ގާނޫނީ ރަދީފު
"ލިޔުން" ކަމަށް ބުނެފައި އެވަނީ، ސިޓ،ީ މެމ،ޯ އ-ީމެއިލް އަދި އެސ.ް އެމ.ް އެސް ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މީހަކަށް ކިޔަން އެނގޭގޮތަކަށް އަކުރުތަކަކުން އެކުލަވައިލައިގެން ކުރާ މުއާމަލާތްތަކަށެވެ.
"ލިޔުން" ނުވަތަ "ލިޔުންތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ރަސްމީ ގޮތުން ނުވަތަ ރަސްމީ ބޭނުމަކަށްޓަކައި، ލިޔާ މެމޯ އާއި، ނޯޓުތަކާއި، ނޯޓުސިޓީ އާއި، ސިޓީއާއި، މެސެޖާއި، ފެކުހާއި، އާންމު ސިޓީއާއި، އެންގުންތަކާއި، ދެންނެވުންތަކާއި، ސަރކިޔުލަރއާއި، ރިޕޯޓާއި، އިއުލާނާއި، ގަރާރާއި، އެއްބަސްވުންތަކާއި، ބީލަމާބެހޭ ލިޔުންތަކާއި، ޔައުމިއްޔާއާއި، ޖަލްސާތަކުގެ ޔައުމިއްޔާއާއި، ދައުވަތުކާޑާއި، ޕްރޮގްރާމާއި، އެޖެންޑާފަދަ އެންމެހައި ތަކެތި ހިމެނޭ ގޮތުންނެވެ.
"ލިޔުންތައް" ކަމަށް ބުނެފައި އެ ވަނީ، ހަސްމުންގެ ފަރާތުން ހުށަހަޅާ ދައުވާ ފޯމާއި، ދިފާއު ފޯމާއި، ދިފާއުގެ ޖަވާބު ފޯމާއި، ދިފާއަށް ދޭ ޖަވާބަށް ރައްދުދ ފޯމާއި، ރައްދު ދައުވާ ފޯމާއި، ރައްދު ދައުވާގެ ދިފާއުގައި ހުށަހަޅާ ދިފާއާއި، އިތުރު ދައުވާއާއި، އިތުރު ދައުވާގެ ދިފާއާއި، ދެފަރާތުގެ ދެމެދުގައި ދައުވާއާ ބެހޭ ގޮތުން ނުވަތަ ދިފާއާ ބެހޭ ގޮތުން ލިޔުމުން ބަދަލުކުރެވޭ އެންމެހައި ބަޔާންތަކަށެވެ.
"ލިޔެކިއުންތައް" ކަމަށް ބުނެފައި އެވަނީ އެއްވެސް ކަހަލަ މައުލޫމާތެއް އެކުލެވިގެންވާ ކޮންމެ އެއްޗަކަށެވެ.
"ލިޔެކިޔުން" ކަމަށް ބުނެފައިއެވަނީ، އޯޑިއޯ، ވީޑިއޯ، އިލެކްޓްރޯނިން އަދި ޑިޖޓަލް މީޑިއާވެސް ހިމެނޭގޮތުންނެވެ.
"ލިޔެކިޔުމެއް" ކަމުގައި ބުނެފައި އެވަނީ ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05) ގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފަކު އޭނާ ވަޒީފާއަދާކުރި މުއްދަތުގެ ތެރޭގައި އޭނާގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ތަކެއްޗަށެވެ.
"ލީޑިންގ ސުވާލު" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ނެގުމުގެ މަރުހަލާގައި ހެކިބަސް ދޭ މީހާއާ ސުވާލުކުރެވޭ ހިނދު، ކުރެވޭ ސުވާލަށް ހޯދުމަށް އެދޭ ޖަވާބުވެސް އެ ސުވާލުން ދޭހަވެގެންދާ ގޮތަށް ކުރާ ނުވަތަ ތަރުތީބުކުރެވޭ ސުވާލަށެވެ.