-

ދަނޑުވެރިކަން

"ދަނޑުވެރިކަން" ކަމަށް ބުނެފައި އެވަނީ، ކެއުމަށްޓަކައި ބޭނުންކުރާ ގޮވާމާއި ތަރުކާރީއާއި މޭވާއާއި ގަސްގަހުން ލިބޭ އެހެނިހެން ތަކެތި ހެއްދުމާއި، ދަނޑުބިންތަކާއި، މީހުން ދިރިއުޅޭ ގޯތިތަކާއި، ދަނޑުވެރިކަމުގެ މަސައްކަތަށް ހާއްސަކޮށްގެން ހަދާފައިވާ ހިޔާވަހިތަކުގައި ގޮވާމާއި، މޭވާއާއި، ތަރުކާރީއާއި، ފަތްޕިލާވެއްޔާއި، މަށްރޫމް އަދި ގަސްފަދަ ބާވަތްތައް އިންދައި ހެއްދުމާއި، މަހާއި ބިހުގެ ބޭނުމަށް ޖަނަވާރު ގެންގުޅެ ބޮޑުކުރުމާއި، އެކުއަކަލްޗަރކުރުން ފަދަ ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކުރުން ހިމެނޭގޮތުންނެވެ. މި މާނައިގައި ދަނޑުވެރިކަމުގެ ބޭނުންތަކަށާއި އެކަމާ ގުޅުންހުރި ކަންކަމަށް ހެދިފައިވާ އިމާރާތްތައްވެސް ހިމެނޭގޮތުންނެވެ.