ގާނޫނީ ރަދީފު
"ޓްރައުމާ އިންފޯމްޑް ނަޒަރިއްޔާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ ށިކާރައަކަށްވާ ފަރާތަށް ލިބޭ އަނިޔާތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ އަސަރު ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ނަޒަރިއްޔާއަށެވެ.

"ޓްރަސްޓް ޑީޑް" ކަމަށް ބުނެފައި އެވަނީ، ސުކޫކް ހޯލްޑަރުންގެ ފަރާތުން ސުކޫކް ޓްރަސްޓީއެއްގެ ގޮތުގައި ވަކިފަރާތެއް އައްޔަންކުރުމަށް ކަނޑައެޅޭ ލިޔުމަށެވެ. މިލިޔުމުގައި ޓްރަސްޓީގެ ގޮތުގައި އައްޔަންކުރެވޭ ފަރާތުގެ ޒިންމާތައް ބަޔާންކޮށްފައި އޮންނާނެއެވެ.
"ޓްރަސްޓްގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔާއި، އިލެކްޓްރޯނިކް ޓައިމް ސްޓ މްޕާއި، އިލެކްޓްރޯނިކް ރަޖިސްޓަރޑް ޑެލިވަރީއާއި، އިލެކްޓްރޯނިކް އާކައިވްކުރުން ހިމެނޭ ގޮތުން، ޑޭޓާގެ ފެންވަރުގެގޮތުން އެކަށީގެންވާ މިންވަރަކަށް ބަރޯސާވެވޭނެ އިލެކްޓްރޯނިކް ހިދުމަތަކަށެވެ.
"ޓްރަސްޓްގެ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔާގުޅޭ ސެޓިފިކެޓު ދޫކުރުން އަދި ބެލެހެއްޓުން ހިމެނޭ ގޮތަށް، ޓްރަސްޓްގެ ހިދުމަތެއް ނުވަތަ ޓްރަސްޓްގެ އެއް ހިދުމަތަށްވުރެ ގިނަ ހިދުމަތްދޭ ފަރާތަކަށެވެ.
"ޓްރާންސިށަނަލް ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، ތައުލީމާ ބެހޭ ގަވާޢިދު (ގަވާއިދު ނަންބަރު 2024-35) އަށް އަމަލުކުރަން ފެށި ތާރީހުގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހުއްދަކުރާ ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް ހިންގާ މަރުކަޒަކުން، ތައުލީމާ ބެހޭ ގަވާޢިދު (ގަވާއިދު ނަންބަރު 2024-35) ގެ 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތީން، އެ ގަވާއިދަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ރިކޮގްނިށަނަށް އެދި ހުށަހަޅެޅުމުން، އެ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް އެ މަރުކަޒަކަށް ބާ ކައުންސިލުން ދޭ ޓްރާންސިށަނަލް ރިކޮގްނިށެވެ.
"ޓްރާންސްފަރ ޕްރައިސިންގ މެތަޑް" ކަމަށް ބުނެފައި އެވަނީ، އާމްސް ލެންތު އަގު ކަނޑައެޅުމަށް ބޭނުންކުރާ އަންނަނިވި މެތަޑްތަކުގެ ތެރެއިން މެތަޑަކަށެވެ.
- "ކޮމްޕްރަބަލް އަންކޮންޓްރޯލްޑް ޕްރައިސް (ކަޕް) މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިން އަގު، އަޅައިކިއޭ ހާލަތެއްގައި އެކަމަކު ކޮންޓްރޯލް ނެތް މުއާމަލާތެއްގައި ދެވޭނެ އަގާ އަޅާކިއާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް؛
- "ކޯސްޓް ޕްލަސް މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި، މުދަލެއް ނުވަތަ ހިދުމަތެއް ދިނުމަށް ހިނގި ހަރަދުތަކުގެ މައުލޫމާތު ބޭނުންކުރާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް. މި މެތަޑުގައި، ފަންކްށަންތަކާއި މާކެޓް ކަންޑިށަންތަކަށް ބިނާކޮށް (ބޭނުންކުރި އެސެޓްތަކާއި ނެގި ރިސްކްތަކަށް ބަލައިގެން) އެކަށީގެންވާ ފައިދާއެއް އިތުރުކުރާނީ ހިނގި ހަރަދަށް މިންވަރެއް (މާކް-އަޕް) އިތުރުކޮށްގެންނެވެ. ކޮންޓްރޯލް އޮތް މުއާމަލާތަކަށް، މިގޮތަށް މިންވަރެއް އިތުރުކޮށްގެން އަންނަ އަދަދަކީ، އެ މުއާމަލާތުގެ އާމްސް ލެންތު އަގެއް ކަމުގައި ބެލިދާނެއެވެ.
- "ރީސޭލް ޕްރައިސް މެތަޑް": ގުޅުންހުރި ފަރާތެއްގެ އަތުން ގަތް މުދަލެއް، ގުޅުން ނެތް ފަރާތަކަށް ވިއްކާ އަގު އަސާސްއަކަށް ބަލާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް. މި މެތަޑުގައި، ގުޅުން ނެތް ފަރާތަށް ވިއްކާ އަގުން، "ރީސޭލް ޕްރައިސް މާޖިން " އަދި އެ މުދަލެއް ގަތުމަށް ހިނގި އެހެނިހެން ހަރަދުތައް (މިސާލަކަށް، ކަސްޓަމް ޑިއުޓީ) އުނިކުރުމުން އޮންނަ އަދަދަކީ، ގުޅުންހުރި ފަރާތުން އެ މުދަލެއް ގަތުމަށް ކުރި މުއާމަލާތުގެ އާމްސް ލެންތު އަގެއް ކަމުގައި ބެލިދާނެއެވެ.
- "ޕްރޮފިޓް ސްޕްލިޓް މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި،ގުޅުންހުރި ފަރާތްތަކުގެ މެދުގައި ބަހައިލާނެ ޖުމްލަ ފައިދާ ކަނޑައަޅައި، އަދި އިގްތިސާދީގޮތުން އެކަށީގެންވާ އަސާސަކަށް ބިނާކޮށް (އާމްސް ލެންތު އެއްބަސްވުމެއްގައި ވެސް އެ ފައިދާ ބެހުމަށް ކަނޑައަޅާނެ މިންވަރުކަމަށް އަންދާޒާކުރެވޭ މިންވަރަށް) އެ ފައިދާ ބަހައިލެވޭ ޓްރާންޒެކްށަނަލް ޕްރޮފިޓް މެތަޑް.
- "ޓްރާންޒެކްށަނަލް ނެޓް މާޖިން މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި، އެކަށީގެންވާ އަސާސަކަށް ބިނާކޮށް (މިސާލަކަށް، ހަރަދު، ސޭލްސް، އެސެޓްތައް)، ޓެކްސް ދައްކާ ފަރާތަށް ލިބޭ ނެޓް ޕްރޮފިޓް މާޖިން ބަލާ ޓްރާންޒެކްށަނަލް ޕްރޮފިޓް މެތަޑް.
- "އަދަރ ސަޗް މެތަޑް": ދެއްކި އަގު ނުވަތަ ދައްކަންޖެހޭ އަގު، ގުޅުން ނެތް ފަރާތްތަކެއްގެ މެދުގައި ހަމަ އެފަދަ ހާލަތެއްގައި، ރިއާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އެފަދަ މުއާމަލާތެއްގައި ދައްކާނެ ނުވަތަ ދައްކަންޖެހޭނެ އަގަށް ރިއާޔަތް ކުރެވޭ، މީރާއިން ހުއްދަކުރާ ކޮންމެ މެތަޑެއް.
"ޓްރާންސްޕޯޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް ހުއްދަ ދިނުމާއި، ބަހުގެ ހިދުމަތް ދިނުމުގެ އުސޫލުތައް ކަނޑައަޅައި ގަވާއިދު ނަންބަރު 1/2016 ("އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު") ހިންގުމާ ހަވާލުވެފައިވާ ސަރުކާރުގެ އިދާރާކަމަށްވާ "ޓްރާންސްޕޯ އޮތޯރިޓީ" އަށެވެ.