ގާނޫނީ ރަދީފު
"ދުށްމަން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއްކުރާ ބިދޭސީންނާއި، މިކަމުގައި އެމީހުންނާ ބައިވެރިވާ ދިވެހިންނަށެވެ.
"ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގައި ހިމެނޭ ނިކޮޓިންގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ހުރެވިއަސް އެ ބާވަތެއް އާންމުކޮށް ބޭނުންކުރުމަށް އާދަވުމާއެކު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުންފަތުގައި ހިމެނޭ ނިކޮޓިންއަށް ބަރޯސާވާ ފަރާތްތަކަށެވެ.
"ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައި ބުނެފައި އެވަނީ، ދުންފަތުގެ އެއްވެސް މިންވަރެއް ބޭނުންކޮށްގެން އުފައްދައިފައިވ،ާ ދުންފަތުގެ އެއްވެސް މިންވަރެއް ހިމެނޭ ކޮންމެ އުފެއްދުމަކަށެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ދެވޭ ސިއްހީ ފަރުވާގެ ބައެއްގެގޮތުގައި ހިމެނޭ ނުވަތަ ސެޒޭށަން ޕްރޮގްރާމެއްގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ނުވަތަ އެފަދަ ޕްރޮގްރާމެއްގެ ތެރެއިން ދެވޭ ނިކޮޓީން ރިޕްލޭސްމެންޓް ތެރަޕީ (އެން.އާރު.ޓީ) ގެ ގޮތުގައި ހިމެނޭ ޗުވިންގަމް ނުވަތަ ޕެޗް ނުވަތަ މިފަދަ އެހެން ބާވަތްތަކާއި، ޑަކްޓަރީބޭސް ފަދަ ތަކެތި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކޮށްފައިވާނަމަ، ނުވަތަ އާންމުކޮށް ހުއްދަކޮށްފައިވާނަމަ، އެ ތަކެތީގައި ދުންފަތުގެ މިންވަރެއް ހިމެނުނުކަމުގައިވިޔަސް، މި ގަވާއިދުގެ ބޭނުމަށް "ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައި ނުބެލޭނެއެވެ.
"ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައި ބުނެފައި އެވަނީ، ދުންފަތަށާއި ދުންފަތް ބޭނުންކޮށްގެން އުފައްދައިފައިވާ އުފެއްދުމެއްގެ އެއްވެސް މިންވަރެއް ހިމެނޭ ކޮންމެ އުފެއްދުމަކަށެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކޮށްގެން ނުވަތަ އާންމުކޮށް ހުއްދަކޮށްފައިވާ ސިއްހީ ފަރުވާގެ ބައެއްގެ ގޮތުގައި ނުވަތަ ސެޒޭށަން ޕުރޮގުރާމެއްގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ނުވަތަ އެފަދަ ޕުރޮގުރާމެއްގެ ތެރެއިން ދެވޭ ނިކޮޓީން ރިޕްލޭސްމެންޓް ތެރަޕީ (އެން.އާރު.ޓީ) ގެ ގޮތުގައި ހިމެނޭ ޗުވިންގަމް ނުވަތަ ޕެޗް ނުވަތަ މިފަދަ އެހެން ބާވަތްތަކާއި ޑަކްޓަރީބޭސް، އެ ތަކެތީގައި ދުންފަތުގެ މިންވަރެއް ހިމެނުނު ކަމުގައި ވިޔަސް، މި ގަވާއިދުގެ ބޭނުމަށް "ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައެއް ނުބެލެވޭނެއެވެ.
"ދުންފަތުގެ ބާވަތެއް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ވިއްކުމަށް ނުވަތަ އެނޫންވެސް ގޮތަކުން ވިޔަފާރި އުސޫލުން ފޯރުކޮށްދިނުމަށްޓަކައި ދުންފަތުގެ ބާވަތެއް އުފެއްދުމަށެވެ. މި މާނަކުރުމުގައި "އުފެއްދުން" މި ލަފްޒު ބޭނުންކޮށްފައި އެވަނީ، "ޕްރޮޑަކްށަން" ގެ މާނައިގައެވެ. އަދި މި މާނަކުރުމުގައި، އަމިއްލަ ފަރުދަކު ދުންފަތުގެ ބާވަތެއް އިސްތިއުމާލުކުރުމަށްޓަކައި އެ ތައްޔާރުކުރުމަށް އޭނާ އަމިއްލައަށް ކުރާ ކަންކަމެއް ނުހިމެނެއެވެ.
"ދުންފަތުގެ ބާވަތެއްގެ ވިޔަފާރި ކުރުން" ކަމުގައި ބުނެފައި އެވަނީ، ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނުގައި ދުންފަތުގެ ބާވަތްކަމުގައި މާނަކޮށްފައިވާ ފަދަ އެއްވެސް ބާވަތެއް އުފެއްދުމަށް، ނުވަތަ އިމްޕޯޓް ކުރުމަށް، ނުވަތަ އެކްސްޕޯޓް ކުރުމަށް، ނުވަތަ މާކެޓް ކުރުމަށް، ނުވަތަ ގަނޑުކޮށް ވިއްކުމަށް، ނުވަތަ ވަކިވަކިން ވިއްކުމަށެވެ.