިކޭށަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ނ) ގާނޫނީ ވަކީލެއްގެ ނަން ހުށަހަޅާއިރު، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާކަން އަންގައިދޭ ލިޔެކިޔުންތައް، އެޕްލިކޭށަން ފޯމާއެކު ހުށަހަޅަންވާނެއެވެ. 

 

8 ވަނަ މާއްދާ - އެވޯޑު ކޮމިޓީ 

އެވޯޑުތަކަށް ހުށަހަޅާ ފަ ރާތްތަކުގެ ފޯމުތައް ބަލައިގަނ،ެ އެޕްލިކޭށަންތައް އިވެލުއޭޓުކުރާނީ އެވޯޑު ކޮމިޓީންނެވެ. 

 

9 ވަނަ މާއްދާ - އެވޯޑު ކޮމިޓީ އެކުލެވިގެންވާ ގޮތް

(ހ) ބާާކައުންސިލުން ދޭ އެވޯޑުތައް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް 11 (އެގާރަ) މެންބަރުންގެ މައްޗަށް އެކުލެވޭ އެވޯޑު ކޮމިޓީއެއް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލަންވާނެއެވެ. 

(ށ) އެވޯޑު ކޮމިޓީގައި އަންނަނިވި ދާއިރާތައް ތަމްސީލުކުރާނެ ފަރާތްތައް ހިމަނަންވާނެއެވެ.

  1. ބާ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް؛
  2. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އަ އްޔަނުކުރާ 1 (އެކެއް) މެންބަރު؛
  3. ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުން އައްޔަނުކުރާ 1 (އެކެއް) މެންބަރު؛
  4. ބާ ކައުންސިލުގެ ސްޕެށަލިސްޓް ކޮމިޓީތަކުން އައްޔަނުކުރާ 1 (އެކެއް) މެންބަރު؛
  5. އެޓަރނީ ޖެނެރަލްގެ އޮފީސް ތަމްސީލުކުރާ 1 (އެކެއް) މެންބަރު؛
  6. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ތަމްސީލުކުރާ 1 (އެކެއް) މެންބަރު؛
  7. ކޯޓުތައް ތަމްސީލުކުރާ 1 (އެކެއް) މެންބަރު؛
  8. ލޯ ފަރމްތައް ތަމްސީލުކުރާ 1 (އެކެއް) މެންބަރު؛
  9. ލީގަލް ޕްރެކްޓިސްތައް ތަމްސީލުކުރާ 1 (އެކެއް) މެންބަރު؛
  10. ލޯ ސްކޫލްތައް ތަމްސީލުކުރާ 1 (އެކެއް) މެންބަރު؛ އަދި
  11. ސިވިލް ސޮސައިޓީ ތަމްސީލުކުރާ 1 (އެކެއް) މެންބަރ.ު

(ނ) ކޮންމެ އެވޯޑު ކޮމިޓީއެއްގެ ދައުރަކީ 3 (ތިނެއް) އަހަރުދުވަހެވެ. 

 

10 ވަނަ މާއްދާ - އެވޯޑު ކޮމިޓީގެ މެންބަރުންގެ ށަރުތުތައް

(ހ) އެެވޯޑު ކޮމިޓީއަށް އައްޔަނުކުރާ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ. 

  1. ގާާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން؛
  2. ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމުގައި ނުވަތަ ގާނޫނީ ތައުލީމު އުނގަންނައިދިނުމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  3. އެ މީހެއްގެ މައްޗަށް ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
  4. ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ށަރުއީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛ އަދި
  5. ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، އެވޯޑު ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން މުހިންމުކަމަށް އެގްޒެކެޓިވް ކޮމިޓީއަށް ފެންނަ ށަރުތުތައް ހިމެނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. 

 

11 ވަނަ މާއްދާ - އެވޯޑު ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް

ބާ ކައުންސިލުގެ އެވޯޑު ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި  މި ވަނީއެވެ. 

(ހ) އެެވޯޑަށް ނޮމިނޭޓުކުރުމުގެ ސުންގަޑި ކަނޑައެޅުމާއި، އެވޯޑުތަކަށް ހުށަހެޅޭ ނޮމިނޭށަންތައް ބަލައިގަނެ ސެލެކްށަން ޕްރޮސެސް އެކުލަވައިލައި ބެލެހެއްޓުން.

(ށ) އެވޯޑުތަކަށް ހުށަހެޅޭ ނޮމިނޭށަންތައް ރިވިއުކޮށް ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު އެވޯޑުތަކަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އިވެލުއޭޓުކުރުން.

(ނ) އެވޯޑު ދިނުމުގެ މިންގަނޑާ އެއްގޮތަށް ނޮމިނޭށަންތަކުގެ މެރިޓަށް ބެލުމަށްފަހު އެވޯޑު ލިބޭ ފަރާތްތައް ހޮވުން.

(ރ) ނޮމިނޭށަން ނުވަތަ ސިލެކްށަން ޕްރޮސެސްއާ ގުޅޭގޮތުން އުފެދޭ މައްސަލަތަކާއި ކަންބޮޑުވުންތައް އިންސާފުވެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ހައްލުކުރުން.

(ބ) އެވޯޑު ލިބޭ ފަރާތްތައް އާންމުކޮށް އިއުލާންކުރުން.

(ޅ) ނޮމިނޭށަން އަދި ސިލެކްށަން ޕްރޮސެސްގެ ލިޔެކިޔުންތައް ބެލެހެއްޓުން؛ މީގެ ތެރޭގައި ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އިވެލުއޭށަންއާ ގުޅުންހުރި ލިޔުންތައް ހިމެނެއެވެ.

(ކ) އެވޯޑު ދިނުމުގެ ޕްރޮސެސްއާ ގުޅުންހުރި ލީގަލް ނުވަތަ އޯގަނައިޒޭށަނަލް ޕޮލިސީތަކަށް އަމަލުކުރާކަން ކަށަވަރުކުރުން.

(އ) އެވޯޑު ކޮމިޓީގެ ހުރިހާ މަސައްކަތެއްގައި ސުލޫކާއި ނަޒާހަތްތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓައި، މަސްލަހަތު ފުށުއެރުންތަކާ ދުރުހެލިވުން.

(ވ) އެވޯޑު ޕްރޮސެސްގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ބެލެހެއްޓުން؛ މިގޮތުން ކޮމިޓީގެ މެންބަރުންނާ ގުޅުންހުރި މައުލޫމާތާއި، އެވޯޑަށް ހޮވުމުގެ މިންގަނޑުތަކާއި، ނިންމުންތަކުގެ މައުލޫމާތު، އެ މައުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުން

 

12 ވަނަ މާއްދާ - އެވޯޑު ކޮމިޓީގެ މެންބަރުން ވަކިކުރާނެ ގޮތް 

(ހ) އެވޯޑު ކޮމިޓީގެ މެންބަރުންގެ މަގާމު ނިމުމަކަށް އަންނާނީ، އަންނަނިވި ގޮތަކުންކުރެ ގޮތަކަށެވެ.

  1. މެންބަރުކަމުން އިސްތިއުފާ ދިނުން؛
  2. މެންބަރަކަށްވުމުގެ ށަރުތުތަކުގެ ތެރެއިން ށަރުތެ އް އުނިވުން؛
  3. މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރާކަމަށް ގަބޫލުކުރާ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ފެނިގެން، ނުވަތަ އެ މެންބަރަކާ ގުޅިގެން ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ބެލުމަށްފަހު އެ މެންބަރަކު ވަކިކުރުމަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމުން؛
  4. މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭފަދަ ދާއިމީ ހާލަތެއް މެދުވެރިވުން؛ އަދި
  5. މެންބަރުކަމުގެ ދައުރު ހަމަވުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން މެންބަރަކު ކޮމިޓީން ވަކިކުރުމާމެދު އެގްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން، އެ މެންބަރަކަށް ދިފާއުގައި ވާހަކަދެއްކުމަށާއި ހެކި ހުށަހެޅުމަށް ފުރުސަތު ދޭންވާނެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީން ނިންމުމެއް ނިންމާއިރު، އެ މެންބަރަކު ދިފާއުގައި ދައްކާ ވާހަކައާއި ހުށަހަޅައިފައިވާ ހެކިތަކަށް ރިއާޔަތް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން، ކޮމިޓީގެ ދައުރުގެ ތެރޭގައި، ކޮމިޓީގެ މަގާމެއް ހުސްވެއްޖެ ނަމަ، އެ މަގާމަށް އެހެން މެންބަރަކު އައްޔަނުކުރަންވާނެއެވެ. މިގޮތުން އައްޔަނުކުރާ މެންބަރުންގެ މަގާމުގެ މުއްދަތަކީ ކޮމިޓީގެ ދައުރުގެ ބާކީ އޮތް މުއްދަތެވެ. 

 

13 ވަނަ މާއްދާ - ގާނޫނީ އަދަދު 

އެވޯޑު ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ، ކޮމިޓީގެ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެކެވެ. 

 

14 ވަނަ މާއްދާ - އެވޯޑު ކޮމިޓީގެ ބައްދަލުވުންތައް

(ހ) އެވޯޑު ކޮމިޓީގެ ކޮންމެ ދައުރެއްގެ ފުރަތަމަ ބައްދަލުވުމުގައި އެ ބައްދަލުވުމަށް ހާޒިރުވާ މެންބަރުންގެ އަގުލަބިއްޔަތުން، ކޮމިޓީގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަން ކަނޑައަޅަންވާނެއެވެ.

(ށ) އެެވޯޑު ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ޗެއަރޕަރސަނެ ވެ. ކޮމިޓީގެ ޗެއަރޕަރސަން ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ވައިސް ޗެއަރޕަރސަނެވެ.

(ނ) އެވޯޑު ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނެ ދުވަހަކާއި ގަޑި ކަނޑައަޅާނީ ކޮމިޓީގެ ޗެއަރޕަރސަނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް އެވޯޑު ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން މެންބަރުން ބައްދަލުވުމެއް ބޭއްވުމަށް އެދިއްޖެ ނަމަ، އެކަމަށް އެދި ހުށަހަޅާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޮމިޓީގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ. 

 

15 ވަނަ މާއްދާ - ކޮމިޓީގެ ނިންމުންތައް 

އެެވޯޑު ކޮމިޓީގެ އެއްވެސް ކަމެއް ނިންމާނީ، ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. 

 

16 ވަނަ މާއްދާ - ކޮމިޓީގެ ޔައުމިއްޔާ 

އެެވޯޑު ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔ،ާ އެ ކޮމިޓީއަށް ހުށަހަޅައި، ފާސްކުރަންވާނެއެވެ. ޔައުމިއްޔާ ފާސްކުރާނީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

 

17 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން 

(ހ) އެެވޯޑު ކޮމިޓީގެ ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަކާމެދު މަށްވަރާކުރާ ނަމަ، އެ މެންބަރެއްގެ މަސްލަހަތު އޮތްކަން ކޮމިޓީގެ ރިޔާސަތަށް ހާމަކުރަންވާނެއެވެ. އަދި، އެ މަށްވަރާއާ ގުޅިގެން ނަގާ ވޯޓަކުން ނުވަތަ ނިންމާ ނިންމުމަކުން އެ މެންބަރަކު ތަނާޒުލުވާންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް މަސްލަހަތު ފުށުއެރުމެއް އޮތްކަން ބެލުމުގައި ކޮމިޓީގެ ރިޔާސަތުން ރިއާޔަތްކުރާނީ އުސޫލު ނަންބަރު 2022-41 (މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) އަށެވެ. 

 

18 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން 

އެވޯޑު ކޮމިޓީގެ މަސައްކަތުގެ ތެރެއިން ލިބިފައިވާ އެއްވެސް މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން މެނުވީ. ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެފަދަ މައުލޫމާތެއް، ރަސްމީ ހައިސިއްޔަތުން އެ މައުލޫމާތު ހާމަކުރަންޖެހޭ ފަރާތެއް ފިޔަވައި އެހެން ފަރާތަކަށް އެއްވެސް މެންބަރަކު ހާމަކޮށްގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ - އެވޯޑު އިއުލާނުކުރުން 

އެވޯޑު ލިބޭ ފަރާތްތައް އިއުލާނުކޮށް އެވޯޑު ހަވާލުކުރުން އޮންނާނީ ބާ ކައުންސިލުން އެކަމަށް އިންތިޒާމުކުރާ ހާއްސަ ހަފުލާއެއްގައެވެ. 

 

20 ވަނަ މާއްދާ - އުސޫލަށް ބަދަލު ގެނައުން

މި އުސޫލަށް ބަދަލުގެނައުމުގެ ބާރު ލިބިގެންވަނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށެވެ.  

 

21 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ޖަދުވަލު 1

އެވޯޑު ދިނުމުގައި ބަލާނެ މިންގަނޑުތައް  

 

A. AWARDS & RECOGNITION

INDIVIDUAL CATEGORIES

1. Criminal Justice Award

  • Awardees (attorneys or legal service providers( must have either directly represented victims in criminal, juvenile, or appellate courts or worked to promote or implement policies to improve the treatment of victims in the criminal justice system.

 

2. Access to Justice Award/Human Rights Lawyer ofthe year

  • Awardees must behuman rights defenders working towardsthe protection and promotion of human rights.
  • The Award celebrates excellence and outstanding achievement in human rights, whose determination and dedication made an exceptional contribution to the promotion, protection and advancement of human rights.

 

3. Juvenile Justice Award

  • Awardees must be active members of the bar who devote a significant portion of his/her legal practice to youth and children and is/are making positive contributions to the field both in and outside the courtroom.

 

4. Legal Education Excellence Award

  • Awardees must be law professors with a mission to promoteexcellence in legal education, serving as communities of interest in scholarship, teaching and service, whose excellence in scholarship, teaching or community service has made a significant contribution to promoting public understanding of law, justice and fairness in the legal and justice system, or best practices on the part of lawyers and judges. 

 

5. Difference Maker Award (recognizes lawyers and non- lawyers)

Multiple sub-categories:

(a) Making a Difference through Pro Bono Work Award – honours an individual attorney or non-attorney, who made a difference in the local community with a commitment to enhance access to justice.

(b) Making a Difference through Pro Bono Work Award - honours law firm/corporate legal department/government attorney office/institution - outstanding commitment to volunteer legal services for the poor and disadvantaged.

(c) Making a Difference by Breaking Barriers - honours an attorney,living or deceased - broke barriers for gender/disabilities/migrant workers, etc.

(d) Making a Difference through Service to the Profession - honours attorneys, living or deceased - significant contribution to the profession (frequent activities in barassociations, committees, and services).

(e) Making a Difference through Community Service – honours attorneys living or deceased - significant lifetime contribution to the local community through community service (not necessarily through pro bono work).

 

6. Legal Education Outreach Award

  • Honours outstanding public service and law-relatededucation programs.

 

7. Woman Lawyer ofthe Year Award

  • Awardees must be women lawyers who have achieved significant results either in business or for the benefit of thesociety.
  • Awardees must have created or provided opportunities otherwise unavailable to women, inspiring other women lawyers to pursue a career in law.

 

8. Ismail Wisham UpandComing Lawyer Award

  • Awardees must demonstrate troubleshooting and legal skills; client satisfaction; leadership; strategic vision; and contribution to the wider community.

 

9. Sole Practitioner ofthe Year Award

  • Awardees must be sole practitioners who have had a profound impact on the lives of their clients.
  • Entries must convince the Award Committee that they are not onlyleaders in their chosen areas, but that they have made significant progress over the past 12-18 months.

 

10. Mentor of the Year Award

  • This award aims to celebrate the importance of mentoring in the profession by highlighting a person who has supported an individual throughout the year tohelp them achieve success in the profession or has a track record of mentoring people throughout their career.

 

11. Lifetime Achievement Award

  • This award recognizes legal services of at least 25 years standing, whose legal services and advocacy has, during a distinguished career,significantly advanced the rights of the wrongfully injured, and who by substantial service to the legal profession, has significantly furthered the cause of justice and the mission of the profession.

 

GROUP CATEGORIES 

12. Pro Bono Award (Institutions Category)

  • Honours institutions in the legal profession that have demonstrated outstanding commitment to volunteer legal services for the poor and disadvantaged.

 

13. Pro Bono Program of the Year

  • Recognizes the pro bono Program which had the biggest impact on enhancing access to justice in the past year.

 

14. Public ServiceAward

  • Recognizes the works of lawyers/law firms/legal practices that help tell the story of the Maldives Justice System and rewards the creative achievements andcontributions of lawyers that lead to a more effective and responsive law, justice and public administration system.

 

15. Wellness Initiative of the Year

  • Recognizes the programs introduced by lawyers at law firms, legal practices etc., fostering wellness in the workplace.

 

16. Law Firm of the Year Award

  • Awardees must be law firms who have had a profound impact on the lives of their clients.
  • Entries must convince the judges that they are not onlyleaders in their chosen markets but that they have made significant progress over the past 12-18 months.

 

17. Distinguished Service Award

  • The Distinguished Service Award recognizes members of the Bar Council of Maldives/partner organizations/other institutions and organizations who during the past year have been of specialassistance to the Bar Council.

 

18. Certificate of Recognition

  • This certificate recognizes outstanding service to the Bar Council of Maldives through assistance with event management, fundraising, membership engagement, or developing the Bar Council’s programs in the past year.

 

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު