ގާނޫނީ ރަދީފު
(ޅ) "ސުލޫކީ ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 28 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ މެންބަރަކު ހިލާފުވެފައިވާކަމަށް ބަޔާންކޮށް މެންބަރެއްގެ ފަރާތުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން ނުވަތަ އިންސްޓިޓިއުޓަށް އަމިއްލައަށް ފެނިގެން ބަލާ މައްސަލައަކާ ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރުމަށްފަހު މެންބަރުންނާމެދު އަޅަން ފެންނަ ފިޔަވަޅުތައް ކައުންސިލަށް ހުށަހެޅުމަށް އެކުލަވައިލައިފައިވާ ސުލޫކީ ކޮމިޓީއަށެވެ.
"ސުލޫކު" ކަމަށް ބުނެފައި އެވަނީ، އިންސާނުންގެ އަމަލާއި ބަހުން ފެންނަން ޖެހޭނެކަމަށް އިސްލާމީ، ދިވެހި މުޖުތަމައު ގަބޫލުކުރާ ހަރުދަނާ ރިވެތި އުޅުންތަކާއި، ގުޅުންތަކާއި، މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ރިވެތި ސިފަތަކަށެވެ.
"ސުޕްރިންޓެންޑެންޓް" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ހަރުދަނާ ނިޒާމެއްގެ ދަށުން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، ޕްރިންސިޕަލުންނަށް ފަންނީ ލަފަޔާއި އިރުށާދު ދިނުމާއި، ގާނޫނާއި ގަވާއިދުތަކާއި، މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ސްކޫލްތައް ހިންގަމުންދާކަން ކަށަވަރުކޮށް ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ކޮންމެ ފަރާތަކަށެވެ.
"ސޫފާސޫފި" ކަމަށް ބުނެފައި އެވަނީ، ހުރިހާ ވައްތަރެއްގެ ޖަނަވާރަށެވެ.
"ސެނެޓު" ކަމަށް ބުނެފައިވަނީ، އެކަޑެމިކް ސެނެޓަށެވެ.
"ސެންސަރުކުރުން" ކަމަށް ބުނެފައި އެވަނީ، ފޮނުވާ އަޑު ނުވަތަ މަންޒަރު ކަނޑައިލުމަށްޓަކައި، ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01) ގެ ގަވާއިދުގައި ހުއްދަކުރެވިފައިވާ އުނިއިތުރު ގެނައުމަށެވެ.
"ސެންޓްރަލް ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ވައުޗަރު ފޮނުވައިގެން ހަރަދުކުރުމަށް އެ މިނިސްޓްރީގައި ގާއިމުކޮށްފައިވާ ނިޒާމަށެވެ.
"ސެންޓްރަލް ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ދައުލަތުގެ އޮފީސްތަކުގެ ޕޭމަންޓްތައް މަރުކަޒީކޮށް މެނޭޖްކުރުމަށް ގާއިމުކޮށްފައިވާ ނިޒާމަށެވެ.
"ސެކިއުރިޓީ" ކަމަށް ބުނެފައި އެވަނީ؛
- ސެކިއުރިޓީ އެކްސްޗޭންޖްގައި ނުވަތަ މާރކެޓްގައި ނުވަތަ އެކަމަށްޓަކައި އާންމުގޮތެއްގައި ގަބޫލުކުރެވޭ ދާއިރާއެއްގެ ތެރޭގައި ބޭނުންކުރުމަށް އެ ގެންގުޅޭ މީހަކަށް، ނުވަތަ ރަޖިސްޓަރީކުރެވިފައިވާ ފަރާތަކަށް، އިންވެސްޓްމަންޓަކަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި، ބިލް އޮފް އެކްސްޗޭންޖް ނުހިމެނޭ ގޮތަށް، ދޫކުރެވޭ ލިޔުމަށެވެ.
- ލޯނެއް ނެގުމަށްޓަކައި ބެހެއްޓޭ ރަހުނު ނުވަތަ އެ ރަހުނު ސާބިތުކޮށްދޭ ލިޔުމަށެވެ.