gaanoon_logo
-
އިމާރާތް

"އިމާރާތް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ އިމާރާތްތަކާއި، މީހުން ދިރިއުޅުމަށް ކުއްޔަށްދޭ އިމާރާތްތަކާއި، އޮފީސްތަކާއި، ސްކޫލްތަކާއި، ށާޮޕިންގ ސެންޓަރުތަކާއި، ސާިއްހިީ ހިދުމަތްދޭ ތަންތަނާއި، ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހިދުމަތް ދޭ ތަންތަނާއި، މިސްކިތްތައް ހިމެނޭގޮތުން އާންމުކޮށް މީހުން އުޅޭ އިމާރާތްތަކަށެވެ.

އިމާރާތް

"އިމާރާތް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ އިމާރާތްތަކާއި، މީހުން ދިރިއުޅުމަށް ކުއްޔަށްދޭ އިމާރާތްތަކާއި، އޮފީސްތަކާއި، ސުކޫލުތަކާއި، ށްޮޕިންގ ސެންޓަރުތަކާއި، ސިިއްހީީ ހިދުމަތް ދޭ ތަންތަނާއި،  ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހިދުމަތް ދޭ ތަންތަނާއި، މިސްކިތްތައް ހިމެނޭގޮތުން އާންމުކޮށް މީހުންއުޅޭ އިމާރާތްތަކަށެވެ.

އިމާރާތް

''އިމާރާތް'' ކަމަށް ބަޔާންކޮށްފައި އެވަނީ، އެއްތަނުން އަނެއްތަނަށް ބަދަލު ނުކުރެވޭ ގޮތަށް އެކި ބާވަތުގެ ތަކެތި ބޭނުންކޮށްގެން ކަމާބެހޭ އިދާރާއިން ގަބޫލުކުރާ ފެންވަރަށް ބިނާކުރެވޭ، ބިމާ ގުޅިފައިވާ ބިނާފަދަ ތަނެއް ހިމެނޭ ތަންތަނަށެވެ.

އިމާރާތް

"އިމާރާތް" ކަމުގައި ބުނެފައި އެވަނީ، ބިމުގައި ބިނާކޮށްފައިވާ ތަންތަނާއި، ބިމަށް ހަރުކޮށްގެން ބިނާކޮށްފައިވާ ތަންތަނާއި، އެފަދަ ތަންތަނާ ގުޅިފައިވާ ގޯއްޗާއި، ދާއިމ ގޮތެއްގައި ނުވަތަ ދާއިމީ ނޫންގޮތެއްގައި ވެސް އެ ތަނަކާ ގުޅިގެން ބިނާކުރާ ތަންތަން ހިމެނޭ ގޮތުންނެވެ. އަދި އަންނަނިވި ތަންތަން ވެސް އެ މާނައިގައި ހިމެނެއެވެ.

  1. މީހުން ދިރިއުޅޭ ތަންތަން؛
  2. މީހުން ދިރިނޫޅޭ ތަންތަން؛
  3. ފެންގަނޑުގަނޑު؛
  4. އެއްގަމު އުޅަނދުފަހަރު؛
  5. ކަނޑުގައި ދުއްވާ އުޅަނދުފަހަރު؛
  6. ވައިގެ އުޅަނދުފަހަރު.
އިމާރާތް

"އިމާރާތް" ކަމަށް ބުނެފައި އެވަނީ، އެންމެހައި އިމާރާތްތަކާއި، ފާލަންތަކާއި އެހެނިހެން އުމްރާނީ ބިނާތައް ހިމެނޭގޮތުގެ މަތިންނެވެ.

އިމާރާތް

"އިމާރާތް" ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ފަރާތްތައް ވަޒީފާ އަދާކުރާ އޮފީހުގެ ނުވަތަ ތަނުގެ ހަތަރުފާރުން އެތެރެއަށެވެ. ހާމަކޮށް ފެންނަން އޮންނަ ގޮތަށް ހަތަރުފާރު ނެތް އަދި ހިޔާކޮށްފައިނުވާ ތަންތަން މާނައިގެ ތެރެޔަކު ނުހިމެނޭނެއެވެ.

އިމާރާތް ބޭނުންކުރުމުގެ ހުއްދަ
"އިމާރާތް ބޭނުންކުރުމުގެ ހުއްދަ" ކަމަށް ބުނެފައިއެވަނީ، ޢިމާރާތެއް ފުރިހަމަކުރުމުން، އެ ޢިމާރާތެއް ނުވަތަ ޢިމާރާތުގެ ބައެއް ބޭނުންކުރުމަށްޓަކައި އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 4/2017) ގެ 31 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދައަށެވެ.
އިމާރާތް އިންސްޕެކްޓްކުރުން
"އިމާރާތް އިންސްޕެކްޓްކުރުން" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ފަދަ މަގްސަދެއް ހާސިލުކުރުމަށްޓަކައި ޢިމާރާތްކުރުމުގެ މަސައްކަތަކާ ގުޅިގެން އެ މަސައްކަތްކުރެވޭ ގޮތަށް ފާޑުކިޔައި، ކޮންޓްރޯލްކޮށް، އަދި ބެލެހެއްޓުމަށެވެ.
އިމާރާތް އިންސްޕެކްޓްކުރުން

"އިމާރާތް އިންސްޕެކްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަދަ މަގްސަދެއް ހާސިލުކުރުމަށްޓަކައި އިމާރާތްކުރުމުގެ މަސައްކަތަކާ ގުޅިގެން އެ މަސައްކަތް ކުރާ ގޮތަށް ފާޑުކިޔައި، ކޮންޓްރޯލްކޮށް އަދި ބެލެހެއްޓުމަށެވެ. 

  1. އެ މަސައްކަތެއް ކުރެވެނީ އެކަށީގެންވާ ފެންވަރަކަށްތޯ ބެލުމަށް؛
  2. އެ މަސައްކަތެއް ކުރެވެނީ އެ މަސައްކަތެއް ކުރުމަށް ދީފައިވާ ހުއްދައާ އެއްގޮތަށްތޯ ބެލުމަށް؛
އިމާރާތްކުރަމުންދާ ތަންތަން

"އިމާރާތްކުރަމުންދާ ތަންތަން" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ހިނގަމުންދާ ކޮންމެ ތަނަކަށެވެ. މި މާނައިގެ ތެރޭގައި، މަރާމާތުކުރާ ތަންތަނާއި، އާބާތުރަފިލުވުމުގެ މަސައްކަތްކުރާ ތަންތަނާއި، އެފަދަ މަސައްކަތެއް ކުރަން ފެށުމަށްފަހު އެއްކޮށް ނުނިމި ހުންނަ އިމާރާތުގެ ބައިތައްވެސް ހިމެނެއެވެ.

އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރ
"އިމާރާތްކުރާ ފަރާތް" ނުވަތަ "ކޮންޓްރެކްޓަރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ ޢިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ. ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛ ޢިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ ޢަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛ ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއް ކަމުގައިވާ ހާލަތުގައި: (i) އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ ޢަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް؛ (ii) އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް. ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛ ޢިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.
އިމާރާތްކުރާ ފަރާތް ނުވަތަ "ކޮންޓްރެކްޓަރު"

"އިމާރާތްކުރާ ފަރާތް" ނުވަތަ "ކޮންޓްރެކްޓަރު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ އިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.

  1. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛ 
  2. އިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛
  3. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއްކަމުގައިވާ ހާލަތުގައި:
    i .އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް؛
    ii .އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް.
  4. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛
  5. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.
އިމާރާތްކުރުން
"އިމާރާތްކުރުން" ކަމަށް ބުނެފައިއެވަނީ، ބިނާވެށީގައި ހިމެނޭ ޢިމާރާތާއި ތަންތަން ހެދުމަށް ނުވަތަ ނިޒާމުތައް ގާއިމުކުރުމެވެ. ބިނާވެށީގައި ހިމެނެނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ގާއިމުކުރާ ނިޒާމުތަކާއި، ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ގެދޮރާއި، މަގާއި، ނަރުދަމާއާއި، ކަރަންޓު އަދި ހާބަރު ފަދަ އުމްރާނީ ތަރައްގީއަށް ބޭނުންވާ ތަންތަނެވެ.
އިމާރާތްކުރުން
"އިމާރާތްކުރުން" ކަމަށް ބުނެފައި އެވަނީ، ބިނާވެށީގައި ހިމެނޭ އިމާރާތާއި ތަންތަން ހެދުމަށް ނުވަތަ ނިޒާމުތައް ގާއިމުކުރުމަށެވެ. ބިނާވެށީގައި ހިމެނެނީ ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގާއިމުކުރާ ނިޒާމުތަކާއި، ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ގެދޮރާއި، މަގާއި، ނަރުދަމާއާއި، ކަރަންޓާއި، ހާބަރު ފަދަ އުމްރާނީ ތަރައްގީއަށް ބޭނުންވާ ތަންތަނެވެ.
އިމާރާތްކުރުން

"އިމާރާތްކުރުން" ކަމަށް ބުނެފައިއެވަނީ، ބިނާވެށީގައި ހިމެނޭ އިމާރާތާއި ތަންތަން ހެދުމަށް ނުވަތަ ނިޒާމުތައް ގާއިމުކުރުމަށެވެ. ބިނާވެށީގައި ހިމެނެނީ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގާއިމުކުރާ ނިޒާމުތަކާއި، ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ގެދޮރާއި، މަގާއި، ނަރުދަމާއާއި، ކަރަންޓުގެ ނިޒާމާއި ހާބަރު ފަދަ އުމްރާނީ ތަރައްގީއަށް ބޭނުންވާ ތަންތަނެވެ.