ގާނޫނީ ރަދީފު
"ކަސްޓޯޑިއަން" ކަމަށް ބުނެފައިއެވަނީ، ޕެންށަން އެސެޓް ބަލަހައްޓާ ނުވަތަ އެފަރާތުގައި ޕެންށަން އެސެޓް ޖަމާކޮށް ބެލެހެއްޓުމުގެ ހިދުމަތް އެކަމަށްޓަކައި ޕެންށަން އޮފީހާއެކު ކުރެވޭ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދޭ ލައިސަންސް ދޫކޮށްފައިވާ ބޭންކް ފަދަ ފަރާތެކެވެ. ކަސްޓޯޑިއަނަކީ މި ގާނޫނުގެ ދަށުން ފައިޑިއުށަރީއެކެވެ.
"ކަސްޓޯޑިއަން ބޭންކު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ވެސް، އިށޫކުރާ އިލެކްޓްރޯނިކް މަނީގެ ބަދަލުގައި ލިބިފައިވާ ފައިސާ، ހުރިހާ ވަގުތަކުވެސް، ރައްކާތެރިކުރުމަށް ޓަކައި ބެހެއްޓުމުގެ ގޮތުން ކަސްޓޯޑިއަން އެކައުންޓް އޮތް ބޭންކަށެވެ.
"ކަސްޓޯޑިއަން އެކައުންޓް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ވެސް، އިށޫކުރާ އިލެކްޓްރޯނިކް މަނީގެ ބަދަލުގައި ލިބިފައިވާ ފައިސާ، ހުރިހާ ވަގުތަކުވެސް، ރައްކާތެރިކުރުމަށް ޓަކައި ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-42) ގެ 20 ވަނަ މާއްދާގެ ދަށުން ހުޅުވާ އެކައުންޓަށެވެ.
"ކަސްޓޯޑިއަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ، އެ އެންޓިޓީން ކުރާ ވިޔަފާރީގެ އެކަށީގެންވާ މިންވަރެއް އެއީ އެހެން ފަރާތެއްގެ ބޭނުމަށް ފައިނޭންށަލް އެސެޓްތައް ބަލަހައްޓައިދިނުން ކަމުގައިވާ އެންޓިޓީތަކަށެވެ. އެހެން ފަރާތެއްގެ ބޭނުމަށް ފައިނޭންށަލް އެސެޓްތައް ބަލަހައްޓައިދިނުމަކީ އެ އެންޓިޓީން ކުރާ ވިޔަފާރީގެ އެކަށީގެންވާ މިންވަރެއް ކަމުގައި ބެލެވޭނީ، ފައިނޭށަލް އެސެޓް ބަލަހައްޓައިދީގެންނާއި އެއާ ގުޅުންހުރި މާލީ ހިިދުމަތްތައް ފޯރުކޮށްދީގެން ލިބޭ ޖުމުލަ އާމްދަނީ، އަންނަނިވި މުއްދަތުތަކުގެ ތެރެއިން ކުރު މުއްދަތުގައި އެ އެންޓިޓީގެ ޖުމުލަ އާމްދަނީގެ %20 (ވިހި އިންސައްތަ) އާ އެއްވަރުނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމައެވެ.
"ކަސްޓޯޑިއަލް ޖަލު، ނުވަތަ ޖަލު" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައިވާގޮތުގެ މަތީން ކަސްޓޯޑިއަލް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކޮންމެ ތަނަކަށެވެ.
"ކާނާ" ކަމަށް ބުނެފައި އެވަނީ، ބޯފެނާއި ކާބޯތަކެއްޗަށެވެ.
"ކާނާ ވިހަވުން" ކަމަށް ބުނެފައި އެވަނީ، ބެކްޓީރިއާއެއް ނުވަތަ ވައިރަހެއް ނުވަތަ ޕެރަސައިޓެއް ނުވަތަ ވިހައެއް ނުވަތަ އެނޫންވެސް ކެމިކަލެއްގެ އަސަރުކޮށްފައިވާ ކާބޯތަކެތި ކައިބޮއި ހެދުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް މެދުވެރިވާ ހާލަތަށެވެ.

"ކާރިސާ" ކަމުގައި ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަހައްމަލް ނުކުރެވޭ ގޮތަށް، އެ ބައެއްގެ އިންސާނީ ކެރިކުޅަދާނަކަމަށާއި، މާއްދީ ވަސީލަތްތަކަށާއި، އިގްތިސާދީ ވަސީލަތްތަކަށާއި، ތިމާވެށްޓަށް ގެއްލުންވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ. އިތުރު ތަފުސީލު: "ކާރިސާ" މާނަކުރުމުގައި އާންމުކޮށް 3 (ތިނެއް) ކަމަކަށް ބަލަންޖެހެއެވެ. އެއީ މުޖުތަމައެއް ނުރައްކަލަކަށް ހާމަކޮށް ހުޅުވިފައިވާ މިންވަރާއި، ނާޒުކުކަމާއި، ތަހައްމަލް ކުރުމަށް ނުކުޅެދުންތެރިވެފައިވާ މިންވަރެވެ.