ގާނޫނީ ރަދީފު
"ކުއްލި ހާލަތްތަކުގައި ހިިދުމަތެއް ފޯރުކޮށްދޭ ފަރާތްތައް" ކަމުގައި ބުނެފައި އެވަނީ، ސަރުކާރުން، ކުއްލި ހާލަތްތަކުގައި ހިިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމުގައި ކަނޑައަޅައިފައިވާ ފަރާތްތަކަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން އިއުލާނުކުރާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށެވެ. މީގެ އިތުރުން، ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާ ގެ ދަށުން އިއުލާނުކުރާ ކާރިސާގެ ހާލަތްތަކާއި ބައިނަލްއަގްވާމީ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުންނާއި، ތަން ތަރައްގީކުރާ ފަރާތުގެ ކޮންޓްރޯލުން ބޭރުން ދިމާވާ ކަންކަން (މިސާލަކަށް: މުދާ ހޯދުމަށް ދަތިވުން ނުވަތަ މާލީ މުއާމަލާތްތައް ހިންގުމަށް ހުރަސްއެޅުން ފަދަ ކަންކަން) ވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ.
"ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވުން ނުވަތަ ކާރިސާއެއް މެދުވެރިވުން" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން ނުވަތަ ގާނޫނު ނަންބަރު 2012-07 (ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން، ނުވަތަ ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ކާރިސާ އިއުލާނު ކުރުމަށެވެ.
"ކުއްލި ނުރައްކާ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކައުތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކައުތެރިވެދާނެ ފަދަ ކަމެއް ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތިވުމަށެވެ.
"ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތެވެ.
"ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތަށެވެ.

"ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވެވޭ އަގަކަށް އެއްބަސްވެވޭ މުއްދަތަކަށް ކުއްޔަށްދޭ ތަން ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގު ލިބިދިނުމަށެވެ.
"ކުއްޔަށްދިނުން" ކަމުގައި ބުނެފައި އެވަނީ، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވާ އަގަކަށް އަދި އެއްބަސްވާ މުއްދަތަކަށް، ކުއްޔަށްދޭ ތަން، ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގު ލިބިދިނުމަށެވެ.
"ކުއްޔަށްދިނުން" ކަމުގައި ބުނެފައި އެވަނީ، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް،ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވާ އަގަކަށް އަދި އެއްބަސްވާ މުއްދަތަކަށް ކުއްޔަށްދޭ ތަން، ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގުލިބިދިނުމަށެވެ.