ގާނޫނީ ރަދީފު
"އަތޮޅުގެ އާބާދީ" ނުވަތަ "ރަށުގެ އާބާދީ" ކަމަށް ބުނެފައި އެވަނީ، އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ދިރިއުޅޭ އާބާދީއަށެވެ.
"އަލުން ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ތެރޭގައި ހިމެނޭ ތަކެތީގެ މާއްދީ ސިފަތަކަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި، އެ ތަކެތި ކުރިން ބޭނުންކުރި ކަމަކަށް ނުވަތަ އެހެން ކަމަކަށް ބޭނުންކުރުމަށެވެ.
"އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ އަންނަނިވި ށަރުތުތައް ފުރިހަމަވާ ކޮންސްޓިޓުއެންޓް އެންޓިޓީތަކަށެވެ.
- ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގައި އެ ފަރާތެއްގެ މަސްލަހަތު އެކަށީގެންވާ މިންވަރަށް އޮތުމުގެ ސަބަބުން، ޓެކްސްގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި އާންމުކޮށް ހިސާބު ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގގެ ހަމަތަކުގެ ދަށުން ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަކަށް ލާޒިމުވުން ނުވަތަ އެ ފަރާތުގެ އިކުއިޓީ އިންޓްރެސްޓް، ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގެ ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަށް ލާޒިމުވުން؛ އަދި
- ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ފުރަތަމަ ބަޔާންކުރެވުނު ކޮންސްޓިޓުއެންޓް އެންޓިޓީގައި މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މަސްލަހަތެއް އޮތް އެހެން އެއްވެސް ކޮންސްޓިޓުއެންޓް އެންޓިޓީއެއް އެމް.އެން.އީ ގުރޫޕުގައި ނެތުން.
"އަސަރު" ކަމަށް ބުނެފައި އެވަނީ، މަށްރޫއެއްގެ ސަބަބުން ގުދުރަތީ ވެށްޓަށް އަންނަ ބަދަލަށެވެ. މީގެތެރޭގައި އިނގިރޭސި ބަހުން "އިމްޕެކްޓް" އާއި "އިފެކްޓް" މި ދެބަސް ބޭނުން ކުރުމުން ނުކުންނަ މާނަ ހިމެނެއެވެ. އަސަރުގެ ތެރޭގައި ހިމެނެނީ، އަމަލެއްގެ ސަބަބުން ނުކުންނަ ސީދާ ނަތީޖާ، އަދި އަމަލަކުން ނުވަތަ އަމަލުތަކަކުން ނުކުންނަ ނުސީދާ ނަތީޖާ. އެ އަމަލެއްގެ ސަބަބުން މަށްރޫއު ހިންގާ ސަރަހައްދާ ދުރު ހިސާބުތަކަށް ކޮށްފާނޭ އަސަރުތަކާއި ކުރިމަގުގައި ކޮށްފާނޭ ކަމަށް ބެލޭ އަސަރުތަކާއި އަދި މަށްރޫއު ހިންގާ ސަރަހައްދަށް ކުރިމަގުގައި ކޮށްފާނެ އަސަރުތައް މީގެ ތެރޭގައި ހިމެނެއެވެ. އަދި މީގެތެރޭގައި އެ އަމަލެއްގެ ސަބަބުން ހެދިބޮޑުވުމަށް އަސަރުކުރުމާއި އަދި ބިން ބޭނުންކުރެވެމުންދާ ގޮތަށް އަސަރުކޮށްފާނޭ ބަދަލުތަކާއި އާބާދީގެ މިންވަރާއި އިތުރުވަމުންދާ ނިސްބަތަށް އަތުވެދާނޭ ބަދަލުތަކާއި އަދި މިކަންކަމުގެ ސަބަބުން ވަޔަށާއި ފެނަށާއި އަދި އެހެންވެސް ގުދުރަތީ ނިޒާމުތަކަށާއި އިކޯސިސްޓަމްތަކަށް އަތުވެދާނޭ ބަދަލު ހިމެނެއެވެ.