ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވުން
"ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން އިއުލާނުކުރާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށެވެ. މީގެ އިތުރުން، ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާ ގެ ދަށުން އިއުލާނުކުރާ ކާރިސާގެ ހާލަތްތަކާއި ބައިނަލްއަގްވާމީ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުންނާއި، ތަން ތަރައްގީކުރާ ފަރާތުގެ ކޮންޓްރޯލުން ބޭރުން ދިމާވާ ކަންކަން (މިސާލަކަށް: މުދާ ހޯދުމަށް ދަތިވުން ނުވަތަ މާލީ މުއާމަލާތްތައް ހިންގުމަށް ހުރަސްއެޅުން ފަދަ ކަންކަން) ވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ.