ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ގާނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރާ ގާނޫނީ ވަކީލެއް
"ގާނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރާ ގާނޫނީ ވަކީލެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ވަކީލުންގެ ތެރެއިން ފަނޑިޔާރު ކަމަށް އައްޔަނުކުރެވުމުގެ ސަބަބުން ގާނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރެވޭ ވަކީލުންގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅައި އާންމުކޮށްފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ.
ޕަބްލިކް ނޯޓަރީ
"ޕަބްލިކް ނޯޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދިނުމާއި، އެނޫންވެސް އެފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް، މި ގާނޫނުގެ ދަށުން ބާ ކައުންސިލުން ހުއްދަކުރާ ކޮންމެ ގާނޫނީ ވަކީލަކަށެވެ.
ބާ ކައުންސިލުގެ މެންބަރުން
"ބާ ކައުންސިލުގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނާއި، މި ގާނޫނުގެ ދަށުން ހުއްދަ ދޫކުރާ ގާނޫނީ ވަކީލުންނަށެވެ.
ކޮމިށަން (ރިޔާސީ)
"ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކޮމިށަންތަކަށެވެ.
އާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތު
"ޢާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތެއް" ކަމަށް ބުނެފައި އެވަނީ، ޢާންމު މަސްލަހަތު ހިމެނޭ ތަބީޢަތުގެ މަސްއޫލިއްޔަތަށެވެ.
އަންހެނުން
"އަންހެނުން" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ޢުމުރަށް ނުބަލައި، އަންހެނުންނާއި އަންހެން ކުދިންނަށެވެ.
އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުޢާހަދާ
"އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުޢާހަދާ" ކަމަށް ބުނެފައި އެވަނީ، "ކޮންވެންށަން އޮން ދި އެލިމިނޭށަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭށަން އަގައިންސްޓް ވިމެން" އަށެވެ.
ފިރިހެނުން
"ފިރިހެނުން" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ޢުމުރަށް ނުބަލައި، ފިރިހެނުންނާއި ފިރިހެން ކުދިންނަށެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން
"ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައިއެވަނީ، ކުންފުންޏެއް ކަމަށްވީނަމަވެސް، ބޯޑެއް ކަމަށްވީނަމަވެސް، ކޮމިށަނެއް ކަމަށްވީނަމަވެސް، ޖަމާއަތެއް ކަމަށްވީނަމަވެސް، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮތް މަސްލަހަތުގެ މިލްކުވެރިކަން އޮތް ތަންތަނަށެވެ. އޭގެތެރޭގައި، ޕާޓްނަރށިޕްތަކާއި ޖޮއިންޓް ވެންޗަރތަކާއި އެއްވެސް ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭކަމަށްވާނަމަ، އެ އިންތިޒާމެއް ހިމެނޭނެއެވެ.
ޖެންޑަރ
"ޖެންޑަރ" ކަމަށް ބުނެފައި އެވަނީ، ވަކި ޖިންސަކަށް ނިސްބަތްކޮށް އިޖްތިމާޢީ ގޮތުންނާއި ސަގާފީ ގޮތުން އަންހެނުންނާއި ފިރިހެނުންނަށް ދެވިފައިވާ މާނަކުރުމަށެވެ. މީގެ ތެރޭގައި، އަންހެނުންނާއި ފިރިހެނުންގެ ދައުރާއި، އުޅުމާއި، އެކަމާ ގުޅުންހުރި އެހެނިހެން ކަންކަމާ އަދި މުޖްތަމަޢުގައި ވަކި ޖިންސަކަށް ނިސްބަތްކުރާ ދައުރާއި، މަސައްކަތްތަކާއި، ފުރުސަތުތައް ހިމެނެއެވެ.
އަލަށް ފެންނަ ތަކެތި (ސަގާފީ/ތަރިކަ އާއި ގުޅޭ)
"އަލަށް ފެންނަ ތަކެތި" ކަމަށް ބުނެފައި އެވަނީ، މީގެކުރިން ދިވެހިރާއްޖޭގެ ސަރަހައްދަކުން ފެނިފައި ނުވާ ދިވެހިރާއްޖޭގެ ތަރިކަކަމުގައި ބެލެވޭ ކޮންމެ އެއްޗެކެވެ.
އަލަށް ފެންނަ ތަންތަން (ތަރިކަ/ސަގާީ)
"އަލަށް ފެންނަ ތަންތަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ކުރިން ހުރިކަން ނުވަތަ އޮތްކަން އެނގިފައި ނުވާ ތަރިކައިގެ ގޮތުގައި ބެލެވޭ ތަންތަނަށެވެ.
ފަރާތް
"ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ގޮތުން ވަކި ނަމެއްގައި މީހަކު ނުވަތަ ބަޔަކު ސަރުކާރުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުންފުނި ޖަމްއިއްޔާ ޖަމާއަތްފަދަ ހުރިހާ ތަންތަނާއި ވަކިވަކި ފަރުދުން ހިމެނޭ ގޮތުންނެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާ
"ގާނޫނު ތަންފީޒުކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ދިވެހިރާއްޖެއިން ފުރާ އަދި ދިވެހިރާއްޖެއަށް އަންނަ މީހުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލާ އިދާރާތަކަށެވެ.
ތަހްގީގީ އިދާރާ
"ތަހްގީގީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ފުލުހުން ނުވަތަ ޖިނާއީ ކުށްތައް ތަހްގީގުކުރުމުގެ ބާރު ގާނޫނުއަސާސީންނާއި، ގާނޫނުން ލިބިދީފައިވާ ކޮންމެ ފަރާތަކަށެވެ.