ގާނޫނީ ރަދީފު
"ނުރައްކައުތެރި ބަލި" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ނުރައްކައުތެރި ބައްޔެއްކަމަށް ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ ބަލިތަކަށެވެ.
"ނުރައްކައުތެރި މުދާ" (އައި.އެމް.ޑީ.ޖީ. ކާގޯ) ކަމަށް ބުނެފައި އެވަނީ، އުޅަނދުން އުފުލާ މު ދަލުގެ ތެރޭގައި ހިމެނޭ މުދަލެއްގެ ސަބަބުން އުޅަނދާއި އުޅަނދުން އުފުލާ މުދަލަށާއި މީހުން ނަށް ނުރައްކައުވެދާނެ ގޮތަށް ނުރައްކައުތެރި މުދަލުގެ ގޮތުގައި ލިސްޓުކޮށްފައިވާ މުދަލުގެ ގޮތުގައި ހިމެނޭ ކޮރޯސިވް، ކޮމްބަސްޓަބަލް، ރޭޑިއޯ އެކްޓިވް، ޕޮއިޒަނަސް ނުވަތަ ޕޮލޫޓިންގ ތަކެތި ހިމެނޭ ތަކެއްޗަށެވެ.
"ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން މުދާ އުފުލާ އުޅަނދުފަހަރުގައި އެއްވެސް ބާވަތެއްގެ ނުރައްކައުތެރި މުދަލެއްނުވަތަ ފަސޭހައިން އަލިފާން ހިފާ ބާވަތުގެ އެއްވެސް އެއްޗެއް އުފުލާނަމަ، އެ އުޅަނދުފަހަރުގައި ނުރައްކައުތެރި މުދާ ބަހައްޓާ ތަންތަނާއި އެ މުދާ ގެންގުޅޭނެގޮތް ފަޅުވެރިންނަށް ބުނެދީފައިވުމާއެކު،އެ މުދާ އިންޓަރނޭށަނަލް މެރިޓައިމް ޑޭންޖަރަސް ގްޑުސް (އައި.އެމް.ޑީ.ޖީ) ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށް ލޭބަލްކޮށްފައި ހުރުމާއެކު، އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ލޭބަލްތައް ފެންނާނޭ ގޮތަށް އެ އުޅަނދުފަހަރުގައި ބަހައްޓައިފައި ހުރިކަން ޔަގީން ކުރުމާއެކު، އެ އުޅަނދަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓަށެވެ.
"ނުރައްކާތެރި ހާދިސާ" ކަމަށް ބުނެފައި އެވަނީީ، މަސައްކަތްކުރާ މީހަކަށް ނުވަތަ އާންމު މީހަކަށް، ހާނީއްކައެއް ނުވަތަ އަނިޔާއެއް ނުވަތަ ބައްޔައް ޖެހޭފަދަ ކަމެއްގެ ގޮތުގައި ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅާފައިވާ ނުވަތަ ފާހަގަކޮށްފައިވާ ކަމަކަށެވެ.
"ނުރައްކާތެރި ކުނި" ކަމަށް ބުނެފައި އެވަނީ، އެއްޗެއްގައި ހުންނަ ކެމިކަލް ސިފަތަކުގެ ސަބަބުން، ނުވަތަ އާންމު ސިއްހަތަށާއި ތިމާވެއްޓަށް އޭގެ ސަބަބުން ނުރައްކަލެއް ކުރިމަތިކުރުވާފަދަ ސިފަތަކެއް ހުރުމުގެ ސަބަބުން، ނުވަތަ ގޮވާ ޒާތުގެ ސިފައެއް ހުރުމުގެ ސަބަބުން، ނުވަތަ ބަލިމަޑުކަން ފަތުރާ ޒާތުގެ ކުންޏަށް ވުމުގެ ސަބަބުން، ނުރައްކާތެރި ކުނީގެ ގޮތުގައި ގިންތިކުރެވޭ ކުންޏަށެވެ.
"ނުރައްކާތެރި ކުނި" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ޖަދުވަލު (މ) ގެ ދަށުން ބަޔާންކޮށްފައިވާ ސިފަތައް އެކުލެވޭ ކުނީގެ އެންމެހައި ބާވަތްތަކަށެވެ.
"ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި މެނޭޖުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ނުރައްކާތެރި ކުނި އަދި ހާއްސަ ކުނި ކަމަށްކަނޑައަޅާފައިވާ ކުނީގެ އެއްވެސް ބާވަތެއް މެނޭޖުކުރުމުގެ ހަރަކާތްތައް ހިންގުމަށް ހާއްސަކުރެވޭ މަރުކަޒަށެވެ.
(ކ) "ނުރައްކާތެރި ކެމިކަލް" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-22) ގެ ޖަދުވަލު 1 ،2 އަދި 3 ގައި ބަޔާންކޮށްފައިވާ، އޭގެ ކެމިކަލް އެކްށަންގެ ސަބަބުން ފުރާނައަށް ގެއްލުންލިބިދާނެ ނުވަތަ ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ގެއްލުމެއް އިންސާނުންނަށް ނުވަތަ ޖަނަވާރުންނަށް ކުރިމަތިކުރުވާ ކޮންމެ ކެމިކަލަކަށެވެ. މި މާނައިގައި،އެފަދަ ކެމިކަލެއްގެ އަސްލު ނުވަތަ އުފައްދާ ގޮތް ނުވަތަ އުފައްދާ ފެސިލިޓީ ނުވަތަ އެނޫންވެސް އެ ކެމިކަލް އުފެދޭ ނުވަތަ އުފައްދާތަނަކަށް ނުވަތަ ގޮތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.