ގާނޫނީ ރަދީފު
"އެއް ގޭބިސީ" ކަމުގައި ބުނެފައި އެވަނީ، އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެންނަށެވެ.
"އެއްބުރީގެ އިމާރާތް" ކަމަށް ބުނެފައި އެވަނީ ގްރައުންޑް ފްލޯރ ގެ އިތުރުން ބިމުން އުފުލިފައިވާ ފްލޯއެއް ހިމެނިފައިނުވާ އިމާރާތްތަކަށެވެ. އެގޮތުން 6 މީޓަރަށްވުރެ އުސްނޫން އިމާރާތެއްގައި ޑެކެއް އެޅިކަމުގައިވީނަމަވެސް އަދި އެ ޑެކަކީ އިމާރާތުގެ ނިސްބަތުން ކުޑަތަންކޮޅެއް ކަމުގައިވީނަމަވެސް އެ އިމާރާތަކީ އެއްބުރީގެ އިމާރާތެއް ކަމުގައި ނުބެލެވޭނެއެވެ.
"އެއްވެސް ސަބަބަކަށް ޓަކައި އާންމުންގެ އެހީތެރިކަން ބޭނުންވާ ހާލަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނ،ީ ސިއްހީ ނުވަތަ އިޖުތިމާއީ ނުވަތަ ކުއްޖާއަށް ބޭނުންވާ އެހެނިހެންވެސް ހައްގެއް ލިބިގަތުމަށް ޓަކައ،ި އާންމުންގެ އެހީތެރިކަން ލިބިގެން ނޫން ގޮތަކަށް އެކަން ކުރެވެން ނެތް ހާލަތުގައިވާ ކުދިންނަށެވެ.
"އެއްމެދު އިމާރާތުގެ ބިން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ ގޯތިކަމުގައި ކަނޑައެޅިފައިވާ ބިމަށެވެ.
"އެއްމެދު އިމާރާތުގެ ބިން" ކަމުގައި ބުނެފައިއެވަނީ އިމާރާތުގެ ގޯތިކަމުގައި ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ހިމެނޭ ބިމެވެ.