-

އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު

"އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު" ކަމަށް ބުނެފައި އެވަނީ، މައްސަލައިގައި ހިމެނޭ ވާގިއާތަކާމެދު ނުވަތަ މައްސަލައިގައި ހިމެނޭ ގާނޫނީ ނުކުތާތަކާމެދު ހަސްމުންގެ މެދުގައި އިހްތިލާފެއް އުފެދިފައިނުވާ، އެހެންނަމަވެސް ށަ ރީއަތުން ގޮތެއް ކަނޑައަޅަންޖެހ ފަދަ މައްސަލަތަކުގައި، މަދަނީ މައްސަލައެއްގައި ދައުވާ އުފުލުމަށް އޮންނަ އާންމު އިޖުރާއަތު ކަމަށް މި ގާނޫނުގެ ހަތްވަނަ ބާބު "ދައުވާކުރުން " ގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ދައުވާއެއް ހުށަހަޅައިގެން އެ ދައުވާ ދިފާއުކޮށް ނުވަތަ އެނޫންވެސް ގޮތަކުން ދައުވާއަށް ރައްދުދީ، މި ގާނޫނުގެ އަށާވީސްވަނަ ބާބު "ހެކިހާމަކުރުން" ގައި ބަޔާންކުރާފަދަ އިޖުރާއަތުތައް ހިންގައިގެން މައްސަލަ ބެލުމުގެ ބަދަލުގައި، އެފަދަ މައްސަލަތަކާމެދު އަވަސް މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައަޅައި ނިންމުމަށްޓަކައި ބޭނުންކުރާ ހާއްސަ އިޖުރާއަތަށެވެ.