-

އެކްސްޓްރަޑިށަން އަމުރު

"އެކްސްޓްރަޑިށަން އަމުރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމަށްޓަކައި ދިވެހިރާއްޖޭގައި ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ނިމުމަށްފަހު، ކުށްވެރިޔާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމާމެދު އެންމެ ފަހުގެ ނިންމުން ނިންމައި، އޭނާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަދިނުމުގެ ގޮތުން އެކްސްޓްރަޑިށަންގެ ގާނޫނު (ގާނޫނު ނަންބަރު 01/2015) ގެ 29 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނެރޭ އަމުރަށެވެ.