-

ލިޔުންތައް

"ލިޔުންތައް" ކަމަށް ބުނެފައި އެ ވަނީ، ހަސްމުންގެ ފަރާތުން ހުށަހަޅާ ދައުވާ ފޯމާއި، ދިފާއު ފޯމާއި، ދިފާއުގެ ޖަވާބު ފޯމާއި، ދިފާއަށް ދޭ ޖަވާބަށް ރައްދުދ ފޯމާއި، ރައްދު ދައުވާ ފޯމާއި، ރައްދު ދައުވާގެ ދިފާއުގައި ހުށަހަޅާ ދިފާއާއި، އިތުރު ދައުވާއާއި، އިތުރު ދައުވާގެ ދިފާއާއި، ދެފަރާތުގެ ދެމެދުގައި ދައުވާއާ ބެހޭ ގޮތުން ނުވަތަ ދިފާއާ ބެހޭ ގޮތުން ލިޔުމުން ބަދަލުކުރެވޭ އެންމެހައި ބަޔާންތަކަށެވެ.