ޓްރާންސިށަނަލް ރިކޮގްނިށަން (ގާނޫނީ ފަންނާއި ގުޅޭ)
"ޓްރާންސިށަނަލް ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، ތައުލީމާ ބެހޭ ގަވާޢިދު (ގަވާއިދު ނަންބަރު 2024-35) އަށް އަމަލުކުރަން ފެށި ތާރީހުގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހުއްދަކުރާ ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް ހިންގާ މަރުކަޒަކުން، ތައުލީމާ ބެހޭ ގަވާޢިދު (ގަވާއިދު ނަންބަރު 2024-35) ގެ 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތީން، އެ ގަވާއިދަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ރިކޮގްނިށަނަށް އެދި ހުށަހަޅެޅުމުން، އެ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް އެ މަރުކަޒަކަށް ބާ ކައުންސިލުން ދޭ ޓްރާންސިށަނަލް ރިކޮގްނިށެވެ.