ގާނޫނީ ރަދީފު
"ނިސާބު" ކަމަށް ބުނެފައި އެވަނީ، އިސްލާމީ ށަރީއަތުގައި ޒަކާތް ދެއްކުމަށް ކަނޑައަޅާފައިވާ އެކި ބާވަތްތަކުގެ މުދަލުން، ޒަކާތް ދެއްކުމަށް ލާޒިމުވުމަށްޓަކައި އެ މީހަކަށް މިލްކުވާންޖެހޭ މިންވަރަށެވެ.
"ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގައި، މާބޮޑު ބޭނުމެއް ނުހިފޭ ބާވަތުގެ ނުވަތަ ވަރަށްވެސް ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަށެވެ.
"ނިޒާމު" ކަމަށް ބުނެފައި އެވަނ،ީ ހިދުމަތެއް ދިނުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗަރއާއ،ި އާލާތްތަކާއ،ި އަދިވެސް މިނޫނަސް ހިދުމަތް ދިނުމަށް ބޭނުންވާނެ ތަކެއްޗަށެވެ.
"ނިޔަމިކަމުގެ ސަނަދު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ހުއްދަ ދީފައިވާ އިންސްޓިޓިއުޓަކުން ހަދައިފައިވާ ކޯސްޓަލް ނެވިގޭށަން (ނިޔަމިކަމުގެ ކޯސް) ނުވަތަ އެ ފެންވަރުގެ އެހެން ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާ ކޮމްޕީޓެންޓް ފަރާތްތަކަށް އެ ސެޓުފިކެޓުގެ މައްޗަށް ބިނާކޮށް މިނިސްޓްރީން ހަދާ، ފޮޓޯޖެހި ލިޔުމަށެވެ.
''ނިޔާވި ފަރާތުގެ އާއިލާ" ކަމަށް ބަޔާންކޮށްފައި އެވަނީ، ކުއްޖާ ކުރި ކުށުގެ ސަބަބުން ނިޔާވި ފަރާތުގެ މަންމަ، ބައްޕަ، މާމަ، ކާފަ، އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނަށެވެ.
"ނުހައްގު މުއްސަނދިކަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ފުރިހަމަވާ ހާލަތުގައި، މުދާ ހޯދުމަށް ނުވަތަ ލިބިގަތުމަށެވެ.
- ލިބެމުންދާ ނުވަތަ ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް މުދާ ހޯދުން ނުވަތަ ލިބިގަތުން؛ އަދި
- އެ މުދާ ހޯދާފައިވަނީ ނުވަތަ ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށްނުދެވުން.
"ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހަކު" ކަމަށް ބުނެފައި އެ ވަނީ، އެ މީހަކު މަރުވާއިރު، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ނުރައްކައުތެރި ބައްޔެއް ކަމަށް އެޖެންސީން ކަނޑައަޅައިފައިވާ ބައްޔެއް ޖެހިފައިވާކަން ތަހުލީލުތަކުން ސާބިތުވެފައިވާ މީހުންނާއި، އެ ފަދަ ބައްޔެއްގެ އަލާމާތްތައް ހުރި ފަރާތެއް ކަމަށް ސިއްހީ ހިދުމަތްތެރިއަކު ކަނޑައަޅައިފައިވާ މީހުންނާއި، އެ ފަދަ ބައްޔެއްގެ އަލާމަތްތައް ނުފެނުނު ނަމަވެސް، ހާލަތަށް ރިއާޔަތްކުރާއިރު، އެ ފަދަ ބައްޔެއް ޖެހިފައި ހުރެދާނެކަމަށް ސިއްހީ ހިދުމަތްތެރިއަކަށް ނުވަތަ އެޖެންސީއަށް ގަބޫލުކުރެވޭ މީހުން ހިމެނޭ ގޮތުންނެވެ.
"ނުރައްކައުތެރި ބަލި" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ނުރައްކައުތެރި ބައްޔެއްކަމަށް ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ ބަލިތަކަށެވެ.
"ނުރައްކައުތެރި ބަލި" ކަމަށް ބުނެފައި އެ ވަނީ، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ނުރައްކައުތެރި ބައްޔެއް ކަމަށް ހެލްތް ޕްރޮޓެކްށަން އެޖެންސީ ކަނޑައަޅައިފައިވާ ބަލިތަކެވެ.
"ނުރައްކައުތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ނުރައްކައުތެރި އިމާރާތްތައް ކަނޑައެޅުމުގެ ބޭނުމަށް އެކުލަވައިލާ ކޮމިޓީއަށެވެ.