-

ގާނޫނީ ތައުލީމާ ބެހޭ ގަވާޢިދު

(ގަވާއިދު ނަންބަރު 2024-35)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 މާރިޗް 2024 ގައި)

 

އެއްވަނަ ބައި - އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، އެ ގާނޫނުގެ 7 ވަނަ މާއްދާއާ ހަވާލާދީ ގާނޫނީ ތައުލީމާ ގުޅުންހުރި އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ގާނޫނީ ތައުލީމާބެހޭ ގަވާއިދު"އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގާނޫނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ހިންގާ ގާނޫނީ އެންމެހައި ކޯސްތަކާއި ޕްރޮގްރާމުތަކުގައި ކިޔަވައިދޭންޖެހޭ އެންމެ ދަށް މިންގަނޑު ކަނޑައެޅުން.

(ށ) ބާ ކައުންސިލުން ކަނޑައަޅާ އެންމެ ދަށް މިންގަނޑާ އެއްގޮތަށް ގާނޫނީ ތައުލީމު ފޯރުކޮށްދޭ ނުވަތަ ގާނޫނީ ތައުލީމު ފޯރުކޮށްދިނުމަށް އެދޭ މަރުކަޒުތައް ރިކޮގްނައިޒް ކުރުމާއި، އެ ތަންތަން މޮނިޓަރ ކުރުމުގެ އުސޫލުތައް ބަޔާންކޮށް، ކަނޑައަޅައިދިނުން.

(ނ) ގާނޫނީ ތައުލީމުގެ ފެންވަރު ތަރައްގީކޮށް، އެއް މިންގަނޑެއްގައި ހިފެހެއްޓިފައި އޮންނަ އޮތުން ދެމެހެއްޓުމަށް ޓަކައި ގާނޫނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ފަންނީގޮތުން ރިކޮގްނައިޒްކޮށް، އެ ތަންތަނުގެ ފެންވަރު ކަށަވަރުކުރުން.

(ރ) ގާނޫނީ ތައުލީމުދޭ މަރުކަޒުތައް ރިކޮގްނައިޒްކޮށް މޮނިޓަރކުރުމުގެ މަރުހަލާއަކީ ދެފުށް ފެންނަ، އިންސާފުވެރި މަރުހަލާއެއްކަން ކަށަވަރުކުރުމަށް ޓަކައި ކަނޑައަޅަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް

(ހ) ބާ ކައުންސިލުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކަނޑައެޅުމަށް ބާ ކައުންސިލަށް ލިބިފައިވާ އާންމު ބާރު ހަނި ނުވާނެ ގޮތުގެ މަތީން ގާނޫނީ ތައުލީމާބެހޭ ކަންކަން ރެގިއުލޭޓުކުރުމުގައި އަންނަނިވި އާންމު ބާރުތަކާއި މަސްއޫލިއްޔަތުތައް އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

  1. ބާ ކައުންސިލުން ށާއިއުކޮށްފައިވާ އެންމެ ދަށް މިންގަނޑުތަކާ އެއްގޮތަށް މަތީ ތައުލީމުދޭ މަރުކަޒުތަކުން އަމަލުކުރަމުންދޭތޯ ބެލުން؛
  2. މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އެކުލަވައިލަންޖެހޭ އުސޫލުތަކާއި ޕްރެކްޓިސް ޑައިރެކްށަންތައް އެކުލަވައިލައި އާންމުކުރުން؛
  3. ގާނޫނީ ތައުލީމު ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކާ ގުޅިގެން، އެ ކޮމިޓީން ފޮނުވާ ރިޕޯޓުތަކަށް ރިއާޔަތްކޮށް ގޮތެއް ކަނޑައެޅުން. 
  4. އިންސްޓިޓިއުށަނަލް ރިވިއު ކުރުމުގެ މަރުހަލާއަށް ނުވަތަ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ޕްރޮގްރާމެއް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެކްރެޑިޓްކުރުމުގެ ނުވަތަ ޕްރޮގްރާމް މުރާޖާކުރުމުގެ މަރުހަލާއަށް މެންބަރަކު އައްޔަނުކުރުމަށް މަތީ ތައުލީމުދޭ މަރުކަޒަކުން އެދިއްޖެނަމަ، އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ ތެރެއިން ނުވަތަ ގާނޫނީ ތައުލީމު ކޮމިޓީގެ މެންބަރުންގެ ތެރެއިން ނުވަތަ ރިކޮގްނިށަން ޕެނަލުގެ މެންބަރުންގެ ތެރެއިން މަންދޫބެއް އެ މަރުހަލާއަކަށް އައްޔަނުކުރުން؛
  5. ރިކޮގްނިށަނަށް އެދި މަތީ ތައުލީމުދޭ މަރުކަޒަކުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުން؛
  6. ރިކޮގްނައިޒްކުރުމަށްޓަކައި ފުރިހަމަވާންޖެހޭ ށަރުތުތައް ފުރިހަމަކުރުމަށް މަތީ ތައުލީމުދޭ މަރުކަޒަކަށް އެންގުން؛
  7. ރިކޮގްނިށަނަށް އެދި ހުށަހަޅައިފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަކާ ހިލާފުވެގެން ނުވަތަ ރިކޮގްނައިޒްކުރުމުގެ ނުވަތަ މޮނިޓަރކުރުމުގެ މަރުހަލާގެ ތެރެއިން ފާހަގަކުރެވޭ ކަމަކާ ގުޅިގެން ނުވަތަ މި ގަވާއިދުގައި ކަނޑައަޅައިފައިވާއުސޫލަކާ ހިލާފުވާ ހާލަތުގައި އެކަމެއް އިސްލާހުކުރަންވީގޮތް އެންގުން؛ 
  8. ޓީޗ-ްއައުޓް ޕްލޭނަށް ހުއްދަދިނުމާއި އިސްލާހުކުރުމަށް އެންގުން؛ 
  9. މަތީ ތައުލީމުދޭ މަރުކަޒެއް ރިކޮގްނައިޒް ނުކުރުމަށް، ނުވަތަ ރިކޮގްނައިޒް ކޮށްފައި އޮތް އޮތުން އަނބުރާ ގެންދިއުމަށް ލިބިފައިވާ ލަފައާމެދު ގޮތެއް ކަނޑައެޅުން؛
  10. މަތީ ތައުލީމުދޭ މަރުކަޒެއްގެ މައްޗަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަބެއް ކަނޑައެޅުން؛
  11. ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، ރިކޮގްނިށަނާ ގުޅުންހުރި ހިދުމަތްތަކަށް ފީ ކަނޑައެޅުން.

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން، އެއްވެސް މަރުހަލާއަކަށް ބާ ކައުންސިލުގެ މަންދޫބެއް އައްޔަނުކޮށްފިނަމަ، އެ މަންދޫބަކު ބާ ކައުންސިލަށް ނުވަތަ ބާ ކައުންސިލުގެ އެއްވެސް ކޮމިޓީއަކަށް ހުށަހަޅާ އެއްވެސް ރިޕޯޓެއް ނުވަތަ ބަޔާނެއް، މަރުކަޒަކުން ނުވަތަ އޮތޯރިޓީން ތައްޔާރުކޮށް، އެއްބަސްވެފައިވާ އިވެލުއޭށަން ރިޕޯޓެއްގައި އޮތް އެއްޗަކާ ތައާރުޒުވާގޮތަށް ބޭނުމެއް ނުކުރެވޭނެއެވެ.

 

4 ވަނަ މާއްދާ - ގާނޫނީ ތައުލީމު ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް

ބާ ކައުންސިލުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކަނޑައެޅުމަށް ބާ ކައުންސިލަށް ލިބިފައިވާ އާންމު ބާރު ހަނި ނުވާނެ ގޮތުގެ މަތީން އަންނަނިވި އާންމު ބާރުތަކާއި މަސްއޫލިއްޔަތުތައް ގާނޫނީ ތައުލީމު ކޮމިޓީއަށް ލިބިގެންވެއެވެ.

(ހ) ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ކަމަކާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް އިރުށާދާއި ލަފާދިނުން. 

(ށ) މި ގަވާއިދުގެ ދަށުން ހުއްދަކުރާ ކޮންމެ މަގުސަދަކަށް ރިކޮގްނިށަން ޕެނަލެއް އެކުލަވައިލައި، އެ ޕެނަލުގެ ޓާރމްސް އޮފް ރެފަރެންސް ކަނޑައެޅުން.

(ނ) ރިކޮގްނައިޒްކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކަށް ނުވަތަ އެނޫންވެސް އުސޫލުތަކަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމުގެ ގޮތުން މޮނިޓަރކުރުމުގެ ހަރަކާތްތައް ހިންގުން.

(ރ) މި ގަވާއިދުގެ ދަށުން ރިކޮގްނައިޒްކުރުމާއި މޮނިޓަރކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކާ ގުޅޭ އަހަރީ ރިޕޯޓުތައް އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުން.

(ބ) ރިކޮގްނިށަން މަރުހަލާގެ ފެންވަރާއި، ބޭނުންތެރިކަން ފުރިހަމަޔަށް ދެމެހެއްޓުމުގެ ގޮތުން، ގާނޫނީ ތައުލީމު ކޮމިޓީއާއި ރިކޮގްނިށަން ޕެނަލުގެ މެންބަރުންނަށް ދޭ ތަމްރީނުތައް އިންތިޒާމުކޮށް، އެ ތަމްރީނުތައް ފޯރުކޮށްދިނުމާބެހޭ ހުރިހާކަމެއް ބެލެހެއްޓުން.

 

5 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީއާއި ގާނޫނީ ތައުލީމު ކޮމިޓީގެ އެހެނިހެން ބާރުތައް

(ހ) މި ގަވާއިދުގައިވާ އެއްވެސް މާއްދާއަކާ ނުވަތަ އިޖުރާއަތަކާ އެއްގޮތަށް އަމަލުކުރުމަކީ، މަތީ ތައުލީމުދޭ ގިނަ އަދަދެއްގެ މަރުކަޒުތަކާއި އެ ތަންތަނުގެ ދަރިވަރުންނަށް އާދަޔާ ހިލާފު ބުރައެއް ކުރިމަތިވާނެ ކަމެއްކަމަށް އެގްޒެކެޓިވް ކޮމިޓީއަށް އިއްތިފާގުވެވިއްޖެނަމަ، އެފަދަ އުސޫލެއް ނުވަތަ އިޖުރާއަތެއް އިސްލާހުކުރުމަށް، ނުވަތަ އެއަށް ށަރުތެއް އިތުރުކުރުމަށް، ނުވަތަ އެއަށް އަމަލުކުރުން ވަގުތީގޮތުން ހުއްޓައިލުމަށް އެންގުމުގެ ބާރު އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

  1. މި މާއްދާގެ ދަށުން ވަކި އުސޫލެއް ނުވަތަ އިޖުރާއަތެއް އިސްލާހުކުރުމަށް، ނުވަތަ އެއަށް ށަރުތެއް އިތުރުކުރުމަށް، ނުވަތަ އެއަށް އަމަލުކުރުން ވަގުތީގޮތުން ހުއްޓައިލުމަށް އެންގި އެންގުމެއްގެ މުއްދަތު، އެ އެންގުމެއް އެންގި ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ. 
  2. މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން އެގްޒެކެޓިވް ކޮމިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ނިންމައިފައިވާ ނިންމުމެއްގެ މުއްދަތު، އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކުރާ ވަކި ގަރާރަކުން އިތުރުކޮށްފައި ނުވާނަމަ، އެ ނިންމުމެއްގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، އޭގެ ޒާތުގައި އެއަށް އަމަލުކުރުން ނިމުނީކަމުގައި ބެލެވޭނެއެވެ.  

(ށ) އެގްޒެކެޓިވް ކޮމިޓީއާއި ގާނޫނީ ތައުލީމު ކޮމިޓީން ދޭ އެއްވެސް ލަފައެއް ނުވަތަ ނިންމާ ނިންމުމެއް، އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެ ލަފައެއް ނުވަތަ ނިންމުމެއް ހިނގާނީ، އެ ލަފައެއް ނުވަތަ ނިންމުމެއްގެ ތާރީހުން ފެށިގެން މާޒީއަށް ރުޖޫއަނުވާގޮތަށެވެ.

 

6 ވަނަ މާއްދާ - ފީ ނެގުން

(ހ) މި ގަވާއިދުގެ ދަށުން، އަންނަނިވި ހިދުމަތްތަކަށް، ބާ ކައުންސިލުންޕަބްލިށްކޮށްފައިވާ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފީ ނެގޭނެއެވެ.

  1. ޓްރާންސިށަނަލް ރިކޮގްނިށަން ލިބިފައިވާ މަރުކަޒުތަކުން ޕްރޮވިށަނަލް ރިކޮގްނިށަނަށް އެދި ހުށަހަޅާއިރު؛
  2. ޕްރޮވިށަނަލް ރިކޮގްނިށަނުން ފުލް ރިކޮގްނިށަނަށް އެދި ހުށަހަޅާއިރު؛
  3. ޓްރާންސިށަނަލް ރިކޮގްނިށަން ލިބިފައިވާ ނުވަތަ ޕްރޮވިށަނަލް ރިކޮގްނިށަން ލިބިފައިވާ ނުވަތަ ފުލް ރިކޮގްނިށަން ލިބިފައިވާ މަރުކަޒަކުން ގާނޫނީ ތައުލީމުގެ އިތުރު ޕްރޮގްރާމެއް ހިންގުމަށް އެދި ހުށަހަޅާއިރު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދެވޭނީ، ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ހިދުމަތަކަށް ކަނޑައެޅިފައިވާ ފީ، ބާ ކައުންސިލަށް ދެއްކުމުންނެވެ.

(ނ) ބާ ކައުންސިލުން އާންމުކޮށްފައިވާ ގަވާއިދެއްގެ ދަށުން، ބާ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކައިވާ ފަރާތަކަށް، މި ގަވާއިދުގެ ދަށުން އިތުރު އެއްވެސް ހިދުމަތެއް ނުދެވޭނެއެވެ.

 

ދެވަނަ ބައި - ރިކޮގްނިށަނުގެ މަރުހަލާ

 

7 ވަނަ މާއްދާ - ރިކޮގްނިށަނަށް އެދ،ި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހުށަހަޅާ ހުށަހެޅުން

(ހ) ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމުތަކެއް ހިންގާ ނުވަތަ ހިންގުމަށް ހުށަހަޅާ މަތީ ތައުލީމުދޭ މަރުކަޒަކުން، ރިކޮގްނިށަނަށް އެދި ބާ ކައުންސިލަށް ހުށަހަޅަންވާނީ، މި މާއްދާއާއި މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތާއެކުގައެވެ.

(ށ) ރިކޮގްނިށަނަށް އެދި ހުށަހެޅޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.

  1. ރިކޮގްނިށަނަށް އެދި ހުށަހަޅާ ފުރަތަމަ ހުށަހެޅުން؛ ނުވަތަ 
  2. ހުއްދަ އައުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން؛ ނުވަތަ 
  3. ޕްރޮވިށަނަލް ރިކޮގްނިށަނުން ފުލް ރިކޮގްނިށަނަށް ބަދަލުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން.

(ނ) ރިކޮގްނިށަނަށް އެދި ހުށަހަޅަންޖެހޭ މުއްދަތުތައް ގުނާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  1. މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހުއްދަކުރާ ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް ހިންގާ މަތީ ތައުލީމުދޭ މަރުކަޒެއްނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ
    12 (ބާރަ) މަސްދުވަހުގެ ތެރޭގައެވެ.
  2. މި މާއްދާގެ ދަށުން ރިކޮގްނިށަނަށް އެދި ހުށަހަހަޅާ އިންސްޓިޓިއުށަނަކީ އަންނިވި ހާލަތަކުންކުރެ ހާލަތަކަށް ފެތޭ މަރުކަޒެއްނަމަ، އެ މަރުކަޒަކުން ގާނޫނީ ތައުލީމުގެ ޕްރޮގްރާމް ފޯރުކޮށްދޭން ފަށަން ނުވަތަ ކުރިން ހުއްޓައިލައިފައިވާ ޕްރޮގްރާމެއް އަލުން ފަށަން ގަސްތުކުރާ ތާރީހުގެ މަދުވެގެން 8 (އަށެއް) މަސްދުވަހުގެ ކުރިން ރިކޮގްނިށަނަށް އެދި ހުށަހަޅަންވާނެއެވެ.
    2.1 އަލަށް ގާނޫނީ ތައުލީމު ފޯރުކޮށްދޭ ފަރާތްތައް؛
    2.2 ގާނޫނީ ތައުލީމު ފޯރުކޮށްދިނުން ހުއްޓައިލުމަށްފަހު، ރިކޮގްނިށަނަށް އެދި އަލުން ހުށަހަޅާ ފަރާތްތައް؛
    2.3 ރިކޮގްނައިޒްކޮށްފައި އޮތް އޮތުން އަނބުރާ ގެންގޮސްފައިވާ ފަރާތްތައް ނުވަތަ ހިފެހެއްޓިފައިވާ ފަރާތްތައް،
  3. ޕްރޮވިށަނަލް ރިކޮގްނިށަނުގެ ސްޓޭޓަސްއިން ފުލް ރިކޮގްނިށަނުގެ ސްޓޭޓަސްއަށް ބަދަލުކުރުމަށް އެދޭ މަތީ ތައުލީމުދޭ މަރުކަޒެއްނަމަ، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އެކަމަށް އެދި ހުށަހަޅަންވާނެއެވެ.

(ރ) ގާނޫނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި ރިކޮގްނައިޒްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް، ބާ ކައުންސިލުން ބަލައިގަންނާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމުންނެވެ.

  1. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭށަން ނުވަތަ އޭގެ ކުރިން ނުވަތަ ފަހުން އެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް އަދާކުރި އިދާރާއަކުން ލާޒިމުކުރާ ހުއްދައެއް ނުވަތަ ރިކޮގްނިށަން ލިބިފައިވުން؛
  2. ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް ކިޔަވައިދޭން ފެށުމުގެ ކުރިން އެ ޕްރޮގްރާމަކަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ޕްރޮގްރާމް އެކްރެޑިޓޭށަން ހޯދައިފައިވުން ނުވަތަ ހޯދުމަށް ހުށަހަޅައިފައިވުން.

 

8 ވަނަ މާއްދާ - ރިކޮގްނިށަނަށް އެދި ހުށަހަޅާ ގާނޫނީ ތައުލީމުދޭ މަރުކަޒުތަކުން ހުށަހަޅަންޖެހޭ މައުލޫމާތު

(ހ) ރިކޮގްނިށަނަށް އެދި ހުށަހަޅާ ހުށަހެޅުމަކާއެކު، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ބާ ކައުންސިލުން އެކަމަށް ކަނޑައަޅައިފައިވާ 'އެޕްލިކޭށަން ފޮރ ރިކޮގްނިށަން ފޯމް'؛
  2. ގާނޫނީ ތައުލީމުގެ ޕްރޮގްރާމުގެ މާއްދާތަކުގެ މަންހަޖު ނުވަތަ ޓީޗިންގ އައުޓްލައިންތަކުގެ ކޮޕީ؛
  3. ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަށް ގާނޫނީ ތައުލީމުގެ ކޮންމެ ޕްރޮގްރާމެއް ފެތޭގޮތް ދައްކައިދިނުމުގެ ގޮތުން، މި ގަވާއިދު ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކޮށްފައިވާ ޓޭބަލް އޮފް އިކުއިވަލެންސް؛
  4. މަތީ ތައުލީމުދޭ މަރުކަޒުތަކުން ހުށަހެޅުމަށް، ބާ ކައުންސިލުން ކަނޑައަޅާ އެ ނޫންވެސް އެހެން މައުލޫމާތު.

(ށ) ރިކޮގްނިށަނަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ހުންނަންޖެހޭނެކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަނުވާނަމަ، އެފަދަ ހުށަހެޅުމެއް، ބާ ކައުންސިލަށް ބަލައިގަނެގެން ނުވާނެއެވެ.

(ނ) ރިކޮގްނައިޒްކޮށްފައިވާ މަރުކަޒަކުން ނުވަތަ ރިކޮގްނިށަނަށް އެދި މަތީ ތައުލީމުދޭ މަރުކަޒަކުން މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ހުށަހެޅުމަށްފަހު،  އެ މަރުކަޒަކުން ގާނޫނީ ތައުލީމާ ގުޅުހުންހުރި އިތުރު ޕްރޮގްރާމެއް ކުރިޔަށްގެންދަން ގަސްތުކުރާނަމަ ނުވަތަ ފެށުމަށް ނިންމައިފައިވާނަމަ، އެ ޕްރޮގްރާމެއް ފެށުމުގެ5 (ފަހެއް) މަސްދުވަހުގެ ކުރިން އެ ޕްރޮގްރާމެއްގެ މުގައްރަރާއި މަންހަޖުތައް ފާސްކުރުމަށް، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ރިކޮގްނައިޒްކޮށްފައިވާ މަރުކަޒަކުން ނުވަތަ ރިކޮގްނައިޒްކުރުމަށް އެދި ހުށަހަޅައިފައިވާ މަރުކަޒެއްގެ ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއްގެ ނުވަތަ ގާނޫނީ ތައުލީމާ ގުޅުންހުރި ޕްރޮގްރާމެއްގެ މުގައްރަރާއި މަންހަޖަށް ހުއްދަ ދިނުމުގެ މަރުހަލާ ކުރިޔަށްގެންދާނީ މި ގަވާއިދުގެ 22 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

9 ވަނަ މާއްދާ - ރިކޮގްނިށަނަށް އެދި ހުށަހެޅުމާއި ރިކޮގްނިށަން ޕެނަލް އައްޔަނުކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ރިކޮގްނިށަނަށް އެދި ހުށަހަޅާ ހުށަހެޅުމެއް، ބާ ކައުންސިލަށް ލިބުނުކަމަށް ބަލާނީ، އެ ހުށަހެޅުމެއް ލިބުނުކަމަށް،ބާ ކައުންސިލުން ތައްގަނޑުޖަހާ ތާރީހުގައެވެ.

(ށ) ޓްރާންސިށަނަލް ރިކޮގްނިށަން ލިބިފައިވާ މަރުކަޒަކުން، ޕްރޮވިށަނަލް ރިކޮގްނިށަނަށް އެދި ހުށަހެޅި ހުށަހެޅުން، ބާ ކައުންސިލަށް ލިބޭ ތާރީހުން ފެށިގެން، އެ މަރުކަޒަކުން ރިކޮގްނިށަނަށް އެދި ހުށަހެޅުމަށް ބަޔާންކޮށްފައިވާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ގުނުން ހުއްޓޭނެއެވެ. ނަމަވެސް، ފުރިހަމަ ނޫން ހުށަހެޅުމަކަށްވާ ހާލަތުގައި އެ 12 (ބާރަ) މަސްދުވަސް ގުނުން ދެމިއޮންނާނެއެވެ.

(ނ) މަތީ ތައުލީމުދޭ މަރުކަޒުގެ ހުށަހެޅުމެއް، ބާ ކައުންސިލުން ބެލުމަށްފަހު، އެ ހުށަހެޅުމެއް ފުރިހަމަނޫންކަމަށް، ބާ ކައުންސިލަށް ފެންނަ ހާލަތުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތަށެވެ.

  1. އިތުރު ފިޔަވަޅެއް ނާޅައި، އެ ހުށަހެޅުމެއް ހުށަހެޅި މަތީ ތައުލީމުދޭ މަރުކަޒަކަށް އަނބުރާ ފޮނުވައިލުން؛
  2. އެ ހުށަހެޅުމެއް އަނބުރާ ރައްދުކުރި ތާރީހުން ފެށިގެން، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ވަގުތު ގުނުން ކުރިޔަށް ގެންދިޔުން.

(ރ) ފުރިހަމަކޮށްފައިވާ ހުށަހެޅުމެއް ބަލައި ރިވިއުކުރާނީ، ގާނޫނީ ތައުލީމު ކޮމިޓީގެ ޗެއަރޕަރސަން ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުންނެވެ. އެގޮތުން ރިވިއު ކުރުމަށްފަހު، އިތުރު މައުލޫމާތު ސާފުކުރުމަށް ރިކޮގްނިށަނަށް އެދި ހުށަހަޅައިފައިވާ މަތީ ތައުލީމުދޭ މަރުކަޒަށް އަނބުރާ ފޮނުވައިލުން، ނުވަތަ އިތުރު މައުލޫމާތު ސާފުކުރުމަށާއި، ހުށަހެޅުން އިތުރަށް ބެލުމަށް ރިކޮގްނިށަން ޕެނަލަށް ފޮނުވުމުގެ އިހްތިޔާރު، ރިވިއުކުރާ ފަރާތަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ގާނޫނީ ތައުލީމު ކޮމިޓީން ހުށަހެޅުމެއް ބަލައި ރިވިއުކުރާނެ ގޮތުގެ އުސޫލު ކަނޑައެޅުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ރިކޮގްނިށަން ޕެނަލް އެކުލެވިގެންވާ ގޮތާއި، ޕެނަލަށް ނަން ހުށަހެޅުން

(ހ) ރިކޮގްނިށަން ޕެނަލުގެ މެންބަރުންގެ ގޮތުގައި ހުއްދަ ދެވިފައިވާ މެންބަރުންގެ ލިސްޓަށް ނަން ހުށަހެޅުމަށް، މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ގާނޫނީ ވަކީލުންނަށާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެގްޒެކެޓިވް ކޮމިޓީން ދައުވަތު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގައި ކަނޑައަޅައިފައިވާ މެންބަރުން ޕެނަލަށް އައްޔަނުކުރާނީ އެގްޒެކެޓިވް ކޮމިޓީއަށް ފެންނަ ށަރުތުތަކުގެ މައްޗަށް، އެ ކޮމިޓީން ކަނޑައަޅާ މުއްދަތަކަށެވެ.

(ނ) ކޮންމެ ރިކޮގްނިށަން ޕެނަލެއްގައި ވެސް އަންނަނިވި ފަރާތްތައް ހިމެނޭނެއެވެ.

  1. ލީގަލް އެޑިއުކޭށަން ކޮމިޓީގެ ޗެއަރޕަރސަން ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތެއް؛
  2. ޕްރޮގްރާމް ލީޑަރށިޕް ނުވަތަ އެކްރެޑިޓޭށަންގެ ތަޖުރިބާ ލިބިފައިވާ، އަދި އެޕްލިކަންޓު އިންސްޓިޓިއުށަން ނޫން މަރުކަޒަކަށް ނިސްބަތްވާ، ގާނޫނީ ތައުލީމުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް؛
  3. ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒަށް ނިސްބަތްވާ، އެ މަރުކަޒެއްގެ އިދާރީ ހިންގުމާ ހަވާލުވެހުރި، އެ މަރުކަޒުން ކަނޑައަޅާ ގާނޫނީ ތައުލީމާ ގުޅުން ނެތް ފަރާތެއް؛
  4. ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒު ނޫން މަރުކަޒަކަށް ނިސްބަތްވާ، ފެންވަރު ކަށަވަރު ކުރުމުގެ ތަޖުރިބާ ލިބިފައިވާ ޔުނިވަރސިޓީގެ ނުވަތަ ކޮލެޖުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރެއް؛
  5. ބާ ކައުންސިލުގެ އާންމު މެންބަރުންގެ ތެރެއިން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަކަށް އެއްވެސް އިރެއްގައި އިންތިހާބުވެފައިނުވާ، ގާނޫނީ މަސައްކަތުގެ ދާއިރާއިން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ގާނޫނީ ވަކީލެއް،

 

11 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީހަކު އައްޔަނުކުރާ ހާލަތުގައި މެނުވީ، ރެކޮގްނިށަން ޕެނަލަށް އައްޔަނުކުރެވޭ ފަރާތަކީ އަންނަނިވި ހާލަތަކުންކުރެ ހާލަތަކަށް ފެތޭ ފަރާތެއްނަމަ، އެއީ މަސްލަހަތު ފުށުއަރާ ހާލަތެއްކަމަށް ބަލައި އެ ފަރާތެއް ރިކޮގްނިށަން ޕެނަލަށް އައްޔަނުކޮށްގެން ނުވާނެއެވެ.

  1. ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒުގެ ގަވަރނިންގ ބޮޑީގައި ނުވަތަ ކައުންސިލުގައި ނުވަތަ ލަފާދޭ ބޯޑެއްގައި ފާއިތުވިދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މަސައްކަތްކޮށްފައިވުން؛ ނުވަތަ 
  2. ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ މަރުކަޒަކަށް ކޮންސަލްޓަންސީގެ ހިދުމަތް ދީފައިވުން ނުވަތަ ފަންނީ ހިދުމަތެއް ފޯރުކޮށްދީފައިވުން؛
  3. ރިސަރޗް ދާއިރާއާ ގުޅޭ މަތީ ތައުލީމުގެ ޑިގްރީއެއްގެ އިމްތިހާނު ފިޔަވައި، ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒުން ފޯރުކޮށްދޭ ގާނޫނީ ތައުލީމުގެ އެއްވެސް ޕްރޮގްރާމެއްގައި ކިޔަވައިދެމުންދާ ފަރާތަކަށް ވުން؛
  4. ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒުގެ އެއްވެސް ޕްރޮގްރާމެއްގައި ފާއިތުވެދިޔަ 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި ކިޔަވައިފައިވުން ނުވަތަ ކިޔަވަމުން ދިއުން؛
  5. ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒުން ރަމްޒީ ޑިގްރީއެއް ނުވަތަ ތައުލީމީ އެވޯޑެއް ނުވަތަ އަގު ވަޒަންކުރުމުގެ އިނާމެއް ފާއިތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ލިބިފައިވުން؛
  6. ރެކޮގްނިށަން ޕެނަލަށް އައްޔަނުކުރެވޭ ފަރާތާ އެޕްލިކަންޓު އިންސްޓިޓިއުށަނާ ދެމެދު ވިޔަފާރީގެ މަސްލަހަތާ ގުޅޭގޮތުން މަސްލަހަތު ފުށުއަރާ ހާލަތެއް އޮތުން ނުވަތަ އެފަދަ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތުން.

(ށ) އައްޔަނުކުރެވޭ މީހަކީ ރިކޮގްނިށަން މަރުހަލާގެ ނަތީޖާއާމެދު ހަހަގީގީ ހާލަތެއް ނުވަތަ މަސްލަހަތު ފުށުއަރާނެ ހާލަތެއް އޮތް މީހެއްކަމަށް ސަބަބުވެރި މިނިވަން ފަރާތަކުން ބަލާ ބެލުމުން ގަބޫލުކުރެވޭނަމަ، ވަކި ޕެނަލަކަށް އައްޔަނުކުރި ކުރުން ގަބޫލުކުރުމުގެ ކުރިން އެ މީހަކު، އެ މަސްލަހަތެއް ގާނޫނީ ތައުލީމު ކޮމިޓީގެ ޗެއަރޕަރސަނަށް ހާމަކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހަގީގީ މަސްލަހަތު ފުށުއެރުމެއް އޮތްކަމަށް ގާނޫނީ ތައުލީމު ކޮމިޓީގެ ޗެއަރޕަރސަން ކަނޑައަޅައިފިނަމަ، އެ މީހަކު އައްޔަނުކުރި ކުރުން ބާތިލުކުރަންވާނެއެވެ.

(ރ) މަސްލަހަތު ފުށުއެރުމަކީ ހަމައެކަނި ބެލެވޭ ނުވަތަ ވުން އެކަށީގެންވާ ކަމެއްނަމަ، އެ މީހަކު އައްޔަނުކުރުމާމެދު ގޮތެއް ނިންމުމަކީ ގާނޫނީ ތައުލީމު ކޮމިޓީގެ ޗެއަރޕަރސަންގެ އިހްތިޔާރުގައި އޮތް ކަމެކެވެ. އެ ނިންމުން ނިންމުމުގެ ކުރިން،ކޮމިޓީގެ އެހެން މެންބަރުންނާއި، ޕެނަލް މެންބަރުންނާއި، ރިކޮގްނިށަނަށް އެދި ހުށަހެޅި މަރުކަޒުގެ ލަފާ، ޗެއަރޕަރސަނަށް ހޯދިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން އެ މެންބަރަކު އައްޔަނުކުރުމަށް ނިންމައިފިނަމަ، ބެލެވޭ ނުވަތަ ވުން އެކަށީގެންވާ މަސްލަހަތު ފުށުއެރުމުގެ ޒާތާއި ބާވަތ،ް ރިކޮގްނިށަން ޕެނަލުގެ މެންބަރުންނަށާއި، ރިކޮގްނިށަނަށް އެދި ހުށަހެޅި މަރުކަޒަށް ހާމަކުރާންވާނެއެވެ. އަދި އެފަދަ މަސްލަހަތު ފުށުއެރުމަކީ އޭގެ ޒާތުގައި މަސްލަހަތު ފުށުއެރުމަކަށް ނުވާނަމަ ނުވަތަ އައްޔަނުކުރި ކުރުން ދިފާއުކޮށްދެވޭނަމަ، އެ ސަބަބު ބަޔާންކޮށް ހުލާސާ ބަޔާނެއް، ޕެނަލުގެ ފައިނަލް ރިޕޯޓުގައި ހިމަނަންވާނެއެވެ.

 

12 ވަނަ މާއްދާ - ރިކޮގްނިށަން ޕެނަލުގެ ބާރުތައް

(ހ) ރިކޮގްނިށަން މަރުހަލާ ހިނގާނެ ގޮތާއި އެކަން ކުރިޔަށްގެންދާނެ ގޮތުގެ ޓައިމްލައިނާ މެދު ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒާއި ގާނޫނީ ތައުލީމު ކޮމިޓީއާއެކު،ރިކޮގްނިށަން ޕެނަލުން އެއްބަސްވާންވާނެއެވެ.  

(ށ) ރިކޮގްނިށަން ޕެނަލަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

  1. މި ގަވާއިދުގެ 8 ވަނަ މާއްދާގެ އާންމު ތަރަހައިގެ ތެރޭގައި ހިމެނޭ މައުލޫމާތުގެ ތެރެއިން، ޕެނަލުން ބޭނުންވާކަމަށް ފެންނަ އިތުރު މައުލޫމާތު ހޯދުމަށް އެދުން؛ 
  2. ޕެނަލުން ބޭނުންވާނަމަ، ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒުގެ މަންދޫބުންނާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކުރުން؛
  3. މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތީން މަތީ ތައުލީމުގެ ޕްރޮގްރާމެއްގެ ނުވަތަ ގުޅުންހުރި ޕްރޮގްރާމެއްގެ މުގައްރަރާއި މަންހަޖު، ބާ ކައުންސިލުން ކަނޑައަޅާ އެންމެ ދަށް މިންގަނޑަށް ފެތޭކަން ކަށަވަރުކުރުން؛
  4. މި ގަވާއިދުގެ 15 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ސައިޓް 
    އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރުން.

(ނ) ޕްރޮވިށަނަލް ރިކޮގްނިށަނުގެ ދަރަޖަ ލިބިފައި އޮތް އޮތުން، ފައިނަލް ރިކޮގްނިށަނަށް ބަދަލުކުރުމަށް މަތީ ތައުލީމުދޭ މަރުކަޒަކުން އެދި ހުށަހަޅާއިރު، ކަނޑައެޅިފައިވާ ށަރުތުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހުށަހެޅި ފަރާތަކީ ގާބިލު ފަރާތެއްކަމަށް ކޮމިޓީއަށް ގަބޫލުނުކުރެވޭ ހާލަތުގައި އެފަދަ ހުށަހެޅުމަކާ މެދު ގޮތެއް ނިންމުމުގެ މަރުހަލާ އާންމު އުސޫލުން ކުރިޔަށް ގެންދާނީ ހަމައެކަނި ހުށަހެޅި ލިޔެކިއުމަށް ބަލައިގެންނެވެ.

 

13 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ޕްރޮގްރާމެއް ރިކޮގްނައިޒްކުރުމާއި، ރިޕޯޓު ކުރުމުގެ މަރުހަލާއާ ގުޅޭ ހުރިހާ ކަމެއްގެ ސިއްރު ރިކޮގްނިށަން ޕެނަލުން ހިފަހައްޓަންވާނެއެވެ.

 

14 ވަނަ މާއްދާ - އުސޫލު ކަނޑައެޅުން

މި ގަވާއިދުގެ ދަށުން އެކުލަވައިލާ ރިކޮގްނިށަން ޕެނަލުން އަމަލުކުރާނެ އުސޫލ،ު ގާނޫނީ ތައުލީމު ކޮމިޓީން އެކުލަވައިލަންވާނެއެވެ.

 

15 ވަނަ މާއްދާ - ސައިޓް އިވެލުއޭށަން ހިންގުން

(ހ) ސައިޓް އިވެލުއޭށަނަކީ، އެޕްލިކަންޓު އިންސްޓިޓިއުށަނުގައި ގާއިމުކުރެވިފައިވާ ވަސީލަތްތައް ދެނެގަނެ އެ ވަސީލަތްތަކުގެ ފެންވަރާއި ކެޕޭސިޓީ ބެލުމަށް ޓަކައި ރިކޮގްނިށަން ޕެނަލުގެ 2 (ދޭއް) މަންދޫބުން ނުވަތަ އެއަށްވުރެ ގިނަ މަންދޫބުން އެ ތަނަކަށް ޒިޔާރަތްކޮށްގެން ހިންގާ އިންސްޕެކްށަނެކެވެ. 

(ށ) ސައިޓް އިވެލުއޭށަން ހިންގާނެ ހަމައެކަނި ހާލަތަކީ، މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ފޯރުކޮށްދީފައިވާ މައުލޫމާތުގެ ނުވަތަ ސައިޓް އިވެލުއޭށަން ޓީމަށް ލިބެންހުރި އެހެނިހެން މައުލޫމާތަށް ބަލައި، ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒުގައި ދަރިވަރުންނަށާއި މުވައްޒަފުންނަށް ލިބެންހުރި ވަސީލަތްތަކުގެ މިންވަރާއި ބޭނުންތެރިކަމާމެދު އެކަށީގެންވާ ކަންބޮޑުވުމެއް އުފެދޭ މިންވަރަށް ފުށުއެރުންތަކެއް ހުރިކަމަށް ގަބޫލުކުރެވިއްޖެނަމައެވެ.

(ނ) ވަސީލަތްތަކުގެ އެކަށީގެންވާ މިންވަރާއި ބޭނުންތެރިކަން ވަޒަންކުރުމުގައި ސައިޓް އިވެލުއޭށަން ޓީމަށް އަންނަނިވި ކަންކަމަށް ރިއާޔަތްކުރެވިދާނެއެވެ.

  1. ވަކި ޕްރޮގްރާމެއްގައި ބައިވެރިކޮށްފައިވާ ދަރިވަރުންގެ އަދަދާއި، ދަރިވަރުން އެ ޕްރޮގްރާމުގައި ބައިވެރިވާ ގޮތް؛
  2. އެ ވަސީލަތްތައް ލިބެންހުރި މިންވަރާއި، ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒުގެ އެހެން ޑިޕާޓްމަންޓުތަކުގެ މެދުގައި އެ ވަސީލަތްތައް ހިއްސާކުރެވޭ މިންވަރު؛
  3. ދަރިވަރުންގެ އިވެލުއޭށަންތަކުންނާއި އެނޫންވެސް މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ވަސީލަތްތަކުގެ އެކަށީގެންވާ މިންވަރާއި ބޭނުންތެރިކަމާ ގުޅޭގޮތުން ލިބެންހުރި ހެކި؛
  4. ސައިޓް އިވެލުއޭށަނުގެ ނިންމުން ބިނާކުރުމަށް ޓަކައި ބޭނުންހިފިދާނެކަމަށް ޓީމަށް ގަބޫލުކުރެވޭ، އެހެނިހެން ހެކި.

 

16 ވަނަ މާއްދާ - ރިކޮގްނިށަން ޕެނަލުގެ ރިޕޯޓާއި، ލަފާ

(ހ) ރިކޮގްނިށަން ޕެނަލުގެ ރިޕޯޓު އެކުލެވިގެންވާނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.

  1. މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން، ރިކޮގްނިށަނަށް އެދި ހުށަހަޅާ ފަރާތާ ގުޅޭގޮތުން ބޭނުންވާ މައުލޫމާތުގެ ހުލާސާ ބަޔާނަކާއި، ރިކޮގްނިށަނާ ގުޅުންހުރި ހުރިހާ މިންގަނޑުތަކާއި ގަވާއިދުތަކަށް އެޕްލިކަންޓު އިންސްޓިޓިއުށަނުން އަމަލު ކުރަމުންދާކަން ބަލައި ކަށަވަރުކުރުމަށް އެއްބަސްވެވުނު ގޮތް؛
  2. މި ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައިނުވާ ނުވަތަ ޕެނަލުން އަންގައިފައިވާ ކަންކަމުގެ ތެރެއިން ކަންކަން ފާހަގަކޮށްފައިވާ ބައިތައް؛ 
  3. ލިބެންހުރި ހެއްކަށް ބަލައި، މުސްތަގުބަލުގައި ތަބާނުވުމުގެ ހިރާސް އޮތްކަމަށް ބެލެވޭ ބައިތައް؛
  4. ރިކޮގްނިށަން ދިނުމަށް ނުވަތަ ނުދިނުމަށް، އަދި އެފަދަ ދަރަޖައަކީ ޕްރޮވިށަނަލް ނުވަތަ ފުލް ރިކޮގްނިށަނެއްކަން، އަދި އެއްވެސް ށަރުތެއްނުވަތަ ލަފައެއް ހިމަނާނަމަ އެކަން ބަޔާންކޮށް ޕެނަލުން ކޮމިޓީއަށްދޭ ލަފާ.

(ށ) ރިކޮގްނިށަން ޕެނަލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަދި މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން، އެންމެ ގިނަވެގެން އެ ޕެނަލް އައްޔަނުކުރިތާ 3 (ތިނެއް) މަސްދުވަސް ހަމަވުމުގެ ކުރިން، އެ ޕެނަލުގެ ހޯދުންތަކާއި ނިންމުންތައް އެކުލެވޭ ޑްރާފްޓް ރިޕޯޓުގެ ކޮޕީއެއް،ބާ ކައުންސިލަށާއި، ރިކޮގްނިށަނަށް އެދި ހުށަހެޅި މަރުކަޒަށް ފޮނުވަންވާނެއެވެ. 

(ނ) ރިކޮގްނިށަން ނުދިނުމަށް، ނުވަތަ މަތީ ތައުލީމުދޭ މަރުކަޒަކަށް ދީފައިވާ ރިކޮގްނިށަން އަނބުރާ ނެގުމަށް ރިކޮގްނިށަން ޕެނަލުން ނިންމައިފިނަމަ، މި ގަވާއިދުގެ 18 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ރ) ޑްރާފްޓް ރިޕޯޓަކީ އެޑްވަރސް ރިޕޯޓެއް ނޫންނަމަ، ރިޕޯޓުގައިވާ މުހިންމު ފެކްޗުއަލް އެރަރސް ރަނގަޅުކުރުމަށް އެދި ރިޕޯޓު ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި،ހުށަހެޅި މަރުކަޒުން ލިޔުމުން އެކަމަށް އެދެންވާނެއެވެ.

(ބ) ޑްރާފްޓް ރިޕޯޓަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އެ ރިޕޯޓާމެދު އެއްބަސްވެވުމުން، ރިޕޯޓާމެދު ގޮތެއް ނިންމުމަށް ޓަކައި ގާނޫނީ ތައުލީމު ކޮމިޓީއަށް ހުށަހެޅުމަށް، ބާ ކައުންސިލުން ތާވަލުކުރަންވާނެއެވެ. އެގޮތުން ހުށަހަޅާ ހުށަހެޅުމަކާމެދު ގާނޫނީ ތައުލީމު ކޮމިޓީން އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

  1. ކޮމިޓީން ދޭ ލަފާތަކާއެކު އެގްޒެކެޓިވް ކޮމިޓީއަށް ރިޕޯޓު ހުށަހެޅިދާނެއެވެ.ނުވަތަ، 
  2. ވަކި ކަމެއް ސާފުކުރުމަށް ނުވަތަ އިސްލާހުކުރުމަށް ކޮމިޓީން ޕެނަލަށްއަނބުރާ ފޮނުވިދާނެއެވެ.

(ޅ) ށަރުތުތަކަކާ އެކު، ނުވަތަ ށަރުތެއް ނެތި ރިކޮގްނިށަން ދިނުމަށް ގާނޫނީ ތައުލީމު ކޮމިޓީން ދޭ ލަފަޔާމެދު އެގްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމާނީ، ރެކޮގްނިށަން ޕެނަލަށާއި، އެޕްލިކަންޓު އިންސްޓިޓިއުށަނަށް، އެ ފަރާތްތައް ތަމްސީލުކުރުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހުގައެވެ.

(ކ) ރިޕޯޓުގެ ކުރު ހުލާސާއެއް، ބާ ކައުންސިލުގެ ވެބްސައިޓުގައި ށާއިއުކުރާންވާނެއެވެ.

 

17 ވަނަ މާއްދާ - ރިކޮގްނިށަން

(ހ) ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒަކުން އެކަމަށް އެދޭއިރު އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމަ، ރިކޮގްނިށަން ޕެނަލުގެ ލަފާގެ މަތީން، އެގްޒެކެޓިވް ކޮމިޓީން އެ މަރުކަޒަކަށް ޕްރޮވިށަނަލީ ރިކޮގްނައިޒްވެފައިވާކަމުގެ ދަރަޖަ ދޭންވާނެއެވެ.

  1. ބާ ކައުންސިލުގެ ގަވާއިދުތަކާއި، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކާ އެއްގޮތަށް އެކަށީގެންވާ މިންވަރަށް އަމަލުކޮށްފައިވުން؛ 
  2. ރިކޮގްނައިޒްވުމަށް ޓަކައި ކަނޑައަޅައިފައިވާ ށަރުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި ބަރޯސާވެވޭނެ ހާއްސަ ޕްލޭނެއް އޮތްކަން، ނުވަތަ އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް ކޮމިޓީއާއެކު އެއްބަސްވެފައިވާ މުއްދަތުގައި އެކަން ކުރެވޭނެކަން، ބާ ކައުންސިލަށް ދައްކުވައިދިނުން؛ 
  3. ރިކޮގްނައިޒްވުމަށް އެދި ހުށަހަޅާ މަރުކަޒުން ފޯރުކޮށްދޭ ގާނޫނީ ތައުލީމު ނުވަތަ ދަރިވަރުންނަށް ފޯރުކޮށްދޭ ތަޖުރިބާގެ ފެންވަރަށް އަސަރުކުރާފަދަ ކަމެއްގެ ސަބަބުން ރިކޮގްނައިޒްކުރުމަށް ހުރަހެއް އޮތްކަމަށް ރިކޮގްނިށަން ޕެނަލުގެ ރިޕޯޓުގައި ފާހަގަކޮށްފައި ނުވުން.

(ށ) މަތީ ތައުލީމުދޭ މަރުކަޒަކުން ޕްރޮވިށަނަލް ރިކޮގްނިށަނުގެ ދަރަޖަ ހޯދައިފައިވާނަމަ، އެ ދަރަޖަ ލިބުނު ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ފުލް ރިކޮގްނިށަނަށް އެދި ހުށަހަޅަންވާނެއެވެ. މި މާއްދާގެ ދަށުން ޕްރޮވިށަނަލް ރިކޮގްނިށަނަކުން ފުލް ރިކޮގްނިށަނަކަށް ބަދަލުކުރުމަށް އެދި ހުށަހެޅުމުން، އެޕްލިކަންޓު އިންސްޓިޓިއުށަނަށް އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް އަމަލުކުރުމަށް އެގްޒެކެޓިވް ކޮމިޓީން އަންގަންވާނެއެވެ. 

  1. ބާ ކައުންސިލުން ދޭ ލަފާތަކާއި ނުވަތަ ކަނޑައަޅާ ށަރުތުތަކާ ގުޅިގެން،ފާހަގަކުރަން ބޭނުންވާ ކަންތައްތައް ހިމަނައި ކުރު ރިޕޯޓެއް ހުށަހެޅުމުގެ ފުރުސަތު ދިނުން؛ ނުވަތަ 
  2. މުޅިން އައު ހުށަހެޅުމެއް ހުށަހެޅުމަށް އެންގުން.

(ނ) މަތީ ތައުލީމުދޭ މަރުކަޒަކަށް ޕްރޮވިށަނަލް ރިކޮގްނިށަނުގެ ދަރަޖަ ލިބުނުތާ 3 (ތިނެއް) އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެނަމަ، މި ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ އެއްގޮތްވާގޮތުގެ މަތީން އެ ޕްރޮވިށަނަލް ހުއްދަ ބާތިލުވާނެއެވެ. ނަމަވެސް، މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ފާސްކޮށްފައިވާ ޓީޗ-ްއައުޓް ޕްލޭނާ އެއްގޮތަށް އަމަލުކުރުމަށް މަތީ ތައުލީމުދޭ މަރުކަޒަށް ހުއްދަ ދިނުމަށް ޓަކައި، ބާ ކައުންސިލަށް، އެ ޕްރޮވިށަނަލް ހުއްދައިގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

(ރ) ޕްރޮވިށަނަލް ރިކޮގްނިށަން ލިބިފައިވާ މަރުކަޒެއްގައި ކިޔަވައިދޭ ޕްރޮގްރާމަކުން ދަރިވަރަކު ދަސްވެނިވީ، މި މާއްދާގެ (ނ) ގެ ދަށުން ވަގުތީ ހުއްދައިގެ މުއްދަތު ހަމަވުމުގެ ފަހުންކަމަށްވާ ހާލަތުގައި ފިޔަވައި، ޕްރޮވިށަނަލް ރިކޮގްނިށަން ލިބިފައިވާ މަރުކަޒަކުން ދަސްވެނިވި ދަރިވަރަކު، އޭނާއަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ބޭނުމަށް ޓަކައި ބަލަންވާނީ ފުލް ރިކޮގްނިށަން ލިބިފައިވާ މަރުކަޒަކުން ދަސްވެނިވި ދަރިވަރެއްގެ ގޮތުގައެވެ.

(ބ) ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒަކުން އެކަމަށް އެދޭއިރު އެ މަރުކަޒުން ފޯރުކޮށްދޭ ހުރިހާ ޕްރޮގްރާމަކީ ފުރިހަމަވާންޖެހޭ އެންމެ ދަށް މިންގަނޑަށާއި ގަވާއިދުތަކަށް ފެތޭ ޕްރޮގްރާމުތަކަކަށް ވާނަމަ، ރިކޮގްނިށަން ޕެނަލުގެ ލަފާގެ މަތީން، އެގްޒެކެޓިވް ކޮމިޓީން އެ މަރުކަޒަކަށް ފުލް ރިކޮގްނިށަން ލިބިފައިވާ މަރުކަޒެއްގެ ދަރަޖަ ދޭންވާނެއެވެ.

 

18 ވަނަ މާއްދާ - ފުލް ރެކޮގްނިށަނުގެ ދަރަޖަ ނުލިބޭ ހާލަތްތައް

(ހ) އަންނަނިވި ހާލަތްތަކުގައި މަރުކަޒަކަށް ފުލް ރިކޮގްނިށަން ލިބިފައިވާ މަރުކަޒެއްގެ ދަރަޖަ ދީގެން ނުވާނެއެވެ.

  1. ހަމައެކަނި ފުލް ރިކޮގްނިށަނުގެ ދަރަޖަ ހޯދުމުގެ ބޭނުމަށް އެކުލަވައިލައިފައިވާ ޕްލޭނަކަށް ބިނާކޮށް ހުށަހަޅައިފައިވާ ހުށަހެޅުމެއްކަމުގައިވުން؛ ނުވަތަ 
  2. ރިކޮގްނިށަން ޕެނަލެއްގެ ލަފާގެ މަތީން ވަކި ށަރުތުތަކެއް ކަނޑައަޅައިފައިވާނަމަ، އަދި އެ ށަރުތުތައް އެ ހިނދަށް ފުރިހަމަކޮށްފައި ނުވުން.

(ށ) މި ގަވާއިދުގެ ނުވަތަ ބެލެނިވެރި ގާނޫނުގައި ބާ ކައުންސިލަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ބާރުގެ ދަށުން މަތީ ތައުލީމުދޭ މަރުކަޒަކަށް ދީފައިވާ ހުއްދަ އަނބުރާ ނުގެންދާހައި ހިނދަކު، އެ ފަރާތަކީ މި ގަވާއިދުގެ ދަށުން ފުލް ރިކޮގްނިށަން ލިބިގެންވާ ފަރާތެކެވެ.

 

19 ވަނަ މާއްދާ - މައުލޫމާތު ހިއްސާކުރުން 

މި ގަވާއިދުގެ ދަށުން ރިކޮގްނިށަން ދެވިފައިވާ މަތީ ތައުލީމުދޭ ކޮންމެ މަރުކަޒަކުން، ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއްގައި ކިޔަވައިދޭ ދަރިވަރުންގެ މައުލޫމާތާއި ޕްރޮގްރާމުތަކުގެ ތަފުސީލ،ުބާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ދިރާސީ އަހަރުގެ ކޮންމެ 6 (ހައެއް) މަހަކުން، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

20 ވަނަ މާއްދާ - އެޑްވަރސް ރިޕޯޓު

(ހ) ރިކޮގްނިށަން ޕެނަލަކުން އެޑްވަރސް ރިޕޯޓެއް ލިބިއްޖެނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި ގާނޫނީ ތައުލީމު ކޮމިޓީގެ ޗެއަރޕަރސަންއަށާއި، ބާ ކައުންސިލުގެ ރައީސަށް އެކަން އަންގަންވާނެއެވެ. އަދި އެޑްވަރސް ރިޕޯޓާ ގުޅިގެން ބޭނުންވާ އިތުރު މައުލޫމާތު ދިނުމަށް ޕެނަލަށް އެންގުމުގެ އިހްތިޔާރު، ގާނޫނީ ތައުލީމު ކޮމިޓީގެ ޗެއަރޕަރސަންއަށާއި، ބާ ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

(ށ) އެޑްވަރސް ރިޕޯޓާމެދު ކަމާބެހޭ މަރުކަޒުގެ ރަޖިސްޓްރާރއާއި، އެ ތަނުގެ އެންމެ އިސް ފަރާތުގެ ބަހެއް ހޯދުމަށް ޓަކައި އެޑްވަރސް ރިޕޯޓުގެ ކޮޕީއެއް އެ ފަރާތްތަކަށް ފޮނުވަންވާނެއެވެ. އަދި އެ ރިޕޯޓު ލިބޭ ތާރީހުން ފެށިގެން 6 (ހައެއް) ހަފުތާގެ ތެރޭގައި، އެޑްވަރސް ރިޕޯޓާމެދު ކަމާބެހޭ މަރުކަޒުގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން، އެ މަރުކަޒުގެ ރަޖިސްޓްރާރ، ބާ ކައުންސިލަށް ފޮނުވާންވާނެއެވެ.

(ނ) އެޑްވަރސް ރިޕޯޓާމެދު ގާނޫނީ ތައުލީމު ކޮމިޓީން ގޮތެއް ނިންމުމަށް ޓަކައި، އެ ރިޕޯޓާއި، ކަމާބެހޭ މަރުކަޒުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތައް، ކޮމިޓީން އެންމެ އަވަހަށް ބާއްވާ ބައްދަލުވުމަކަށް ހުށަހަޅަންވާނެއެވެ.

(ރ) އެޑްވަރސް ރިޕޯޓާއި، މަރުކަޒުން ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތައް ރިވިއު ކުރުމަށްފަހު، ގާނޫނީ ތައުލީމުގެ މިންގަނޑު ދެމެހެއްޓުމަށް ޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ލަފާ، ގާނޫނީ ތައުލީމު ކޮމިޓީން ރިޕޯޓާމެދު ގޮތެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - އަލުން ހުށަހެޅުން

(ހ) ރިކޮގްނިށަނަށް އެދި ހުށަހަޅާ ހުށަހެޅުން އަނބުރާ ގެންގޮސްފައިވާ ނުވަތަ ބާ ކައުންސިލުން އެ ފަރާތެއްގެ ޕްރޮވިށަނަލް ނުވަތަ ފުލް ރިކޮގްނިށަން ހިފަހައްޓައިފައިވާ ފަރާތަކަށް ނުވަތަ އަތުލައިފައިވާ ފަރާތަކަށް އަލުން ރެކޮގްނިށަނަށް ހުށަހެޅުމުގެ ފުރުސަތެއް ލިބޭނީ އަންނަނިވި ކަންކަން ކަށަވަރު ކޮށްދިނުމުންނެވެ.

  1. ހުއްދަ ހިފެހެއްޓުމަށް ނުވަތަ ނުދިނުމަށް ނުވަތަ އަނބުރާ ނެގުމަށް ނިންމި ސަބަބުތަކާ ގުޅިގެން އިސްލާހީ ފިޔަވަޅުތަކެއް އަޅައިފައިވުން؛ އަދި 
  2. ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކާއި ގަވާއިދުތަކަށް އެ ފަރާތުން ފުރިހަމަޔަށް ތަބާވެފައިވާކަން ދައްކައިދިނުން.

(ށ) މި މާއްދާގެ ދަށުން އަލުން ހުށަހަޅާ ކޮންމެ ހުށަހެޅުމަކީ ވެސް މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި އިޖުރާތުތަކާ އެއްގޮތަށް ހުށަހަޅައިފައިވާ ހުށަހެޅުމަކަށް ވާންވާނެއެވެ.

 

 

ތިންވަނަ ބައި - މުގައްރަރު އެޕްރޫވް ކުރުމުގެ މަރުހަލާ

 

22 ވަނަ މާއްދާ - މުގައްރަރު އެޕްރޫވްކުރުމަށް އެދި ހުށަހެޅުން

ރިކޮގްނައިޒްޑު މަތީ ތައުލީމު ދޭ މަރުކަޒަކުން މަތީ ތައުލީމުގެ ޕްރޮގްރާމެއް އެޕްރޫވްކުރުމަށް ނުވަތަ ރިކޮގްނިށަނަށް އެދި ހުށަހަޅައިފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން މަތީ ތައުލީމުގެ އިތުރު ޕްރޮގްރާމެއް އެޕްރޫވްކުރުމަށް އެދި ބާ ކައުންސިލަށް ހުށަހަޅާނީ އަންނަނިވި މައުލޫމާތު ހިމަނައިގެންނެވެ.

(ހ) މުގައްރަރު އެޕްރޫވްކުރުމަށް އެދި ހުށަހަޅައިފައިވާ އެޕްލިކޭށަން ފޯމު؛

(ށ) ބާ ކައުންސިލުން ރިކޮގްނައިޒްޑު މަރުކަޒެއްނަމަ އެކަން އެނގޭނެ ލިޔުން؛
 (ނ) ރިކޮގްނިށަނަށް އެދި ހުށަހަޅައިފައިވާ މަރުކަޒެއްނަމަ، ރިކޮގްނިށަން މަރުހަލާ ކުރިޔަށްދާކަން އެނގޭނެ ލިޔުމެއް؛

(ރ) މަތީ ތައުލީމުގެ ޕްރޮގްރާމުގެ މާއްދާތަކުގެ މަންހަޖު ނުވަތަ ޓީޗިންގ އައުޓްލައިންތަކުގެ ކޮޕީ؛

(ބ) މި ގަވާއިދު ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތްވާ ގޮތަށް ފުރިހަމަކޮށްފައިވާ ޓޭބަލް އޮފް އިކުއިވަލަންސ.ް

(ޅ) މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހުށަހެޅުމަށް ބާ ކައުންސިލުން ކަނޑައަޅާ އެ ނޫންވެސް އެހެން މައުލޫމާތު.

 

23 ވަނަ މާއްދާ - މުގައްރަރު ރިވިއުކުރުމުގައި ބަލާނެ މިންގަނޑު

މަތީ ތައުލީމުގެ ޕްރޮގްރާމުގެ މުގައްރަރު ރިވިއުކުރުމުގައި ބާ ކައުންސިލުން އެ ޕްރޮގްރާމަކަށް ކަނޑައަޅައިފައިވާ ޕީ.ކޭ.އޭ. އާއި އެ ޕްރޮގްރާމަށް ކަނޑައަޅައިފައިވާ ނޮލެޖް އައުޓްކަމްސް ހުށަހަޅައިފައިވާ ޕްރޮގްރާމުގައި ފުރިހަމަވެފައިވޭތޯ ބަލަންވާނެއެވެ.

 

24 ވަނަ މާއްދާ - މުގައްރަރު ރިވިއުކުރުމުގެ މަރުހަލާއަށް ރިކޮގްނިށަން ޕެނަލް އައްޔަނުކުރުން

މަތީ ތައުލީމުގެ ޕްރޮގްރާމެއް ރިވިއު ކުރާނީ، ގާނޫނީ ތައުލީމު ކޮމިޓީގެ ޗެއަރޕަރސަން ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުންނެވެ. އެގޮތުން ރިވިއު ކުރުމުގެ މަރުހަލާއަށް، ރިކޮގްނިށަން ޕެނަލެއް އެކުލަވައިލުމާއި، ޕްރޮގްރާމުގެ މުގައްރަރު ރިވިއުކުރާ ސަބްޖެކްޓްސްޕެށަލިސްޓެއް އައްޔަނުކުރުމުގެ އިހްތިޔާރު ގާނޫނީ ތައުލީމު ކޮމިޓީއަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ސަބްޖެކްޓު ސްޕެށަލިސްޓެއްގެ ކިބައިގައި ހުންނަންޖެހޭ ށަރުތު

(ހ) ޕްރޮގްރާމް ޑޮކިޔުމަންޓުގައިވާ ޕްރޮގްރާމުގެ މުގައްރަރު ރިވިއުކުރާ ސަބްޖެކްޓްސްޕެށަލިސްޓެއްގެ ކިބައިގައި ގާނޫނީ ތައުލީމު ކޮމިޓީން ކަނޑައަޅާ ށަރުތެއް ހުރުން ލާޒިމްކުރުމުގެ އިތުރުން، އެ ފަރާތަކީ ރިވިއުކުރުމަށް އެދި ހުށަހަޅައިފައިވާ ޕްރޮގްރާމުގެ ދާއިރާއިން، އެންމެ ދަށްވެގެން، އެމ.ްކިއ.ުއޭ ގަބޫލުކުރާ މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ށ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ރެގޮކްނިށަން ޕެނަލަށް،  މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާރުތައް ލިބިގެންވާނެއެވެ.

 

26 ވަނަ މާއްދާ - މުގައްރަރު ރިވިއުކުރުން 

(ހ) މަރުކަޒުތަކުން ހިންގާ ޕްރޮގްރާމެއް ބާ ކައުންސިލަށް ހުށަހެޅުމުން، އެ މަރުކަޒުން ހުށަހެޅި ޕްރޮގްރާމު ބަލައިގަނ،ެ އެ ޕްރޮގްރާމެއްގެ މުގައްރަރު ރިވިއު ކުރުމުގެ މަސައްކަތް ފެށިފައިވާކަން އެ މަރުކަޒަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) މުގައްރަރު ރިވިއުކުރުމުގެ މަސައްކަތް އަވަސްގޮތެއްގައި ކުރިޔަށް ގެންދިއުމުގެ ބޭނުމަށް ޓަކައި މުގައްރަރު ރިވިއުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއް އެކުލަވައިލައި، ގާނޫނީ ތައުލީމުގެ ކޮމިޓީއާ އެ ޓައިމްލައިން ހިއްސާކުރަންވާނެއެވެ. މި ޓައިމްލައިނަކީ މަރުކަޒުން ހުށަހެޅި މުގައްރަރު ރިވިއު ކުރުމުގައި ހޭދަވާނެކަމަށް ލަފާކުރެވޭ ވަގުތާއި، ރިވިއު ފުރިހަމަކޮށް ރިޕޯޓު އެކުލަވައިލައި އެގްޒެކެޓިވް ކޮމިޓީއާ ހިއްސާކުރެވޭނެކަމަށް ލަފާކުރެވޭ މުއްދަތު ކަނޑައަޅާ ޓައިމްލައިނެވެ.

(ނ) މަރުކަޒުން ހުށަހެޅި މުގައްރަރު ރިވިއުކުރުމުގައި، ރިކޮގްނިށަން ޕެނަލެއް އައްޔަނުކުރަން ގާނޫނީ ތައުލީމު ކޮމިޓީން ނިންމައިފިނަމަ، އެޕްލިކަންޓު އިންސްޓިޓިއުށަނުން ހުށަހަޅައިފައިވާ ލިޔުންތަކަށް ރެކޮގްނިށަން ޕެނަލުން ރިއާޔަތްކޮށް، ހުށަހަޅައިފައިވާ ޕްރޮގްރާމެއް، ބާ ކައުންސިލުން ކަނޑައަޅާ އެންމެ ދަށް މިންގަނޑަށް ފެތޭކަން ނުވަތަ އެ މިންގަނޑުތަކަށް ނުފެތޭ ބައިތައް ހުރިނަމަ އެ ކަމެއް ފާހަގަކޮށް، ރިޕޯޓެއް އެކުލަވައިލައި، ގާނޫނީ ތައުލީމު ކޮމިޓީއާ ހިއްސާކުރަންވާނެއެވެ.

(ރ) މިގޮތަށް އިސްލާހުކުރަން ފެންނަ ކަންކަން ބަޔާންކޮށް، ބާ ކައުންސިލުން ފޮނުވާ ރިޕޯޓު މަރުކަޒަށް ފޮނުވާތާ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އެ މަރުކަޒުން އިސްލާހުކޮށްފައިވާ މުގައްރަރު،ބާ ކައުންސިލަށް ހުށަހެޅުމަށް، ބާ ކައުންސިލުން އެ މަރުކަޒަކަށް އަންގަންވާނެއެވެ.

(ބ) އިސްލާހުކޮށް ހުށަހަޅާ މުގައްރަރު އަލުން ރިވިއުކުރުމުގެ މަރުހަލާ އެންމެ ގިނަވެގެން ތަކުރާރުކުރެވޭނީ 3 (ތިނެއް) ފަހަރުއެވެ. މިގޮތުން 3 ވަނަ ފަހަރު އިސްލާހުކުރުމަށް އަންގައިފައިވާ ގޮތަށް އަމަލުކޮށްފައި ނުވާނަމަ، އެ އެޕްލިކޭށަން ބާތިލުކުރެވޭނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އެޕްލިކޭށަން ބާތިލުކޮށްފައިވާނަމަ، އެ ޕްރޮގްރާމް އިސްލާހުކޮށް، ޕްރޮގްރާމް އެޕްރޫވްކުރުމަށް އައު އެޕްލިކޭށަނެއް ހުށަހެޅިދާނެއެވެ. މި ހާލަތުގައި، ބާ ކައުންސިލުގެ ފީ ށެޑިއުލާ އެއްގޮތަށް އަލުން ފީ ދައްކަން ޖެހޭނެއެވެ.

(ކ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިސްލާހުކުރުމަށް އަންގައި، އިސްލާހުނުކޮށް ހިނގާ މުއްދަތަކާ ގުޅިގެން ލިބޭ ނުވަތަ ލިބިދާނެ ގެއްލުންތަކަށް ޒިންމާވާނީ، އެ ޕްރޮގްރާމެއް އެޕްރޫވްކުރުމަށް ހުށަހަޅައިފައިވާ މަރުކަޒަކުންނެވެ.

(އ) ބާ ކައުންސިލުން އެދިފައިވާ އިސްލާހުތަކާއެކު ގާނޫނީ ތައުލީމުގެ ޕްރޮގްރާމު އަލުން ހުށަހެޅުމުން، އެ ޕްރޮގްރާމުގައި އެ އިސްލާހުތައް ހިމެނިފައިވާކަން ކަށަވަރުކުރުމަށްފަހު، އެކަމުގެ މައްޗަށް ޑްރާފްޓް ރިޕޯޓެއް، ރިވިއުކުރާ ފަރާތުން ތައްޔާރުކުރަންވާނެއެވެ. މި ރިޕޯޓުގައި އަންނަނި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ލޯ ޕްރޮގްރާމު ރިވިއުކުރުމުގައި ފާހަގަކުރެވުނު ކަންކަން؛ 
  2. މުގައްރަރު ބައްޓަންކޮށްފައިވާ ގޮތް؛  
  3. އިތުރަށް ފާހަގަކުރެވޭ ކަންކަން؛
  4. ގާނޫނީ ތައުލީމުގެ ޕްރޮގްރާމަކީ ބާ ކައުންސިލުން ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ޕްރޮގްރާމެއްކަން ނުވަތަ ނޫންކަން؛
  5. އެ ޕްރޮގްރާމަށް އެޕްރޫވަލް ދިނުމާމެދު ފެންނަގޮތުގެ ލަފާ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓު ގާނޫނީ ތައުލީމު ކޮމިޓީއަށް ރިވިއުކުރުމަށް ހުށަހެޅުމުން، ގާނޫނީ ތައުލީމު ކޮމިޓީން އެ ރިޕޯޓު ބަލައި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނިންމަންވާނެއެވެ.

  1. އެ ޕްރޮގްރާމުގެ މުގައްރަރަކީ ޕީ.ކޭ.އޭ. އަށް ފެތޭ މުގައްރަރަކަށް ވާނަމަ، އެ ޕްރޮގްރާމަކަށް ހުއްދަ ދިނުމަށް ފެންނަކަމަށް އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމަށް؛ ނުވަތަ
  2. އެ ޕްރޮގްރާމުގެ މުގައްރަރަކީ ޕީ.ކޭ.އޭ. އަށް ނުފެތޭ މުގައްރަރަކަށް ވާނަމަ، އެ ޕްރޮގްރާމަކަށް ހުއްދަ ނުދިނުމަށް ފެންނަކަމަށް އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމަށް،

(މ) ރިކޮގްނިށަން ޕެނަލުން އެކުލަވައިލާ ރިޕޯޓަކީ މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެޑްވަރސް ރިޕޯޓެއް ނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީން ތައުލީމުގެ މިންގަނޑު ދެމެހެއްޓުމަށް ޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ލަފާ، ގާނޫނީ ތައުލީމު ކޮމިޓީން، އެގްޒެކެޓިވް  ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ފ) މުގައްރަރުގެ ޑްރާފްޓް ރިޕޯޓު، ގާނޫނީ ތައުލީމު ކޮމިޓީއަށް ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ރިޕޯޓު ފައިނަލްކޮށް އެގްޒެކެޓިވް ކޮމިޓީއަށް ހިއްސާކުރަންވާނެއެވެ.

(ދ) މަތީ ތައުލީމުދޭ މަރުކަޒުން ހުށަހަޅައިފައިވާ ލޯ ޕްރޮގްރާމާމެދު ގާނޫނީ ތައުލީމު ކޮމިޓީގެ ލަފާ އެގްޒެކެޓިވް ކޮމިޓީން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ގާނޫނީ ތައުލީމުގެ ޕްރޮގްރާމު ހުށަހެޅި މަރުކަޒާ ހިއްސާކުރަންވާނެއެވެ.

 

 

ހަތަރުވަނަ ބައި - ރިކޮގްނައިޒްކުރެވޭ މަރުކަޒުތަކުގެ މަސްއޫލިއްޔަތުތައް

 

27 ވަނަ މާއްދާ - ރިކޮގްނިށަނާ ގުޅުންހުރި ގަވާއިދުތަކާއި، ހިފަހައްޓަންޖެހޭ އެންމެ ދަށް މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމުގެ ޒިންމާ

(ހ) ރިކޮގްނިށަނަށް އެދި ހުށަހަޅ،ާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ޕްރޮގްރާމަކީ ވެސް، ބާ ކައުންސިލުން އެ ޕްރޮގްރާމަކަށް ކަނޑައަޅައި އާންމުކޮށްފައިވާ މިނިމަން ސްޓޭންޑަޑުތަކާ އެއްގޮތަށް ހިންގާ ޕްރޮގްރާމަކަށް ވާންވާނެއެވެ.

(ށ) ރިކޮގްނައިޒްކޮށްފައިވާ މަރުކަޒެއްގެ މައްޗަށް ހިނގާނެ އެންމެހައި ގަވާއިދުތަކަށް އަބަދުވެސް އަމަލުކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - މޮނިޓަރ ކުރުމާއި ރިޕޯޓުކުރުމުގެ އާންމު މަސްއޫލިއްޔަތުތައް

(ހ) ރިކޮގްނައިޒްކޮށްފައިވާ މަރުކަޒަކުން ހިންގާ ރިކޮގްނައިޒްޑް ޕްރޮގްރާމްތައް ހިންގަނީ ބާ ކައުންސިލުގެ ގަވާއިދުތަކާއި، ހިފަހައްޓަންޖެހޭ އެންމެ ދަށް މިންގަނޑުތަކާ އެއްގޮތަށް ކަމާއި، އެގޮތުގެ މަތީން އަމަލުކުރަމުންދާކަން ބެލުމުގެ ފުރިހަމަ ޒިންމާ އެ މަރުކަޒަކުން އަދާކުރަންވާނެއެވެ.

(ށ) ރިކޮގްނައިޒްކޮށްފައިވާ މަރުކަޒަކުން ހިންގާ ރިކޮގްނައިޒްޑް ޕްރޮގްރާމްތައް ގަވާއިދުން ބަލައި، އެ ޕްރޮގްރާމްތައް މުރާޖާކޮށް، ބާ ކައުންސިލަށް އެ ކަން ރިޕޯޓުކުރުމަކީ އެ މަރުކަޒެއްގެ ޒިންމާއެކެވެ.

(ނ) މޮނިޓަރކުރުން ކުރިޔަށް ގެންދިއުމާއި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ބާ ކައުންސިލަށް ހުށަހެޅުމާ ގުޅޭ އުސޫލު އެކުލަވައިލާނީ ގާނޫނީ ތައުލީމު ކޮމިޓީންނެވެ.

 

29 ވަނަ މާއްދާ - މައުލޫމާތު ދޭންޖެހޭފަދަ ކަމެއް މެދުވެރިވުމުން ރިޕޯޓުކުރުމުގެ ޒިންމާ

(ހ) ގާނޫނީ ތައުލީމުގެ ޕްރޮގްރާމަކާ ބެހޭގޮތުން މައުލޫމާތު ދޭންޖެހޭފަދަ އަންނަނިވި ސީރިއަސް ހާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ މެދުވެރިވުމުގެ ފުރުސަތު އޮތްނަމަ، އެ ކަމެއް ހިނގާތާ ރަސްމީ 20 (ވިހި) ދުވަހުގެ ތޭރެގައި، މަތީ ތައުލީމުދޭ މަރުކަޒުން ބާ ކައުންސިލަށް ލިޔުމުން އެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް އެކްރެޑިޓް ނުކުރުމަށް ނުވަތަ ބާތިލުކުރުމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ނިންމި ނިންމުމުގެ ނޯޓިސް ލިބުން؛
  2. އިމްތިހާނުތަކުގެ ސެކިއުރިޓީ ބްރީޗުވުން ނުވަތަ އިމްތިހާނުގެ ނަޒާހަތްތެރިކަމަށް އަސަރުކުރާ ފަދަ އެކަށީގެންވާ ބޮޑު ރިސްކެއް އޮތުން ނުވަތަ އެނޫންވެސް އެފަދަ ކަމެއް ކުރިމަތިވުން؛
  3. އެ ޕްރޮގްރާމަކަށް ކަނޑައަޅައިފައިވާ ރިސޯސަސްތަކުގެ ތެރެއިން ފަންޑިންގއާއި މުވައްޒަފުން ނުވަތަ އެނޫންވެސް ރިސޯސްއަކަށް ފާހަގަކުރެވޭފަދަ އުނިކުރުމެއް ގެނައުމުގެ ސަބަބުން، އުނގެނުމާއި އުނގަންނައިދިނުމާއި އިމްތިހާނުކުރުމުގެ ފެންވަރަށް ނުވަތަ ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ހާސިލުކުރުމަށް ނޭދެވޭ އަސަރުކުރުން؛
  4. މި އަކުރުގެ (3) ވަނަ ނަންބަރުގެ ބޭނުމަށް "ފާހަގަކުރެވޭފަދަ އުނިކަމެއް" ކަމަށް ބުނެފައި އެވަނީ، %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރު މިންވަރެއްގެ އުނިކުރުމެއް ގެނައުމަށެވެ.
  5. ރަސްމީ 10 (ދިހައެއް) ދުވަހަށްވުރެ އިތުރަށް ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް ފޯރުކޮށްދިނުމަށް ހުރަސްއެޅޭނެ ނުވަތަ ހުއްޓޭނެފަދަ ގުދުރަތީ ނުވަތަ އެ ނޫންވެސް އެފަދަ ހާދިސާއެއް މެދުވެރިވުން.
  6. (ށ) މައުލޫމާތު ދޭންޖެހޭފަދަ ސީރިއަސް ހާލަތެއް މެދުވެރިވެއްޖެނަމަ، ހަގީގަތުގައި އެކަން ހިނގައިދިޔަ ގޮތާއި (ފެކްޗުއަލް ސަރކަމްސްޓެންސަސް)، އޭގެ ސަބަބުން ޕްރޮގްރާމުގެ އިންޓެގްރިޓީއާއި، ކޯހުގެ ފެންވަރާއި، ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހުރި ރިސްކުތައް އެ މަރުކަޒު ން ވަޒަންކުރުމަށްފަހު، ބާ ކައުންސިލާ އެކަން ހިއްސާކުރަންވާނެއެވެ. އެއަށްފަހު، ފާހަގަކުރެވުނު ރިސްކުތައް ކުޑަކުރުމަށް ޓަކައި ކުރެވޭނެ ކަންކަމުގެ މައްޗަށް އެކަށީގެންވާ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނާމެދު އެއްބަސްވުމަކަށް އައުމަށް، ބާ ކައުންސިލާއެކު މަސައްކަތްކުރަންވާނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުގައި، މަތީ ތައުލީމުދޭ މަރުކަޒަކުން އެކަމުގެ މައުލޫމާތު ބާ ކައުންސިލާ ހިއްސާކުރަންވާނެއެވެ.

  1. ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް އެކްރެޑިޓްކުރުމުގެ ނުވަތަ އެކްރެޑިޓޭށަން އައުކުރުން ބައެއްގެ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާއަކުން ނުވަތަ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން މަތީ ތައުލީމުދޭ މަރުކަޒުގެ މައްޗަށް ށަރުތެއް ލާޒިމުކޮށްފައިވާނަމަ، އެ ށަރުތެއް ލާޒިމުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަރުކަޒަކުން މައުލޫމާތު ހިއްސާކުރުން؛
  2. ރިކޮގްނިށަން މަރުހަލާގެ ތެރެއިން، ނުވަތަ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން މަތީ ތައުލީމުދޭ މަރުކަޒުތައް މުރާޖާކުރުމުގެ ނުވަތަ ޕްރޮގްރާމުތައް އެކްރެޑިޓްކުރުމުގެ މަރުހަލާގެ ތެރެއިން މަތީ ތައުލީމުދޭ މަރުކަޒުގެ މައްޗަށް ލާޒިމުކުރާ ށަރުތުތަކާ ހިލާފުވެފައިވާނަމަ، އެކަން އެ މަރުކަޒަކަށް އެނގޭތާ ރަސްމީ 20 (ވިހި) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހިއްސާކުރުން؛
  3. ގާނޫނީ ތައުލީމުގެ ޕްރޮގްރާމަކަށް ކަނޑައަޅައިފައިވާ އިލްމުގެ ދާއިރާގެ އޮނިގަނޑަށް، ނުވަތަ ކިޔަވައިދޭ ގޮތަށް ބޮޑު ބަދަލެއް ގެންނަނަމަ، ގެނައުމަށް ހުށަހަޅައިފައިވާ ބަދަލު ތަންފީޒުކުރުމުގެ މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ކުރިން އެ މައުލޫމާތު ހިއްސާކުރުން؛
  4. ވަކި މާއްދާއަކުން ކަނޑައެޅިފައިވާ އިލްމުގެ ދާއިރާއިން ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކުރުމުގައި ބޭނުންކުރާ ފަސް ޕޮއިންޓު (1-5) ގެ މިންގަނޑުން، ދަރިވަރުން ވަޒަންކުރާ ކުރުމުގައި ޖެހިޖެހިގެން 2 (ދޭއް) ފަހަރު 3 (ތިނެއް) ޕޮއިންޓަށްވުރެ ދަށްވެއްޖެނަމަ، އެ މައުލޫމާތު ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެކަމުގެ ގެއްލުން ކުޑަކުރާނެ ގޮތުގެ ޕްލޭނަކާއެކު މަތީ ތައުލީމު ދޭ މަރުކަޒުން އެ މައުލޫމާތުގެ ނޯޓިސް ދޭންވާނެ؛
  5. ދަރިވަރުން ދަސްވެނިވާއިރު، އޭގެ ތެރެއިން އިލްމީ ނަޒާހަތްތެރިކަމާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ ކުދިންގެ ލިސްޓަކާއި، އެކަންކަން ތަހުގީގު ކުރުމުން ނުކުތް ނަތީޖާގެ ހުލާސާއަކާއި، ދެވުނު އަދަބު އެކުލެވޭ ބަޔާނެއް، މަތީ ތައުލީމު ދޭ މަރުކަޒުން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

30 ވަނަ މާއްދާ - ރިކޮގްނައިޒްޑު ޕްރޮގްރާމެއް ހުއްޓައިލުން ނުވަތަ މަޑުޖައްސައިލުން

ރިކޮގްނައިޒްޑު މަތީ ތައުލީމުދޭ މަރުކަޒަކުން، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، ޕްރޮގްރާމެއް ހުއްޓައިލާކަން ނުވަތަ މަޑުޖައްސައިލާކަން، މަދުވެގެން ފުރިހަމަ 1 (އެކެއް) ދިރާސީ އަހަރުގެ ކުރިން އަންގަންވާނެއެވެ.

(ހ) ގާނޫނީ ތައުލީމާ ގުޅުންހުރި ޕްރޮގްރާމެއް ހިންގުން ހުއްޓައިލަން، ނުވަތަ 2 (ދޭއް) އަހަރަށްވުރެ ދިގު މުއްދަތަކަށް އެ ޕްރޮގްރާމެއްގައި ދަރިވަރުން ބައިވެރިކުރުން މަޑުޖައްސައިލާނަމަ؛ ނުވަތަ

(ށ) ވަކި ގޮތްޕެއް ނުވަތަ ތަނެއްގައި ޕްރޮގްރާމު ކިޔަވައިދިނުން ހުއްޓައިލާނަމަ.

 

31 ވަނަ މާއްދާ - ހުއްޓައިލުން، މަޑުޖައްސައިލުން ނުވަތަ އެކްރެޑިޓޭށަން ބާތިލުވުމުގެ ނަތީޖާ

(ހ) ރިކޮގްނައިޒްކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން:

  1. ކޮލިފައިން ލޯ ޑިގްރީއަކަށް ކިޔަވައިދިނުން މުޅީން އެއްކޮށް ހުއްޓައިލައިފިނަމަ ނުވަތަ ކޮލިފައިން ލޯ ޑިގްރީއެއް ނުހިންގާ ހާލަތުގައި އެ މަރުކަޒަކަށް ދީފައިވާ ރިކޮގްނިށަނުގެ ދަރަޖަ މި ގަވާއިދުގެ ބޭނުމަށް ބެލެވޭނީ ހަމަވެފައިވާކަމަށެވެ.؛ ނުވަތަ
  2. ކޮލިފައިން ލޯ ޑިގްރީއަށް ދަރިވަރުން ނެގުން މަޑުޖައްސައިލައިފިނަމަ، ނުވަތަ ކޮލިފައިން ލޯ ޑިގްރީއެއް ނުހިންގާ ހާލަތުގައި، އެ މަރުކަޒުގެ ގާނޫނީ ތައުލީމާ ގުޅުންހުރި އެހެން ހުރިހާ ޕްރޮގްރާމެއް ހިންގުން ދިރާސީ 2 (ދޭއް) އަހަރަށްވުރެ ދިގު މުއްދަތަކަށް މަޑުޖައްސައިލައިފިނަމަ، ހުއްދަ ދީފައިވާ ޓީޗ-ްއައުޓް ޕްލޭނަށް ރިއާޔަތްކޮށް، މަޑުޖައްސައިލުމަށް ނުވަތަ ހުއްޓައިލުމަށް ދެވޭ ނޯޓިހުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން އެ މަރުކަޒެއް ދީފައިވާ ރިކޮގްނިށަނުގެ ދަރަޖަ، ހަމަވެފައިވާކަމަށް ބެލެވޭނެއެވެ.

(ށ) ރިކޮގްނައިޒްކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން ފޯރުކޮށްދޭ ޕްރޮގްރާމަކަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ދީފައިވާ އެކްރެޑިޓޭށަން ބާތިލުވެއްޖެނަމަ، އެކްރެޑިޓޭށަން ބާތިލުވި ތާރީހުން ފެށިގެން، ނުވަތަ އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމެއްގެ ގޮތުގައި އެންމެ ފަހު ބެޗުގެ ދަރިވަރުން ގްރެޖުއޭޓުވާ ތާރީހަށް ބަލައި، މި ދެ ތާރީހުން ކުރެ ފަހުގެ ތާރީހެއްގައި އެ މަރުކަޒަށް ދީފައިވާ ރިކޮގްނިށަނުގެ ދަރަޖަ ހަމަވެފައިވާކަމަށް ބެލެވޭނެއެވެ.

(ނ) މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ގާނޫނީ ތައުލީމާ ގުޅުންހުރި އެހެން ޕްރޮގްރާމަކަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ދީފައިވާ އެކްރެޑިޓޭށަން ބާތިލުކޮށްފިނަމަ، އެފަދައިން ކަންހިނގައިފައިވާ ގޮތާއި ހާލަތު ބަލައި ވަޒަންކުރުމަށް ޓަކައި ގާނޫނީ ތައުލީމު ކޮމިޓީން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެކަށީގެންވާ ފިޔަވަޅު އަޅަންވާނެއެވެ. އަދި އެ މަރުކަޒަކަށް ދީފައިވާ ރިކޮގްނިށަނުގެ ދަރަޖަ ދެމެހެއްޓުމާމެދު ގޮތެއް ނިންމުމަށް އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ރ) ރިކޮގްނައިޒްކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒުން މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކި ގޮތްޕެއްގައި ނުވަތަ ތަނެއްގައި ޕްރޮގްރާމު ކިޔަވައިދިނުން ހުއްޓައިލާނަމަ، އެކަމުގެ ސަބަބުން ކޮށްފާނެކަމަށް ބެލެވޭ އަސަރުތައް ދެނެގަތުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ގާނޫނީ ތައުލީމު ކޮމިޓީން އަޅަންވާނެއެވެ.

(ބ) ކޮމިޓީން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، މަތީ ތައުލީމު ދޭ މަރުކަޒުން އެދިފައިވާ ގޮތަށް ވަކި ގޮތްޕެއްގައި ނުވަތަ ތަނެއްގައި ޕްރޮގްރާމު ކިޔަވައިދިނުން ހުއްޓައިލައިފިނަމަ، އެ މަރުކަޒުން ހިދުމަތް ފޯރުކޮށްދޭ އެހެން ތަންތަނުގެ ގާނޫނީ ތައުލީމުގެ ފެންވަރަށް އެކަމުން ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ކަނޑައަޅައިފިނަމަ، ބާ ކައުންސިލުން އެ މަރުކަޒަށް ދީފައިވާ ރިކޮގްނިށަނުގެ ދަރަޖަ އަތުލުމަށް ނުވަތަ ހިފެހެއްޓުމަށް ގާނޫނީ ތައުލީމު ކޮމިޓީން އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދެވިދާނެއެވެ.

 

32 ވަނަ މާއްދާ - ޓީޗ-ްއައުޓްގެ އިންތިޒާމުތައް

(ހ) އަންނަނިވި ނޯޓިސްތައް ދީފައިވާނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި، މަތީ ތައުލީމުދޭ މަރުކަޒުން، ގާނޫނީ ތައުލީމު ކޮމިޓީއަށް، ފުރިހަމަ ޓީޗ-ްއައުޓް ޕްލޭނެއް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެކްރެޑިޓޭށަން ބާތިލުކޮށްފިކަން؛ ނުވަތަ
  2. މި ގަވާއިދުގެ 30 ވަނަ މާއްދާގެ ދަށުން ޕްރޮގްރާމެއްގައި ކިޔަވައިދިނުން ހުއްޓައިލިކަން ނުވަތަ މަޑުޖައްސައިލިކަން.

(ށ) މި ގަވާއިދުގެ 36 ވަނަ މާއްދާގެ ދަށުން ބާ ކައުންސިލުން ހުއްޓައިލުމުގެ ނުވަތަ މަޑުޖައްސައިލުމުގެ ނޯޓިހެއް ދީފިނަމަ، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، މަތީ ތައުލީމުދޭ މަރުކަޒުން، ގާނޫނީ ތައުލީމު ކޮމިޓީއަށް ފުރިހަމަ ޓީޗ-ްއައުޓް ޕްލޭނެއް ހުށަހަޅަންވާނެއެވެ.

(ނ) ހުއްދަ ދެވޭނެ ޓީޗ-ްއައުޓް ޕްލޭނެއްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ވަކި ޕްރޮގްރާމެއްގައި ކިޔަވަމުންދ،ާ އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުން، މަތީ ތައުލީމުދޭ މަރުކަޒުގައި ނުވަތަ ރިކޮގްނައިޒް ކޮށްފައިވާ އެހެން މަރުކަޒެއްގައި، އެއްބަސްވި އަގުތަކަށްވުރެ އިތުރު އަގަކާ ނުލައި، ގާނޫނީ ތައުލީމުގެ ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ލިބިދެވޭނެ ގޮތުގެ ޑެލިވަރީ ޕްލޭން؛
  2. އެ ޕްލޭނުގެ ދަށުން ކިޔަވާ ދަރިވަރުންނަށް، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކާ އެއްގޮތަށް ގާނޫނީ ތައުލީމު ލިބޭނެކަން ކޮމިޓީއަށް ކަށަވަރުކުރެވޭނެ މިންވަރަށް، މަންހަޖާއި މުވައްޒަފުންނާއި ވަސީލަތްތަކާބެހޭ މައުލޫމާތު.

(ރ) ޓީޗ-ްއައުޓް ޕްލޭން ލިބޭތާ 20 (ވިހި) ދުވަހުގެ ތެރޭގައި، އެ ޕްލޭން ބަލައިގަތުމަށް ނުވަތަ އިސްލާހުކުރުމަށް ހުށަހެޅުމަށް ގާނޫނީ ތައުލީމު ކޮމިޓީން ނިންމަންވާނެވެ. އެގޮތުން، ޓީޗ-ްއައުޓް ޕްލޭނަށް ހުއްދަ ދިނުމުގައި، ކަނޑައެޅި ބަޔާންވެފައިވާ ވަކި ބަދަލުތަކެއް ގެނައުމަށް ށަރުތުކޮށް ހުއްދަ ދެވިދާނެއެވެ.

(ބ) ޓީޗ-ްއައުޓް ޕްލޭނަށް ގެންނަންޖެހޭ އިސްލާހަކީ މި މާއްދާގެ (ރ) ގެ ދަށުން ގެންނަންޖެހޭ އިސްލާހެއްނަމަ، ޓީޗ-ްއައުޓް ޕްލޭނުގައިހުރި ރަނގަޅުކުރަންޖެހޭ އުނި ކަންތައްތައް ގާނޫނީ ތައުލީމު ކޮމިޓީން ފާހަގަކުރަންވާނެއެވެ. އަދި ފާހަގަކުރެވުނު އުނި ކަންތައްތައް ރަނގަޅުކުރުމަށް ޓަކައި މަތީ ތައުލީމުދޭ މަރުކަޒުން އެ ޕްލޭން އިސްލާހުކޮށް، ގާނޫނީ ތައުލީމު ކޮމިޓީން އިރުށާދުދޭ ގޮތެއްގެ މަތިން އަލުން ހުށަހަޅަންވާނެއެވެ.

(ޅ) ގާނޫނީ ތައުލީމު ކޮމިޓީން ލަފާދޭ ކޮންމެ ޓީޗ-ްއައުޓް ޕްލޭނެއް ފާސްކުރުމަށް ނުވަތަ ފާސްނުކުރުމަށް އެގްޒެކެޓިވް ކޮމިޓީން އެންމެ އަވަހަށް ބާއްވާ ބައްދަލުވުމަކަށް ހުށަހަޅަންވާނެއެވެ.

 

 

ފަސްވަނަ ބައި - ގަވާއިދާ ހިލާފަށް އަމަލުކުރުމާއި އަދަބު

 

33 ވަނަ މާއްދާ - އަދަބު

(ހ) ރިކޮގްނައިޒްކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކާއި، މި ގަވާއިދާ އެއްގޮތަށް އަމަލުނުކުރާކަމަށް ބާ ކައުންސިލުން ކަނޑައަޅައިފި ހާލަތެއްގައި، ރިކޮގްނައިޒްކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒުގެ މައްޗަށް އަންނަނިވި އަދަބުތައް ކަނޑައެޅުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

  1. ހިލާފުވިކަމުގެ ނޯޓިސް ދިނުން؛
  2. ހިލާފުވުމާ ގުޅިގެން ރަސްމީކޮށް އިންޒާރުދިނުން؛
  3. ހިލާފުވުމާ ގުޅިގެން އެންމެ ފަހުގެ އިންޒާރުދިނުން؛
  4. ރިކޮގްނައިޒްކޮށްފައިވާ އޮތް އޮތުން ހިފެހެއްޓުން؛
  5. ރިކޮގްނިށަން އަނބުރާ ގެންދިއުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ދަށުން ދެވޭ ރަސްމީ ނުވަތަ ފަހުގެ އިންޒާރުގެ ނޯޓިހުގައި، ތުހުމަތުކުރެވޭ ހިލާފު ސާފުކޮށް ބަޔާންކޮށް، އެކަން އިސްލާހުކުރުމަށް މަތީ ތައުލީމުދޭ މަރުކަޒަށް އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ. އަދި އިންޒާރުގެ ނޯޓިހާ ގުޅިގެން ލަސްކުރުމަކާ ނުލައި މަތީ ތައުލީމުދޭ މަރުކަޒުން އެކަށީގެންވާ ފިޔަވަޅުތައް އަޅައިފައިވާނަމަ، އެކަމާ ގުޅިގެން، ބާ ކައުންސިލުން އިތުރު ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.

(ނ) ހިލާފުވުމާ ގުޅިގެން ދެވޭ ރަސްމީ އިންޒާރުގެ ނޯޓިސް ދީފިނަމަ، ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް އޭގެ ރިރިކޯޑު ފައިލުކޮށް، ބާ ކައުންސިލުން ބަލަހައްޓަންވާނެއެވެ.

(ރ) ހިލާފުވުމާ ގުޅިގެން ދެވޭ އެންމެ ފަހުގެ އިންޒާރު ދީފިނަމަ، އެކަމެއް ރަނގަޅުކުރަންދެން ބާ ކައުންސިލުގެ ވެބްސައިޓުގައި އެ އިންޒާރު ށާއިއުކޮށް، ގިނަވެގެން 5 (ފަހެއް) އަހަރުދުވަސް ވަންދެން އޭގެ ރިކޯޑ،ު ބާ ކައުންސިލުން ބަލަހައްޓަންވާނެއެވެ.

(ބ) އަންނަނިވި ހާލަތްތަކުގައި މި ގަވާއިދާ ހިލާފުވެފައިވާކަމަށް ބެލެވޭނެއެވެ.

  1. މި ގަވާއިދުގެ ދަށުން މަތީ ތައުލީމުދޭ މަރުކަޒުގެ މައްޗަށް އޮތް މަސްއޫލިއްޔަތަކާ ހިލާފުވެފައިވާކަން ބާ ކައުންސިލަށް ހުށަހެޅިއްޖެނަމަ ނުވަތަ އެފަދަ މަސްއޫލިއްޔަތަކާ ހިލާފުވެފައިވާކަން ބާ ކައުންސިލުން ބަލަހައްޓަމުންދާ ރިކޯޑަކުން އެނގުން؛
  2. ގާނޫނީ ތައުލީމު ކޮމިޓީން ނުވަތަ ރިކޮގްނިށަން ޕެނަލަކުން ހޯދައިފައިވާ ގުޅުންހުރި ކޮންމެ ހޯދުމަކުން ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާކަން އެނގުން؛
  3. އަމިއްލަ އިސްނެގުމުގައި ނުވަތަ ރިޕޯޓުކުރުމަށް އޮންނަ މަސްއޫލިއްޔަތެއްގެ ދަށުން ރިކޮގްނައިޒް ކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން އަމިއްލައަށް މި ގަވާއިދާ ހިލާފުވެފައިވާކަމަށް ހާމަކޮށްފައިވުން.

 

34 ވަނަ މާއްދާ - މަތީ ތައުލީމުދޭ މަރުކަޒުން ކުދި ހިލާފުތައް ވުމުން އެޅިދާނެ ފިޔަވަޅުތައް

(ހ) މި ގަވާއިދުގެ ބޭނުމަށް ޓަކައި ކުދި ހިލާފުތައް ކަމަށް ބަލާނީ، މި ގަވާއިދުގެ 35 ވަނަ މާއްދާގައި މާނަކޮށްދީފައިވާ ސީރިއަސް ހިލާފަކަށް ނުވާގޮތަށް ވެފައިވާ ހިލާފެވެ.

(ށ) މި ގަވާއިދުގެ ދަށުން ރިކޮގްނިށަން ލިބިފައިވާ ގާނޫނީ ތައުލީމު ފޯރުކޮށްދޭ އެއްވެސް މަރުކަޒަކުން ކުޑަ ހިލާފެއް ވެފައިވާކަމުގެ އެއްވެސް ހެއްކެއް ލިބިއްޖެނަމަ، ބާ ކައުންސިލުން އެކަން ތަހުގީގުކޮށް، ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ނ) އަންނަނިވި ކަންކަން ނިންމުމުގެ ބާރު، ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލަށް ލިބިގެންވެއެވެ.

  1. މައްސަލަ ނުބަލައި ދޫކޮށްލުން؛
  2. ހިލާފުވިކަމުގެ ނޯޓިސް ދިނުން؛
  3. ހިލާފުވިކަމުގެ ރަސްމީ އިންޒާރު ދިނުން؛
  4. ކަމުގެ ވާގިއާތަކަށް ބަލާއިރު ސީރިއަސް ހިލާފެއްކަމަށް ބެލެވޭނަމަ އެ މައްސަލަ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުން.

 

35 ވަނަ މާއްދާ - މަތީ ތައުލީމުދޭ މަރުކަޒަކުން ސީރިއަސް ހިލާފެއް ވެއްޖެނަމަ އެޅިދާނެ ފިޔަވަޅުތައް

(ހ) ސީރިއަސް ހިލާފުތަކުގެ މައްސަލަ ބަލާނީ އެގްޒެކެޓިވް ކޮމިޓީންނެވެ.

(ށ) ރިކޮގްނައިޒްކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒުން، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެއީ ސީރިއަސް ހިލާފެއްކަމުގައި ބެލެވޭނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ޕްރޮގްރާމަކަށް ދީފައިވާ އެކްރެޑިޓޭށަން، މި ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން އަނބުރާ ގެންދާ ހާލަތު ފިޔަވައި، މައުލޫމާތު ދޭންޖެހޭފަދަ ސީރިއަސް ހާލަތެއް މެދުވެރިވ،ެ އެކަށީގެންވާ ގޮތެއްގައި އެކަމުގެ ގެއްލުން ކުޑަ ނުކުރެވުން؛
  2. މި ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން މައުލޫމާތު ދޭންޖެހޭ ފަދަ ގިނަ ހާލަތްތައް މެދުވެރިވ،ެ ބާ ކައުންސިލަށް އެކަން އަންގައިފައި ނުވުން؛
  3. ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަޑުތަކާއި، މި ގަވާއިދުގެ 3 ވަނަ ބައިގެ ދަށުން އެކަށައަޅައިފައިވާ މަސްއޫލިއްޔަތުތަކާ ހިލާފުވެގެން، މި ގަވާއިދުގެ 34 ވަނަ މާއްދާގެ ދަށުން ސެކްރެޓަރީ ޖެނެރަލް ފަރާތުން 3 (ތިނެއް) ފަހަރަށްވުރެ މަދުނޫން އަދަދަކަށް އިންޒާރު ލިބިފައިވުން.

(ނ) ސީރިއަސް ހިލާފެއް މެދުވެރިވެއްޖެ ހާލަތެއްގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު،އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

  1. މައްސަލަ ނުބަލައި ދޫކޮށްލުން؛
  2. ހިލާފުވިކަމުގެ ރަސްމީ އިންޒާރު ދިނުން؛
  3. ހިލާފުވިކަމުގެ ފަހުގެ އިންޒާރު ދިނުން؛
  4. ލިބިފައިވާ ހެއްކަށް ބަލައި، ރިކޮގްނައިޒްކޮށްފައި އޮތް އޮތުން އަނބުރާ ގެންދިއުމަށް ނުވަތަ ހިފެހެއްޓުމާމެދު ގޮތެއް ނިންމުމަށް ޓަކައި ގާނޫނީ ތައުލީމު ކޮމިޓީއާ ހަވާލުކުރުން؛
  5. މައްސަލަ އިތުރަށް ތަހުގީގުކޮށް، މަތީ ތައުލީމުދޭ މަރުކަޒު ރިކޮގްނައިޒްކޮށްފައި އޮތް އޮތުން އަނބުރާ ގެންދިއުން ނުވަތަ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނޭގޮތުން އެ މަރުކަޒާމެދު އެޅިދާނެ ފިޔަވަޅުތަކުގެ ލަފާދިނުމަށް ރިކޮގްނިށަން ޕެނަލެއް އައްޔަނުކުރުން.

(ރ) މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގެ ދަށުން ރިކޮގްނިށަން ޕެނަލެއް އައްޔަނުކޮށްފިނަމަ، މި ގަވާއިދުގެ 12 ވަނަ މާއްދާއިން ފެށިގެން 16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ޕެނަލަށް ލިބިގެންވެއެވެ.

(ބ) މަތީ ތައުލީމުދޭ މަރުކަޒެއް ރިކޮގްނައިޒްކޮށްފައި އޮތް އޮތުން އަނބުރާ ގެންދިއުމަށް ނުވަތަ ހިފެހެއްޓުމަށް މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން ގާނޫނީ ތައުލީމު ކޮމިޓީން ނުވަތަ މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގެ ދަށުން ރިކޮގްނިށަން ޕެނަލުން ލަފާދީފި ނަމަ، އެގްޒެކެޓިވް ކޮމިޓީން އެ ލަފައެއް މުރާޖާކޮށް ގޮތެއް ކަނޑައަޅަންވާނެއެވެ.  

(ޅ) ރިކޮގްނައިޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންނުޖެހޭ ނުވަތަ ހިފަހައްޓަން ނުޖެހޭ ސަބަބުތައް ހުށަހެޅުމަށް ޓަކައި މަތީ ތައުލީމުދޭ މަރުކަޒުގެ އެންމެ އިސްފަރާތަށް އެގްޒެކެޓިވް ކޮމިޓީން އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ.

 

36 ވަނަ މާއްދާ - ރިކޮގްނިށަން ހިފެހެއްޓިކަމުގެ ނޯޓިސް ނުވަތަ ރިކޮގްނިށަން ނިމުމަކަށް ގެނައިކަމުގެ ނޯޓިސް، ބާ ކައުންސިލުން ދިނުން 

(ހ) މަތީ ތައުލީމުދޭ މަރުކަޒެއް ރިކޮގްނައިޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ނުވަތަ ހިފެހެއްޓުމަށް ބާ ކައުންސިލުން ނިންމައިފިނަމަ، އެ ނިންމުމަށް އަމަލުކުރަން ފެށުމުގެ ކުރިން، މަދުވެގެން ދިރާސީ 1 (އެކެއް) އަހަރުގެ ނޯޓިސް، ބާ ކައުންސިލުން، މަތީ ތައުލީމުދޭ މަރުކަޒަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަތީ ތައުލީމުދޭ މަރުކަޒަކަށް ނޯޓިހެއް ލިބިއްޖެނަމަ، އައު ދަރިވަރުން ނަގަންވާނީ ނުވަތަ ދަރިވަރުންނަށް އިތުރަށް ކިޔަވައިދޭންވާނީ،މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ފާސްކޮށްފައިވާ ޓީޗ-ްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގައި މިހެން އޮތްނަމަވެސް، އަންނަނިވި އިސްތިސްނާއީ ހާލަތްތަކުގައި އެއަށްވުރެ ކުރު ނޯޓިހެއް ދިނުމަށްފަހު، ނުވަތަ ވަގުތުން ރިކޮގްނިށަން ނިމުމަކަށް ގެނައުމުގެ އިހްތިޔާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

  1. މަތީ ތައުލީމުދޭ މަރުކަޒެއްގެ ގޮތުގައި ހިންގުން އެ މަރުކަޒަކުން ހުއްޓައިލުން؛ ނުވަތަ 
  2. މަތީ ތައުލީމުދޭ މަރުކަޒެއްގެ ގޮތުގައި ގާނޫނީގޮތުން ބަލައިގަނެފައި އޮތް އޮތުން، އެކަން ކުރުމުގެ ބާރު ލިބިފައިވާ، ކަމާބެހޭ އިދާރާއިން ނިމުމަކަށް ގެނައުން؛ ނުވަތަ 
  3. ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން މަތީ ތައުލީމުދޭ މަރުކަޒަށް ގާނޫނީ ތައުލީމު ދެވޭނެފަދަ ޓީޗ-ްއައުޓް ޕްލޭނެއް، މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ފާސްކުރެވިދާނެކަމަށް އެގްޒެކެޓިވް ކޮމިޓީއަށް ނުފެނުން.

 

 

ހަވަނަ ބައި - އިންތިގާލީ އުސޫލުތަކާއި އެހެނިހެން ކަންކަން

 

37 ވަނަ މާއްދާ - މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން ރިކޮގްނައިޒްކޮށްފައިވާ މަރުކަޒުތަކުގެ ލިސްޓު ށާއިއުކުރުން

ރިކޮގްނައިޒްކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުން ފޯރުކޮށްދޭ ގާނޫނީ ތައުލީމުގެ ޕްރޮގްރާމުތަކުގެ އެންމެފަހުގެ މައުލޫމާތު ހިމެނޭ ލިސްޓެއް، ބާ ކައުންސިލުގެ ވެބްސައިޓުގައި ށާއިއުކޮށް ބަލަހައްޓަންވާނެއެވެ.

 

38 ވަނަ މާއްދާ - އިންތިގާލީ އިންތިޒާމުތައް

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ، މި ގަވާއިދުގެ 40 ވަނަ މާއްދާގެ (ށ) ގެ ދަށުން މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ޖަދުވަލުގައި ބަޔާންކޮށްފައިވާ މުއްދަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާއަށް އަމަލުކުރަން ފަށާ ތާރީހުގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހުއްދަކުރާ ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް ހިންގާ މަރުކަޒަކުން، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތީން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ރިކޮގްނިށަނަށް އެދި ހުށަހަޅައިފިނަމަ، އެ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް އެ މަރުކަޒަކަށް ޓްރާންސިށަނަލް ރިކޮގްނިށަން،ބާ ކައުންސިލުން ދޭންވާނެއެވެ.

(ނ) އަންނަނިވި 2 (ދޭއް) ހާލަތުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ޓްރާންސިށަނަލް ރިކޮގްނިށަން ނިމުމަކަށް އަންނާނެއެވެ.

  1. މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އަލަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅައިފައި ނުވުން؛
  2. ޕްރޮވިށަނަލް ރިކޮގްނިށަން ނުވަތަ ފުލް ރިކޮގްނިށަނުގެ ދަރަޖަ، ބާ ކައުންސިލުން ދިނުން.

(ރ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އެޑްވަރސް ރިޕޯޓެއްގެ ސަބަބުން، މި މާއްދާގެ (ށ) ގެ ދަށުން ޓްރާންސިށަނަލް ރިކޮގްނިށަން ދީފައިވާ މަތީ ތައުލީމުދޭ މަރުކަޒެއް ބަލައިނުގަތުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމައިފިނަމަ، އާންމު އުސޫލެއްގެ ގޮތުން އެ ފަރާތަށް ޓީޗ-ްއައުޓް ޕްލޭނެއް ހުށަހެޅުމުގެ ހުއްދަ ދެވޭނެއެވެ. ހުއްދަ ދީފައިވާ ޓީޗ-ް އައުޓް ޕްލޭން ފުރިހަމަކުރުމުން، ޓްރާންސިށަނަލް ރިކޮގްނިށަން އޭގެ ޒާތުގައި އަމިއްލައަށް ނިމުމަކަށް އަންނާނެއެވެ.

 

39 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

  1. "އެޕްލިކަންޓު އިންސްޓިޓިއުށަން" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ގާނޫނީ ތައުލީމު ފޯރުކޮށްދިނުމަށް ޓަކައި، ބާ ކައުންސިލުން ރިކޮގްނައިޒްކުރާ މަރުކަޒެއްގެ ގޮތުގައި ހިމެނުމަށް، ނުވަތަ އެ ހުއްދަ އައުކުރުމަށް އެދި ހުށަހަޅާ މަތީ ތައުލީމުދޭ ކޮންމެ މަރުކަޒަކަށް ނުވަތަ އޭގެ ބަޔަކަށެވެ.
  2. "ބެލެނިވެރި ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އަށެވެ.
  3. "ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގާނޫނީ ތައުލީމު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މަތީ ތައުލީމުދޭ މަރުކަޒަކަށް،ބާ ކައުންސިލުން ހުއްދަ ދިނުމުގެ މަރުހަލާއަށެވެ.
  4. "ރިކޮގްނައިޒްޑް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގާނޫނީ ތައުލީމު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މަތީ ތައުލީމުދޭ މަރުކަޒަކަށް،ބާ ކައުންސިލުން ރިކޮގްނިށަން މަރުހަލާ ފުރިހަމަކޮށްފައިވުމަށެވެ.
  5. "އިލްމީ ނަޒާހަތްތެރިކަމާ ހިލާފުވުން" (ބްރީޗް އޮފް އެކެޑަކިމް އިންޓެގްރިޓީ) ކަމަށް ބުނެފައި އެވަނީ، ތައުލީމީ މަސައްކަތްތައް ހުށަހެޅުމުގައި އެހެން ފަރާތެއްގެ މަސައްކަތަކީ ތިމާގެ އަމިއްލަ މަސައްކަތް ކަމުގައި ދެއްކުން، ނުވަތަ މަކަރުހެދުން، ނުވަތަ އެނޫންވެސް ދޮގުވެރި އަމަލެއް ކުރުމަށް ނުވަތަ ސުލޫކާ ހިލާފު އަމަލެއް ކުރުމަށެވެ.
  6. "އިންސްޓިޓިއުށަނަލް ރިވިއު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ގާނޫނީ ތައުލީމުގެ ޕްރޮގްރާމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ނުވަތަ މުރާޖާކުރުމަށް އެ މަރުކަޒަކުން އަމިއްލައަށް ހިންގާ ކޮންމެ ހަރަކާތަކަށެވެ.
  7. "އެގްޒެކެޓިވް ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުގެ އެގެޒެކެޓިވް ކޮމިޓީއަށެވެ.
  8. "އެޑްވަރސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ރިކޮގްނައިޒްކޮށްފައިވާ ގާނޫނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ނުވަތަ ރިކޮގްނައިޒްކުރުމަށް އެދި ހުށަހަޅާ މަރުކަޒަކަށް ހުއްދަ ނުދިނުމަށް ނުވަތަ ހުއްދަ ސަސްޕެންޑުކުރުމަށް ނުވަތަ ދީފައިވާ ހުއްދަ ބާތިލުކުރުމަށް ލަފާދިނުމަށް ޓަކައި، ބާ ކައުންސިލުގެ ރިކޮގްނިށަން ޕެނަލުގެ ފަރާތުން ލިޔެ ތައްޔާރުކުރާ ރިޕޯޓަށެވެ.
  9. "އެކްރެޑިޓޭށަން" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅާ އިންސްޓިޓިއުށަނަލް ރިވިއުގެ ތެރެއިން ގާނޫނީ ތައުލީމުގެ ޕްރޮގްރާމަށް ހުއްދަ ދިނުމަށް ނުވަތަ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް އެކްރެޑިޓްކުރުމަށް ނުވަތަ އެކްރެޑިޓޭށަން ރިނިއުކުރުމަށެވެ.
  10. "ޓްރާންސިށަނަލް ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 38 ވަނަ މާއްދާގެ (ށ) ގެ ދަށުން ދޭ ހުއްދައަށެވެ.
  11. "ޕްރޮވިށަނަލް ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭ ހުއްދައަށެވެ.
  12. "މައުލޫމާތު ދޭންޖެހޭފަދަ ހާލަތްތައް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުދޭ މަރުކަޒަކުން، ބާ ކައުންސިލަށް އެ މައުލޫމާތެއް ހުށަހެޅުމުގެ ޒިންމާއެއް އޮންނާނެކަމަށް މި ގަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކޮންމެ ހާލަތަކަށެވެ.
  13. "މަތީ ތައުލީމުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ އިހްތިސާސްގެ ތެރޭގައި ގާނޫނީ ތައުލީމުގެ ކޯހެއް ހިންގާ ނުވަތަ ހިންގުމަށް ހުށަހަޅ،ާ އަދި އެ ފަރާތެއްގެ މައްޗަށް ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން ބާ ކައުންސިލަށް މަސްއޫލިއްޔަތެއް އޮންނަ، މަތީ ތައުލީމުދޭ ކޮންމެ މަރުކަޒަކަށެވެ.
  14. "މިނިމަމް ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން އާންމުކޮށްފައިވާ "މިނިމަމް ސްޓޭންޑަޑްސް ފޮރ ކޮލިފައިން ލޯ ޑިގްރީސް" އާއި، "މިނިމަމް ސްޓޭންޑަޑްސް ފޮރ އަންޑަރ ގްރެޖުއޭޓް އެންޑް ޕޯސްޓް ގްރެޖުއޭޓް ލޯ ޕްރޮގްރާމްސް" އަށެވެ.
  15. "މާއްދާ" ކަމަށް ބުނެފައި އެވަނީ، ތައުލީމީ ޕްރޮގްރާމެއްގައި ކިޔަވާ ވަކި ޔުނިޓަކަށް ނުވަތަ މޮޑިއުލަކަށެވެ. 
  16. "ފުލް ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ބ) ގެ ދަށުން ދޭ ހުއްދައަށެވެ.
  17. 'ލަފާ' ކަމަށް ބުނެފައި އެވަނީ، ރިކޮގްނިށަން ޕެނަލުގެ ރިޕޯޓުގެ ބޭނުމަށް، އެ ހުށަހަޅާ މަރުކަޒަކަށް ޕެނަލުން ދޭ ލަފަޔަށެވެ.
  18. "ޕްރިސްކްރައިބްޑް ނޮލެޖު އޭރިއާސް" (ޕީ.ކޭ.އޭ) ކަމަށް ބުނެފައި އެވަނީ، ގާނޫނީ ދާއިރާގެ ޕްރޮގްރާމެއްގެ މުގައްރަރުގައި ހުންނަންވާނެކަމަށް، ބާ ކައުންސިލުން ކަނޑައަޅައި އާންމުކޮށްފައިވާ އެންމެ ދަށް ނޮލެޖް އޭރިއާތަކަށެވެ.
  19. "ކޮލިފައިން ލޯ ޑީގްރީ" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކަށް ފެތޭ ގާނޫނީ ޑިގްރީއަށެވެ.
  20. "ގާނޫނީ ތައުލީމުގެ ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތައް އެ މައްޗަށް ހިނގ،ާ ގާނޫނީ ތައުލީމާ ގުޅުންހުރި ޕްރޮގްރާމަކަށް ނުވަތަ ކޯހަކަށެވެ.
  21. "ގާނޫނީ ތައުލީމު ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުގެ ގާނޫނީ ތައުލީމުގެ ކޮމިޓީއަށެވެ.

(ށ) މި ގަވާއިދުގައި އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކަށް ދޭންވާނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގައި ދީފައިވާ މާނަކުރުމެވެ.

 

40 ވަނަ މާއްދާ - އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ އަންނަނިވި ތާރީހުތަކުގައެވެ.

  1. އެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ތާރީހުގައި؛ ނުވަތަ
  2. އެގްޒެކެޓިވް ކޮމިޓީން އެކަމަކަށް ވަކި ތާރީހެއް ކަނޑައަޅައި އަންގާ ތާރީހެއްގައި.

(ނ) ވަކި އުސޫލަކަށް އަމަލުކުރަން ފަށާނީ ފަހުން އަންގާ ތާރީހެއްގައި ކަމަށްވާނަމަ، އެ އުސޫލަކަށް އަމަލުކުރަން ފެށުނުކަން އާންމުކޮށް، ކަމާ ގުޅުންހުރި ފަރާތްތަކަށް އެކަން އެންގުމަކީ، ބާ ކައުންސިލުގެ މަސްއޫލިއްޔަތެކެވެ.

(ރ) މި ގަވާއިދުގައި ހިމަނައިފައިވާ ޖަދުވަލުތައް ބަލަންވާނީ މި ގަވާއިދުގެ ބައެއްގެ ގޮތުގައެވެ.

(ބ) މި ގަވާއިދުގެ ޖަދުވަލުތަކުގެ ފަހަތުގައި ހިމަނައިފައިވާ އެކްސްޕްލެނޭޓަރީ ނޯޓުތަކާއި އެހެނިހެން ތަކެއްޗަކީ މި ގަވާއިދުގެ ބައެއް ނޫނެވެ. ނަމަވެސް މި ގަވާއިދު މާނަކުރުމުގައި އޭގެ ބޭނުން ހިފިދާނެއެވެ.

 

 

ޖަދުވަލު 1

މާއްދާތަކަށް އަމަލުކުރުން

މާއްދާ

އަމަލުކުރާން ފަށާ ތާރީހު

ރިކޮގްނިށަނަށް އެދި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހުށަހަޅާ ހުށަހެޅުން 30 ޖޫން 2024 30 ޖޫން 2024
8 ރިކޮގްނިށަނަށް އެދި ހުށަހަޅާ ގާނޫނީ ތައުލީމުދޭ މަރުކަޒުތަކުން ހުށަހަޅަންޖެހޭ މައުލޫމާތު   
9 ރިކޮގްނިށަނަށް އެދި ހުށަހެޅުމާއި ރިކޮގްނިށަން ޕެނަލް އައްޔަނުކުރުން   
15 ސައިޓް އިވެލުއޭށަން ހިންގުން   
16 ރިކޮގްނިށަން ޕެނަލުގެ ރިޕޯޓާއި، ލަފާ  
17 ރިކޮގްނިށަން   
18 ފުލް ރެކޮގްނިށަނުގެ ދަރަޖަ ނުލިބޭ ހާލަތްތައް  
20 އެޑްވަރސް ރިޕޯޓު   
21 އަލުން ހުށަހެޅުން   
37 މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން ރިކޮގްނައިޒްކޮށްފައިވާ މަރުކަޒުތަކުގެ ލިސްޓު ށާއިއުކުރުން   
38 އިންތިގާލީ އިންތިޒާމުތައް   
 
28 މޮނިޓަރ ކުރުމާއި އަދި ރިޕޯޓުކުރުމުގެ އާންމު މަސްއޫލިއްޔަތުތައް  1 ޖަވަނަވީ 2025
29 މައުލޫމާތު ދޭންޖެހޭފަދަ ކަމެއް މެދުވެރިވުމުން ރިޕޯޓުކުރުމުގެ ޒިންމާ   
30 ރިކޮގްނައިޒްޑު ޕްރޮގްރާމެއް ހުއްޓައިލުން ނުވަތަ މަޑުޖައްސައިލުން   
31 ހުއްޓައިލުން، މަޑުޖައްސައިލުން ނުވަތަ އެކްރެޑިޓޭށަން ބާތިލުވުމުގެ ނަތީޖާ  
32 ޓީޗ-ްއައުޓްގެ އިންތިޒާމުތައް   
33 އަދަބު  
34 މަތީ ތައުލީމުދޭ މަރުކަޒުން ކުދި ހިލާފުތައް ވުމާ ގުޅިގެން އެޅިދާނެ ފިޔަވަޅުތައް   
35 މަތީ ތައުލީމުދޭ މަރުކަޒަކުން ސީރިއަސް ހިލާފެއް ވެއްޖެނަމަ އެޅިދާނެ ފިޔަވަޅުތައް   

 

 

 

ޖަދުވަލު 2

އިކުއިވަލެންސް ތާވަލުގެ ސާމްޕަލް

(ކޮލިފައިން ލޯ ޑިގްރީ)

ކަނޑައެޅިފައިވާ އިލްމުގެ ދާއިރާ (ޕީ.ކޭ.އޭ)

އެއްހަމަ މޮޑިއިލް(ތައް) 

ކްރެޑިޓުގެ އަދަދު

ޕީ.ކޭ.އޭ. އަށް ކަނޑައަޅައިފައިވާ ކްރެޑިޓް

އޮޅުންފިލުވައިދިނުމުގެ ނޯޓު (އެފަދަ ނޯޓެއް ހުރިނަމަ)

ކޮންޓްރެކްޓް ލޯ (ޑަބަލް ވެއިޓޭޖް ދެވޭ މާއްދާއެއް)    
ކޮންސްޓިޓިއުށަނަލް ލޯ       
ކޮމްޕެނީ ލޯ      
ކްރިމިނަލް ލޯ      
އިސްލާމިކް ކްރިމިނަލް ލޯ      
އިސްލާމިކް ފެމިލީ ލޯ އެންޑް
އިންހެރިޓެންސް ލޯ
     
އިންޓްރޮޑަކްށަން ޓު ޖުރިސްޕްރޫޑެންސް       
ލޯޔަރސް އެތިކްސް       
ޕްރޮޕަރޓީ ލޯ  (ޑަބަލް ވެއިޓޭޖް ދެވޭ  މާއްދާއެއް)    
ޕްރިންސިޕަލްސް އޮފް އިސްލާމިކް 
ޖުރިސްޕްރޫޑެންސް 
(ޑަބަލް ވެއިޓޭޖް ދެވޭ  މާއްދާއެއް)    
ޓޯޓް      
އިންޓްރޮޑަކްށަން ޓު ދަ މޯލްޑިވިއަން 
ލީގަލް ސިސްޓަމް
(މާއްދާއެއްގެ 
ބައިކުޅަބައި)
   
ކޮމަން ލޯ ލީގަލް މެތަޑް އެންޑް 
ރީޒަނިންގ
     
ޕީ.ކޭ.އޭ. އަށް ކަނޑައަޅައިފައިވާ ޖުމުލަ ކްރެޑިޓް (180 އަށްވުރެ މަދުނޫން)      

 

 

 

ޖަދުވަލު 3

 

އިކުއިވަލެންސް ތާވަލުގެ ސާމްޕަލް

(ކޮލިފައިން ލޯ ޑިގްރީ ފިޔަވައި އެހެނިހެން ލޯ ޕްރޮގްރާމްތަކުގެ)

ކަނޑައެޅިފައިވާ އިލްމުގެ ދާއިރާ 
(ސްޕެށަލައިޒްޑް ސަބްޖެކްޓު އޭރިއާރސާ)
އެެއްހަމަ މޮޑިއުލް(ތައް) 
(ކްރެޑިޓްގެ އަދަދު)
ޕީ.ކޭ.އޭ. އަށް 
ކަނޑައަޅައިފައިވާ ކްރެޑިޓް
އޮޅުންފިލުވައިދިނުމުގެ 
ނޯޓު (އެފަދަ ނޯޓެއް 
ހުރިނަމަ)
       
       
       
       
       
       
       
       
       
       
       
       
ޑެސަރޓޭށަން      
ޕީ.ކޭ.އޭ އަށް ކަނޑައަޅައިފައިވާ ޖުމުލަ ކްރެޑިޓް       

ނޯޓު: ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑާ އެއްގޮތަށް ކަނޑައެޅިފައިވާ އިލްމުގެ ދާއިރާގެ ކޮލަމަށް ބަދަލުގެނެ ވިދާނެއެވެ.

 

އެކްސްޕްލެނޭޓަރީ ނޯޓުތައް 

އެކްސްޕްލެނޭޓަރީ ނޯޓުތަކަކީ ގަވާއިދުގެ ބައެއްގެ ގޮތުގައި ބެލޭނެ އެއްޗެއް ނޫނެވެ. ނަމަވެސް، ގަވާއިދު މާނަކޮށް ހިންގުމުގައި 
މަގު ދައްކައިދޭނެ އެއްޗެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

 

އެއްވަނަ ބައި

އެއްވަނަ ބައިގައި އެކި ލަފުޒު ތައް މާނަކޮށްދީފައިވާނެއެވެ. އަދި މި ގަވާއިދާ ގުޅޭގޮތުން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއާއި، ގާނޫނީ ތައުލީމު ކޮމިޓީގެ އަސާސީ މަސައްކަތްތައް ބަޔާންކޮށްފައިވާނެއެވެ. މި ބައިގައި ބަޔާންކޮށްފައިވަނީ އެގްޒެކެޓިވް ކޮމިޓީއަކީ ނިންމުންތައް ނިންމާ މައިގަނޑު ފަރާތްކަމަށާއި، ލީގަލް އެޑިއުކޭށަން ކޮމިޓީގެ މައިގަނޑު މަސައްކަތަކީ އެކި މަރުހަލާތައް ބެލެހެއްޓުމާއި، އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން ކަމަށެވެ.

މި މާއްދާގައި ބަޔާންކޮށްފައިވަނީ، ގާނޫނީ ފަންނުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރެއިން މި ގަވާއިދުގެ ދަށުން ކޮމިޓީއަށް ލިބިގެންވާ ބާރުތައް (ހުރިހާ ބާރެއް ނުހިމެނޭ ގޮތަށް) އެކުލެވޭ ބަޔާނެކެވެ. އޭގެ ބޭނުމަކީ، އެންމެ ފަހުގެ ނިންމުން ނިންމާ ފަރާތަކީ އެގްޒެކެޓިވް ކޮމިޓީކަމަށް އޮންނަ އޮތުމުގެ ތިލަފަތް ހަމަކުރުމެވެ. މިކަން ކުރުމަށް ކަނޑައަޅައިފައިވަނީ ރިކޮގްނައިޒް ކުރުމުގެ ހާއްސަ މަސައްކަތްތަކާއި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް، ހަމަޖެހޭ އުސޫލަކުން، ބާ ކައުންސިލުގެ ސެކްރެޓޭރިއަޓާއި، ރިކޮގްނިށަން ޕެނަލްތަކާއި، ގާނޫނީ ތައުލީމު ކޮމިޓީގެ މެދުގައި ބަހައިލައިގެނެވެ.

 

ދެވަނަ ބައި

ދެވަނަ ބައިގައި ބަޔާންކޮށްފައިވަނީ، ގާނޫނީ ފަންނުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ޕ) ގެ ދަށުން ބާ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ އެއްގޮތަށް، މަރުކަޒުތައް ރިކޮގްނައިޒްކުރުމުގެ އޮނިގަނޑާއި އިޖުރާތުތަކެވެ. މި ގަވާއިދުގެ ދަށުން 3()ތިނެއް) ބާވަތެއްގެ ރިކޮގްނިށަން އުފައްދައިފައިވެއެވެ:

ޓްރާންސިށަނަލް ރިކޮގްނިށަން - މިއީ، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ގާނޫނީ ކޯސްތައް ހިންގުމަށް ޓަކައި އެމ.ްކިޔ.ުއޭ. ގެ ހުއްދަ ލިބިފައިވާ ތައުލީމީ ހިދުމަތްދޭ ތަނަކަށް، އޭގެ އަމިއްލަ ޒާތުގައި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ދެވޭ ހުއްދައެކެވެ. ޓްރާންސިށަނަލީ ރިކޮގްނައިޒްޑު މަރުކަޒުތަކުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފުލް ރިކޮގްނިށަނަށް އެދި ހުށަހަޅަންވާނެއެވެ.
• ފުލް ރިކޮގްނިށަން - މިއީ، ފުރިހަމަޔަށް ބަލައިގަތުމުގެ ށަރުތު ފުރިހަމަވާ އަދި އެކަމަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކަކަށް ދޭ ހުއްދައެކެވެ. މި ހުއްދަ ދޭ ފަރާތްތަކުގެ ތެރޭގައި، މި ގަވާއިދަށް އަމަލުކުރަން ފަށާފަހުން އަލަށް ހިދުމަތްދޭން ދާއިރާއަށް ނުކުންނަ ފަރާތްތައް ހިމެނެއެވެ. 

• ޕްރޮވިށަނަލް ރިކޮގްނިށަން - މިއީ ވަކި ށަރުތުތަކެއް ފުރިހަމަކުރުމުން ފުރިހަމަ ހުއްދަ ދެވޭނެކަމަށް ށަރުތުކޮށް ދެވޭ ހުއްދައެކެވެ.

ވަކި ހުށަހެޅުމަކީ، އެ ހުށަހެޅުމަކާ ގުޅޭގޮތުން ވަގުތީ ހުއްދަ ދެވޭނެ ހުށަހެޅުމެއް ނޫންކަމަށް ބާ ކައުންސިލުން ކަނޑައަޅައިފިނަމ،ަ އާންމު އުސޫލުން އެ ހުށަހެޅުން ބާތިލުކުރަން ވާނެއެވެ.

 

17 ވަނަ މާއްދާ

17 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މަރުކަޒެއް ރިކޮގްނައިޒްކުރުމުގެ އަސާސީ އުސޫލުތަކެވެ. އެންމެ ދަށްވެގެން ހުންނަންޖެހޭނެކަމަށް ބާ ކައުންސިލުން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް މަދުވެގެން ތައުލީމީ 1 (އެކެއް) ޕްރޮގްރާމް ހިންގާ ފަރާތަކުން ނުވަތަ ހިންގުމަށް ގަސްތުކުރާ ފަރާތަކުން، މި ގަވާއިދުގެ ދަށުން ބާ ކައުންސިލުގެ ރިކޮގްނިށަން ހޯދަންޖެހޭނެއެވެ. 17 ވަނަ މާއްދާގެ ދަށުން ރިކޮގްނައިޒްކުރަނީ މަރުކަޒެވެ. ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ ދަށުން ޕްރޮގްރާމަކަށް ހޯދުން ލާޒިމުކުރާ ހުއްދައެއް ނުވަތަ އެކްރެޑިޓޭށަނެއްގެ އިތުރުން، ބާ ކައުންސިލުގެ ރިކޮގްނިށަން ހޯދަންޖެހޭނެއެވެ. އެމ.ްކިޔ.ުއޭ. އިން ޕްރޮގްރާމަށް ހުއްދަ ހޯދުމުގެ ކުރިން، ބާ ކައުންސިލުގެ ރިކޮގްނިށަން ހޯދުމުގެ މަރުހަލާ ފެށިދާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. އޭގެ މާނައަކީ، އެފަދަ ހާލަ ތްތަކުގައި ބާ ކައުންސިލުން ރިކޮގްނިށަން ދިނުމުގައި، ޕްރޮގްރާމަކަށް ނުވަތަ ޕްރޮގްރާމްތަކަކަށް އެމ.ްކިޔ.ުއޭ. ގެ ހުއްދަ ލިބުން ށަރުތު ކުރެވިދާނެއެވެ.ރިކޮގްނިށަނުގެ ދަރަޖަ ހިފެހެއްޓުން، ނުވަތަ ރިކޮގްނިށަނުގެ ދަރަޖަ ނިމުމަކަށް ގެނައުން ނުވަތަ ހިދުމަތް ހުއްތައިލުމުގެ ހާލަތަކަށްފަހު، ރިކޮގްނައިޒްކޮށްފައިވާ ހާލަތަށް ރުޖޫއަވުމަށް ޓަކައި މަތީ ތައުލީމުދޭ މަރުކަޒުން ބާ ކައުންސިލަށް އައު ހުށަހެޅުމެއް ހުށަހަޅާންވާނެއެވެ. އިތުރަށް އޮޅުންފިލުވައިދިނުމުގެ ގޮތުން، މި ގަވާއިދުގެ ދެވަނަ ބައިގައި ހިމެނޭ މަރުހަލާތަކަކީ، ރިކޮގްނިށަނަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު އަވަހަށް ގޮތެއް ނިންމުން ކަށަވަރުކުރުމަށް ޓަކައި ފަރުމާކޮށްފައިވާ މަރުހަލާތަކަށްވާތ،ީ އެ މަރުހަލާތައް ކޮންމެހެންވެސް ކަޑައްތުކުރަން ޖެހޭނެއެވެ. ހުށަހެޅުމެއް ހުށަހެޅުމުގެ ކުރިން، އެ ހުށަހެޅުމަކީ ފުރިހަމަކޮށްފައިވާ ހުށަހެޅުމެއްކަން ކަށަވަރުކުރުމުގެ ޒިންމާ އޮތީ އެޕްލިކަންޓު އިންސްޓިޓިއުށަނަށެވެ.

 

10 ވަނަ މާއްދާ

މަރުކަޒުތައް ރިކޮގްނައިޒްކުރުމުގެ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ރިކޮގްނިށަން ޕެނަލްތަކުންނެވެ. ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ އެންމެ ރަނގަޅު އުސޫލުތަކުގެ އަލީގައި، 10 ވަނަ މާއްދާގެ މަގުސަދަކީ، ރިކޮގްނިށަންޕެނަލްތައް އެކުލަވައިލެވިފައިވަނީ، އެކްރެޑިޓޭށަނާއި، ގުޅުންހުރި ފަންނީ އަދި އިލްމީ ތަޖުރިބާ އެންމެ ރަނގަޅަށް ތިލަފަތް ހަމަކުރެވޭނެ ގޮތަށް، އަދި ރެގިއުލޭޓުކުރާ ފަރާތުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ ދައުރަށް އިހްތިރާމުކުރެވޭނެ ގޮތަށްކަން ކަށަވަރުކުރުމެވެ.

10 ވަނަ މާއްދާގެ )ނ( ގެ (2) ވަނަ ނަންބަރުގެ ދަށުން ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ރިކޮގްނިށަން ޕެނަލުގެ މެންބަރުން އައްޔަނުކުރެވިދާނެއެވެ.

 

11 ވަނަ މާއްދާ

މަސްލަހަތު ފުށުއެރުމަކީ ރިކޮގްނިށަން މަރުހަލާގެ ނަޒާހަތްތެރިކަމާއި، މިނިވަންކަމަށް ގެއްލުން ކުރިމަތިކުރުވާފާނެ ކަމެކެވެ. އެހެންކަމުން، މި މާއްދާގެ ދަށުން މަސްލަހަތު ފުށުއެރުން މާނަކޮށްފައިވާނީ، ހަގީގީ މަސްލަހަތު ފުށުއެރުމާއި، ކުރިމަތިވެދާނެ މަސްލަހަތު ފުށުއެރުން، އަދި މަސްލަހަތު ފުށުއެރުންކަމަށް ބެލެވިދާނެ ހާލަތްތައް ހިމެނޭގޮތުން، ފުޅާ މާނައިގައެވެ. އާންމުގޮތެއްގައި މަސްލަހަތު ފުށުއެރުން މާނަކުރަނީ އަންނަނިވި ގޮތަށެވެ.

  1. ހަގީގީ މަސްލަހަތު ފުށުއެރުމަކީ، އެ ވަގުތު ހިނގަމުންދާ ފުށުއެރުންތަކެވެ. އެގޮތުން، މިސާލަކަށް، އެކަމަކުން އެ މީހެއްގެ ޒާތީ އުސޫލުތަކާއި މަސްއޫލިއްޔަތުތައް (މިސާލަކަށް އާއިލާ ނުވަތަ ރަހުމަތްތެރިން) އާ ފުށުއެރުން، ނުވަތަ އޭނާގެ ފަންނީ މަސައްކަތުގެ ތެރެއިން އަދާކުރަންޖެހޭ ޒިންމާތަކާ ފުށުއެރުން، ނުވަތަ އަދާކުރާ ފަންނީ ދައުރުތަކުގެ ތެރެއިން ހުންނަ މަސްއޫލިއްޔަތުތަކުގެ ފުށުއެރުމެވެ.
  2. ކުރިމަތިވެދާނެ މަސްލަހަތު ފުށުއެރުމަކީ، މިވަގުތަށް މަސްލަހަތު ފުށުއެރުމަކަށް ނުވ،ާ ނަމަވެސް ކުރިޔަށް އޮތްތަނުގައި މަސްލަހަތު ފުށުއެރުމަކަށް ވެދާނެފަދަ ކަންކަމެވެ.
  3. މަސްލަހަތު ފުށުއެރުންކަމަށް ބެލެވުމަކީ، ހަގީގީ މަސްލަހަތު ފުށުއެރުން ނުވަތަ ކުރިމަތިވެދާނެ މަސްލަހަތު ފުށުއެރުމަކަށްވެސް ނުވ،ާ ނަމަވެސް ސަބަބުވެރި މީހަކު އެކަމުގައި މަސްލަހަތު ފުށުއެރުމެއް އޮތްކަމަށް ދުށުން ގާތް ކަންކަމެވެ. މިސާލަކަށް، މީގެ ކުރިން އޮތް ގުޅުންތަކުގެ ސަބަބުން، ނުވަތަ ހިމެނޭ ފަރާތްތަކުގެ އަމަލުތަކަށް ބިނާކޮށް ބެލެވޭ ބެލެވުންތައް ހިމެނެއެވެ. މަސްލަހަތު ފުށުއެރުންކަމަށް ބެލެވޭ ބެލެވުންތައް ވެސް މުހިންމެވެ. ސަބަބަކީ އެކަމާ ގުޅިގެން މުޅި މަރުހަލާގެ އިންސާފުވެރިކަމަށް އަސަރުކޮށް، އެކަމާމެދު އާންމުން ދެކޭ ގޮތް ބަދަލުވާނެތީއެވެ. މިފަދަ ކަންކަމަކީ ދެނެގަންނަން އުނދަގޫ ކަންކަމެވެ. ސަބަބަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެކަންކަން އެހައި ފާޅުކަންބޮޑު ގޮތެއްގައި ފެންނަން ނޯވެދާނެތީއެވެ.

 

12 ވަނަ މާއްދާއިން 16 ވަނަ މާއްދާ

ރިކޮގްނިށަނުގެ މަރުހަލާ ހިންގުމަށް ޓަކައި އައްޔަނުކުރެވޭ ހާއްސަ ކޮންމެ ރިކޮގްނިށަން ޕެނަލަކަށް، އެ ޕެނަލެއްގެ މަސައްކަތްތައް ހިންގާނެ ގޮތް ކަނޑައެޅުމުގެ ކޮންމެ ވެސް މިންވަރެއްގެ އިހްތިޔާރުތަކެއް ލިބިގެންވެއެވެ. 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ ރިކޮގްނިށަން ޕެނަލެއްގެ މައިގަނޑު ބާރުތަކެވެ. އޭގެ ތެރޭގައި ސައިޓުތަކަށް ޒިޔާރަތްކޮށް އިވެލުއޭޓުކުރުމުގެ ބާރުވެސް ހިމެނެއެވެ. ސައިޓުތަކަށް ޒިޔާރަތްކުރުމަކީ ރިކޮގްނިށަން ޕެނަލުގެ އިހްތިޔާރުގައިވާ ކަމެކެވެ. ނަމަވެސް، ސައިޓަށް ޒިޔާރަތްކުރުމަކީ ބާ ކައުންސިލަށާއި، އެކްރެޑިޓޭށަނަށް އެދޭ މަރުކަޒުގެ ގިނަ އަދަދެއްގެ ވަސީލަތްތައް ބޭނުންވާ ކަމެކެވެ. 12 ވަނަ މާއްދާގެ ބޭނުމަކީ، ބުނެވިދިޔަ ވަސީލަތްތައް ބޭނުންކުރެވެނީ އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަދު ހާލަތްތަކެއްގައި އެކަނިކަން 
ކަށަވަރުކުރުމެވެ.

 

16 ވަނަ މާއްދާ

ށަރުތުތަކާއި ލަފާ، މި ލަފުޒުތަކަށް ދީފައިވާނީ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނަކުރުމެވެ. ފުލް ރިކޮގްނިށަނުގެ ދަރަޖަ ދިނުމުގެ ކުރިން ށަރުތުތައް ފުރިހަމަވާންވާނެއެވެ. ކުރިމަތިކޮށްފައިވާ ށަރުތެއް އެކަށީގެންވާ ގޮތެއްގައި، ޕްރޮވިށަނަލް ރިކޮގްނިށަން ހުއްދަކުރެވުނު ވަގުތުގައި ފުރިހަމަކުރެވޭނަމ،ަ ށަރުތުތަކެއް ކުރިމަތިކުރުމަކީ ޕްރޮވިށަނަލް ރިކޮގްނިށަނަށް އޮތް ހުރަހެއް ނޫނެވެ. ށަރުތުތައް ފުރިހަމަކުރުމަށް ކަނޑައެޅޭ ވަކި ތާރީހެއް، ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް ދޭންވާނެއެވެ.

ލަފަޔަކީ އެއަށް އަމަލުކުރުން ލާޒިމު އެއްޗެއް ނޫނެވެ. ލަފާ ދެވޭ ކަންކަމަކީ، ގާނޫނީ ތައުލީމުގެ ފެންވަރު މަތިކުރުމާ ގުޅުންހުރި ކަންކަމެވެ. ނަމަވެސް، ށަރުތެއް ކުރިމަތިކުރުމަށް އެކަށީގެންވާ މިންވަރަށް މިންގަނޑުތަކަށް އަސަރުނުކުރާ ކަންކަމެވެ. ލަފަޔާ އެއްގޮތަށް އަމަލުކުރުން ލާޒިމު ނުވިނަމަވެސް، ރިކޮގްނައިޒްކޮށްފައިވާ ފަރާތެއްގެ މިންގަނޑުތަކާއި އަމަލުތައް ފަހުން ވަޒަންކުރުމުގައި، ލަފަޔަކާ އެއްގޮތަށް އަމަލުނުކުރުމަކީ، ބާ ކައުންސިލުން ބުރަދަން ދޭނެ ކަމެކެވެ.

ޕެނަލަކުން ށަރުތުތަކެއް ކުރިމަތިކުރާންވާނީ، އެ ޕެނަލުގެ ނަޒަރުގައި ރަސްމީ މިންގަނޑުތަކާއި ނުވަތަ އުސޫލުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން، ނުވަތަ ދަރިވަރުންނަށް ފޯރުކޮށްދެވޭ ގާނޫނީ ތައުލީމާއި ތަޖުރިބާގެ ފެންވަރާމެދު ސާފުކޮށް ފެންނަން ހުރި ހިރާސްތަކެއް ހުރުމުންނެވެ. ޕެނަލްތަކުން، މަރުކަޒުތަކުން ފޯރުކޮށްދޭ ފަރާތްތަކުގެ މައްޗަށް ށަރުތުތަކެއް ކުރިމަތިކުރަން ޖެހޭނެކަމަށް ގަބޫލުކުރެވޭ ފަދައަކުން މި ގަވާއިދު މާނަކޮށްގެން ނުވާނެއެވެ.

 

17 ވަނަ މާއްދާ

17 ވަނަ މާއްދާގެ ގެ ދަށުން، ރިކޮގްނައިޒްކުރުމަކީ އެންމެ ފަހަރަކު ހިނގާ މަރުހަލާއެކެވެ. ރިކޮގްނިށަން ހަމައެކަނި ސަބްޖެކްޓުކުރެވޭނީ، 30 ވަނަ މާއްދާގެ ދަށުން ފާހަގަކޮށްފައިވާ ވަކި ހާލަތްތަކެއް ނުވަތަ ހިރާސްތަކެއް ކުރިމަތިވުމުން މުރާޖާކޮށް، ހިފަހައްޓައި ނުވަތަ އުނިކުރުމަށް؛ ނުވަތަ މަތީ ތައުލީމުދޭ މަރުކަޒުން ގާނޫނީ ތައުލީމުގެ ޕްރޮގްރާމުތައް ކިޔަވައިދިނުން ހުއްޓައިލުމުން ނުވަތަ އެމ.ްކިޔ.ުއޭ އެކްރެޑިޓޭށަން ލިބިފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި ހާލަތެއް މެދުވެރިވެއްޖެނަމ،ަ އުނިކުރުމަށެވެ. މީގެ ބޭނުމަކީ، ރިކޮގްނިށަނުގެ ށަރުތުތައް ފުރިހަމަކުރުމަށް ހިދުމަތްދޭ ފަރާތަށް އޮންނަ ބުރައަކީ ހަމަހަމ،ަ އަދި ރިސްކް ބޭސްޑް މަރުހަލާއެއްކަން ކަށަވަރުކުރުމެވެ.

ހުށަހެޅުމެއް ބަލައިނުގަތުމަށް ރިކޮގްނިށަން ޕެނަލުން ލަފާދީފިނަމ،ަ އެންމެ ފަހުގެ ނިންމުން ނިންމަނީ ގާނޫނީ ތައުލީމު ކޮމިޓީން ޕެނަލުގެ ލަފާ ފަރުވާތެރިކަމާއެކު މުރާޖާކުރުމަށްފަހުކަމާއި، އަދި ރައްދުވާ މަރުކަޒަށް އެގްޒެކެޓިވް ކޮމިޓީގެ ކުރިމަތީގައި އެންމެ ފަހު ފަހަރަށް ދިފާއުވުމުގެ ފުރުސަތު ލިބިދެވޭކަން ކަށަވަރުކުރުމަށް ޓަކައި މި މާއްދާގައި ބަޔާންކޮށްފައިވާ އެޑްވަރސް ރިޕޯޓުގެ މަރުހަލާ ތަންފީޒުކުރަންވާނެއެވެ. އެފަދަ ހާލަތްތަކުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ އެގްޒެކެޓިވް ކޮމިޓީންނެވެ. އަދި އެގްޒެކެޓިވް 
ކޮމިޓީން، ގާނޫނީ ތައުލީމު ކޮމިޓީގެ ލަފަޔަށް ކޮންމެހެން ތަބާވާކަށް ނުޖެހޭނެއެވެ.

 

4 ވަނަ ބައި

މި ގަވާއިދުގެ 4 ވަނަ ބައިގައި ތަފުސީލުކޮށް ބަޔާންކޮށްފައި އެވަނީ، ރިކޮގްނައިޒްކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒުތަކާއި، އެ ފަރާތްތަކުގެ ބެލެނިވެރި މަރުކަޒުތަކުގެ މަސްއޫލިއްޔަތުތަކެވެ. ކަނޑައެޅިފައިވާ މުއްދަތުތަކެއްގައި ރިޕޯޓުކުރުމާއި، މައުލޫމާތު ދޭންޖެހޭ ހާލަ ތްތައް ހާމަކުރުންފަދަ މަސްއޫލިއްޔަތުތަކަކީ މި ގަވާއިދު އެމައްޗަށް ބިނާވާ ހިރާހަށް ބެލުމުގެ އޮނިގަނޑަށް ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެކެވެ. އަދި ރެގިއުލޭޓުކުރުމުގެ ބުރައަކީ އެކަމާ ގުޅޭ ހިރާސްތަކާ ތިލަފަތް ހަމަކުރެވޭ އެއްޗެއްކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތަށް ވެސް މެއެވެ.

4 ވަނަ ބައިގެ ދަށުން، ރިޕޯޓުކުރުމުގެ ބުރ،ަ ވަރަށް ވަރުގަދައަށް އޮންނަނީ، މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މައްޗަށެވެ. ރިޕޯޓު ނުކުރުމަކީ ވެސް މަސްއޫލިއްޔަތާ ހިލާފުވުންކަމަށާއި، އެއީ ބާ ކައުންސިލުން ސީރިއަސްކޮށް ބަލާނެ ކަމެކެވެ.

ކިޔަވައިދިނުން ހުއްޓައިލުމާއި، ރިކޮގްނިށަން ނިމުމަކަށް ގެނައުން، އަދި ޓީޗ-ްއައުޓްތަކާ ގުޅޭ އުސޫލުތަކަކީ، ދަރިވަރުން ޕްރޮގްރާމުތަކުގައި ކިޔަވަމުން ދިއުން ހުއްޓައިނުލައި ކުރިޔަށް ގެންދެވޭނެ ގޮތަށް އިސްކަންދ،ީ ދަރިވަރުންގެ ހަގީގީ މަސްލަހަތު އިސްކުރުމަށް ޓަކައި އެކުލަވައިލެވިފައިވާ އުސޫލުތަކެކެވެ. މިގޮތުން، ދަރިވަރުންގެ މަސްލަހަތުތައް ވީހާވެސް ބޮޑަށް ރައްކައުތެރިކުރުން މުހިންމެވެ. ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ މުއްދަތުތަކާއި، ކޮންޓިންޖެންސީ (ޓީޗ-ްއައުޓް) ޕްލޭނެއް ނެތި ހިދުމަތް ދިނުން ހުއްޓުވައިލުމަށް، ބާ ކައުންސިލަށާއި، މަތީ ތައުލީމުދޭ މަރުކަޒަށް ހުރި ހުރަސްތަކުން ވެސް މިކަން ދޭހަވެއެވެ.

 

20 ވަނަ މާއްދާ

20 ވަނަ މާއްދާގެ އަސާސީ މަގުސަދަކީ، އެނގިފައިވާ ހިރާސްތައް މަދުކުރުމަށް ނުވަތަ ނައްތައިލުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު ބާ ކައުންސިލާއި، ހިދުމަތްދޭ ފަރާތާ ދެމެދު އެއްބަސްވުމަކަށް އައުމަށް ބާރު އެޅުމެވެ. 5 ވަނަ ބައިގެ ދަށުން އަދަބު ދިނުމަކީ ހިރާސް ކުޑަކުރުމާ އަ ޅައިބަލާއިރ،ު ސާނަވީ ކަމެކެވެ.

29 ވަނަ ނަންބަރުގެ ބޭނުމަކީ މިހާރު އަމަލުކުރެވެމުންދާ އުސޫލުތައް ރަސްމީކޮށް ބަލައިގަތުމެވެ. އެމ.ްކިޔ.ުއޭ އިން މިހާރުވެސް ށަރުތުކުރާ ކަންކަމުގެ އިތުރުން ކަންތައްތަކެއް ށަރުތުކުރުމަށް މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މައްޗަށް ލާޒިމުކުރުމެއް ނޫނެވެ.

 

30 ވަނަ މާއްދާ

އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޭތެރެ ދޭތެރެއިން ޕްރޮގްރާމުތަކަށް ދަރިވަރުން  ރެކްރޫޓުކުރުން މަޑުޖައްސައިލަން ޖެހިދާނެކަމަށް ބެލެވެއެވެ. 30 ވަނަ މާއްދާގެ ދަށުން މަޑުޖައްސައިލުން ބަލައިގަނެވޭނީ، ހަމައެކަނި  މެދުކެނޑުމެއްނެތި 2 (ދޭއް) އަހަރުދުވަހަށް ދަރިވަރުން ރެކްރޫޓުކުރުން މަޑުޖައްސައިލާނަމައެވެ. ސަބަބަކީ، މަޑުޖައްސައިލެވުނު ޕްރޮގްރާމް އަލުން ފަށައި ހިންގުމަށް ޓަކައި ހިދުމަތްދޭ ފަރާތުގައި ހުރި ގާބިލުކަމާމެދު ސުވާލު އުފެދޭނީ ދިގު މުއްދަތަކަށް  ރެކްރޫޓުކުރުން މަޑުޖައްސައިލުމުން ކަމަށްވާތީއެވެ.

 

5 ވަނަ ބައި

އަދަބު ކަނޑައެޅުމަކީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ކުރަންޖެހޭނެ ކަމެކެވެ. އަދަބާ ބެހޭ މާއްދާތައް ލިޔެފައި އެވަނީ "އިދާރީ" ހިލާފުތައް ނުވަތަ ރަސްމީ ހިލާފުތަކާއި މައުޒޫއީގޮތުން ސީރިއަސް މައްސަލަތަކާ ތަފާތުކުރުމުގެ ބޭނުމުގައެވެ. އަދި އެއްވެސް އަދަބަކީ ހެކީގެ މައްޗަށް ބިނާކޮށް، އެހެން އެއްވެސް ގޮތަކުން ހައްލު ނުވުމުން ނޫންގޮތަކަށް ނުދެވޭނެ އެއްޗެއްކަން ކަށަވަރު ކުރުމަށެވެ. މިސާލަކަށް، ރިކޮގްނިށަން ނިމުމަކަށް ގެނައުން، ނުވަތަ މަޑުޖައްސައިލުމަކީ ވަރަށް ސީރިއަސް އަދަބެކެވެ. އެފަދަ އަދަބެއް ދިނުމަށް ވިސްނަންވާނީ އެހެން އެއްވެސް ގޮތެއް ނެތްނަމައެވެ.

ގަވާއިދު ފަރުމާކޮށްފައި އެވަނީ، އަދަބެއް ދިނުމަށް ބާ ކައުންސިލުން ވިސްނަމުންދާނަމ،ަ މަތީ ތައުލީމުދޭ މަރުކަޒުތަކަށް އެކަން  އެނގޭނެކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ. އަދި އަމިއްލަ ދިފާ އުގައި ބަސްބުނުމުގެ ފުރުސަތު ލިބިދެވޭ ގޮތަށެވެ. ނަމަވެސް  މި މަރުހަލާތަކަކީ ވަރަށް ރެގިއުލޭޓަރީ މަރުހަލާތަކެކެވެ. އަދި މަރުހަލާތައް މާ ބޮޑަށް "ގާނޫނީވެގެން ހިނގައިދާނެކަމަށް" ބަލައިފައެއް  ނުވާނެއެވެ. ބާ ކައުންސިލުން، ނުވަތަ އެ ތަނުގެ އޮފިސަރުން ނުވަތަ އެ ތަނުގެ މުވައްޒަފުން ބާރުގެ ބޭނުން ނަހަމަގޮތުގައި  ހިފާކަމުގެ ތުހުމަތުތަކަށް ދެވޭނެ ގާނޫނީ ފަރުވ،ާ މި ގަވާއިދުގެ އޮނިގަނޑުން ބޭރުން ލިބިދެވިދާނެއެވެ. އަދި މި ގަވާއިދުގެ އެއްވެސް  މާއްދާއަކީ ކޯޓުތަކުގެ އިހްތިސާސް ނުހިނގާނެގޮތަށް މާނަކުރެވިދާނެ މާއްދާއެއް ނޫނެވެ.

ގާނޫނީ ތައުލީމު ކޮމިޓީއާއި އެގްޒެކެޓިވް ކޮމިޓީގެ މެދުގައި މަސްއޫލިއްޔަތުތައް ބަހައިލައިފައި އެވަނީ، ތަބީއީ އިންސާފުގެ ހަމަތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަށްޓަކައެވެ. އެއިން ދޭހަކޮށްދެނީ، ތަހު ގީގީ ބާރުތަކާއި ގޮތް ނިންމާ ބާރުތައް ވަކިކުރެވިފައިވާ ގޮތެވެ.

 

ޖަދުވަލު 2 ގައިވާ ތާވަލު ފުރިހަމަކޮށްފައިވާ ގޮތުގެ މިސާލު

މި ތާވަލުގެ ބޭނުމަކީ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަށް މަތީ ތައުލީމުދޭ މަރުކަޒުން އަމަލުކުރާކަން ސާފުކޮށް ދައްކައިދިނުމެވެ. ތާވަލުގައި އެވަނީ، ށަރުތު ފުރިހަމަވާ ގާނޫނީ ޑިގްރީއެއްގައި އެންމެ ދަށްވެގެން ހުންނާންވާނެ މިންގަނޑެވެ. އެންމެ ދަށްވެގެން ހުންނަންވާނެ އެހެނިހެން މިންގަނޑުތައް އެކުލަވައި ލެވުމުން، އިތުރު ތާވަލުތައް ތަރައްގީކުރެވިދާނެއެވެ. ރިކޮގްނިށަނަށް އެދި ހުށަހަޅާ ފަރާތަކުން، އެ ހުށަހެޅުން ހުށަހަޅާ ވަގުތު އެ ތަނުން ފޯރުކޮށްދޭ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑު އޭގެ މައްޗަށް ހިނގާ ކޮންމެ ޕްރޮގްރާމަކާ ގުޅޭގޮތުން އިކުއިވަލެންސް ތާވަލެއް ފުރިހަމަކުރަންވާނެއެވެ.

މިއީ ހަމައެކަނި މިސާލެކެވެ. މިއީ އެންމެ ދަށް މިންގަނޑަށް ތަބާވެވޭނެ ހަމައެކަނި ގޮތެއް ނޫނެވެ. އަދި އެންމެ އެކަށީގެންވާ ގޮތް  ކަމުގައި ކަނޑައެޅިފައިވާ ގޮތެއް ވެސް ނޫނެވެ. މިސާލަކަށް، މި މިސާލުގައި ކޮންމެ މާއްދާއަކަށް 15 (ފަނަރަ) ކްރެޑިޓުގެ ބުރަދަނެއް
ދީފައި، މާއްދާތައް ޔުނިޓުތަކަކަށް އެވަނީ ބަހައިފައެވެ. މީގެ މާނައަކީ، އާންމުކޮށް މާއްދާއަކަށް އޮންނަ 12 (ބާރަ) ކްރެޑިޓުގެ މިންގަނޑަށްވުރެ މަތީ ބުރަދަނެއް، ތައުލީމީ ހިދުމަތްދޭ ތަނަކުން ދޭންޖެހޭނެކަމަށް ގަބޫލުކުރުމެއް ނޫނެވެ. (އެންމެ ދަށް މިންގަނޑުގައި، ޖުމުލަ ކްރެޑިޓަކީ 180 (އެއްސަތޭކަ އައްޑިހަ) ކްރެޑިޓް ޕޮއިންޓް ނުވަތަ އެއަށްވުރެ ގިނަ ނަމަ ފުދެއެވެ. ކޮންމެ ޕީ.ކޭ.އޭ. އަކަށް ހަރުކަށި ކްރެޑިޓުގެ ށަރުތެއް ނެތެވެ.)

މި ކަމަށް ބޭނުންވާ މައުލޫމާތަކީ ހަމައެކަނި ފެކްޗުއަލް މައުލޫމާތެވެ. އަދި ގިނަ ހާލަތްތަކުގައި އެ މައުލޫމާތުތައް ފުރިހަމަކުރުމަށް  ގިނަ ވަގުތުތަކެއް ނުނަގާނެއެވެ. ކަނޑައެޅިފައިވާ ކްރެޑިޓް ބަޔާންކޮށްފައިވާ ކޮލަމަކީ، އެ މާއްދާއަކުން ކޮންމެ ޕީ.ކޭ.އޭ. އަކަށް ގުނާނެ  ކްރެޑިޓްގެ އަދަދު ބަޔާންކުރުމަށް އޮންނަ ކޮލަމެކެވެ. އެއް މާއްދާއަށް ވުރެ ގިނަ މާއްދާއިން ޕީ.ކޭ.އޭ. ނަގާކަމަށް މަތީ ތައުލީމުދޭ  މަރުކަޒަކުން ބުނާނަމަ މީގެ ބޭނުން އިތުރުވެއެވެ.

އިކުއިވަލެންސް ތާވަލުގެ ނަމޫނާ 

ކޮލިފައިން ލޯ ޑިގްރީ 

ޕީ.ކޭ.އޭ (ކަނޑައެޅިފައިވާ އި ލްމުގެ ދާއިރާ)

އެއްހަމަ މޮޑިއުލް )(ތައް) 

 (ކްރެޑި ޓު ގެ އަދަދު)

ޕީ.ކޭ.އޭ. އަށް 

ކަނޑައަޅައިފައިވާ 

ކްރެޑިޓް 

އޮޅުންފިލުވައި ދިނުމުގެ ނޯޓު 

ކޮންޓްރެކްޓް ލޯ 
(ދެ މާއްދާ)

ލޯ އޮފް ކޮންޓްރެކްޓް 1 (15)

ލޯ އޮފް ކޮންޓްރެކްޓް 2 (15) 

15

15

 
ކޮންސްޓިޓިއުށަނަލް ލޯ 

ކޮންސްޓިޓިއުށަނަލް އެންޑް 

އެޑްމިނިސްޓްރޭޓިވް ލޯ (15) 

12

 

 
ކޮމްޕެނީ ލޯ  ކޮމްޕެނީ ލޯ (15)  15  
ކްރިމިނަލް  ލޯ ކްރިމިނަލް ލޯ (15)  15  
އިސްލާމިކް ކްރިމިނަލް ލޯ  އިސްލާމިކް ކްރިމިނަލް ލޯ (15)  15  
އިސްލާމިކް ފެމިލީ ލޯއާއި ތަރިކަ 

އިސްލާމިކް ފެމިލީ ލޯ (15) 

ށަރީއާގައި ތަރިކައާއި ވަސިއްޔަތް (15)

15

 

 
ޖުރިސްޕްރޫޑެންސްގެ ތައާރުފެއް  އިންޓްރޮޑަކްށަން ޓު ލީގަލް ތިއަރީ (15)  15  
ގާނޫނީ ވަކީލުންގެ ސުލޫކު ލީގަލް  ސްކިލްސް އެންޑް ޕްރެކްޓިސް (30) 12  
ޕްރިންސިޕަލްސް އޮފް އިސްލާމިކް ޖުރިސްޕްރޫޑެންސް 
(ދެ މާއްދާ) 

ޕްރިލްސިޕަލްސް އޮފް އިސްލާމިކް 
ޖުރިސްޕްރޫޑެންސް 1

ޕްރިލްސިޕަލްސް އޮފް އިސްލާމިކް 
ޖުރިސްޕްރޫޑެންސް 2

15

 

15

 
ޕްރޮޕަރޓީ ލޯ (ދެ މާއްދާ)

ލޯ އޮފް ޓްރަސްޓްސް (15)

ޕްރޮޕަރޓީ ލޯ (15)

15

15

 
ޓޯޓް ލޯ  ލޯ އޮފް ޓޯޓް (15) 15  
އިންޓްރޮޑަކްށަން 
ޓު ދަ މޯލްޑިވިއަން ލީގަލް 
ސިސްޓަމް
(މާއްދާއެއްގެ ބައިކުޅަބައި)
މޯލްޑިވިއަން ލީގަލް ސިސްޓަމް (15) 8 މި ޕީ.ކޭ.އޭ ކިޔަވައިދޭނީ ކޮމަން 
ލޯ ލީގަލް މެތަޑާ އެއް މާއްދާއެއް 
ގޮތަށެވެ.
ކޮމަން ލޯ ލީގަލް މެތަޑް އެންޑް 
ރީޒަނިންގ
(މާއްދާއެއްގެ ބައިކުޅަބައި)
މޯލްޑިވިއަން ލީގަލް ސިސްޓަމް (15) 7  
ޕީ.ކޭ.އޭ. އަށް ކަނޑައަޅައިފައިވާ ޖުމުލަ ކްރެޑިޓް 
(180 އަށްވުރެ މަދުނޫން)
  234  

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު