ގާނޫނީ ރަދީފު
"ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހެޅޭ މަދަނީ ދައުވާއެއް ކޯޓުން ބޭރުގައި ހައްލުކުރުމަށްޓަކައި މައްސަލައިގެ ހަސްމުންގެ އެދުމުގެމަތިން އެ ހަސްމުންނަށް ދެވ ފުރުސަތަށެވެ.
"ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުން" ކަމަށް ބުނެފައި އެވަނީ، މަދަނީ ދައުވާއެއް ހުށަހެޅިފައިވާ ކޯޓަކަށް އެ ދައުވާ ބަލައި ގޮތެއް ނިންމުމުގެ އިހްތިސާސް ލިބިގެންނުވާކަމަށް ދައުވާލިބޭ ފަރާތަށް ގަބޫލުކުރެވ ހާލަތުގައި، ނުވަތަ އާންމު އުސޫލުން އެފަދަ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަކަށް ލިބިދީފައިވީނަމަވެސް، އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ހާލަތެއް ވުޖޫދުގައިވާކަމަށް ދައުވާލިބޭ ފަރާތަށް ގަބޫލުކުރެވ ހާލަތުގައި، ދައުވާލިބޭ ފަރާތުން ދައުވާއަށް ރައްދުދިނުމުގެ ބަދަލުގައި، ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުމަށެވެ.
"ކްރައިސިސް އިންޓަރވެންށަން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާއާގުޅޭ ކުއްލި ހާލަތްތަކުގައި، ގެވެށި އަނިޔާގެ ޢަމަލުގެ ށިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ ޢަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް އެހިނދުން އެހިނދަށް ނުވަތަ ކުރު މުއްދަތަކަށް ފޯރުކޮށްދޭންޖެހޭ ޖިސްމާނީ އެހީތެރިކަމަށާއި، ނަފްސާނީ އެހީތެރިކަމަށާއި، އެފަރާތްތަކުގެ ޖަޒުބާތުތަކާއި މައްސަލަތަކަށް ލުޔެއް ފޯރުކޮށްދިނުމަށް ފޯރުކޮށްދޭ އެހީތެރިކަމަށެވެ.
"ކްރިއޭށަން ޑޭޓާ" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔެއް އުފެއްދުމަށް ބޭނުންކުރާ ޑޭޓާއަށެވެ.
"ކްރޫސިންގ ޕާރމިޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުފަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވައި ބަނދަރު ކުރުމަށް ދެވޭ ހުއްދައަށެވެ.
"ކްރެޑިޓް" ކަމަށް ބުނެފައި އެވަނީ، ލޯނާއި، ފަހުގެ ތާރީހެއްގައި އަނބުރާ ދައްކަންޖެހޭ ފައިސާއާއި، އެހެންވެސް ބާވަތެއްގެ ދަރަނީގެ ވަސީލަތަށެވެ. މީގެ ތެރޭގައި އަންނަނިވި ކްރެޑިޓް ނުހިމެނޭނެއެވެ.
- މާލީ އިދާރާއަކުން އެހެން މާލީ އިދާރާއަކަށް ދޫކުރާ ކްރެޑިޓް؛
- ދިވެހި ސަރުކާރަށް، ނުވަތަ ދިވެހި ސަރުކާރުގެ އިދާރާއަކަށް، ނުވަތަ ބޭރު ގައުމެއްގެ ސަރުކާރަކަށް ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކަށް ދޫކުރާ ކްރެޑިޓް؛
- ކުންފުންޏަކުން އެ ކުންފުންޏެއްގެ ސަބްސިޑިއަރީއަކަށް ނުވަތަ ހޯލްޑިންގ ކުންފުންޏަކަށް ދޫކުރާ ކްރެޑިޓް؛
- އެ ފަރާތެއްގެ މުވައްޒަފުން ނޫން ފަރާތަކަށް ކްރެޑިޓްދޫނުކުރާ ފަރާތަކުން، އެ ފަރާތެއްގެ މުވައްޒަފުންނަށް ދޫކުރާ ކްރެޑިޓް؛
- އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ކްރެޑިޓް.