ގާނޫނީ ރަދީފު
"ސަބްސިޑިއަރީ ކުންފުނި" ނުވަތަ "އެހެން ކުންފުންޏެއްގެ (ހޯލްޑިންގ ކުންފުންޏެއްގެ) ސަބްސިޑިއަރީ ކުންފުންޏެއް" ކަމަށް ބުނެފައި އެވަނީ، ހޯލްޑިންގ ކުންފުނިން:
-
- އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުން ކޮންޓްރޯލްކުރެވޭ ފަރާތަކަށް؛ ނުވަތަ
- އެ ކުންފުނީގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން، މަދުވެގެން %50 (ފަންސާސް އިންސައްތަ) ވޯޓުދިނުމުގެ ކޮންޓްރޯލް އޮތް ފަރާތަކަށް؛ ނުވަތަ
- ކުންފުނީގެ ހިއްސާގެ ރައުސްމާލުން އެކަށައަޅާފައިވާ ހިއްސާގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ހިއްސާ، އެ ފަރާތުގެ ނަމުގައި ނަގާފައިވާ ނުވަތަ މިލްކުކުރާ ފަރާތަކަށް؛ ނުވަތަ
- ކުންފުނީގެ ޑިވިޑެންޑްގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ލިބުމުގެ ހައްގު އޮތް ފަރާތަކަށެވެ.
ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) ގެ ބޭނުމަށްޓަކައި (ކުންފުނި A)، އެހެން ކުންފުންޏެއްގެ (ކުންފުނި B) ގެ ސަބްސިޑިއަރީ ކުންފުންޏަކަށްވެފައ،ި ދެވަނައަށް ބުނެވުނު ކުންފުންޏަކީ (ކުންފުނި B) އެހެން ކުންފުންޏެއްގެ (ކުންފުނި C) ގެ ސަބްސިޑިއަރީ ކުންފުންޏެއްނަމަ، ފުރަތަމަ ބުނެވުނު ކުންފުންޏަކީ (ކުންފުނި A) އެންމެފަހުން ބުނެވުނު ކުންފުނީގެވެސް (ކުންފުނި C) ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި މާނަކުރެވޭނެއެވެ.
"ސަބްސިޑިއަރީ ކުންފުނި" ކަމަށް ބުނެފައި އެވަނީ:
- އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކުރުން ކޮންޓްރޯލްކުރާ ފަރާތަކަށް؛ ނުވަތަ

- ކުންފުނީގެ ހިއްސާގެ ރައުސްމާލުން އެކަށައަޅައިފައިވާ ހިއްސާގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ހިއްސާ، އެ ފަރާތުގެ ނަމުގައި ނަގައިފައިވާ ނުވަތަ މިލްކުކުރާ ފަރާތަކަށް؛ ނުވަތަ
- ކުންފުނީގެ ޑިވިޑެންޑުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ލިބުމުގެ ހައްގު އޮތް ފަރާތަކަށެވެ.
"ސަބްސިޑިއަރީ ލޯނު" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ނަގާފައިވާ ދަރަންޏެއް ނުވަތަ އެއިން ބައެއް، ނުވަތަ ދައުލަތަށް ލިބިފައިވާ ހިލޭ އެހީއެއް ނުވަތަ އެއިން ބައެއް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓެއް މެދުވެރިކޮށް އެހެން ފަރާތަކަށް ދޫކުރުމަށެވެ.
"ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ހޯދާ ފަރާތްތަކަށް ލުޔެއް ފޯރުކޮށްދިނުމަށްޓަކައި ހިދުމަތުގެ އަގުން ދެވޭ ލުއިތަކާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ފެނާއި ނަރުދަމާގެ ހިދުމަތުގެ ބިލު ދެއްކުމަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމަށެވެ.
"ސަބްސްކްރައިބަރ އައިޑެންޓިފިކޭށަން މޮޑިއުލް (ސިމްކާޑު)" ކަމުގައި ބުނެފައި އެވަނީ، މޯބައިލް ފޯނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރވިސް ޕްރޮވައިޑަރު ދޫކުރ،ާ އިލެކްޓްރޯނިކް ޗިޕް ހިމެނޭ ކާޑު ނުވަތަ އެ ބޭނުމަށް ދޫކުރާ އިލެކްޓްރޯނިކް ވަސީލަތަށެވެ.
"ސައިން ބޯޑު" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވަތަ އެއްޗެއް ދޭހަކޮށްދިނުމުގެ ގޮތުން ތަސްވީރެއް، ނުވަތަ ލިޔުމެއް، ނުވަތަ އަކުރެއް ނުވަތަ ނިށާނެއް ބޭނުންކޮށްގެން އެ ކަމެއް ނުވަތަ އެއްޗެއް އަންގައިދިނުމަށް ޓަކައި ހަދައިފައިވާ ބޯޑުތަކަށެވެ.
"ސައިން ބޯޑު" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވަތަ އެއްޗެއް ދޭހަކޮށްދިނުމުގެ ގޮތުން، ތަސްވީރެއް ނު ވަތަ ލިޔުމެއް ނުވަތަ އަކުރެއް ނުވަތަ ނިށާނެއް ބޭނުންކޮށްގެން އެ ކަމެއް ނުވަތަ އެއްޗެއް އަންގައިދިނުމަށް ޓަކައި ހަދައިފައިވާ ބޯޑުތަކަށެވެ.
"ސައިންއޮން އަދި ސައިންއޮފް" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ހުއްދަޔާއެކު ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގެ ދަފުތަރުގައި މީހުން ޖެއްސުމާއި ދަފުތަރުން މީހުން އުނިކުރުމަށެވެ.
"ސައިންއޮން އަދި ސައިންއޮފް" ކަމަށް ބަޔާންކޮށްފައި އެވަނީ ، ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ހުއްދައާއެކު ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގެ ދަފުތަރުގައި މީހުން ޖެއްސުމާއި ދަފުތަރުން މީހުން އުނިކުރުމަށެވެ.
"ސައިންޓިފިކް އިންސްޓިޓިއުށަން" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީ، ނުވަތަ ރިސަރޗްކުރާ މަރުކަޒު ނުވަތަ ސައިންޓިފިކް މިއުޒިއަމަށެވެ.
ސައިކޯސޯށަލް ސަޕޯޓް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ޢަމަލަކާ ުގޅިގެން، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ ޢަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް ހިތްވަރުދީ، ބާރުވެރިކުރުވައި، އެމީހުންނަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް ސަމާލުވެ ތިބެ، އެކަންކަމަށް ޙައްލު ހޯދުމު ެގ މަގުފަހިކޮށް، އެ މީހުންނަށް އާންމު ދިރިއުޅުމެއް އުޅުމަށްޓަކައި ކުރާ މަސައްކަތަށެވެ.
"ސައިކޯސޯށަލް ސަޕޯޓް" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު ނުވަތަ މީހަކު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި، އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ސައިކޮލޮޖިކަލް އަދި އިޖުތިމާއީ ބޭނުންތަކަށާއި ގުޅުންތަކަށް ބަލައި، އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ބޭނުންވާ އެހީތެރިކަމަށެވެ.