ދަރަނި (ދައުލަތުގެ)
"ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުން މުސްތަގުބަލުގައި މާލީ ޒިންމާ އުފުލާ ދަރަނީގެ ޕްރިންސިޕަލް އަދި/ނުވަތަ އިންޓްރެސްޓް ދައްކަންޖެހޭ މާލީ އިލްތިޒާމުތަކުގެ ތެރެއިން، ދަރަނީގެ އިންސްޓްރުމަންޓްތަކަށެވެ. ދަރަނީގެ އިންސްޓްރުމަންޓްތަކުގެ ތެރޭގައި މަނިޓަރީ ގޯލްޑާއި ސްޕެށަލް ޑްރޯވިންގ ރައިޓްސްއާއި، ކަރަންސީއާއި ޑިޕޮސިޓާއި، ޑެޓް ސެކިއުރިޓީއާއި، ލޯނާއި، އިންށުއަރަންސާއި ޕެންށަނާއި ސްޓޭންޑަޑައިޒްޑް ގެރެންޓީ ސްކީމާއި، އެކައުންޓްސް ޕޭޔަބަލްސްއާއި ރިސީވަބަލްސް ހިމެނެއެވެ.