ގާނޫނީ ރަދީފު
"އިހްތިމާލުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ދައުވާލިބޭ ފަރާތުން، މާޒީވެ ގޮސްފައިވާ ވަކި ހާލަތެއްގައި ވަކި ގޮތަކަށް އަމަލުކޮށްފައިވުމުން، ނުވަތަ ވަކި ވިސްނުމެއްގައި ވަކި އަމަލެއް ކޮށްފައިވުމުން، ހިނގަމުންދާ މައްސަލައާ ގުޅުންހުރި ހާލަތުގައިވެސް އޭނާ އަމަލު ކުރީ މާޒީވެ ގޮސްފައިވާ ހާލަތުގައި އޭނާ އަމަލުކުރި ފަދައިން، ނުވަތަ މާޒީވެ ގޮސްފައިވާ ހާލަތުގައިވެސް އޭނާ އަމަލުކުރި ވިސްނުމުގައިކަން ބަޔާންކޮށްދިނުމުގެ އުސޫލަށެވެ
"އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު" ކަމަށް ބުނެފައި އެވަނީ، މައްސަލައިގައި ހިމެނޭ ވާގިއާތަކާމެދު ނުވަތަ މައްސަލައިގައި ހިމެނޭ ގާނޫނީ ނުކުތާތަކާމެދު ހަސްމުންގެ މެދުގައި އިހްތިލާފެއް އުފެދިފައިނުވާ، އެހެންނަމަވެސް ށަ ރީއަތުން ގޮތެއް ކަނޑައަޅަންޖެހ ފަދަ މައްސަލަތަކުގައި، މަދަނީ މައްސަލައެއްގައި ދައުވާ އުފުލުމަށް އޮންނަ އާންމު އިޖުރާއަތު ކަމަށް މި ގާނޫނުގެ ހަތްވަނަ ބާބު "ދައުވާކުރުން " ގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ދައުވާއެއް ހުށަހަޅައިގެން އެ ދައުވާ ދިފާއުކޮށް ނުވަތަ އެނޫންވެސް ގޮތަކުން ދައުވާއަށް ރައްދުދީ، މި ގާނޫނުގެ އަށާވީސްވަނަ ބާބު "ހެކިހާމަކުރުން" ގައި ބަޔާންކުރާފަދަ އިޖުރާއަތުތައް ހިންގައިގެން މައްސަލަ ބެލުމުގެ ބަދަލުގައި، އެފަދަ މައްސަލަތަކާމެދު އަވަސް މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައަޅައި ނިންމުމަށްޓަކައި ބޭނުންކުރާ ހާއްސަ އިޖުރާއަތަށެވެ.
"އިށްތިހާރު" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ ބާވަތްތަކާއި، އޭގެ ބްރޭންޑުތަކާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކާބެހޭ މައުލޫމާތު ވިޔަފާރީގެ އުސޫލުން ތަފާތު ވަސީލަތްތައް މެދުވެރިކޮށް އާންމުކުރުމާއި، ދުންފަތުގެ ބާވަތްތަކާއި ބްރޭންޑުތައް ވިއްކުމަށްޓަކައި ނުވަތަ ވިއްކ އަދަދު އިތުރުކުރުމުގެ ގޮތުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ އަމަލެއް ކުރިއެރުވުމުގެ ގޮތުން ހިންގާ ޕްރޮމޯށަން ހަރަކާތްތަކަށެވެ. ދުންފަތުގެ އިށްތިހާރުގެ މާނައިގައި، ދުންފަތުގެ ބާވަތާއި، ބްރޭންޑާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތުގެ ނުވަތަ އެފަދަ ފަރާތްތަކުން ބޭނުންކުރާ ނުވަތަ އެފަރާތްތަކަށް ނުވަތަ އެއްޗެއްސަށް އިށާރާތްކުރެވޭ ބަސްތަކާއި، ނަންތަކާއި، އިބާރާތްތަކާއި، ށިއާރުތަކާއި، އަކުރުތަކާއި، ނަންބަރުތަކާއި، ތަސްވީރުތަކާއި، ކުރެހުންތަކާއި، ޑިޒައިންތަކާއި، ލޯގޯތަކާއި، ކުލަތަކާއި އެނޫންވެސް އެފަދަ އެއްޗެހީގެ އިތުރުން އަޑާއި، ލަވަޔާއި، ރާގާއި މިއުޒިކު ހިމެނެއެވެ.