-

ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުން

"ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުން" ކަމަށް ބުނެފައި އެވަނީ، މަދަނީ ދައުވާއެއް ހުށަހެޅިފައިވާ ކޯޓަކަށް އެ ދައުވާ ބަލައި ގޮތެއް ނިންމުމުގެ އިހްތިސާސް ލިބިގެންނުވާކަމަށް ދައުވާލިބޭ ފަރާތަށް ގަބޫލުކުރެވ ހާލަތުގައި، ނުވަތަ އާންމު އުސޫލުން އެފަދަ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަކަށް ލިބިދީފައިވީނަމަވެސް، އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ހާލަތެއް ވުޖޫދުގައިވާކަމަށް ދައުވާލިބޭ ފަރާތަށް ގަބޫލުކުރެވ ހާލަތުގައި، ދައުވާލިބޭ ފަރާތުން ދައުވާއަށް ރައްދުދިނުމުގެ ބަދަލުގައި، ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުމަށެވެ.