-

ބިން

"ބިން" ކަމަށް ބުނެފައި އެވަނީ، ހިކި ދިޔައިގައި ރަށެއްގެ ބިމުން މަތީގައިވާ ސަރަހައްދާއި ތެޔޮ އަދި އަގުހުރި މައުދަނު ފިޔަވައި ބިމު އަޑީގެ ބައެއްގެ ގޮތުގައި ހިމެނޭ ބިމުގެ އަޑީގައިވާ ހުރިހާ އެއްޗަކާއި، ބިމުގައި ގުދުރަތީގޮތުން ހެދޭ ތަކެއްޗާއި (އިންސާނުން ހައްދާ ގަސްގަހާއި ތަކެތި ފިޔަވައި)، ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށް ބިމުގެ މަތީގައިވާ އެކަށީގެންވާ އުސްމިނެއް ހުންނަ ހުސް ސަރަހައްދާއި އެއަރ ސްޕޭސް ހިމެނޭ ގޮތަށެވެ. މީގެ ތެރޭގައި:

  1. މޫދުން ހިއްކާފައިވާ ބިން؛ 
  2. ގުދުރަތީގޮތުން ރަށަކާ އިންވެގެން އޮންނަ ބިން؛ 
  3. އިންސާނުންގެ އަމަލަކުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ވަގުތީގޮތުން ފެނުން ފޮރުވިފައިވާ ބިން.