ގާނޫނީ ރަދީފު
(ބ) ''ކޮންޓެއިނަރ އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދު'' ކަމުގައި ބުނެފައި އެވަނީ، ޓްރައިލަރ ޓްރަކް ނުވަތަ ކާގޯގެ ގޮތުގައި އެއްތަނުން އަނެއްތަނަށް މުދާ އުފުލުމަށް ހާއްސަކޮށްފައިވާ 20 (ވިހި) ފޫޓުން ފެށިގެން 40 (ސާޅީސް) ފޫޓާ ދެމެދުގެ ދިގުމިން ހުންނަ ކޮންޓެއިނަރ އުފުލާ އުޅަނދުތަކަށެވެ.
"ކޮންޓްރެކްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުމަށާއި، ހޯދޭ ހިދުމަތްތައް ލިބިދިނުމަށާއި، ތަކެތި ގަތުމަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރެވޭ ފަރާތަށެވެ.
"ކޮންޓްރެކްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުމަށާއި، ހޯދާ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ތަކެތި ގަތުމަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރާ ފަރާތަށެވެ.
"ކޮންޓްރެކްޓަރު" ނުވަތަ "އިމާރާތްކުރާ ފަރާތް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ އިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.
- އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛
- އިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛
- އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއްކަމުގައިވާ ހާލަތުގައި:
i .އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް؛
ii .އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް. - އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛
- އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.
"ކޮންޓްރެކްޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރެޭވޭ އެންމެހައި މަސައްކަތްތަކާއި، ހޯދޭ ހިދުމަތްތަކާއި، ގަނެވޭ ތަކެއްޗާބެހޭ އެންމެހައި ކަންތައްތައް ކުރުމުގައި، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތައް ނުވަތަ އެގްރީމެންޓްތައް ހިމެނޭ ގޮތަށެވެ.
"ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ:
- ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން އަގުލަބިއްޔަތުގެ ޑިރެކްޓަރުން އައްޔަންކުރުމުގެ ހައްގު ލިބިގެންވުމަށް؛ ނުވަތަ
- ކުންފުނީގެ ހިންގުމުގެ ނުވަތަ ސިޔާސަތުތައް ނިންމުމުގެ ހައްގު ލިބިގެންވާ ފަރާތެއް، ނުވަތަ އެހެން މީހަކާ ނުވަތަ ބަޔަކާއެކު އެ ހައްގު ލިބިގެންވާ ފަރާތެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް، ކޮންޓްރޯލްކުރުމަށް؛ އެއީ، ހިއްސާއާ ގުޅިގެން ނުވަތަ މެނޭޖްމަންޓްގެ ހައްގުތަކަކާ ގުޅިގެން، ނުވަތަ ހިއްސާދާރުންގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވޯޓުދިނުމާގުޅޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ކަމަށްވީ ނަމަވެސްމެއެވެ.
"ކޮންޓްރޯލް އޮތް މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކު ކުރާ މުއާމަލާތަށެވެ.
"ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތަށެވެ
"ކޮންޓްރޯލްޑް ކޮލަޕްސް ޑިމޮލިށަން" ކަމަށް ބުނެފައި އެވަނީ، ތަނެއް ގަސްތުގައި ތަޅާލުމަށެވެ. އެގޮތުން ގޮވާޒާތުގެ ތަކެއްޗާއި ހަލާކުކުރުމަށް ހާއްސަކޮށް ހަދައިފައިވާ ޕްލާންޓް، ނުވަތަ މެށިނަރީ ނުވަތަ އާލާތް ބޭނުންކޮށްގެން ތަނެއް ތަޅާލުމެވެ.