-

އެކްސްޓްރަޑައިޓްކުރުން

"އެކްސްޓްރަޑައިޓްކުރުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި މާނަތަކުންކުރެ މާނައެއްގައެވެ:

  1. ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް އެދި އެ ގައުމުން ހުށަހެޅުމުން، އޭނާ އެކްސްޓްރަޑައިޓްކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު، މި ގާނޫނުގެ ދަށުން ނެރޭ އެކްސްޓްރަޑިށަން އަމުރެއްގެ ދަށުން އޭނާ އެ ގައުމަށް ގެންދިޔުމަށް؛ ނުވަތަ
  2. ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓް ކޮށްދިނުމަށް ދިވެހިރާއްޖެއިން އެ ގައުމުގައި އެދުމުން، އޭނާ ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައިއެ ގައުމުގެ ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު އެ ގައުމުން އޭނާ ދިވެހިރާއްޖެއަށް ގެނައުމަށެވެ.
  3. ބޭރު ގައުމެއްގެ ކުށްވެރިޔަކު ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ ހުރި ގައުމުގެ ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު އޭނާ އެ ތިންވަނަ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް.