ގާނޫނީ ރަދީފު
"ކްރެޑިޓް އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކުން އެހެން ފަރާތަކަށް ކްރެޑިޓް ދޫކުރުމަށް ޓަކައި އެ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމަށެވެ.
"ކްރެޑިޓް އެޕްލިކޭށަން" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓް ހޯދުމަށް އެދި، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ހުށަހަޅާ ހުށަހެޅުމަށެވެ.
"ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ ބޭންކުތަކާއި، ފައިނޭންސިންގް ކުންފުނިތަކާއި އަދި އެ އޮތޯރިޓީން ކްރެޑިޓް އިންފޮމޭށަން ސިސްޓަމްގައި ބައިވެރިވުމުގެ ހުއްދަ ދޭ އިދާރާތަކަށެވެ.
"ކްރޮނިކް ކޮންޑިށަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް ދިމާވާ ބަލިތަކަށެވެ.
- ދާއިމީ ގޮތެއްގައި ދިގުދެމިގެންދާ (ތެލަސީމިއާ ބަލި ފަދަ) ބައްޔެއް،
- ބަލީގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވާ ބައްޔެއް،
- ނަންރިވަރސިބްލް ޕެތޮލޮޖިކަލް އަލްޓަރޭށަނެއްގެ ސަބަބުން ކުރިމަތިވާ ބައްޔެއް، ނުވަތަ
- ދިގުމުއްދަތަކަށް ސިއްހީ ފަރުވާއާއި ބެލެހެއްޓުން ބޭނުންވާ ބައްޔެއް.
"ކްރޮސް-ވެރިފިކޭށަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ އެހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކުރުމާއި، އިލެކްޓްރޯނިކް ވެރިފިކޭށަން ނިޒާމުތައް މެދުވެރިކޮށްގެންނާއި، އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށްގެން އެޕްލިކަންޓުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތަށެވެ.
"ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކުން ދުރާލާ ކަނޑައަޅާފައިވާ އަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާކަމަށްޓަކައި، ނުވަތަ އެފަދައިން ހިންގާ މަށްރޫއަކަށް ހަރަދުކުރާ ފަރާތަކުން ދުރާލާ ކަނޑައަޅާފައިވާ އަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ ހަރަދުކުރާކަމަށްޓަކައި، އެ މަށްރޫއުގެ އަގުގެ މުގާބިލުގައި ދައުލަތުން އެފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.
"ކްރޮސް-އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާއާ، ހެކިބަސް ދޭ މީހެއްގެ ގޮތުގައި އޭނާ ހުށަހެޅި ފަރާތުން ސުވާލުކޮށް ނިމުމުން، އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ނުވަތަ ފަރާތްތަކުން، އެ ހެކިބަސް ދޭ މީހާ ދިން ހެކިބަހުގެ މައްޗަށް އޭނާއާ ސުވާލުކުރުމަށެވެ ނުވަތަ އެ މަރުހަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.

"ކްލަބް" ކަމަށް ބުނެފައި އެވަނީ، ވާދަވެރި މުބާރާތްތަކުގައި ކުޅިވަރު ކުޅުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްގައި ކްލަބެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
"ކްލާސް އެސައިންމަންޓް" ކަމަށް ބުނެފައި އެވަނީ، ވަކި ބޭނުމަކަށް ނުވަތަ ބޭނުންތަކަކަށް ފްރީކުއެންސީއެއް ނުވަތަ ފްރީކުއެންސީތަކެއް، ޢާންމުކޮށް ބޭނުންކުރުމަށް ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދޭ ހުއްދައަށެވެ.
"ކްލާސް އެސައިންމަންޓް" ކަމަށް ބުނެފައި އެވަނީ، ވަކި ބޭނުމަކަށް ނުވަތަ ބޭނުންތަކަކަށް ފްރީކުއެންސީއެއް ނުވަތަ ފްރީކުއެންސީތަކެއް، ޢާންމުކޮށް ބޭނުންކުރުމަށް އޮތޯރިޓީން ދޭ ހުއްދައަށެވެ.
"ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓުން" ކަމަށް ބުނެފައި އެވަނީ، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އާންމު ދިރިއުޅުމުގައި އެފަދަ ނުކުޅެދުންތެރިކަން ނެތްމީހުން އުޅޭފަދައިން އުޅެން ދަތިވެފައިވާ މީހުންނަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށެވެ.