ގާނޫނީ ރަދީފު
"ބިން ހިއްކުން" ކަމުގައި ބުނެފައި އެވަނީ، ފަޅުގެ ސަރަހައްދުން އެއްވެސް ބައެއް ވެލިން ނުވަތަ އެހެންވެސް އެއްޗެއް ބޭނުންކޮށްގެން ހިއްކުމަށެވެ.
"ބިން އެކަށައެޅުން" ކަމަށް ބުނެފައި އެވަނީ، ގާނޫނެއްގެ ދަށުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، އިމާރާތްކުރުމަށް ނުވަތަ އިގްތިސާދީ ބޭނުންތަކަށް ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ނުވަތަ ތިމާވެށި ރައްކާތެރިކުރުމަށް ނުވަތަ ދައުލަތުގެ ބޭނުމަށް ވަކި ސަރަހައްދެއްގައިވާ ބިމެއް ހާއްސަކުރުމަށެވެ.
"ބިން ތަރައްގީކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުން، އިންޖިނިއަރިންގ މަސައްކަތްކުރުން، ބިން ކޮނުން ނުވަތަ ވެލި ނެގުން ނުވަތަ ބިމުގެ އަޑީގައި ނުވަތަ ބިމުން މަތީގައި ކުރެވޭ އެނޫންވެސް ކަންކަމާއި ހިންގޭ އެހެނިހެން ކަންކަމަށް އެ ބިން ނުވަތަ އިމާރާތް ބޭނުންކުރެވޭ ގޮތަށް ގެންނަ ބަދަލުތަކާއި ފަޅު ތެރޭގައާއި މޫދުގައި ކުރެވޭ އެކި ބާވަތުގެ މަސައްކަތްތައް ހިމެނޭގޮތުންނެވެ.
"ބިން ތަރައްގީކުރުމުގެ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ޕްލޭނިންގ އިދާރާއިން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ބިން ތަރައްގީކުރުމަށް ދޫކުރާ ހުއްދައަށެވެ.
"ބިރުދެއްކުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް އަނގަބަހުން ބިރުދެއްކުމަށް ނުވަތަ އޭނާގެ ހިތުގައި ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް އަނގަބަހުން ބިރުދެއްކުމަށެވެ.
"ބިރުގަތުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހާ ނުވަތަ އޭނާގެ އާއިލާގެ މީހަކު ނުވަތަ އެނޫންވެސް އޭނާއާ ގާތް ގުޅުމެއް އޮތް އެހެން މީހަކު މަރާލަފާނެކަމުގެ ނުވަތަ އެއިން ފަރާތަކަށް އަނިޔާއެއް ދީފާނެކަމުގެ ނުވަތަ އެއިން ފަރާތެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ހެކިބަސްދޭ މީހާއަށް އިހުސާސްވުން ހިމެނޭގޮތުން، އެ މައްސަލައިގައި އޭނާ ހެކިބަސް ދީފިނަމަ އޭނާއަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބިރުވެތިވުމަށެވެ.
"ބިމުން ފެން ނަގައި ފެން ބޭރުކުރުން" ބިމުން ފެން ނަގައި ފެން ބޭރުކުރުން ކަމަށް ބުނެފައި އެވަނީ، ފެން ޕަމްޕެއް ފަދަ ވަސީލަތެއް ބޭނުންކޮށްގެން ކުރު މުއްދަތެއްގައި ގިނަ އަދަދަކަށް ބިމުން ފެން ނެގުމަށެވެ.
"ބިމުގެ ރަޖިސްޓަރީގެ އަސްލު" ކަމަށް ބުނެފައި އެވަނީ، ބިމުގެ އިހްތިސާސް ލިބިފައިވާ ކަމާ ގުޅޭ ވުޒާރާއިން ނުވަތަ އިދާރާއިން ބިމުގެ މިލްކުވެރިކަން ލިބިފައިވާ ފަރާތަށް މިލްކުވެރިކަން ލިބިފައިވާކަން ސާބިތު ކުރުމަށް ޓަކައި ދޭ ބިމުގެ ރަޖިސްޓަރީއަށެވެ
"ބިމުގެ ބާވަތް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބިމާއި ބަންޑާރަ ބިމާ ދެބާވަތުގެ ބިމަށެވެ.
"ބިމުގެ ބޭނުން" ކަމަށް ބުނެފައި އެވަނީ، ބިމުގައި ކުރުމަށް ކަނޑައަޅައިފައިވާ މަސައްކަތަށެވެ.
"ބިމުގެ އަސްލު ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތެއް ރަޖިސްޓަރީކުރުމުގެ ކުރިން ނުވަތަ ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރާ ފަރާތް ނުވަތަ ފަރާތްތަކަށެވެ.